މި ސަރުކާރުން ހިއްކި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ފްލެޓް އަޅާނެ ބައެއް ބިންތައް ކަނޑައަޅާފައި. --ފޮޓޯ/މިހާރު
02 އޯގަސްޓް 2018 - 11:04
ރާއްޖޭގެ ރަށްތައް ތަރައްގީކުރަން ގިނަ މަޝްރޫއުތަކެއް ހިންގަމުން، 315،000 މީހުންގެ އާބާދީއަކަށް ވިލިމާލެ 2 ތަރައްގީ ކުރުމަކީ ބޯހިޔާވަހިކަމަށް ހައްލު ހޯއްދަވަން ވަރަށް ވިސްނުންތެރިކަމާ އެކު ރައީސް އަބްދުﷲ ޔާމީން ރާއްވަވާފައިވާ ދެކޮޅުޖެހޭ ސިޔާސަތެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 100،000 މީހުންނަށް އަމާޒުކޮށްގެން ފްލެޓް އެޅުމަށް ވަނީ ނިންމައިފަ އެވެ. މީގެއިތުރުން، ގުޅީފަޅުން 230 ހެކްޓަރު ހިއްކައި 80،000 ފްލެޓާއި ފުށިދިއްގަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުގައި ސަރުކާރުގެ އަމާޒަކީ ވިލިމާލެ 2 ގައި 300،000 މީހުން އާބާދުކުރުމެވެ.
ރާއްޖޭގެ އާބާދީ އަކީ ގާތްގަނޑަކަށް 400،000 މީހުން ކަމަށް ވާއިރު، އަލަށް އިއުލާންކުރި މަޝްރޫއަކީ، މާލެ ސަރަހައްދަށް އެންމެން ޖަމާކުރުން ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
މި ފާޑުކިއުމަށް ރައްދު ދެއްވައި، މިނިސްޓަރު މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ ދުރު މުސްތަގުބަލަށް ވިސްނާފައިވާ ވަރަށް ދެކޮޅުޖެހޭ ސިޔާސަތެއް ކަމަށެވެ.
"މިއީ، ވަރަށް ބޮޑަށް ދެކޮޅު ޖެހޭ ސިޔާސަތެއް، އަޅުގަނޑުމެންގެ ވިސްނުން ހަމައެކަނި ނޭފަތު ކުރިއާ ހަމައަށް ހުރެއްޖެ ނަމަ ދެކޮޅެއް ނުޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ބޯހިޔާވަހިކަމަށް ރައީސް ޔާމީން ހޯއްދަވައިދެއްވާ ފުރިހަމަ ހައްލެވެ. ހުޅުމާލޭގައި 9،000 ފްލެޓުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ވިލިމާލެ 2 މަޝްރޫއާ އެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ފްލެޓް އެޅި މާލޭގެ ތޮއްޖެހުމަށް ލުޔެއް ލިބޭނެ ކަމަށެވެ.
