ދުންޔާ އާއި ރައީސް މައުމޫން: މައުމޫނަށް މިއަދު ކުރި ހުކުމް އާއިލާއަށް ޝޮކެއް ލިބިފައިވާ ކަމަށް ދުންޔާ ވިދާޅުވި
13 ޖޫން 2018 - 22:14
އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށް ލުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުން އާއިލާ އަށް ޝޮކެއް ލިބިފައިވާ ކަމަށް، މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫނާއެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ޖަލަށް ލުމަށް މިއަދު ހުކުމް ކުރި އެވެ. މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުންގެ ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުގެ މި ހުކުމާ މެދު ކަންބޮޑުވުން ފާޅުކޮށް، ކުރީގެ ފޮރިން މިނިިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންމަ (ނަސްރީނާ އިބްރާހީމް) އާއި ކޮއްކޮ (ޔުމްނާ މައުމޫން) އަށް މިއަދު ވަރަށް ބޮޑު ޝޮކަކާއި ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި އުމުރުން ދުވަސްވެފައިވާ ބައްޕަގެ ސިއްހީ ހާލަތު ހުރިގޮތުން، އިންސާނިއްޔަތަށްޓަކައި ވެސް ގެއަށް ބަދަލު ކޮށްދެއްވުމަށް އޭނާ އަނެއްކާ ވެސް އެދިވަޑައިގެންނެވި އެވެ.
"މާތް ﷲ ބައްޕަ ރައްކާތެރި ކުރައްވާށި!،" މައުމޫންގެ ދެކަނބަލުންގެ ވަރަށް ކުރީގެ ފޮޓޯއަކާ އެކު ޓްވީޓް ކުރައްވަމުން ދުންޔާ ވިދާޅުވެފައި ވެ އެވެ.
އޭގެ ފަހުން އޭނާ ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއެކު ތައްޔާރުކޮށްފައިވާ "ތިޔައީ ޒައީމޭ ގައުމު ފަހުރުވެރިވާ" ލަވަ ޝެއާ ކުރައްވާފަ އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން، އެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލް ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޖަލުގައި ބަންދު ކުރައްވާފައި ހުންނަވާތާ 128 ދުވަސް ހަމަވެފައިވާއިރު، މި ފަހަކުން ރައީސް މައުމޫންގެ ހާލުކޮޅު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ބަލިހާލަތުގެ ސަބަބުން އެ މަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާއިން ވަނީ ތަކުރާރުކޮށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާޒިމްބެ
14 June 2018
އަމިއްލަ ފޯނަކީ ވަރަށް ޒާތީ އަމިއްލަ ތަކެތިވެސް އެ ފޯނެއްގައި މި ޒަމާނުގައި ރައަކާކޮށްގެން ގެންގުޅޭއެއްޗެއް. މިފަދަ އަމިއްލަ ޒާތީ މަޢުލޫމާތުތަކެއް ހުރިއެއްޗެއް ބަޔެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރެވޭނެ ވަރުގެ ކަމެއް ނޫން. އެއީ ސިއްރުން ދިން ސިއްރު ބަޔާންތައްވެސް އެންމެންނަށް ހާމަވެ ރައްކާތެރު ކުރެވިފައި ނުވާތީ. އެހެން ކަމުން، އުންމީދު ކުރެވެނީ މަތީގެ ކޯޓުގެ މަރުޙަލާގައި މިކަމަށް ރިއާޔަތް ކުރާނެކަމަށް.
ވާވާ
14 June 2018
ޔާމީން ބުނާގޮތްށް ކޯޓުންވެސް ތިނިންމެވީ .
އެޝޮކް
14 June 2018
ތިކަލަ ކިތައް ޝޮކް އަހަރުމެންނަށް ލިބިފަ ހުރީ.
އަހަންމަދޭ
14 June 2018
އަޅުގަނޑުވެސް ވަރަށް އިޙްތިރާމް ކުރާ އަދި ވަރަށް ލޯބިވާ ބޭފުޅެއް މައުމޫނަކީ. އެކަމަކު ނަޝީދުވެސް ބައިވެރިވި ބަޣާވާތެއްގައި ހިމެނިވަޑައިގަތީމާ ދެން ނިކަން ބޮޑެތި ހަނދުކޭތަ ހިފާނެ. ވަރަށް ދެރަވޭ.
ޒިމްޒިމް
14 June 2018
އެހެންވެޔޭ މީހުން ބުނަނީ މޮޔަ ރަޙުމަތްތެރިއަކަށް ވުރެ ބުއްދިވެރި ދުޝްމިނާވެސް ރަގަޅޭ..
ފޮނިޓައްޕު ހަސަން.
14 June 2018
މިީހިރީ ލިބިގަންން ޖެހޭ އިބްރަތްތަކެއް. 1) މައުމޫނުގެ އެކުވެރި ރަހްމަތްތެރިއާ ޝެޚް އަހްމަދު އާދަމް (މައުމޫނުގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރު ކަމާއި ރައްޔިތުންގެ މަޖްލިސް މެމްބަރުކަން ކުރި) ދުނިޔެ ދޫކޮށްދިޔައި މައުމޫނުގެ ވެރިކަމުގައި ދެވުނު ސިޔާސީ ނުހައްގު އަނިޔާތަކުން. 2) މައުމޫނަށް ސިޔާސީ ނުހައްގު އނިޔާތައް ދެމުން އެދަނީ އަމިއްލަ ކޮއްކޯފުޅު. 3) މުސްކުޅިން ބުނެ އުޅޭ ހިކަންޖަކަށް ދުވަހެއް އައިއްޔާ މީދަލަށް ވެސް ދުވަހެއް އާދެއޭ.
ސީދާ
14 June 2018
ގިނަ ކޮމެންޓު ތަކަށް ބަލާއިރު، މައުމޫނު ވަނީ ވެރިކަމުގައި އަނިޔާ ވެރިވެފަ.، ވަޙިދުގެ 2 އަހަރާއި ނަޝީދުގެ 3 އަހަރު މިއަށް ވުރެ ރަނގަޅު. މިހާރު މައުމޫނުގެ ދުވަސް ވަރަށްވުރެވެސް އަނިޔާވެރި. ކަން މިހެން އޮތަސް، އެއްވެސް މީހަކަށް ނުސީދާ ނުޙައްގުގޮތުގައި، އެހެން އިންސާނުންނަށް ގަބޫލު ނުކުރެވޭ ގޮތުގައި ބައެއްގެ ނުފޫޒު އޮވެގެން ޙުކުމް ކުރެވިގެން ނުވާނެ. އެވެސް ވާނީ އަނިޔާއަށް. ވަﷲ އަޢުލަމް
މަގޭ ގައުމު
14 June 2018
ޢާއިލާއަށް ޝޮކެއް ލިބުނަށް އެހުކުމަކީ ރައްޔިތުންނަށް ހިތް ހަމަޖެހުމެއް.
ދެރަކަލޯ
14 June 2018
މިހިރީ ފިސާރި ވެރިއެއް
އާދަނު
14 June 2018
މިތާ މިހުރި ކޮމެންޓްތައް ކިޔާލުމުން ހިތަށް އަރާ، ދިވެހިންނަކީވާ ތެދުބަހުން ވާހަކަ ދެއްކުމާ މިހާރު ހާދަ ދުރު ބައެކޭ.