އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ (ވ) އަދި ރަނިން މޭޓް ފައިސަލް ފޮޓޯއަކަށް ހުއްޓިލައިގެން.
14 ޖުލައި 2018 - 13:45
އިދިކޮޅު ޕާޓީތަކުގެ ރަނިން މޭޓަކަށް ހޮވިވަޑައިގެންނެވި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމަށް މިއަދު މަރުހަބާ ދަންނަވައި ޕާޓީތަކުގެ މަޝްވަރާ އަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި، ސަރުކާރު ތަމްސީލު ކުރާ އިސް މަންދޫބު ޝައިނީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ސިޔާސީ ހިޔާލުތަފާތުވުންތައް ނައްތާލައި ގުޅިގެން މަޝްވަރާތައް ކުރިއަށްގެންދިއުމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ފައިސަލް އަށް ދައުވަތު ދެއްވާ ކަމަށެވެ.
އެއީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމަށްޓަކައި ކަށަވަރު ވެގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އޯލް ޕާޓީ ޓޯކްސްގެ ޗެއާމަންގެ ހައިސިއްޔަތުން، ސިޔާސީ ހަމަނުޖެހުންތައް ނައްތާލައި މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ކަށަވަރު ކުރުމަށް މަޝްވަރާ އަށް އައުމަށް އިބޫ އަދި ފައިސަލަށް ގޮވާލަން،" ޝައިނީ ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމާ ގުޅިގެން ވެސް އޭނާއަށް މަރުހަބާ ދަންނަވައި ޝައިނީ ވަނީ މަޝްވަރާ އަށް އައުމަށް އެމްޑީޕީއަށް ދައުވަތު ދީފަ އެވެ.
Congratulations to @FaisalNasym for being nominated as running mate of opposition coalition. As Chair of All-Party-Talks may I call upon @ibusolih and @FaisalNasym to engage in talks to reconcile the political differences and guarantee a free, fair and transparent election.
— Mohamed Shainee (@mshainee) July 14, 2018
ފައިސަލަށް މަރުހަބާ ދަންނަވައި ޝައިނީ ކުރެއްވި ޓްވީޓް
ޝައިނީ އޭރު ވިދާޅުވީ ސިޔާސީ ގޮތުން ހުރި ހިޔާލު ތަފާތުވުންތައް ނައްތާލައި، އޮމާން، މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް ޕާޓީތަކުން މަޝްވަރާ އަށް އައުމަށް ސަރުކާރުން ގޮވާލިއަސް، އިދިކޮޅު އެއްވެސް ޕާޓީއަކުން އެކަމަށް އަދި އިޖާބަ ދީފައެެއް ނުވެ އެވެ. ގުޅިފައިވާ އިއްތިހާދުން އަންނަނީ އަންނަ ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކެމްޕެއިން ކުރަމުންނެވެ.
އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިން މޭޓަށް މަރުހަބާ ދަންނަވައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ސަރުކާރުން ގޮވާލިއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތުވުން ބޮޑުވެ އެއީ މިހާތަނަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިފައިވާ މަޝްވަރާ އެއް ނޫނެވެ. އެގޮތުން، ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި އަދ. ގެ މަންދޫބެއް ވެސް ސަރުކާރުން ކަނޑައެޅި އެވެ. އެކަމަކު އެ މަންދޫބު މެދުވެރިއަކަށް ވެގެން ވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިން
15 July 2018
ދެން އިތުރަށް ކުރާނެ މަޝްވަރާއެއް ނެތެންނު؟
މަރީ
15 July 2018
މިމީހުން ހިތައްއަރާއިރަށް މަޝްވަރާ، އެހެން ނޫނީ ހުރިހާ އެންމެން ޖަލަށް. ކޮން ބޮޑު އުނދަގުލެއް. ދެން ފައިބަން އުޅޭ! ކަލޭމެންތިތިބީ ހަމަ ރަނގަޅަށްވެސް ހެޔޮ ބުއްދިފިލާފަ. މިސަރުކާރަށް ތާއިދު ކުރާނީ މިހާރު މިސަރުކާރުގެ ކޮރަޕްޝަނާ ނުލާ އުޅެވެން ނެތް މީހުން އެކަނި.
