ގަން އެއާޕޯޓަށް މަރުހަބާ ކިޔަން އެއްވި ބަޔަކާ އިބޫ ސަލާން ކުރައްވަނީ. ފޮޓޯ/ ހަސަން ސައީދު
13 ޖުލައި 2018 - 17:18
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕޭނަށް މިއަދު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
މީގެ ކުޑަ އިރުއްކޮޅެއް ކުރިން އިބޫ އާއި އޭނާގެ ޓީމް ގަމަށް ވަޑައިގަތުމުން، މަރުހަބާ ދަންނަވަން އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ގިނަ އަދަދެއްގެ މީހުން މަލުގެ ހާރުތަކާއި ތަފާތު ޝުއޫރުތައް ލިޔެފައިވާ ލިޔުންތަކާ އެކު އެއްވި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކާ އިބޫ ސަލާމް ކުރެއްވި އެވެ.
މިއީ ރިޔާސީ ކެންޑިޑޭޓަކަށްވެ ވަޑައިގަތް ފަހުން އިބޫ ކެމްޕޭން ކުރައްވަން އަތޮޅަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އައްޑު އަށް ކުރައްވާ ދަތުރުގެ ތެރެއިން މާދަމާ އޭނާ ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އެވެ.
ތިން ދުވަހަށް ރާއްޖޭގެ އެންމެ ދެކުނަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން އެންމެ ބޮޑަށް އޮންނާނީ އަވަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމެވެ. އެ ގޮތުން މިއަދު ފޭދޫގައި ދޮރުން ދޮރަށް ހިނގުން އޮންނާނެ އެވެ.
މީގެ އިތުރުން އައްޑޫގެ ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގެ ކެމްޕޭން ޓީމުތަކާ މިރޭ އެމްޑީޕީގެ ހިތަދޫ ހަރުހޭގައި ބައްދަލު ކުރުން ވެސް އޮންނާނެ އެވެ.
MDP adhi Gulhifaivaa Siyaasee Party thakuge Riyaasee Candidate Hon.@ibusolih, Addu City ah vadaigenfi #JazeeraRaajje pic.twitter.com/kIlS9pn8BL
— MDP Secretariat (@MDPSecretariat) July 13, 2018
އިބޫ އަށް ގަން އެއާޕޯޓުން މަރުހަބާ ކިޔަނީ.
މާދަމާ ހެނދުނުގެ ވަގުތެއްގައި އިބޫ އާއި އޭނާގެ ޓީމު ހުޅުމީދު އަށް ވަޑައިގަތުމުގެ ކުރިން އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެމްޕޭންގެ ދޮރުން ދޮރަށް ކެމްޕޭން މުޅި ރާއްޖޭގައި ރަސްމީ ގޮތުން ފެށުން މާދަމާ ހެނދުނު މަރަދޫފޭދޫގައި އޮންނާނެ އެވެ.
މާދަމާ މެންދުރު ފަހު، ފުވައްމުލަކަށް އިބޫ އާއި އޭނާގެ ޓީމު ވަޑައިގަތުމަށް ފަހު އާދީއްތަ ދުވަހު އަނެއްކާ ވެސް އައްޑު އަށް ވަޑައިގެން އައްޑޫގައި އިތުރު އަވަށްތަކުގައި ދޮރުންދޮރަށް ކެމްޕޭން ހަރަކާތްތައް ހިންގަން ވަނީ ހަމަޖެހިފަ އެވެ.
އިބޫ ރާއްޖޭގެ އެންމެ ދެކުނަށް ކުރައްވާ ކެމްޕޭން ދަތުރު ނިންމަވާލައްވައި އައްޑޫން ފުރާވަޑައިގަންނަވާނީ އާދީއްތަ ދުވަހު ހަވީރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރައިދޫ ސެންޓަރު
14 July 2018
ތާއީދު އޮތްވަރު ފެނިއްޖެ. ކުރީގައި އެމްޑީޕީ ކުލައިގެ ކާޅެއް އައްޑުއަށް ދިޔަޔަސް މުޅި ގަމާ ލިންކް ރޯޑް ފުރިފައި އޮންނާނީ. މިހާރު އެ ރޫހެއް ނެތް. އައްޑޫ މީހުންނަކީ ތަރައްގީ ބޭނުންވާ ބައެއް. އެ ތަރައްގީ ގެނެވޭނީ ކުޅޭކުޅޭ އިދިކޮޅު މީހުންނަށްވުރެ ހުސްއަނގަ ނުތަޅާ ކަންކަން ކޮށްދޭ ރައީސް ޔާމީންކަން އައްޑޫ މިހުން މިހާރު ގަބޫލުކުރޭ.
