އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ: ސިޔާސީ ބައެއް ފަރާތްތަކާއި ބޭޭރުގެ ޖަމާއަތްތަކުން ވެސް ވަނީ އެ ބިލަށް ފާޑު ކިޔާފައި-- ފޮޓޯ: އިމޭޖަސް.އެމްވީ
31 ޖުލައި 2016 - 23:08
ގާނޫނީ ވެރިކަމަށް އަނބުރާ ރުޖޫއުވާން ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނޭ ގޮތަށް ހަ ގައުމަކުން ރައީސް އަބްދުﷲ ޔާމީނަށް މިއަދު ގޮވާލައިފި އެވެ.
ޔޫރަޕްގެ އިއްތިހާދު ކަމަށްވާ އީޔޫ އާއި އެމެރިކާ އަދި އިނގިރޭސިވިލާތާއި ޖަރުމަނާއި ނެދަލެންޑްސް އާއި ނޯވެގެ އިތުރުން ސްރީ ލަންކާ އިން އެގޮތަށް ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް ފާޑު ކިޔައި، އެ ގައުމުތައް ގުޅިގެން އެމެރިކާ އެމްބަސީ މެދުވެރިކޮށް ނެރުނު ގުޅިފައިވާ ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ރައީސް ޔާމީނަށް ގޮވާލާފައިވަނީ ވޭޭތުވެދިޔަ ފަހަތަށް އެޅި ފިޔަވަޅުތައް އަނބުރާލުމަށް ފަހު، ގާނޫނީ ވެރިކަމާއި ޑިމޮކްރަސީގެ މަގަށް އަނބުރާ ރުޖޫއަ ވުމަށެވެ. އަދި ހައްގުތައް ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް ބަޔާނުގައިވެ އެވެ.
"އެތައް މިންނެތް މަސައްކަތުން ހޯދާފައިވާ ޑިމޮކްރަޓިކް މުއައްސަސާތަކާއި ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި ޝާމިލްވާ އެންމެހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ އެވެ،" ބަޔާނުގައިވެ އެވެ.
އަބުރުގެ ބިލާ ބެހޭގޮތުން އެ ބަޔާނުގައިވަނީ އެ ބިލަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ލިބޭ ހައްގުތައް ބޭނުންކުރާ ފަރާތްތަކަށް ވަރުގަދަ އަދަބު ދޭ ގޮތަށް ބިލް ފަރުމާކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިކަމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެންމެ އަސާސީ ހައްގުތައް ގެއްލިގެންދާތީ، އެ ހަ ގައުމާއި އީޔޫ އިން ވެސް ކަންބޮޑުވާ ކަމަށް ބަޔާނުގައިވެ އެވެ.
އަބުރުގެ ބިލް އޮތްގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، ނޫސްވެރިން ވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބައެއް ސިޔާސި ޕާޓީތަކާއި ބޭރުގެ އެހެން ޖަމާއަތްތަކުން ވެސް ދަނީ އެ ބިލަށް ފާޑު ކިޔަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތިވަރު
01 August 2016
ތީ ޖޯކެއްނުން! މި ދުނިޔޭގަވެސްތިބި އެއްމެ ރޭސީސްޓް ގައުމުތަކުން ތިކަހަލަ ބަސްބުނާތީ....ފުރަތަމަކަމަކަށް އަމިއްލަ ގައުމުގަ ތި ވެސްޓަން ޑިމޮކްރަސީ ރަންގަޅުކޮށްބަލަ!
ހުރިވަރު
01 August 2016
މަތިވަރަށް އިގޭތަ "ރޭސިސްޓް" ގެ މާނަ..
މަތިވަރު
02 August 2016
ހިރިވަރަށް އެމެރިކާ އަދި އިނގިރޭސިވިލާތް ނޭގުނީމަ ވަރަށް ވެސް އަޖައިބުވެ އަންތަރީސް ވެއްޖެ! ތިބުނާ ގައުމުތަކުގަ ތި ޑިމޮކްރަސީ ނަމެއްގަ ބާއްވައިގެން އެހެން ކުދި ކުދި ގައުމުތަކާ ބެހޭތީ މައްސަލައަކީ....
ގައްޔޭ
01 August 2016
ޔޫރަަޕަށާ އެމެރިކާ މީހުންނަކަށް ނޭގޭނެ، އަހަރެމެންގެ ކަންތަކާ ފަހުބަސް ބުނާނީ ސްޕްރީމްކޯޓުން. މީ ކޯޓްތަކާވެސް ގުޅުން ބަދަހި ސަރުކާރެއް. ފަޑިޔާރުން ޖަލައްނުލާނެ. ސްޕްރީމްކޯޓް އެއޮތީ ގާނޫނީ ސަރުކާރު ދަމަހައްޓަން ތައްޔާރަށް.
