23 ޖުލައި 2018 - 14:29
ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ "ފާނަ ބަސަންދު" ފެތުރެމުންދާއިރު އެ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖޭގައި ނެތް ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ހަށިގަނޑުގައި ގިނަ އަދަދަކަށް ބިހި ނަގައި، އަދި ގަދަ ހުން އަންނަ އެ ބަލިން ރައްކާތެރިވުމަށް ޖަހަނީ "ޗިކަންޕޮކްސް އެންޓިބޮޑީޒް" މާއްދާ ހިމެނޭ ވެކްސިނެކެވެ. އެ ވެކްސިން ދޭން ޖެހެނީ ބިހިތަކާއި ފޮޅުތައް ނަގަން ފެށުމުގެ ކުރިންނެވެ.
ފާނަ ބަސަންދު ޖެހިފައިވާ މީހަކާ އެކު އުޅޭ ބަޔަކަށް ނުވަތަ ކުޑަކުދިންނަށް އެ ވެކްސިން އާންމުކޮށްދީ ހަދަ އެވެ. އެއީ ފަސޭހައިން ގައިންގަޔަށް އަރާ އެ ބަލިން ދުރާލައި ސަލާމަތްވެ ތިބުމަށެވެ.
އެ ވެކްސިން ޖެހުމަށް އައިޖީއެމްއެޗާއި އޭޑީކޭ އަށް ދިއުމުން ބުނަނީ ވެކްސިން ގަނެގެން ގެނައުމުން ޖަހައިދޭ ކަމަށާއި ހޮސްޕިޓަލުގައި ނެތް ކަމަށެވެ. އަމިއްލަ ކްލިނިކްތަކާއި ދަމަނަވެށިން ވެސް ބުނީ އެ ވެކްސިން މިހާރު ނެތް ކަމަށެވެ.
ރާއްޖެ އަށް އެންމެ ފުޅާދާއިރާއެއްގައި ބޭސް އެތެރެކުރާ، އެސްޓީއޯއިން ބުނީ ފާނަ ބަސަންދުގެ ވެކްސިން ސްޓޮކް ހުސްވެފައިވާ ކަމަށެވެ. ލިބޭނެ ވަކި ދުވަހެއް އެތަނަކުނ ނުބުނެ އެވެ.
ރާއްޖެއަށް ބޭސް އެތެރެކުރާ ބޮޑުތި އެހެން ކުންފުނިތަކުން ބުނީ އާންމުކޮށް އެ ވެކްސިން އެތެރެކުރަނީ އެސްޓީއޯ އާއި އޭޑީކޭއިން ކަމަށެވެ. އެ ދެ ކުންފުނީގައި ވެސް ވެކްސިން ސްޓޮކެއް ނެތެވެ.
"ސްޓޮކް ހުރީ ހުސްވެފައި. ލިބޭނެ ސީދާ ދުވަހެއް އަދި ނޭންގެ،" އޭޑީކޭ އިން ވެސް ބުންޏެވެ.
ބައެއް ބަލިތަކަށް ދޭ ވެކްސިންތަކަކީ ސަރުކާރުގެ ވެކްސިން ޕްރޮގްރާމްގެ ދަށުން ދެމުން އަންނަ އެއްްޗެކެވެ. އޭގެ ސްޓޮކް ސަރުކާރުން ބަލަހައްޓައި އާންމުންނަށް ފޯރުކޮށްދެ އެވެ.
އެކަމަކު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ ފާނަ ބަސަންދަށް ޖަހާ ވެކްސިނަކީ ސަރުކާރުގެ ވެކްސިން ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ވެކްސިނެއް ނޫން ކަމަށެވެ. އެހެންކަމުން އެ ވެކްސިން އެތެރެކޮށް ވިއްކުން، ބޭސްއެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް ހުޅުވާލާފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
24 July 2018
ވެކްސިން ނެތަސް އައިޖީއެމްއެޗް 25 ބުރީގެ އިމާރާތް އެބަ ހުއްޓޭ!
ސާދާސީދާ
24 July 2018
ޢާއިލީ ޑޮކްޓަރެއް ނުލިބުނުތާ ކޮންމެ ބައްޔެއް ފެތުރި އެތަށް ބަޔަކު ވޭނުގާއުޅޭއިރު ވެކްސިން ވެސް ނުލިބޭ. މިދިޔަ 4 އަހަރު ޙައްޖުވެރިންނަށް ޖަހާ ވެކްސިން ވެސް ނުލިބޭ. ވެކްސިން ނުޖަހާ ކާޑް ފުރާލާފަ ގެންދަނީ!