ދަތްނެތްކުއްޖާ
14 July 2018
ދިވެހި ތާރީޙު ގަވެސް އައްޑޫގައި ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ތަކެއްގެ ސަމިޓެއް ބޭއްވީ ރަޢީސް ނަޝީދުގެ ވެރިކަމުގައި. މި ހެންކަމަން އައްޑޫ ރައްޔިތުން މި ކަންތައްތައް ހަދާނަކުން ފިލައި ގެނެއް ނުދާނެ. އަދި އެ ސަމިޓްގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންގެ ދިރި އުލުމަށް ބަދަލު ތަކެއް ވަނީ އައިސްފައި. އަދިވެސް އައްޑޫ ރައްޔިތުން އެކަން ބަލައި ގަނެ މޑޕ އާއި އެކު ތިބީ ކުރިއަށްދާން.
ގަމާރު
14 July 2018
ގެތައްވެސް ގެއްލުނު....މަސައްކަތް ކުރުވާފަ އަގެއްވެސް ނުދޭ....އެހެންވީމަ ހަނދާނުން ނުފިލާނެތާ؟ ހާދަ ގަމާރޭދޯ؟
މަންޑޭލާ
14 July 2018
އައްޑޫ މީހުން މިހުރީ ޔާމިނާއެކީ.
އަށްޑޫ މީހާ
14 July 2018
ލިޔަން ނޭގެންޏާ ނުލިޔެބަލަ. އަށްޑޫ ބަހަށް ހުތުރު އަރުވަން. ކަލޯމެން ތެހެން ތެޅި ތެޅި ތިބެއި އަފިރިން އަށްޑޫ މީހުން އިބޫ ކިރީހެ ޖަހަގެން އެއްބުރުން މިކަން ނިންމަލާޝުމާ. ދެން ބެނާނެ އެއްތަށް ނެތް. ބޮނޑޮމަންޒަރޮ އަފިރިން ދައްކާނެއި ވޯޓު ފެށިން.
ރީތި މޫސަ
14 July 2018
އިބޫއަކީ މަޑުމައިތިރި އަޚްލާގުގެ ބޭފުޅެއް ހިޔެއްނުވޭ އެމްޑީޕީ ބޭނުންވާ ނޭއްގާނީކަންކަން ފުއްދާދެއްވާނެހެނެއް
މަރުހަބާ
14 July 2018
ޢައްޑޫ މީހުން އަބަދުވެސް ސަރުކާރާ އިދިކޮޅު މީހުނަށް ތާއިދު ކުރާނީ އެއީ ކާންދޭ އަތުގައި ދަތް އަޅަން ވަރަށް ފަރިތަ ބައެއް
ޙަފްޞާ / މާލެ
13 July 2018
މަރޙަބާ ހޫނުވީމަތާ ، މާލެއިން ދިޔަ 157 މީހުންނާއެކު މުޅި ޖުމްލަ ތިބީ 434 ! ގަދަ ނު؟
ޙްމް
14 July 2018
7-0 ހަނދުމަފުޅު އެބަހުރިތޯ؟
އަބްދުﷲ
13 July 2018
ކޮބާތަ ހޫނު މަރުހަބާއަކީ؟؟
ޕޮކަންޑިމޭން
13 July 2018
އެމްޑީޕީއަށްޓަކައި އެންމެ ބޮޑު ގުރުބާނީއެއް ޖާނާއިމާލުން ދެގޮތެއްނުވެ ފެށުނީއްސުރެ ވީ ބަޔަކީ އައްޑޫގެ ލޮބުވެތި ރައްޔިތުން. ދިވެހިރާއްޖެއަށް އުފަންވި އެންމެ ތަޢުލީމީ ޤާބިލް ސިޔާސީ ތަޖުރިބާކާރު މީހުންވެސް ނިސްބަތްވަނީ އައްޑުއަތޮޅަށް. ނަމަވެސް ނަޝީދަށް ކުރިމަތިނުލެވޭ ހާލަތުގައިވެސް ކެނޑިޑޭޓެއްގެ ގޮތުގައި ނަޝީދު މިހޮވީ އޭނާގެ އާއިލީ ގުޅުންއޮތް ޕީޕީއެމްއަށް އެންމެ ފަހުންއޮތް ކައުންސިލް އިންތިހާބުގެ ހުރިހާ ގޮނޑިއެއް ދިން އިބްރާހީމް ސޯލިހު. މިއީ އައްޑޫ ރައްޔިތުންގެ ހިދުމަތާއި އިހުލާސްތެރިކަން އެމްޑީޕީއިން ބަލައިގަތް ގޮތް. އައްޑޫ ރައްޔިތުންނަކީ ޤައުމީވަންތައަށް ވުރެ އައްޑޫވަންތަ ބައެއް. އައްޑޫ ރައްޔިތުން އެމްޑީޕީއަށް ކޮށްދިން ހެޔޮކަންތަކުގެ ބަދަލުގައި ދިން ތެޔޮހަން ވޯޓްލާ ދުވަހު އައްޑޫ ރައްޔިތުން އަނބުރާ އެމްޑީޕީއަށް ފިސާރި ރަނގަޅަށް ރައްދު ކޮށްދޭނެ.
ރަދީފް
14 July 2018
އައްޑޫމީހުން ކަންކަން ކުރާނެގޮތުގެ ފޭކް ތަސައްވުރު ހާމަކުރަން ޕޮކަންޑިމޭންގެ ހައިސިއްޔަތަކީ ކޮބާ؟؟ ލަދު ކޮބާ؟؟
ބޮސް
14 July 2018
ރަދީފަކީވެސް އައްޑާއެއްތާ؟ އެހެންވެ އެހާ އިދިކީލި ކޮމެންޓު ލިޔަނީ...
މަހަށްދަގަގަދަ
14 July 2018
ބޮސް ކަލޭމެން ތިޔައީ ކޮންބައެއްތަ އައްޑޫ މީހުންނަށް ފުރައްސާރަކުރަން.މަހަށް މަހަށް ދޭބަލަ.
ޙަފްޞާ / މާލެ
13 July 2018
މާބޮޑަށްވެސް ދަށްވާނެ! އައްޑޫމީހުން ރައީސް ޔާމީން ކޮށްދެއްވި ކަންތަކަށް ދޯކާ ނުދޭނެ! ވަރަށް ސާފުކޮށް ފެންނަނީ އައްޑޫގެ 80 ޕަސެންޓް ރައީސް ޔާމީނަށް ލިބޭނެކަން!
އިބްރާހިމް ނަސީމް / ފޭދޫ
14 July 2018
ކޮންލކަމެއް ޔާމީން އައްޑޫ އަށް ކޮށްދިނީ.. މެނިފެސްޓޯ ގަ އައްޑޫ އަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ނުވޭ.. ހޮސްޕިޓަލްގެ ހާލު ވެސް އެހާ ދެރަ. އެކްސްރޭ އެއް ނުނެގޭތާ ވެސް 3 މަސް މި ވަނީ. ލިންކް ރޯޑް އެކި ހިސާބުތަކުގައި ވަޅު ހެދިފަ. މި 5 އަހަރުވެސް މަރާމާތެއް ނުކުރޭ. އައްޑޫ އިން ޔާމީން އަށް 100 ވޯޓް ވެސް ނުލިބޭނެ،
އަލި
14 July 2018
ކަމެއް ކޮށެއް ނުދެޔޭ ކިޔާފަ ހުސްދޮގު. އައްޑޫގައި އުޅޭ މީހުނެއް ނޫން އެހެން އެބުނަނީ އެކްސްރޭވެސް ނެގޭ
ޖިންސް މަނިކު
13 July 2018
ޢަބަދުވެސް ތި ތާއީދު އޮވޭ ތިޔަ ބޭސްސިޓީގައި ...އައްޑޫމީހުން ތިބޭނީ އަބަދުވެސް އިދިކޮލު ޕާޓީގައި އެހެންވީމަ ކުރިއަށް އެއްފިޔަވަޅު ފަހަތައް ދެފިޔަވަޅު އަޅަނީ.