ޚަބަރު / ރިޔާސީ އިންތިޚާބު 2018

ތަރައްގީ ގެންނާނީ މުޅި ރާއްޖެއަށް ހަމަހަމަކޮށް: އިބޫ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ބ. އަތޮޅަށް ކުރައްވާ ދަތުރުގައި ސަޕޯޓަރުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ: އެމްޑީޕީ

28 ޖުލައި 2018 - 15:57

45 comments

ވެރިކަން ލިބިވަޑައިގެންފި ނަމަ މުޅި ރާއްޖެއަށް ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ބ. އަތޮޅުގައި ފެށި ކެމްޕެއިނުގައި މި އަތޮޅު ގޮއިދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ޒަމާނުއްސުރެ ބ އަތޮޅަކީ ވެއެތުވެދިޔަ ސަރުކާރުތަކުން އަޅާލާފައިވާ އަތޮޅެއް ނޫން ކަމަށެވެ.

"ގޮއިފުޅަދުއަކީ މި ބ. އަތޮޅުގައި ވަކިން އޮތް ކުޑަ އަތޮޅެއް. ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ފަރާތުން އެހާ ބޮޑަށް އަޅާލައިފާ ނެތް އަތޮޅެއް. އެހެން ނަމަވެސް 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުޅި ރާއްޖެއަށް ހަމަހަމަކޮށް ތަރައްގީ ގެނައުމުގެ މަޝްރޫއެއް އެއިރު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ފެށިން. މި ރަށުން މިއަދު ފެނިވަޑައިގަންނަވާ ބަނދަރަކީ އެއިރު ސަރުކާރުން އެޅި ބަނދަރެއް،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ގޮއިދޫ އަދި މި އަތޮޅުގެ ބައެއް އެހެން ރަށްރަށުގައި ތަރައްގީގެ މަޝްރޫއު ފަށާފައިވާނެ ކަމަށް ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އިދިކޮޅު އިއްތިހާދުން ވެސް ގޮއިފުޅަދޫ ދޫކޮށްނުނާލެ ކަމަށެވެ.

"އެގޮތުން މި ރަށާއި މި ފަޅާ ގުޅިފައިވާ ތިން ރަށަކީ ވެސް އަޅުގަނޑުމެން ދޫކޮށްލާނެ ތިން ރަށެއް ނޫން. މި އަތޮޅުގައި އެއާޕޯޓެއް އެބަ އޮތް. އެއީ އެމްޑީޕީގެ ވެރިކަމުގައި އެޅިގެންދިޔަ އެއާޕޯޓެއް. މި ރަށުގެ ބަނދަރު މި އޮތީ ޒަމާނާ އެއްގޮތަށް މި ވަގުތަށް ބޭނުންވާ މިންވަރަށް އެޅިފައި. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ކަމަކީ ލާމަރުކަޒީ ނިޒާމުން ރަށްތައް ހިންގުން. އެއިގެ އިތުރުން މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ޓުއަރިޒަމްގެ ސިޔާސަތު ފުޅާކުރުން،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ބ. އަތޮޅަށް ކުރައްވާ ދަތުރުގައި. -- ފޮޓޯ: އެމްޑީޕީ

ގޮއިދޫއަކީ މިހާތަނަށް އައިރު ވެސް ފެނާއި ނަރުދަމާ ގާއިމުކޮށްފައިވާ ރަށެއް ނޫނެވެ. އެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި އެކަން ކޮށްދެއްވާނެ ކަމަށެވެ.

"މިއަދު ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކީ ވެސް މުޅި ރާއްޖެ ޖަޒީރާވަންތަ ގައުމެއްގެ ގޮތަށް ތަރައްގީ ކުރުމަށް އެކުލަވާލާފައި އޮތް ތަސައްވަރެއްގެ މައްޗަށް އެކުލަވާލާފައިވާ މެނިފެސްޓޯއެއް،" އިބޫ ވިދާޅުވި އެވެ. "މި ރަށަކީ އަދި ނަރުދަމާ އާއި ބޯފެނުގެ ހިދުމަތް ލިބިފައިނުވާ ރަށެއް. އަޅުގަނޑުމެންގެ ވެރިކަމެއްގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަށްތައް ތަރައްގީ ކުރަމުންދާއިރު މި ރަށުގެ ބޯފެނާއި ނަރުމާއަކީ އެ ލިސްޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ މަޝްރޫއެއް،" ގާތްގަނޑަކަށް 800ގެ އާބާދީއެއް އޮންނަ ގޮއިދޫގައި އިބޫ ވިދާޅުވި އެވެ.

ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބެ އެވެ. އަދި އިންތިހާބަށް މުޅި ރާއްޖޭފައި 490 ފޮށި ބަހައްޓާނެ އެވެ.

