ޚަބަރު / ތަރައްގީގެ މަޝްރޫއުތައް

ކޮންކްރީޓް ތަރައްގީއޭ ކިޔާތީ ރައީސްގެ ސުވާލުތަކެއް

ހޯރަފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބަށް ވައުދުތައް ވަމުން އަންނައިރު، އިދިކޮޅު ލީޑަރުން ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ސުވާލުތަކެއް އެބަހުރި ކަމަށާއި އެ ކަންކަމުގައި ގޯހެއް ހައްދަވާފައިވާ ކަމަށް ގަބޫލު ކުރެއްވޭ ނަމަ މާފަށް އެދިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.

ހއ. އާއި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހއ. އިހަވަންދު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނު ގެނެސްދެއްވީ ކޮންކްރީޓް ތަރައްގީ ކަމަށް އިދިކޮޅު ލީޑަރުން ވިދާޅުވާއިރު، މާޒީގައި އެ ބޭފުޅުން އަމަލުކުރެއްވި ގޮތާ މެދު ރައްޔިތުންނަށް ޖަވާބު ދެއްވަން ޖެހޭ ކަމަށެވެ. އެމަނިކުފާނު އަމާޒުކުރައްވާ ސުވާލުތަކަކީ، ރެކިވަޑައިގަންނަވަން ދަތިވާނެ ސުވާލުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރުންގެ ނަން ވިދާޅު ނުވި ނަމަވެސް ޚާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފާޑުވިދާޅުވެ ކުރިމަތި ކުރެއްވި ފުރަތަމަ ސުވާލުގައި ރައީސް އެއްސެވީ ހުޅުލޭ އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވިއްކާލުމާ ގުޅޭ ގޮތުންނެވެ.

"ދިވެހި ރައްޔިތުންނަށް އަދި އަޅުގަނޑަށް ވިސްނޭވަރަށް އެ ބޭފުޅުން [އިދިކޮޅު ލީޑަރުން] ޖަވާބު ދެއްވާ. އަޅުގަނޑުމެންގެ އެއާޕޯޓު ކީއްވެގެންތޯ ބޭރުގެ ބަޔަކަށް ވިއްކާލީ؟ އަޅުގަނޑަށް ކިޔައި ދެއްވާ އޭގެ ޖަވާބު. އަދި އެކަމުން ދިވެހި ރައްޔިތުންނަށް ލިބުނީ ކޮން މަންފާއެއްތޯ؟ ނޫނިއްޔާ، ވެރިކަމަށް އޭގެ ފަހުން އައި މީހުން އުފުލަން ޖެހުނީ ކޮން ތުރާލެއްތޯ އަޅުގަނޑަށް ކިޔައި ދެއްވަން އެބަޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދައި ދެވުނީ، އެތައް ރަށެއްގެ ބަނދަރު އަޅައިދެވޭހާ ފައިސާ އަށެވެ. އެއީ ދިވެހިންނަށް ލިބުނު ގެއްލުމެއްތޯ ފައިދާއެއްތޯ ވެސް ވިދާޅުވެދެއްވަން ރައީސް އެދިވަޑައިގަތެވެ.

އެމަނިކުފާނު ދެން އެދިވަޑައިގަތީ، ފެނުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭ ސަބަބު އިދިކޮޅު ލީޑަރުން، ރައްޔިތުންނަށް ވިދާޅުވެ ދެއްވުމަށެވެ.

ރައީސް ޔާމީން، މިއަދު ހޯރަފުއްޓަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އަކީ ދިވެހިންގެ އަޣުލަބިއްޔަތު އޮތް ހިއްސާއެއް ކަން ފާހަގަކުރައްވައި ވިދާޅުވީ، އޭގެ ބޮޑު ހިއްސާއެއް ބޭރުގެ ބަޔަކަށް ވިއްކާލަން ޖެހުނު ސަބަބު ވެސް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"ކުރެވިފައި އޮތް އެގްރީމެންޓުގައި އެ މީހުންގެ ނުވަތަ ކުންފުނީގެ އާމްދަނީގެ ސާފު ފައިދާ ވަކި ޕަސެންޓޭޖެއް ވަކި އަދަދެއް އޮންނަން ޖެހޭ ގޮތަށް މި ހަދަނީ. އެ އަދަދު ހޯދުމަށްޓަކައި ފެނުގެ އަގު ހެޔޮ ނުކުރެވިގެން މި އުޅެނީ. އެކަން ނުކުރި ނަމަ ދިވެހި ދައުލަތުގެ ސައްތަ އިން ސައްތަ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި އޮތް ނަމަ މިއަދު ފެނުގެ އަގު ހެޔޮވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންނަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ހެދި ސަބަބު ވެސް އިދިކޮޅުން އޮޅުން ފިލުވައިދޭން ޖެހެ އެވެ. އެއާއެކު ފެން ކުންފުނިން ލިބުނު ފައިސާ ކޮބައިތޯ އާއި އެ ފައިސާ އިންވެސްޓުކޮށްގެން ދިވެހިންނަށް ލިބުނު ފައިދާ ވެސް އިދިކޮޅު ލީޑަރުން ވިދާޅުވެ ދެއްވަން ޖެހެ އެވެ.

