ބޮޑުމަގުގައި ރޯކޮށްލި ސައިކަލް އަނދަނީ. ފޮޓޯ/ އައްޑޫ ލައިވް
22 ޖުލައި 2018 - 23:44
އައްޑޫ ހިތަދޫގައި، މިރޭ ގުރޫޕް މާރާމާރީއެއް ހިންގުމަށް ފަހު، އެ ރަށުގައި ސައިކަލެއްގައި ރޯކޮށްލައި އަންދާލައިފި އެވެ.
މީގެ ގަޑިއެއްހާ އިރު ކުރިން، ހިތަދޫ ބޮޑުމަގުގައި ސައިކަލެއްގައި ރޯކޮށްލާފައިވާއިރު، އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ސައިކަލްގައި ރޯކުރުމުން، އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ފޭސްބުކްގައި ބައެއް މީހުން އާންމު ކޮށްފަ އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސައިކަލްގައި ރޯކޮށްލީ، ދުއްވާފައި ދަނިކޮށް ހުއްޓުވުމަށް ފަހު އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ހިތަދޫގެ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާރީގައި ދެ މީހަކު ޒަހަމް ވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެ އެވެ.
ސައިކަލް އަނދަމުންދާ މަންޒަރު ދައްކުވައިދޭ ވިޑިއޯއެއް.
ނަމަވެސް އެއްވެސް މީހަށް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މިރޭގެ ހާދިސާއާ ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް، ހަމަނުޖެހުން ހިންގި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދު
23 July 2018
ހައްޔަރު ކުރިކަން ކަށަވަރުކޮށްދޭނެ. މާދަން އިރު އޮއްސޭއިރު އެމީހުން އުޅޭނެ އަނެއްކާވެސް މަގުމަތީ... އެއިން ބައެއްގެ މައްޗަށް ހެއްކެތްވެސް ނުހޯދޭނެ. މިސަރުކާރަށް ހެކި ހޯދޭނީ (ނުވަތަ އުފެއްދޭނީ) ހަމަ އެކަނި ސިޔާސީ ވެރިންނާއި ދެކޮޅަށް.
ނުރަބޯ
23 July 2018
ކަނޑައެޅިގެން ޓެރަރިޒަމްގެ ޢަމަލެއް.
އަހުމަދް
23 July 2018
ގައުމުގެ ހާލަތު، އެކަމަކު އޯކޭ އެއްނު ބުރިޖުއެޅެންޔާ، މީހުން ކަތިލާ، މަރާ، ވައްކަންކުރާއިރު ވެސް ގޮވާނެ ތަރައްގީއޭ، ތަރައްގީ އަކީ ފުރުތަމަ މީހާގެ ސިނކުޑިއަށް އަން އެއްޗެއް، ދެއްއެމާހައުލަށް، ކިތަންމެ މޮޅު ބުރިޖެއް އެޅިޔައް އެތަނަށް ކުޅުޖަހާ ކުނިއަޅަންޔާ އެއީ ތަރައްގީއެއްނޫން، ކިތަށްމެ މޮޅު ހޮސްޕިޓަލެއް އެޅިޔަސް އެތަނަށް ހައްތަހާވެސް ގެންދާ ބަޔަކީ ވަޅިޖަހައިގެންޔާ އެއީ ތަރައްގީއެއްނޫން، ފުރުތަމަ އިންސާފުވެސް ދޭން ނޭގޭ ގައުމެއްވިއްޔާ ނިދާކޮޓަރިން ފާހަނައަށް ބުރިޖުއެޅިޔަސް ގައުމު އޮންނާނީ އަބަދުވެސް ފަހަތުގަ.
އަބްދުﷲ މުޙައްމަދު
23 July 2018
ކަލޯމެންނޭ ؟ ތިޔަކަންތައް ދޫކޮއްލާ. ތަޅައި ފޮޅުމާއި، މުދަލަށް ގެއްލުން ދިނުމާއި، އަދި ﷲ ހައްދަވާފައި މި މާތް އިންސާނުން މެރުމާއި މިފަދަ ކަންތައްތަކަކީ ޝައިތާނާ އަޑީގައި ހުރެގެން ކުރުވާ ނުބައި ކަންތަކެވެ. ﷲގެ ކޯފާ އައުމުގެ ކުރިން ތަޢުބާވެ އާޙިރަތުގެ ގޯތި ތަނަވަސް ކުރުމަށް ފޫގަޅާލާ. ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ ކަމެކެވެ. ﷲ އަޅުގަނޑުމެން ހުރިހާ ދިވެހިނަށް ތެދުމަގު ދައްކަވާށި.
އަތްފުނާ
23 July 2018
މީހަކަ ސީރިއަށް ގެއްލުމެެއްނުދީ ތިވަރުން ފުއްދާލިކަންވެސް ރަނގަޅު