ނާނަ
24 July 2018
މިދިޔަ 4 އަހަރު ޙައްޖުވެރިންނަށް ޖަހާ ވެކްސިން ވެސް ނުލިބޭ ވާހަކަ އެއީ ކަނޑައެޅިގެން ދޮގެއް. ޙައްޖުވެރިންނަށް އިންނާނީ ތިން ވެކްސިން. އެއީ މެނިން، ޕޯލިއޯ، އިންފްލުއެންޒާ. މީގެ ތެރެއިން މެނިން، ޕޯލިއޯ އަކީ ވިސާ ޖެހުމަށް މަޖްބޫރު 2 ވެކްސިން. މި ދެ ވެކްސިން އަބަދުވެސް ލިބެންހުރޭ. އިންފުލުއެންޒާ އަކީ އޮޕްޝަނަލް އެއްޗެއް. އެއްބައިފަހަރު މި ވެކްސިން ނުހުރޭ. އެކަމަކު ކާޑް ފުރާނީ ހަމަ ޖެހި ވެކްސިންތަކަށް އެކަނި.
ދޮންބީފާނު
25 July 2018
ދެން އަހަރުމެން ގަޔަށް އެޖެހީ ކޯޗެއްބާ!!!
ޙްމް
24 July 2018
ޙާސް ނުވޭ އައިޖީއެމްއެޗް25 ބުރީ އިމާރާތާ ބުރިޖެއް އެބަހުއްޓެއްނު. ޢެވަރުން ފުދޭނެ.
ރުޤިއްޔާ
23 July 2018
ދިވެހިން ދިވެހިންގެ ގޮތުގައި... ކޮންމެ ވެކްސިނަކީވެސް ބަލިޖެހުމުގެ ކުރިން ޖަހަންޖެހޭ އެއްޗެއް. ފަރުދީ ޒިއްމާއެއް ކަމަށް ދަނެގެން ބަލިފެތުރުމުގެ ކުރީން ވެކްސިން ޖަހާބަލަ!
ޙުސޭނުބެ
23 July 2018
ފާނަ ބަސަންދަށް ވެކުސިން ޖަހާކަށް ނުޖެހޭ
ވިސނާފިކުރުކުރޭ
23 July 2018
ދެރައީ މިބަލި ޖެހީފަ ތިބޭ މީހުން ނުކުމެ މީހުން އެއް ތަނތާ އުޅޭތީ....އެނމެ ފަހު ބިހި ނަގާތާ 5 ދުވަސ ވަނދެނ އޭ ނަގައިނ ބަލި އަރާނެ. އަދި ބަލި ޖެހިފައި ވާ މީހަކާ ކޮންޓެކްޓް ވާ މީހާ 21 ދުވަސް (އިންކުޔުބޭޝްން) ވީމަ ގައިމްކޮށް އިނގޭނީ ބުނަން ނުޖެހޭކަން. ޢެހެން ވީމަ މިއީ ފަރުދީ ޒިންމާ އެެއް. ޥެކްސިން އަކީ ހެއްލެއް ނޫން. ހުންއައިއްސަ ހުއްޓަސް ސްކޫލަށް ގެނދާނެ، ކެއްސާ އިރު އަނގަމަތި ނިވާ ކުރާން އެދިއްޖިއްޔާ ބުނާ މީ ހާ ގޯސް. ކޯފުއްޕި ވެސް ވަރަށް ގިނަ. މި ދެބަލިވެސް ފެތުރެނީ އެއާ ޑޮރޮޕް ލެޓް އިން.... ކިނބިހި އަޅާ ކެއްސާ އިރު ވައިގެ ތެރެޔަށް ދާ ވައިރެސްއިން...ދެން ވިސްނާ ލައްވާ.
ޒަވިޔަނި
25 July 2018
100%
ނަން
25 July 2018
ހުރިހާ ކަމަކަށް ވެކްސިން ޖެހުމަކީ އަހަރެން ހަމަގައިމުވެސް އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫން. ބުނާތީ އަޑު އަހަން މިހާރުވެސް އިންސާނުންގެ ޑައިޖެސްޓިވް ސިސްޓަމް ގަ ހުންނަ 1/3 ފަނިފަކްސަ ނެތި ގޮސްފައިވާ ކަމަށް. ބޭސް ކެއުމާ އިންޖެކްޝަން ފަދަ ކަންކަމުން ކަމަށް ބުނަނީ.
އަލްޖިބްރާ
23 July 2018
އަދިވެސް ދުނިޔޭގެ ބާރުގަދަ ޤައުމުތަކާ ގުޅުން ކަޑަމުން ގެން ދޭ ! ހުރިހާބޭހެއްވެސް ޔާމީނު ހޯދާދޭނެ ! އެހެންނޫނީ އަދުރޭ ، ނިހާނު ، ޝައިނީ ، މިމީހުންވެސް ހޯދާދޭނެ !