މެންޓަލިސްޓް
01 August 2016
އިބިލީސްވެސް ކޮންމެވެސް މީހެއްކައިރީގައި ކުރުސި ކިއުމަށް ބުނިކަމަށް ކިޔާވާހަކައެއް އަޑުއެހީމު ، އެކަހަލަ ގޮތަކަށް މިފަހަރުތިޔަވަނީ ،، ބޭރުގެ ގައުމުތަކުންވެސް ރަގަޅުވާހަކައެއްބުނެފިއްޔާމުން ގަބޫލްކުރަންޖެހޭނެ ، އެމީޙުންވެސް އެބުނަނި ރައްޔަތުންގެ އަނގަބަނދުކޮށް މިނިވަން ނޫސްވެރިކަމަށް ޖާގަދޭށޭ ، އެކަމު ހިޔާމަޔަކީ މިގޮވާލުަމަށް ބީރުކަންފަތެއް ސަރުކާރުން ދޭންމިއަދު މަޖްބޫރުވެފައިވާކަމަށް ، އެއީ ޕީޕީއެމްގެ ސަރުކާރުން އޮތީ 1.2 ބިލިއަންރުފިޔާގެ ވައްކަންކޮއްފައި ދެން އެވާހަކަތަށް ގޮވުން އެބަޖެހޭ ކޮންމެހެންވެސް ހުއްޓުވަން ، އެހެންވެގެން ހަދައިގެން އުޅޭބިލެއްތީ ،،،،
މިންހާސް
01 August 2016
މި ގައުމުގައިއޮތީ ގާނޫނީ ވެރިކަމެއް... އެމެރިކާ، އީ.ޔޫ އަދި ލަންކާއަށް މިކަން ނޭނގޭތީ ހިތާމަ ކުރަން. ކުރިއަށް ދިވެހި ގައުމު. ކުރިއަށް ރައީސް ޔާމީން.
އަހުަދު
01 August 2016
ޔާމީނަށް ފާޑުފާޑުގެ ކަރަތަކުންނާ އި ވިލާތަކުން ގޮވަ ގޮވެލިފަތި އަޑެއް ނިވޭނެ...އެއީ އެއަށްވުރެ މާމޮޅު ވެރިއެއް އެމީހުން އުޅެނީ މިތާ އިސްލާމްދީން ނޫން އެހެންދީނަށް ޖާގަހޯދަންކަމަށް ޔާމީނު އަރާ އަނެއްކާވެސް ބުނާނެ...
ދާއޫދު
01 August 2016
ތިހެން އެއްޗެއް ބުނެލައިގެން އަދި ވެރިޔާ ކެހެރުވަކެކޭވެސް ހީނުވާނެ މުޅިދުނިޔެ އިދިކޮޅަށް ނުކުތަސް ވެރިޔާ ހުންނާނީ ހަމަ އެގޮތުގައި ވެރިޔާ ނިންމާގޮތް އެއީ އެންމެ ރަގަޅުގޮތް އަދި އެންމެ ފަހުގޮތް
އަލީI
01 August 2016
މިމީހުން މި ކުޅޭ ގޭމު ކިހާސަޅި މިކަންތައްގަޑާހުރެ އަހަރެމެން ރައްޔިތުންއަތުން މިމީހުން ކާލިލާރިގަޑުގެވާހަކައިގެ އަޑުކަޑުވާލާފަމިއޮތީ
ގަޓު ސަންފަ
01 August 2016
މިހާރު މިރައީސް ޔާމީންގެ ގަޓުނެތްކަން އެގިއްޖެ. ނޫސްވެރިންގެ ދުލުގައި ނުހިފެހެއްޓިގެން އުޅެނީ ބިރުން. ނިކަން ތިޔަ ގަޓެއްހުރިއްޔާ ތަރައްޤީ އާއި އިންސާފުން އެހެންމީހުނަށް މިސާލުދައްކަވާދެއްވާ.
ދޮންމަނިކު
01 August 2016
ލާރި ދީގެން އިދިކޮޅު ފަރާތްތަކުގެ ކޮމެންޓްތަކަށް ރައްދުދޭން ގެންގުޅޭ 9 ކުދިންނަށް ހާދަ ކަމެއްނުވޭދޯ؟ ތިއަށްވުރެ ރަނގަޅަށް ތިކަންނުކުރެވޭނަމަ ވަޒީފާިން ވަކިކޮށްށްފާނެ. އެއިރުން މިހާރު ތިލިބޭ މުސާރކޮޅުނުލިބި ބިކަވެދާނެ.
ހެހެހެ
01 August 2016
ހަވީރު ނޫހުގެ ދުވަސް ދުއްވާލައިފައި މިހާރު އެއުޅެނީ ދެން ތިބި އެހެން މީޑިޔާތަކާއި ނޫސްވެރިންގެ ދުވަސް ދުއްވާލުމަށް! ދެން ރައީސް ޔާމީން ހީކުރައް ވަނީ، އެ ގޮތުގައި ހުރެވެވިދާނެކަމަށް! އެހެން ނުޥާނެ އިނގޭތޯ!