ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި މިއަދު ރައީސް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
19 ޖުލައި 2018 - 14:50
ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ޖެޓުތައް ޖެއްސޭ ފެންވަރުގެ ތަނަކަށް ހައްދަވާނެ ކަމަށާއި އެކަމުގެ ސަބަބުން ސަރަހައްދުގެ މައި އެއާޕޯޓަކަށް ހަނިމާދޫ އެއާޕޯޓު ވެގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އާއި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ހދ. ހަނިމާދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު އިންތިހާބުވެވަޑައިގެންފި ނަމަ، ޒައާމަތުގެ ކުރީކޮޅު ހަނިމާދޫ އެއާޕޯޓަކީ މި ޒަމާނުގެ އެއާޕޯޓަކަށް ހައްދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ހއ. އަދި ހދ. ގައި ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް 3000 އެނދު އިތުރު ކުރަން ނިންމާފައިވާ އިރު، އެ ސަރަހައްދުގައި އެއާޕޯޓުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މައި އެއާޕޯޓެއްގެ ގޮތުގައި އޮންނަން ބޭނުންވަނީ ހަނިމާދޫ އެއާޕޯޓު ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަނިމާދޫ އެއާޕޯޓަކީ މިހާރު ބޮޑެތި މަތިންދާބޯޓު ފަހަރު ޖެއްސޭވަރުގެ އެއާޕޯޓެއް ނޫން. ތިން ހާސް އެނދު އިތުރުވެގެން ދާއިރު، މުއްސަނދިން ޕްރައިވެޓް ޖެޓުގައި އައިސް، ދަތުރުކުރެވޭ ވަރުގެ އެއާޕޯޓެއް ނޫން. އެހެންވީމަ، އަޅުގަނޑުމެންގެ މި އަންނަ ފަސް އަހަރުގެ އެންމެ ކުރީކޮޅު ހަނިމާދޫ އެއާޕޯޓު ބޮޑުވެގެން ދާނެ،" ހަނިމާދޫގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ހދ. ހަނިމާދޫގައި މިއަދު ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ. - ފޮޓޯ: ރައީސް އޮފީސް
- ހަނިމާދޫގައި ފެނުގެ ނިޒާމާއި މަގު ހެދުން ކުރިއަށް އެބަދޭ، ދެ މަޝްރޫއު މި އަހަރު ނިމޭނެ.
- ހަނިމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއް ދެއްވި.
- ކުރިން އުފެއްދި ދެ ސަރުކާރުން ހަނިމާދު އަށް ހަރަދުކުރީ ފަސް މިލިއަން ރުފިޔާ.
- މި ސަރުކާރުން ހަނިމާދު އަށް 228 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާނެ.
- ހއ. އަދި ހދ. ގައި ޓޫރިސްޓު އެނދު 3000 އަށް އިތުރުކުރާނެ.
ރައީސް ޔާމީން މިއަދު ހދ. ހަނިމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީވެގެން ދިޔައިމަ، އެންމެ ބޮޑު ފައިދާއަކަށް ވެގެންދާނީ ހަނިމާދޫ ރައްޔިތުންނެވެ. ހަނިމާދުއަކީ ގެސްޓް ހައުސް އާއި ސިޓީ ހޮޓަލްގެ ވިޔަފާރި ކުރަމުން އަންނަ ރަށަކަށްވުމުން އެ ދާއިރާ އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓު ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހަދަން ރައީސް ޔާމީން ނިންމެވި އިރު، ކައިރީގައި އޮންނަ ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި ހއ. ހޯރަފުއްޓާ ޖެހިގެން އޮންނަ މާފިނޮޅުގައި އެއާޕޯޓެއް އަޅަން ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
20 July 2018
ސާބަހޭ!
އާރީ
20 July 2018
އައިހެވަން އެއާރފޯޓް މައި ހަބަކަށް ނުވާނެތޯ?