"ކީއްވެގެންތޯ ވަކި އަގަކަށް ވުރެން ހެޔޮކޮށް ނުވިއްކޭ ގޮތަށް އަޅުގަނޑުމެން ތާށިވެގެން މިތިބީ. އެ އެގްރިމެންޓް ހަދާކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މުވާސަލާތީ ޚިދުމަތް ދޭން ރާއްޖޭގައި އޮތް ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫގެ ބޮޑު ހިއްސާއެއް ސަރުކާރުން ނަގާފައި އޮއްވައި އެހެން ބަޔަކަށް އަނބުރާ ހިއްސާ ވިއްކާލަން ޖެހުނީ ކީއްވެތޯ ވެސް ސާފުކޮށްދޭން ޖެހެ އެވެ.

ދިރާގުގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭރުގެ ވިސްނުމަކީ އެ ކުންފުނީގެ ބޮޑު ހިއްސާއެއް ދިވެހިންގެ އަތުގައި ބޭއްވުން ކަމަށެވެ. އެކަމަކު އެމްޑީޕީގެ ސަރުކާރުން ދިވެހިންގެ ހިއްސާ ވިއްކާލާފައިވާ ކަމަށާއި އޭގެ ސަބަބުން ދިވެހިންނަށް ލިބުނީ ކޮން ފައިދާއެއްތޯ އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ދިރާގުގެ ހިއްސާ އަޅުގަނޑުމެން ނުޖެހޭ ވިއްކާކަށެއް. އެއާޕޯޓު ނުޖެހޭ ވިއްކާކަށެއް. އެމްޑަބްލިއުއެސްސީގެ ހިއްސާ އަޅުގަނޑުމެން ނުޖެހޭ ވިއްކާކަށެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން އޭރު ކުރައްވާފައިވާ ރައްޔިތުންނަށް ގެއްލުންވާ މިފަދަ ކަންކަމުގެ ޖަވާބުތައް ރައްޔިތުންގެ ދަރުބާރުގައި ދެއްވަން ޖެހެ އެވެ.

"ސެޕްޓެމްބަރު 23 ގައި ވޯޓުލާން ދާއިރު، އޭރަށް އިހަވަންދޫގެ ރައްޔިތުންނަށް ވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެސް ވިސްނޭނީ ދެން އެ ބޭފުޅުން ވެރިކަމަށް ވަޑައިގެންފިއްޔާ ރައީސް ޔާމީން 1000 މިލިއަން ޑޮލަރު ހޯދައިގެން އަޅާ އެއާޕޯޓު ދެން ވެސް ވިއްކާނުލާނެ ކަމުގެ ކަށަވަރުކަން ލިބޭނީ އޭރުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެއާޕޯޓު ވިއްކާލައި ފެން ކުންފުންޏާއި މުވާސަލާތީ ކުންފުނިތަކުގެ ބޮޑު ހިއްސާއެއް ބޭރަށް ވިއްކާލުމުން ލިބުނު ރަނގަޅާއި ރައްޔިތުންނަށް ވީ ފައިދާ އޮޅުންފިލުއްވައިދެއްވަން އެދިވަޑައިގަތެވެ. އަދި އެއީ، ހެއްދެވުނު ގޯހެއް ކަމަށް ވަންޏާ، ދީލަތި މާފަކަށް ވެސް ރައްޔިތުންގެ ކިބައިން އެދެން ޖެހޭ ކަަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި ސުވާލުތަކުގެ ޖަވާބެއް އަޅުގަނޑާ އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކަށް ނުދެއްވޭނެ. އެކަމަކު އަޅުގަނޑު ޖަވާބު ބޭނުން، އަޅުގަނޑަކީ ވެސް އެ ދުވަހު [ސެޕްޓެމްބަރު 23 ގައި ނަގާ ވޯޓަށް] ޝައުގުވެރިކަން ހުރި މީހެއް،" ރައީސް ވިދާޅުވި އެވެ.

