21 ޖޫން 2018 - 08:54
މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ޓްރާންސްޕޯޓް އޮތޯރިޓީން ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި އެވެ.
ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނާތީ، އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ދިމާލުގެ އެކި ގޯޅިތަކާއި މަގުތައް ވަނީ ބަންދުކޮށްފަ އެވެ. އެ މަގު ފުޅާކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނަނީ، މާލެ އާއި ހުޅުލެއާ ދޭތެރޭގައި އަޅާ ބްރިޖަށް ދަތުރުކުރާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިންނެވެ.
އެ އޮތޯރިޓީން އިއްޔެ ކުރި އިއުލާނުގައި ބުނީ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް ބަންދުކޮށްފައިވާތި، މަގުތަކާއި ގޯޅިތަކުގެ ޓްރެފިކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެހެންވެ އެ ސަރަހައްދުގައި ހަރުކޮށްފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރަން އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަގުގެ މަސައްކަތް ކުރަމުން އަންނާތީ ހައުސިން މިނިސްޓްރީން މިހާރު ވަނީ، ބޮޑުތަކުރުފާނު މަގުން ނަސަންދުރާއާ ޖެހިގެން އޮންނަ މެހެލި ގޯޅި އަށް ވަދެގެން މޫކައި ހޮޓެލް ކައިރިން އުތުރަށް ދެވޭ ގޮތަށް ހަދައިފަ އެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން، ނަސަންދުރާގެ އިރުމަތީ ގޯޅިން ނިކުމެގެން ބޮޑުތަކުރުފާނު މަގަށް ވަދެވޭނެ އެވެ. އެހެންވެ އަލަށް ގެނައި ބަދަލާއެކު އެ ގޯޅީގައި ދެކޮޅަށް ދުއްވޭނެ އެވެ.
މި ބަދަލު ގެނައީ، މަގުގެ މަސައްކަތް ނިމެންދެން ކަމެއް ނުވަތަ ހަމައެކަނި އެ ސަރަހައްދުގެ މަސައްކަތް ނިމެންދެން ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ބްރިޖާއެކު އެ މަގުގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ، ޖުލައި 26 ވަނަ ދުވަހު ބްރިޖު ހުޅުވައި ބޭނުންކުރަން ފެށުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
22 June 2018
ތިމަގު ބޮނޑުކުރީމަ ފެރީޓާމިނަލް ހުރިސަރަހައްދު ތޮއްޖެހުން ކުޑަވާނީ.
މަސޮރު
21 June 2018
މިހާރު މަގުމަތީ ދުއްވެން ނެތް... މުޅި މާލޭގަ ޓްރެފިކް ޖޭމްވެފަ. ފުލުހަކު ނުފެެނެ. މިއޮތީވާ ސިޓީއެއް ނަސީބަކުން...
ބޭބެ
21 June 2018
ތިޔަމަގުގައި ޕާރކްކުރެވޭނެހެން ހިއެއްނުވޭ.
ޔޫސޭ
21 June 2018
ކޮންމެ މީހަކުވެސް ޕާކު ކުރަންވީމަ ސައިކަލު ނޫނީ ކާރު ބޮޑު ޕުލާސްޓިކް ކޮތަޅަކަށް ލާފަ ބޮއެއްގަ އަށްސާފަ މޫދަށް ލާނީ. މާލޭގައި ޕާކިން މައްސަލަ ބޮޑުވީމަ މިކަހަލަ ގޮތެއް ދެންހެދޭނީ.
މަހުދީ
21 June 2018
މިސަރުކާރުން ތަންތަން ހުޅުވާނެ ބުނާދުވަހަށް އެކަމަކު އާންމުން ބޭނުން ކުރަން ހުޅުވާލާނީ 2018 ގައި ހޮވުނިއްޔާ
ކާފަބެ
21 June 2018
މަގުހަދަނީތަ ނޫނީ މަގުތައް ނޮޅައި ހަލާކުރަނީތަ .. މަޖީދީމަގު ރަނގަޅުފެންވަރަށް ހަދާށޭކިޔާފަ ރީތިކޮށް ހެދީ ފޭމަންޓް އެކަނި މަގުގައި އަތުރާފައިހުރި ގާތަކުގެ ހިންމިތަކަށް ވެލިނާޅާ ހުރީމައި ދުއްވާއި ޓަކަޓަކަ އަޑު ކިޔުމުގެ އިތުރުން ވެއްޓެންވެސ
އަހުމަދު
21 June 2018
މަގު ފުޅާ ކުރަން ތަޅާލި މިންވަރާ ބަލާފަ, މަގު ފުޅާ ކުރީ ކުރިއައް ވުރެއް އެންމެ 5 ފޫޓް ބޮޑުކޮއް.. އެވަރަކުން އިމްޕެކްޓެއް ނުފެންނާނެ.. 2 ފަޅިން ޕާރކް ކުރީމަ ބާކީ އޮންނާނީ ކުރިންވެސް އޮތް ޖާގަ..