އަލީީ
23 July 2018
ވަރަށް ޒިންމާދާރުކަން ކުޑަ ލިޔުމެއް! ފާނަބަސަނދު ފެތުރޭ ވާހަކަ ލިޔުނު އިރު، ކުރު މުއްދަތެއްގެ ތެރޭގައި ގިނައިން ފެތުރިފައިވާނަމަ މިސާލަކަށް ފާއިތުވި ހަފްތާގައި ކިތައް މީހުން ބަލިޖެހިގެން ދެއްކިތޯ ނޫނީ އެފަދަ ތަފާސް ހިސާބެއް ހިމަނާފައި ނެތް! އެޗްޕީއޭ އިން ހޯދައިގެްނ ލިޔުނުނަމަ ނޫނީ އިންދިރާ ހޮސްޕިޓަލް ނޫނީ އޭޑީކޭގެ ބަސް ހޯދިއިރު ދެއްކި މީހުންގެ އަދަދު ވެސް ހިމެނިނަމަ! ދެން ވެކްސިން ނެތޭ ބުނާއިރު އެހެން ބުނަން ޖެހޭނީ އެވެކްސިން ގެންނަ ފަރާތްތަކުން! ސަބަބަކީ މިއީކީ ސަރުކާރުގެ ޕްރޮގްރާމްގެ ތެރެއިން ދޭ ވެކްސިނެއް ނޫން! އޮޕްޝަނަލް ވެކްސިނެއްގެ ގޮތުގައި ބައެއް މީހުން ނަގައިގެން ދީއުޅޭ! މައިމޫނާ އާ ސުވާލުކުރިއިރު އަޅެ ބަލި އުޅޭ މިންވަރު ބަލާލާފައި ލިޔެލިނަމަ ތަންކޮޅެއް ގަބޫލުކުރަން ވެސް ފަސޭހަވީސް
ކޮރަލް
23 July 2018
ސަރުކާރު ވުޒާރާ ތަކުން ނޫސްވެރީންނަށް އެއްބާރު ލުމެއް ނުދެއެވެ. ޖަވާބު ލިބެނީ މަރިހަލާއަށް ފަހު ދުވަސް ތަކެއް ފަހުންނެވެ. އޭރު ބްރޭކިންގް ނިއުސް އޮންނީ ނިމިފައެވެ.
ނަމް
25 July 2018
އަދިވެސް މިލިޔުނު މީހާދޯ ގޯސްތިކުރަނީ. ޢަދި ކިރިޔާ މިއެނގުނީ ފާނަ ބަސަންދު އެބަ ފެތުރޭ ކަންވެސް. ޥަރަށް ރަނގަޅު ލިޔުމެއް. ނޫސ ވެރިޔާ އަށް ސާބަސް
ވާލުސޮރު
23 July 2018
ޒަމާނުއްސުރެ ދިވެހި ބޭސްވެރިން ތި ބައްޔަށް ފަރުވާކުރުމަށް ބޭނުންކޮށްއުޅުނީ ހިތިފަތް (ނުވަތަ "ނީމް"). ހިތިފަތުފެނުން ފެންވެރުމާ ހިތިފަތް ތަންމަތީގަ އަޅައިގެން ނިދުންފަދަ ކަންކަން. ރައްކާތެރިވުމުގެ ގޮތުން ބަލިޖެހިފަ ތިބޭ މީހުންނާ ގައިގޯޅި ނުވުމާ ބަލި މީހުން ގޭން ބޭރަށް ނުދިއުމާ ސާފުތާހިރުކަމަށް އިސްކަންދިނުން މުހިންމު. ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގަ ފާނަބަސަންދު ޖެހިފަ ފަސޭހަވާ ދުވަސްކޮޅަކީ ގައިން ގަޔަށްއަރާ ދުވަސްކޮޅެއް. އެކަމަށްވެސް ސަމާލުވުން މުހިންމު.
ޖަރީމާ
23 July 2018
ކޮންމެހެން ބޭނުންވާ ވެކްސިންތައް ކޮންމެ ގައުމެއްގަ ވެސް ވިހެއުމަށް ފަހު ރެކޯޑް ކުރެވިގެން ދެމުން ގެންދަނީ. މިސާލަކަށް ބީސީޖީ ޕޯލިޔޯ ޑީޕީޓީ އެމްއެމްއާރ. ދޭންޖެހޭ ވެކްސިންތައް އެކި ގައުމުތަކުގައި ތަފާތު. ފާނުބަސަންދަށް ދޭ ވެރިސެލާ ވެކްސިން އެއްވެސް ގައުމެއްގެ ޕްރޮގްރާމްގަ ހިމެނޭ ކަމެއް ނޭނގެ. ވެކްސިން ގެނެސް ބެހެއްޓުމުގެ ހުއްދަ ފާރމާ ކޮމްޕެނީސް ތަކަށް އަބަދުވެސް އޮވޭ. އެކަމަކު ގިނަ މީހުން ޖަހަން ބޭނުންވާ ވެކްސިނެއް ނޫންވީމަ ފާމަސީތަކުން ބޭކާރުގޮތުގަ ގެނެސް ނުބަހައްޓަނީ. ތިޔަ ވެކްސިން އަކުން މުޅި އުމުރަށް އިމިއުނިޓީ ނުލިބޭ.