ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެމްއާރުއައި ހަދާ ކޮޓަރި. އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
06 ޖުލައި 2018 - 09:41
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް ގާއިމްކުރަން އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.
އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ބުނެފައިވަނީ ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް ގާއިމު ކުރަނީ ބޭސްފަރުވާ ހޯދުމަށް ކުރަން ޖެހޭ ދަތުރުގެ ހަރަދު ކުޑަކޮށް ރަށާ ވީހާވެސް ކައިރިން މަތީ ފެންވަރުގެ ސިއްހީ ހިދުމަތްތަކެއް ދިނުމަށް ކަމަށެވެ. މި ހޮސްޕިޓަލް ތަކުގައި ސްޕެޝަލިސްޓުންނާއި ޒަމާނީ ވަސީލަތްތައް ގާއިމް ކޮށްފައި ހުންނާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައި ހުރި ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއްވިއުގަ އަކުން ގުޅާލައި ހުރިހާ ލެބޯޓަރީތަކެއް ޑިޖިޓަލައިޒް ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
"ރާއްޖެ ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވަނީ ދުޅަހެޔޮ ރައްޔިތެކެވެ. ދުޅަހެޔޮ ރައްޔިތެއް އުފެދެނީ ދުޅަހެޔޮ އާއިލާތަކަކުންނެވެ. ކޮންމެ އާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަ މީހަކަށް ވުމަށް ފުރިހަމަ ސިއްހީ ނިޒާމެއް ބޭނުން ވެ އެވެ. ރަނގަޅު ބޭސްފަރުވާ ލިބެން ހުންނަން ޖެހެ އެވެ. އަދި އެންމެންނަށް އަތްފޯރާފަށަށް ބޭސްފަރުވާ ލިބިދެވެން ޖެހެ އެވެ،" އެމްޑީޕީގެ މެނިފެސްޓޯގައިވެ އެވެ.
އެ ޕާޓީން ބުނި ގޮތުގައި "އާސަންދަ" ތައާރަފް ކުރި މަގްސަދު ކަމަށް ވާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ހިލޭ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ އެވެ. މި ޚިދުމަތް ފޯރުކޮށް ދިނުމުގައި ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ޚިދުމަތަކަށް އާސަންދަ ބަދަލު ކުރެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ކުންފުނިތަކުން އުފައްދާ ބޭސް ކަމުގައި ހެދުމަށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަ ކުރުން ހަރުދަނާ ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށާއި ބޭސްވެރިކަން ދަސްކޮށްދިނުމާ ފަރުވާ ދިނުމަށް ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ގާއިމު ގާއިމް ކުރުމަށް މެނިފެސްޓޯގައި ވެ އެވެ.
އޭގައި ބުނެފައި ވަނީ ރަށްރަށުން ތަމްރީން ކުރާ މީހުން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ތިބެގެން ވަޒީފާ އަދާ ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ. އަދި ގިނަ ރަށްރަށުގައި ޓެލެމެޑިސިން ތައާރަފްކޮށް، އައިޓީ ކޮންސަލްޓޭޝަން ފުޅާ ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
"ޖަޒީރާ ރާއްޖޭގައި އާންމު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަމާޒަކަށް ވާނީ ބަލިވުމުގެ ކުރިން ބަލިން ދުރު ކުރެވޭނެ މަގަށް ރައްޔިތުން ގެންގޮސް ދިނުމަށް މަސައްކަތް ކުރުމެވެ. ރަށްރަށުގެ އާންމު ސިއްހީ ހިދުމަތްތެރިންނަކީ ގަވައިދުން ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް ކޮންމެ މީހެއްގެ ހާލުއަހުވާލު ގާތުން ބަލައި އިރުޝާދު ފޯރުކޮށްދޭ ބަޔަކަށް ހެދުމެވެ. އަދި މުޅި މަސައްކަތް ފަރުވާތެރިކަމާއެކު ހިންގާ ބެލެހެއްޓުމަކީ ސީދާ ކައުންސިލްގެ ކޮނޑުގައި އެޅޭ މަސްއޫލިއްޔަތެއް ކަމުގައި ހެދުމެވެ،" މެނިފެސްޓޯގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް އިބްރާހީމް
07 July 2018
އެހެންވެދޯ އެމީހުންގެ ވެރިކަމުގަ ހޮސްޕިޓަލަށް ދިއައިމަ މަލަން އަޅަންޏާ މަލަންހިފައިގެން އަންނާ ށޭ އެބުނީ.........
