ކްރައިމް ސީނެއް ބަންދު ކޮށްފައި: ކަމާބެހޭ ފަރާތަށް ނާންގައި، މައްޔިތުން ވަޅުލުން ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅާފައިވާ --ފޮޓޯ/މިހާރު
04 ޖުލައި 2018 - 21:38
ކަމާބެހޭ ފަރާތަށް އެންގުމެއް ނެތި، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވަޅުލުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމަނައިފި އެވެ.
ގާނޫނުލް އުގޫބާތުގެ 114 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ވެސް މަރެއް ފޮރުވުމަކީ ކުށެކެވެ. އެކަމަކު، އެ މާއްދާ ގައި މިހާރު އޮންނަ ގޮތުން އެ ކުށުން ކުށްވެރި ވާނީ މަރުވެފައިވާ މީހާ މަރާލާފައިވާ ކަން އެނގި ހުރެ، އެކަން ފޮރުވައިފި ނަމަ އެވެ. ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި އެ މާއްދާ އަށް އިސްލާހު ގެންނަން ވަނީ ހިމަނައިފަ އެވެ.
އެ ބިލްގައި ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފޮރުވައިފި ނަމަ ނުވަތަ އަންގަންޖެހޭ ފަރާތަކަށް އެންގުމެއް ނެތި ވަޅުލައިފި ނަމަ ނުވަތަ ނައްތާލައިފި ނަމަ، އެއީ ކުށަކަށް ވާ ގޮތަށެވެ. އަދި ގާނޫނުލް އުގޫބާތުގައި މިހާރު ވެސް އޮންނަ ގޮތަށް، މީހަކު މަރާލާފައިވާ ކަން އެނގި ހުރެ އެކަން ފޮރުވުމަކީ ވެސް ކުށެއްގެ ގޮތުގައި ބެލުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން، މަރުވެފައިވާ މައްޔިތުންނާ މެދު އިހާނެތި އަމަލު ހިންގުމުގެ ކުށް ބަޔާންކުރާ މާއްދާ ވެސް އިސްލާހު ކުރަން އެ ބިލްގައި ހުށަހަޅާފައިވެ އެވެ. ގާނޫނުލް އުގޫބާތު މިހާރު އޮންނަ ގޮތުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުން ކުށްވެރި ވާނީ އެ މީހަކު އެ ކުރާ ކަމެއްގެ ސަބަބުން މައްޔިތާގެ އާއިލާގެ މީހުންގެ ތެރޭގައި ނަފްރަތު އުފެދޭ ކަމަށްވާ ނަމަ އެވެ.
އެ ބިލްގައި، އެ ކުށަށް އިސްލާހު ހުށަހަޅާފައި ވަނީ މައްޔިތާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ނުވަތަ އިހާނާތެއް ރައްދުވާ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ކުށެއްގެ ގޮތުގައި ހިމެނުމަށެވެ.