119 ކޮމެންޓް, 197 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 1%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމީދު

18 July 2018

5 އަހަރުގެ ދައުރެއް ހަމަވެގެން ދިޔަަައިރު މިނިވަންކޮށް މީޑިއާ އަކަށް ސުވާލުކުރުމުގެ ފުރުސަތު ނުދޭ ރައީސް އެއް ބޭނުމެއްނުވޭ.

The name is already taken The name is available. Register?

އީޖޯ

18 July 2018

މިރައީސްގެ އަދަބެއް ސަދަބެއް ނެތީއެވެ. ކޮންމެތަނެއްގަ އިން ޕޯޑިއަމް އަަކަށް އެރުނަސް "އިނދިކޮޅު" ނުން އެއްޗެއް ނުކިޔެނީއެވެ. ބަލަ އެވްރެޖް މާކްސް ދޭނަން.

The name is already taken The name is available. Register?

ހޭވައްލާ

18 July 2018

ޤައުމު ތަރައްޤީ ކުރަން ކުރައްވާ ބުރަ މަސައްކަތްޕުޅަށް ޝުކުރިއްޔާ

The name is already taken The name is available. Register?

ރޯޒް ރައީސް

18 July 2018

ރައްޔަތުން ޖަވާބު ބޭނުންވަަ މަދު ސުވާލުކޮޅެއް. • ޑްރަގްބޯޓުގެ މައްސަލަ. • ތެޔޮބޯޓުގެ މައްސަލަ • މަޖިލިސް އިދާރާގަ 2 ފަހަރުމަތިން ރޯކުރި މައްސަލަ • ނުޙައްގުން ޖަލަށް ލީމީހުނަށް ނިޔާ ކަނޑައެޅި ގާޒީންގެ މައްސަލަ • ޢަލީ ޙަމީދުގެ ރިޕޯރޓް މައްޗަށް ކޮފީ ބަންޑުންވި މައްސަލަ. • ނާޒިމް ގެއިން ފިސްތޯލަ ފެނުނު މައްސަލަ. • މިނިވަން މުއައްސަސާތަކުގެ އިސްވެރިން ނަޒާހަތްތެރި ކުރަން ދިން ފްލެޓްތައް ދިންގޮތް. • އެމްއެމްޕީއާރްސީގެ ފައިސާ • ވޮއިޑް އެބް އިނީޝިއޯއެކޭކިޔާ ޤައުމު 4 ބިލިއަން ރުފިޔާއިން ދަރުވާލިމައްސަލަ. • މަޖިލިސްގެ 12 މެމްބަރުން ވަގުތުން މަޖިލިސްއަށް ވައްދަންޖެހޭ. • ސުޕްރީމްކޯޓަށް ސިފައިން ވަން މައްސަލާގައި • 600 ފެލްޓަށް ޚިޔާނާތްތެރިވި މައްސަލަ • ކުރުމުއްދަތެއްގައި ބައެއް އެމްޕީން ނުހައްގު މުއްސަނދިކަން ހޯދާގޮތް. • ވަޒީރުންގެ ލިސްޓަސް ފްލެޓް ދޭންޖެހުނު ސަބަބު. • މިނިވަން މުާއްސަސާތަކުގެ ، ޚާއްސަކޮށް އޭސީސީގެ ވެރިންނަށް ފްލެޓްދިންގޮތް. އަދިވެސް ބައިވަރު މައްސަލަ..

The name is already taken The name is available. Register?