ފާތުމާ ތަކުރު
20 July 2018
ކުޅުދުއްފުށީ އެއާޕޯޓު ފުރަތަމަ ސަތޭކަ ދުވަހުން ފަށާނަމޭ ބުނި އަނގައިން މިހާރު އެ ކިޔަނީ ދައުރުގެ ކުރީ ކޮޅު ހަނިމާދޫ އެއާޕޯޓު ބޮޑު ކުރާނެ ވާހަކަ. މަށަށް ހީވަނީ ދައުރުގެ ފަހަތު ކޮޅުންހެން މި ބޭފުޅާ ވެރިކަން ފައްޓަނީ
falaku ain
20 July 2018
ކިހިނަކުން މިވީ؟ ކުޅުދުއްފުށީ މީހުން ލައްވައި ނައްޓުވާފައި އެންމެ ވަރުގަދަ އެއަރޕޯޓް އަޅަން އެރަށުގެ ގުދުރަތީ މުއްސަދިކަން ދުއްވާލާފައި މިހާރު ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުޖެއްސޭވަރުގެ މައި އެއަރޕޯޓް ކަމުގައި ހަދާލީ ވާހަކައިން. 3000 އެނދު އިތުރުކޮށްލީ ވާހަކައިން. ބުނެވޭގޮތުގައި މިހާރުވެސް ހަނިމާދޫ އެއަރޕޯޓްގައި އެންމެ ބޮޑެތި ބޯޓު ޖެއްސިދާނެޔޭ އެ ބޯޓް ތައް ހިންގާ އެއަރލައިންތަކުން ހަނިމާދުއަށް ބޯޓު ޖައްސަންޖެހޭ ސަބަބެއް ދައްކަނިކޮށް.
----- ލޮލީ
19 July 2018
ދެން ނުލިބޭނެ
ހޭބަލި
19 July 2018
ހަނިމާދޫގަ އޮންނަ އެއަރޕޯޓަށް ކިޔަނީ "ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް" އެއްނޫންތޯ މިހާރުވެސް
އައްޑޫ ބަކުރު
19 July 2018
މީހުން ހައްދަންވެސް ތީދެން ބޮޑުވަރު ރައީސައްކަމަކު. ދާކޮންމެ ރަށެއްގެ ރައިޔަތުންނަކީ ރައީސް އަށް ހީވެފަ އޮނނަނީ މޮޔާންކަމައްތަ... ބުނެވޭނީ ހަމަ ސޮރީއޭ މިފަހަރު ކޮންމެ ފަހަރަކު އޮޅުވައެއްނުލެވޭނެއޭ ސާހިބާ އެންގޭތޯ..
ހާދާލު
19 July 2018
ހަމަ ހުސް ހޮޅި ވާހަކަ......2013 ގަ ވެސް ބުނީ ހަމަ ތިހެން......ދެން ސޮރީ
ތޯތޯ
19 July 2018
ތިކަން ކުރެވޭނީ ކައްޕީގެ ވެރިކަން ނިމުނު ދުވަހަކުން . ޥެރިކަމުގެ 5 އަހަރު ތެރޭ ކުރަން ބޭނުންނުވި ކަމެއް ދައުރު ނިމެން މަސް ދެމަހެއް ވީވާ ރާއްޖެތެރޭ ރައްޔިތުންގެ ވޯޓް ބޭނުންވީމާ ކޮންމެހެން ޗިޕް ޖަހަން އުޅޭނެ ކަމެއްނެތެވެ.
ތުއްތުނާ
19 July 2018
ކުރިއަށް އޮތް 2 މަހެއްހާ ދުވަހު ދިވެހި ހުރިހާ ރައްޔިތުންނަށް ހަނދަށް ދިއުމުގެ ކަންތައްތައް ސަރުކާރުން ހަމަޖައްސަނީ...،...ދެން އަތްޖަހާ..........