ވައުދު
21 June 2018
5 ފޫޓޭވިޔަސް އެއީ އެއް ކާރުގެ ފުޅާމިން. ބޭނުންހާ ވަރަކަށް ފުޅައެއްނުކުރެވޭނެ ދޯ
ހާސަރު
21 June 2018
ޓްރާންސްޕޯޓް އޮތޯރިޓީން ކަންކަން ނިންމަމުން ދަނީ އާއްމުންނަށް ވެދާނެ އުދަގުލެއް ބެލުމެއްނެތި ހަމަ ސަރުކާރުން ބުނިހާ ގޮތަކަށް ، ދެތިންލައްކަ މީހުން ދިރިއުޅޭ މި މާލެ މިފަހުން ހެދި ގަވާއިދުތަކާހެދި މިއީ ހިގާބިގާވެ ދުއްވާ އުޅެން ދުނިޔޭގައި އެންމެ އުދާގޫ ތަނަކަށްވެއްޖެ! ޓެކްސީ ތަކާއި ޕިކަޕް ދުއްވައިގެން އާއިލާތައް ބަލަހައްޓާ މީހުން ދަރަނިވެރިވެއްޖެ! މުދާ އުފުލަން ހެދި ގަވާއިދުގެ ސަބަބުން ޕޯޓް ފުރިއްޖެ! ރައްރަށަށް ދަތުރު ކުރާ އުޅަދުތައް މާލޭގައި ނުފުރި ފަޅުގައި އޮންނަ ދުވަސްތައް އިތުރުވެއްޖެ! ފިހާރަތަކަށް މުދާ ނުގެނެވި ހަރުތައް ހުސްވެ އެތައް ބޮޑު ހޭދައެއް ކުރަންޖެހިއްޖެ! އަދި ނުވިތާކަށް ރޭގަނޑު މާލޭމަގުތައް މީ ތޫފާނެއް އައިސްގެން އުޅޭތަނެކޭ އެއްގޮތްވެޖެ! ޝަކުވާތަކުން ފުރިބާރުވެއްޖެ! އެކަމަކު ޓްރާންސްޕޯޓް އޮތޯރިޓީ އައް ހަމަ އެކައްޗެކޭވެސް ހީނުވޭ!
ޢަބްދުﷲނާފިޒް
21 June 2018
ބުރިޖު ނިމެނީނު ، ދެން އަތްޖަހަން ތިބޭނީ.........
ޒުލްގައިދާ
21 June 2018
މިސަރުކާރުން ބަލާނީ މަސައްކަތް ނުނިމުނަސް ނިންމަން ބުނެވުނު ޑޭޓަށް ތަން ހުޅުވޭތޯ. ޒާތެއްގެ ރަސްމިއްޔާތެއްބާއްވާފަ ހުޅުވާނެ ނުނިމުނަސް. ސަލްޓަން ޕާކަށް ބަލާލީމަ އެކަން އެނގޭނެ. ތިޔަ ބްރިޖްވެސް ހުޅުވަފާނެ އެ ދުވަހަށް. ޖެހިގެން އަންނަ ދުވަހު ބަންދުކުރާގޮތަށް ދެން ހުޅުވަން ނަގާފާނެ އަހަރެއްވެސް
އާދަނު
21 June 2018
އިންޑަސްޓްރިއަލް ވިލެޖްގައި ހަދައިފައި އޮތް މަގުން އިބްރަތް ހާސިލްކޮށްގެން ތި މަގު ރަނގަޅަށް ކޮލިޓީކޮށް ހަދާތި.
ޑިމޮކްރަޓިސްޓް
21 June 2018
ޖުލައި 26 ހަށް އަވަސް އަރުވާލަިގެން ތިބުނާތެނެއް ހުޅުވަފާނެ... އެކަމަކު އާންމުންނަށް ހުޅުވާލާނީ ހަމައެދުވަހު ބަންދުކޮށްފަ އަނެއްފާ 1 މަސްފަހުން.. މިސަރުކާރުގަ ތަންތަން ހުޅުވާގޮތަކީ އެއީ.. މިހެން ތަންތަން ނުހުޅުވިއްޔާ އަހަރުންނަށް ރަނގަޅީ..