ގާނޫނުލް އުގޫބާތަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އިތުރު ކުށްތައް ބަޔާން ކުރުމާއި މިހާރު ކަނޑައަޅާފައި ހުރި ކުށްތަކުގެ އަދަބު ބޮޑު ކުރުން ވެސް ހިމެނެ އެވެ. ބައެއް ކުށްތަކުގެ އަދަބު މިހާރު އޮތް މިންވަރަށް ވުރެ ދެ ގުނަ ބޮޑުކުރަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޯޑް
05 July 2018
"އެ ބިލްގައި ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފޮރުވައިފި ނަމަ ނުވަތަ އަންގަންޖެހޭ ފަރާތަކަށް އެންގުމެއް ނެތި ވަޅުލައިފި ނަމަ ނުވަތަ ނައްތާލައިފި ނަމަ، އެއީ ކުށަކަށް ވާ ގޮތަށެވެ." ކުރިން ކުށެއްނޫންތަ އެއީ؟
ކާފަ
05 July 2018
ދީނުގައި ހުރިކަންކަން ތީ ދީން ދޫކުރަމުން ދާވަރަކުން ގާނޫނުތަކުން އެކަން ކަވަރު ކުރަންޖެހޭނެ . އެކަން ތިކުރަނީ
ރޮކެޓް ސައިންސް
05 July 2018
ކަމާ ބެހޭ ފަރާތްތަކަށް ނާންގާ މައްޔިތުން ވަޅުލަފާނެ ސަރުކާރުން މުސްކުޅިންނަށް ދޭ ޕެންޝަންގެ ބޭނުމުގަވެސް. މީގެ އިތުރުން ކަމާ ބެހޭ ފަރާތް ތަކުގެ ފަރުވާކުޑަކަމުން ވެސް އެކަން އެގޮތަށް ހިގާ. ސިސްޓަމަށް އެންޓަރ ނުކޮއް ފޯމުތަށް މޭޒުމަތީ އެތަކެއް ދުވަހެއް ވަންދެން އެބަބަހައްޓާ އެހެން ބަހައްޓާފަ ހުއްޓާ މަރު ފޯމުތަށް ގެއްލިފަވެސް އެބަހުރި. ކަމާބެހޭ މީހުންނަށް ނާންގާތީތަ މަރުވެފައިވާ 700 އަށް ވުރެ ގިނަމީހުންގެ ނަން ޑީއެންއާރު ސިސްޓަމުތަކުން ދިރިތިބި ބައެއްކަމަށް ދައްކަނީ. ގާނޫނުންލް އުގޫބާތަށް ބަދަލުވެސް ގެންނަންވީއެވެ. އޭގެ އިތުރުން ކަމާބެހޭ ފަރާތްތަށް ޒިންމާދާރުވާންވާން އެބަޖެހެއެވެ..
ވާރުތަ
05 July 2018
ސަހަރާއިން ގަބުރު ކޮނުން ދާނީ ކޮން ބިލެއްގެ ދަށަށްބާ؟ އެސްކަވޭޓަރު ޖަހައިގެން އެއީ ކުރާ އިހްތިރާމްތަ؟ ލަދު ހަޔާތް ކުޑަކަން
ޤަބުރުސްތާން
05 July 2018
އާސަހަރާގައި މީހުން ވަޅުލުން މަނާކުރުމުގެ ކުރިން އެޅި ފިޔަވަޅެއްބާ؟
ޔުނައިޓެޑް އައްޑޫ
04 July 2018
ކަމާއިބެހޭ ފަރާތަށް ނާންގައި ވަޅުލުމަށްފަހު މިހާރު ކިޔަނީ އޭނާ ގެއްލުނީ ކަމެއްވެސް އަދި ބުނަން ނޭގެޔޭ އެމައްސަލަ މިދަނީ ތަހުގީގު ކުރަމުންނޭ. އޭނާ ފެނިގެން އަހައިލީމައޭ އެނގޭނީ އޭނާއަށްވީ ގޮތެއް ބުނެދޭން.
ޔުނައިޓެޑް އައްޑޫ
04 July 2018
ކަމާއި ބެހޭ ފަރާތަށް ނާންގައި ވަޅުލުމަށްފަހު އޭރު ރެޑިޔޯއިން ގޮވަނީ މީނާއަކީ ފުލުސް އޮފީހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދާ ނުފެނިފައިވާ މީހެކެވެ. އެހެން ގޮވި އެއްވެސް މީހަކު މިއަދާއި ހަމަޔަށް ފެނިފައިނުވޭ.
ވަހީދު
04 July 2018
ކުރިން ތިހުރިހާ ވާހަކައެއް ލިޔެފައި ނެތަސް ދީނީ އާދަކާދައިގެ ތެރެއިން ހަމަ ޖައްސާލެވޭ.
12345
04 July 2018
މެޑިކަލް ކޮލެޖް ހަދާއިރު މީ ވަރަށް މުހިންމުކަމެއް.. މަރުވއފައި ތިބޭ މީހުންގެ ހަށިގަނޑު ބުރިބުރިކޮށް ދަސްކުރާ ކުދިންނަށް މައްޔިތާއަށް އިހަތިރާމް ކުރަން މަޖުބޫރުވާނެ މިބިލުގެ ސަބަބުން