ޚިޔާލް123
07 July 2018
މި ވައުދަކީ، ކުރެވޭނެ ވަރަށްވުރެ ޚަރަދު ބޮޑު ވައުދެކެވެ، އެއީ ރާއްޖޭގެ އެތަން މިތަނުގައި ތިފަދަ ހޮސްޕިޓަލް ހިންގައިނެ ފޯމިއުލާއެއްނެތެވެ، ދެން އޮތީ ސީއެސްއާރު ގޮތުގައި ކޮންމެ ހޮސްޕިޓަލަކަށް ރިސޯޓް ހަދަން ރަށެއްދިނުމެވެ، އެވެރިން ފުރަތަމަ ހަދައިނީ ރިސޯޓެވެ، އެހިސައިބުން ހޮސްޕިޓަލް ހިންގައިނީ މިހާރުވެސް ހުރި ހޮސްޕިޓަލަށް އިތުރު އެކްސްރޭ މެސިނަކާ އިސީޖީ މެސިނެއްލައިގެންވެ. ދެން އިވޭނީ ރައްޔިތުން މިކަމާ މަލާމަތް ކުރާއަޑެވެ. ކޮންމެ ބަޔަކު ބުންޏަސް ޖަޒީރައި މޮޑަލެއް ހިންގޭވަރަށް ވުރެ ޖަޒީރައިގައި މީސްކޮޅު އަދި މަދެވެ. އެންމެ ރަގަނޅު ގޮތަކީ ޖަޒީރައި ކުޑަކޮށް ވަކިވަކި ކުޑަޖަޒީރާއަކަށް ރާއްޖެ ބަދަލް ކޮއްލުމެވެ. އޭރުން ތިފަދަ މޮޑެލް ގެ ހޮސްޕިޓަލައި ބަދަރާ އެހެނިހެން ނިޒާމް ގައިއިމް ކުރެވޮދާނެއެވެ. އެހެން ނޫނީ ތިޔަވާނީ ހަމަ ލިޔެލެވޭ އެއްޗަކަށެވެ، ނުކުންނާނެ ނަތީޖައިއެއްނޯންނާނެއެވެ،
ނޫސް ބަލާމީހާ
07 July 2018
ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ކުންފުނިތަކުން އުފައްދާ ބޭސް ކަމުގައި ހެދުމަށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަ ކުރުން ހަރުދަނާ ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ. ***** ވަރަށް ރަނަގަޅު ފޮލާއެއް . އެދެނީ މިކަހަލަ ފޮލާގައި ކުލަޖެހުމުގެ މަންޒަރުތައް ކޮންމެ ސަރުކަރަކުންވެސް ކޮށްދިނުން.
ޓީޓީ
07 July 2018
ވަރަށް ހަރަދުބޮޑު ވިސްނުމެއް، އިކޮނޮމިކަލީ ފީޒަބަލްކަމަކަށް ނުފެނޭ، މިހާރުވެސް ޓްރީޓޮޕަށް ވެސް އެއުޅެނީ ރަގަނޅު ސްޕެޝަލިސްޓުން ނުލިބިގެން، މުސާރަ ނުދެވޭނެތީކީނުން، ސްކޯޕް ކުޑަވީމަ
ހަސަން
07 July 2018
މިއީ ހަޤީގަތުގައި މެޑިކަލް ޓޫރިޒަމް ރާއްޖޭގައި އަލާ ކުރެވޭނެ ގޮތަކީ ... މުއްސަދިން ބޭނުމެއް ނޫން މިތޮއްޖެހިފައި އޮތްމާލޭގައި އޭޑީކޭ ގައި ބޭސްކުރާކަށް. ސާފް މާހައުލު އެއީ ވަރަސް ބަލިމީހާއަށް މުހިއްމު އެއްޗެއް. މިހާރުވެސް ބަޔެއް ރިސޯޓު ތަކުގެ ސްޕާރ ތަކުގައި މިކަހަލަ ފަރުވާ ލިބެމުން އެބަދޭ ... ވަރަށް ސަޅި.
ރާއްޖެ
07 July 2018
އެމްޑީޕީގެ ވެރިކަމުގަ އައިޖީއެމްއެޗް އިން ޑޮކްޓަރުން ނަރުހުން ބޭނުންކުރާ އަންގި ހުސްވާ ހިސާބަށް ދިޔަ. މި ފެންވަރަށް ދިޔަ ބަޔަކަށް ސުޕަ ސުޕެޝަލިޓީ ހޮސްޕިޓަލް އެޅެނެ ކަމަށް ގަބޫލުކުރާނީ މޮޔައިން.
ކުުޑަ ޅިޔަނު
06 July 2018
ބައިސަ ނުކަނޑާ. ވެރިކަމުގަި އޮތް އިރު އައިޖީއެމް ހޮސްޕިޓަލް ވެސް ހިންގަން ނޭގުނު ބައެއް.
ތިއަރީ
06 July 2018
ތިގޮތަށް އެއްޗެއް ލިޔެލުމަށްވުރެ އެ ކަން އަމަލީ ގޮތުން ކުރަން އަސްލު އުނދަގޫ ވާނީ.
ޖާބިރު
06 July 2018
ކުރިން ނުވިކަމެއް މިހާރު ވާނެބާ،،ވާން ގާތްވެސް ނުކުރެ
ދަސްވާރު
06 July 2018
ކަލޭމެންނަށް ވެރިކަން ލިބުނީމަ ހެލްތު ސެކްޓަރަށް ހަދާލި ގޮތް އަދި ހަނދާން ނެތޭހާއެއްނުވޭ!