45 ކޮމެންޓް, 91 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 0%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާފައި

29 July 2018

އޮބޫ މެންގެ ވާހަކަ ފުޅަށް ބަލާ އިރު އިބޫ އަކީ ހަމަ ސޫދާ އެމްޑީޕީގެ ކެންޑިޑޭޓެ ކެވެ. ޚޯލިޝަން އާއި ވާ ބެހޭ ކަމެއް ވެސް ނޫނެވެ. އިބޫ ހޮވުމަކުން ރައީސް މައުމޫނު އާއި ޤާސީމު އިބުރާހީމު ޖަލުން ސަލާމަތް ވާބެ ކަމުގެ އެއްވެސް ގަރަންޓީއެއް ނެވެ.އަދި ޝައިޚަ އިމްރާނު އާއި ކާނަލް ނާޒިމު އާއި އަބުދުއްﷲ ރިޔާޒް ވެސް މެއެވެ.

The name is already taken The name is available. Register?

Ok rangalhu

29 July 2018

ދާއިރާއަށް ކަމެއް ކޮދެވުނު؟

The name is already taken The name is available. Register?

.އަލީ

29 July 2018

އަމިއްލަ ދާއިރާއަށް ނުކުރެވުނު ކަމެއް އެހެން ބަޔަކަށް ކޮށްދެވޭނެ؟

The name is already taken The name is available. Register?

މޫސަ123

29 July 2018

ކުދީނޭ ހޭއަރާ މިގައުމުގެ ތާރީޚުން ގެއްލިގެން ދިޔަ ފަސް އަހަރު ހަދާނަށް ގެނޭ މުއުމިނެއް ގަޔަށް އެއްހަރަކުން ދެފަހަރު ކަށިނުޖެހޭނެކަމަށް ގާސިމްބެ ވިދާޅުވި އަދި ހެޔޮހާލުގައި ތިބޭއިރު ބަލިވެ އުޅުނު ދުވަސްތައް މަތީން ހަދާންކުރޭ އަމިއްލަޔަށް އަދަވަޅަކަށް ވެއްޓި ނުގަނޭ ހޭއަރާ ހެޔޮނުވާނެ ރަގަޅަށް ވިސްނާ ވަޅުގަޑަކަށް ވެއްޓިއްޖެއްޔާ އަރާކަށް މާކަ ފަސޭހައެއް ނުވާނެ ވަރަށް ހެއުދުއާ ސަލާމް

The name is already taken The name is available. Register?

ނޫރާ

29 July 2018

ޖަލްސާގަ ދެއްކީ ހުސް މިހާރުވެސް ފަތުއަޑު ކިޔާފަ ކުރިއަށް ދާ ކަންކަމުގެ ވާހަކަ...އެންމެ ރަނގަޅުތާ އެއިންކަމެއް ރަނގަޅު ކޮށްލަން ވަޢުދެއްވިނަމަ...މަގޭ ލިޔެލާ ޖަހާދޭނަން...މަގޭ ކަނދު ފައްޗަށް މަހަށް ގެންގޮސް ދޭނަން...މަގޭ ރިހާކުރު އޮލަކޮށްދޭނަން...ހަމަ އަސްލުވެސް ކިޔާނެ އެއްޗެއްނެތް..އެމީހުންގެ ސިކުނޑި ފޯރާ ހިސާބުން ކޮށްދޭނެ ކަމެއްވެސްނެތް...ސަބަބަކީ ރައީސް ޔާމީން ވަނީ ހުރިހާ ކަމެއްވެސް ކޮށްދެއްވާފަ...ބަނދަރު ބޭރުތޮށި، ގޮޑުދޮށް ހިމާޔަތް ކުރުން، ނަރުދަމާ، ފެން، މަގުހެދުން މިހުރިހާ ކަމެއްވެސް ކޮށްދެއްވައިފި...ﷲގެ ހެޔޮރަޙްމަތުން ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބުވެ ތުޅާދޫ ރައްޔިތުންނަށް އިތުރު ކުރިއެރުންތަކާއި ފާގަތިކަން ހޯއްދަވައިދެއްވާނެ...އެމަނިކުފާނަކީ ދޫފުޅު ފަސޭހަ ޙިކުމަތްތެރި ލީޑަރެއް..ވީ ލަވް ޔޫ ސާރ.

The name is already taken The name is available. Register?

ނާއިލާ

29 July 2018

މިސޮރު ތުޅާދޫގައި އެޔޮއް ވާހަކަ ދައްކަން އުޅުނުގޮތެއްދޯ...މަ ހީހީ ހަލާކު...ގްރޭޑް 7 ގެ ފެންވަރުވެސް ނެތް.

The name is already taken The name is available. Register?