ނާނީ
15 July 2018
ރައްޔިތުންގެ ތެރެއިން ބަޔެއެއްގެ ކެންޑިޑޭޓާ ރަނިންގމޭޓް އެންމެންގެ އެއް ނޫން އެންމެން ސަޕޯރޓްކުރާ އެކަކުވެސް ނުހުންނާނެ
ކޯޑިނޭޓަރު ގދ ތިނަދޫ
14 July 2018
މިދުނިޔޭގައިވާ އެއްމެ ބޮޑު 2 ސިތާސީ ޕާޓީ ޑީ އާރ ޕީ އަދި އެމް ޑީ އޭ މި ދަބައި މީހުނާއި އެކު ތިކަން ކުރިޔައް ގެންގޮސް ނިންމައިލައި...
ޖުމްހޫރީ
14 July 2018
ފައިސަލް އަކީ ގާސިމް އާއި އެންމެ އަރިސް ގާސިމް އެންމެ ހޮވަން ބޭނުންވި ކެނޑިޑޭޓް. މީ ސީދާ ގާސިމްގެ ޕަޕެޓެއް.
ކޮތަރުގެ އަސަރު
14 July 2018
މަޝްވަރާ ކުރަން ހުރިކަންތައް އެހެރީ ފަހަށް ބާއްވާފައެވެ. ޝައިނީ މެންނާއެކު މަޝްވަރާކުރެވެނީ މަގުމަތީގެ ގޭންގުތަކަށެވެ. ސިޔާސީ މާޝްވަރާކުރާ ވަރަށްވުރެން ދޮގާއި މަކަރު ހަދާ ބަޔަކާއި އެކު މަޝްވަރާއެއް ނުކުރެވޭނެއެވެ. ޝައިނީ ހިތުން ޝައިނީ މިހާރުތީ ވަކަރު ގޮނޑި އެކެވެ. މާދަން ރައީސް ޔާމީނު ތިޔައީ ކަތިވަޅިއެކޭ ބުނެފި ނަަމަ ދެން ރައްޔިތުން ކޮށާ ކުދިކުރަން ދުއްވާ ގަންްނާނެއެވެ. ދުނިޔޭގެ ޤައުމުތަކުގެ ވަޒީރުންނާއި އިއްޒަތްތެރިން ވެސް، ކިތައްމެ ބޮޑު އެދުމެއް އޮތަސް، އަމަލު ކުރާ އަދި ޤަބޫލުކުރާ ވަކި ގޮތްތަކެއް ހުރެއެވެ. ތިޔަހާ ގޮތްފޮތް ކެނޑި ރައްޔިތުންގެ ކުރިމަތީ އަމަށުން ނޫޅެއެވެ. ޝައިނީމެން ނުކުރަނީ ކޮން ގޯސް ކަމެއް ހެއިޔެވެ؟
ޢިބޫ
14 July 2018
ނޯވޭ
ބީކޭކޭ
14 July 2018
ސަހީމް ވިދާލުވާގޮތައް މަޝްވަރާއަށް ގޮވާލަން ތީކާކު! މަސްވަރާއައް ގޮވާލަންވާނީ މަޝްވަރާ މަޖިލީހުން ނެންނޫންތޯ!
އެމްސް
14 July 2018
ސަރުކާރުގެ ޚުދުމުޚުތާރު އުޞޫލު އަދިވެސް ދޫކުރާކަށް ނުވޭބާ؟
ގުރައިދޫ
14 July 2018
ތިއީ ދުނިޔެއަށް ދަޅަ ދައްކަން ކުރާ ޓްވީޓު. މީނަހިތުން އެހެން މީހުން ގަމާރު