ހޮޓްކިންގ

18 July 2018

ބަޔަކު ކިތަންމެ ނުރުހުނަސް، ރުޅިއައިސްގެން ފާޑުފާޑުގެ ވާހަކަ ދެއްކިޔަސް ހަގީގަތަކީ ދިވެހިރާއްޖޭގައި މިހާތަނަށް މިހާބާރު މިނުގައި ތަރައްގީގެ މިފަދަ ގިނަ ޕްރޮޖެކްޓްތަކެއް އެއްފަހަރައި ވަރަށް ބާރުމިނުގައި ހިންގެވި އެއްވެސް ވެރިކަމެއް ނެތްކަން. ގަބޫލް ނުކުރާން ތިބި މީހުން ގަބޫލު ނުކުރިނޫންތޯ ރަސޫލު ޒަމާނުގައި ދީން އިސްލާން ދީން ފެތުރިގެން ދިޔައިރު ފާޅުވަމުން ހާމަވަމުން ދިޔަ ކަންތައްތައްވެސް. ގުރުއާން އަޑުނާހަން ޖާހިލިއްޔަ ޒަމާނުގައި ނަޔަކު ކަންފަތަށް ކަފަޖަހައިގެންވެސް އުޅުނު. އެހެން އެކަން އޮތްއިރު މިއަދު މީހުންގެ ނުބައިކަން އެއަށްވުރެން ބޮޑު. މިޒަމާނުގައި ރަސޫލަކު ނުފޮނުއްވާނެ. ފޮނުއްވައިފިނަމަ މީހުންގެ ނުބައި ނުލަފާކަން އިންސާނުން ދުވަހަކު އަޑުނާހާ ކަންތައްތަކުން މި ދިވެހިރާއްޖޭގައިވެސް ދައްކާނެ. އެހާވެސް ހަގީގަތާއި ކުރިމަތިލުމުގައި ދިވެހިންވަނީ ނުކުޅެދުންތެރިކަމާއި ހަސަދަވެރިވެފައި.

The name is already taken The name is available. Register?

ފެންބޯ

18 July 2018

ރައީސް ވިދާޅުވަނީ މާލޭގެ ފެނުގެ އަގު ހެޔޮނުކުރެވިގެން އުޅެނީ އަންނި ބޭރުމީހުންނަށް ފެން ކުންފުނީގެ ހިއްސާ ވިއްކީމަ ކަމަށް. ދެން އެހެންވީ އިރު އައްޑޫ ސިޓީ އަށް ފެނަކައިން ފޯރުކޮށްދޭ ފެން އަގުލެޔޮ ނުކުރެވިގެން އުޅެނީ ކީއްވެ ބާ؟؟ ފެނަކަ އަކީ 100 ޕަސެންޓް ސަރުކާރު ކުންފެންޏެއް...... އެކަމަކު މާލެއަށް ވުރެ އައްޑޫ ގައި ފެނުގެ އަގުބޮޑު.

The name is already taken The name is available. Register?

ޚުބުޅި

18 July 2018

މަނިކުފާނު އަޅުގަޑުމެންނަށް ކިޔަދީބަލަ ތިބޭފުޅާގެ އަކައުންޓަށް 5 ލައްކަ ޑޮލަރު ޖަމާވިގޮތެއް އަދި ކޮތަޅުކޮތަޅުގަ ތިގޭދޮށަށް އުފުލި ޑޮލަރުތަކަށް ހެދިގޮތެއް އެއީ ރައްޔިތުންގެ ފައިސާ އެއާރޕޯރޓް ސުވާލަށްވުރެ މުހިއްމީ މިސުވާލަށް ޖަވާބުދެއްވުން

The name is already taken The name is available. Register?

މަރީ

18 July 2018

ރައީސްގެ ޕީއާރް ޓީމް ވަރަށް ކަޑަ. ޕްލޭނިންގއެއް އޮގަނައިޒިންނެއް ނެތް. ސްޓެޓިސްޓިކްސް ނަގާފަ ދައްކަނީ ރޯނުބައިކޮށް. އިންޓަރވިއު އެއްކޮށްލަން ނޭނގެ.

The name is already taken The name is available. Register?

މަރޭމިތުރާ

18 July 2018

[ޔާމީނު ބޭނުންވަނީ ރާއްޖޭގެ ވެރިކަން، ޔާމީނުގެ ސަރުކާރުން ފެނންނަނީ މަކަރުވެރިކަނ،ް ބަލާހިނދު ފެންނަނީ އަދު މިގައުމުން އަނިޔާވެރިކަން]

The name is already taken The name is available. Register?

ސިމެންތި

18 July 2018

ކޮއްމެވެސް ސިމެންޓި ކުންފުންޏެއްގެ ބްޜޭންޑް އެމްބެސަޑަރ ކަމަށް މި ރައީސް ހޮވަންފެނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454