ދެކޮޅު

29 July 2018

ތިތިލަފަތް އަބަދުވެސް އެއްކޮޅަށް ބަރުވާނެ.އަހަރަމެންނަކަށް ތިކަމެއް ނޮއޮޅޭނެ.

The name is already taken The name is available. Register?

މޫސަ123

29 July 2018

ދެން ކީއްވެތޯ ތިޔަބޭފުޅުންގެ ވެރިކަމުގަ ތިބުނާތަރައްގީ ނުގެނައީ ލ. މާވަށުގަ އަޅާދޭން ވައުދުވި ގަރުދިޔަފެކްޓްރީ އަޅާދޭން ވާނެ އެއްކަލަ ޖީ އެމް އާރު ކޮންމެހެންވެސް ގެނެވޭތޯ ބަލަންވާނެ ކުރިޔަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މިހާރު ވިއްކާލެވޭނެ އަދި ކޮންމެންވެސް އެމް ޓީ ސީ ސީ ވިއްކާލަންވާނެ ދެން ދިރާގުގެ ބާކީ އޮތްބައިވެސް ހިމަނަން ޖެހޭ ސަރުކާރުން ވިޔަފާރި ކުރުންޙުއްޓާލާ އެސްޓީއޯވެސް މަށައްފެނޭ ވިއްކާލަން

The name is already taken The name is available. Register?

ހަޤީޤަތް

29 July 2018

ބ. ކުޑަރިކިލު ޔާމީން 10 މަސްރޫޢު މުހައްމަދު ނަޝީދު 0 މަސްރޫޢު ބ. ކަމަދޫ ޔާމީން 08 މަސްރޫޢު މުހައްމަދު ނަޝީދު 01 މަސްރޫޢު ބ. ކެންދޫ ޔާމީން 10 މަސްރޫޢު މުހައްމަދު ނަޝީދު 02 މަސްރޫޢު ބ. ކިހާދޫ ޔާމީން 04 މަސްރޫޢު މުހައްމަދު ނަޝީދު 0 މަސްރޫޢު ބ. ދޮންފަނު ޔާމީން 04 މަސްރޫޢު މުހައްމަދު ނަޝީދު 0 މަސްރޫޢު ބ. ދަރަވަންދޫ ޔާމީން 13 މަސްރޫޢު މުހައްމަދު ނަޝީދު 02 މަސްރޫޢު ބ. މާޅޮސް ޔާމީން 03 މަސްރޫޢު މުހައްމަދު ނަޝީދު 02 މަސްރޫޢު ބ. އޭދަފުށި ޔާމީން 24 މަސްރޫޢު މުހައްމަދު ނަޝީދު 06 މަސްރޫޢު ބ. ތުޅާދޫ ޔާމީން 13 މަސްރޫޢު މުހައްމަދު ނަޝީދު 05 މަސްރޫޢު ބ. ހިތާދޫ ޔާމީން 09 މަސްރޫޢު މުހައްމަދު ނަޝީދު 02 މަސްރޫޢު ބ. ފުޅަދޫ ޔާމީން 07 މަސްރޫޢު މުހައްމަދު ނަޝީދު 0 މަސްރޫޢު ބ. ފެހެންދޫ ޔާމީން 08 މަސްރޫޢު މުހައްމަދު ނަޝީދު 0 މަސްރޫޢު ބ. ގޮއިދޫ ޔާމީން 11 މަސްރޫޢު މުހައްމަދު ނަޝީދު 02 މަސްރޫޢު "ބ. އަތޮޅަށް ކޮށް ދިން ކަމެއް ކޮށްފައިވަނީ 2008 ވަނަ އަހަރު ރައީސް ނަޝީދުކަމަށް އިބޫ ވިދާޅުވި" ތަންފުކެއް ބޮޑުވަރުދޯ؟

The name is already taken The name is available. Register?

އަބްދުއްލާ

28 July 2018

2008 ގާ ގައުމު ހިންގަން ހަވާލުވެ ގައުމު އިނދަ ޖައްސާލި ބަޔަކަށް ގައުމަށް ގެނެވޭނީ ކޮންތަރައެްގީއެއް . ޑޮލަރުގެ އަގު 12.85 ން 15.42 އަށް ބޮޑު ކޮށް ޑޮލަރު ގަންނަން ލިބޭ އަގު 18 އަށް ބަދަލުކުރީ ކޮންސަރުކާރަކުން. މިބަދަލު އައި ސަބަބު ވެސް އެގޭ އެކަމަކު އެވާހަކަ ތަފްސީލް ކޮށް ނުޖަހާ ދޫކޮށްލީ . އެމްޑީޕި އަކަށް އަދި ވެރިކަން ދިނަސް ގައުމު ނުހިންގޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454