"މިވަގުތު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެންމެންނަށް މި މަޝްރޫއުން ދީފައި އަދި ކުރިއަށް އޮތް 12 އަހަރަށް 18 އަހަރު ފުރޭ އެންމެންނަށް ދިނަސް ހުސްނުވާ ވަރަށް ފްލެޓް މި އެޅިގެން ދަނީ. އެހެންވީމަ ހުސްވާނެތީ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބައެއް މީހުންގެ ވިސްނަނީ ލޮލުގެ ކުރިމައްޗަށް ފެންނަ ހިސާބަށް އެކަނި. އެއަށް ވުރެ ދުރަކަށް ވިސްނުމެއް އަޅުގަނޑުމެންގެ ގިނަ މީހުންނަކަށް ނެތް. އެކަމަކު ވިޝަނަރީ ލީޑަރުންނަކީ އަޅުގަނޑުމެންނަށް ފެންނަވަރަށް ވުރެން އެތައް ތަނެއް، ކުރިއަށް ވިސްނަވާ ބޭފުޅުން،" ރައީސް ޔާމީންގެ މި މަޝްރޫއަށް ތައުރީފް ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި މިހާ ގިނަ އަދަދެއްގެ ފްލެޓް އެޅިއަސް ރާއްޖެ ފަޅުކުރުމުގެ ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އޭގެ ހެއްކަކީ، އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށާއި އެންމެ ކުޑަ ރަށަށް ބޭނުންވާ ކަންކަން ވެސް ކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ އެންމެ ދެކުން، އެންމެ އުތުރަށް ބައްލަވާލެއްވިއަސް އެނގިވަޑައިގަންނަވާނެ މަޝްރޫއެއް ނުހިނގާ ރަށެއް ނޯންނާނެ. ބަނދަރު ކަމަށް ވިއަސް ޖެޓީ ކަަމަށް ވިއަސް. ބޭނުންވެ ނުވެފައި ހުރި ކަމެއް. އެ ރަށެއްގައި ދިރިއުޅެން ބޭނުންވާ ބަޔަކަށް ފުރުސަތު އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމެއް
02 August 2018
ރާއްޖޭގެ އެހެން ރަށްރަށުންވެސް ބިން ހުސްވީތަ؟ ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބު ކަމަށްވާ ޓުއަރިޒަމާއި މަސްވެރިކަމަށް ނޭދެވޭ ބޮޑެތި އަސަރުކުރާނެހެން ތަނެއްދޮރެއް ނުބަލާ ތިމާވެށި ހަލާކުކޮށްފަ ފަޅުތަކާ ފަރުތައް ނައްތާލާ ގެންނަ "ތަރައްގީ"އެއް ބޭނުމެއްނޫން. ތި ބިން ހިއްކާފަ މުޅިން އަލަށް ސިޓީއެއް އަޅާނެ ފައިސާއިން ރާއްޖޭގެ އެހެން ބޮޑެތި މިހާރުވެސް މީހުން އާބާދުވެފައިވާ ރަށްރަށް މާ ބޮޑަށްވެސް ތަރައްގީކުރެވޭނެ. ބޭނުމީ އެކަން ކުރާނެ ރައީސްއެއް. ކުލީގެ އަޅުންނަށް ހުރިހާ ދިވެހިން ހެދުމުގެ ހިޔާލަކަށް ދުވަހަކުވެސް ތާއީދެއް ނުކުރެވޭނެ.
falaku ain
02 August 2018
މާލެ ކައިރީގައި އޮންނަ 1،475 ހެކްޓަރުގެ ފުށިދިއްގަރުފަޅު ވިއްކާލަން ނިންމީ 72.6 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށެވެ. މި ފަހަރު ހުޅުވާލި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ވިއްކާލަނީ ބ. ފަރެހާއި ހދ. މުއިރީ އެވެ. އެ ދެ ރަށް ވިއްކާލަން އިއުލާންކޮށްފައި ވަނީ ކޮންމެ ރަށެއް 6.7 މިލިއަން ޑޮލަރު (103.3 މިލިއަން ރުފިޔާ) އަށެވެ. https://mihaaru.com/business/8233 021 Reply
ޠުހުފާ
02 August 2018
ނުވިހާ ކުއްޖެއްގެ ފޫޅު ހޯދަން ފޯމްލުކަހަލަ ކަމަކަށް ވާނީ ތިޔަ ފްލެޓް ހޯދަން ފޯމް ލުން
މޮހޮނޭ
02 August 2018
ނޭފަތު ކުރިން ޓޯކިޔޯ ފެންނަ މީހަކަށް ވިލިގިލި ފެނުނިއްޔާ އެގޭނެބާ؟ ދުރުވިސްނޭ މީހާ މިހާތަނަށް ކުރިކަމެއް ވިއްޔާއޮތީ ދެފަހަރު ތިންފަހަރު އަލުން ހަދަން ޖެހިފަ.
މޯޅު
02 August 2018
ކާށިދޫ ކަނޑުން ބިންކޮޅެއް ލިބޭތޯ މިއުޅެނީ. އެއީ ދުރުމުސްތަޤްބަލަށް 2050އަށް.
ވަހީދު
02 August 2018
ސުރުޚީގަ ތިބުނާ ވިލިމާލެ 2 އެއީ ކޮންތާކު އޮތް ތަނެއްތޯ ބުނެދީބަލަ!!!
falaku ain
02 August 2018
ކަރުދާހުގައި ކުރަހާފައި ދައްކާލިޔަސް މިއުޅޭ އަސުރުމާ ކުދިން ބުނާނެ. ތީހަމަ ހަގީގަތުގައި މިހާރު މީހުން ދިރިއުޅެމުންދާ ރަށެކޭ. އެކަހަލަ ވާހަކައެއްނޫންތޯ ޑރ. ޝަހީމުވެސް ވިދާޅުވީ. ކޮރަޕްޝަން މިގައުމުގައި އޮތްކަމަށް ބުނުމުގެ ބަދަލުގައި ވިދާޅުވީ ތިޔަސުއާލު އޭސީސީއާ ކުރާށޭ. އެތަނާ އެސުއާލުކޮށްފިއްޔާ ވިދާޅުވާނެ ތޯއްޗެއް ތިޔަ ސުއާލު ޢަބްދުﷲ ޔާމީނާ ކުރާށޭ. އެބޭފުޅާއާ އެސުއާލު ކޮށްފިއްޔާ ވިދާޅުވެދާނެ ތޯއްޗެއް ތިޔަ ސުއާލު ރައްޔިތުންނާ ކުރާށޭ. ތިމަންނައަކީ ތެދުވެރިޔަކީމޭ.
އާދަނު
02 August 2018
ރާއްޖޭގެ އާބާދީ އެއްތަނަކަށް ގެނެސްއަޅަންތިރާވަނީ ރާއްޖޭގެ އެއްބައި ޗައިނާއަށް ވިއްކާލަންތަ؟
އެޑްމުންޑޯ
02 August 2018
ކުދިންނޭ މިފަހަރު މިވެރިން ނޭގަތުކުރިން ފެންފައިބާވަރުކޮއްލަެްޗޭ ވޯޓުން ، އޭރުން ތިޔަހާސަރުތަކެއް ކިޔާކަށް ނުތިބޭނެ ތިވެރިން
ކޮކްޓެއިލްރައީސް
02 August 2018
ރާއްޖޭގެ ރަށްތައް ތަރައްގީކުރަން ގިނަ މަޝްރޫއުތަކެއް ހިންގަމުން، 315،000 މީހުންގެ އާބާދީއަކަށް ވިލިމާލެ 2 ތަރައްގީކުރަނީ ކީއްކުރަންތޯ، މިވާހަކަ މުއިއްޒުއަށް ދެކޮޅު ޖެހުނަސްއަޅުގަނޑަކަށް ދެކޮޅެއް ނުޖެހޭ، މުޅިރާއްޖެތެރޭގެ އާބާދީ އެއްކޮށް ހުޅުމާލެ 2 ށް ބަދަލު ކުރަންޏާ ދެން ރާއްޖެތެރެ ތަރައްޤީ ކުރަނީ ކީއްކުރަންތޯ، ތިކިޔާ އެއްޗެއް ހަމަ ނޭގުނު.
އާދަނު
02 August 2018
މާލެ އަކީ ހަމައެކަނި ވަކިބައެއްގެ ތަނެއްނޫން، ހުރިހާ ދިވެހި ރައްޔިތުންގެ ތަނެއް. އަޅެ ދެން ބިން އަގު ބޮޑުކޮށް ވިއްކަބަލަ. މާލެއަކީ ބިން ތޮއްޖެހިފައިވާ ތަނެއް ނޫންކަމަށް ރައީސަށް ފެންނަނީ ވިލިމާލެ 2 ފަދަ ބޮޑެތި މަޝްރޫޢުގެ ސަބަބުން ބިން ތަނަވަސް ވެގެންދާނެ ތަނެއްގެ ގޮތުގައި މާލެ ފެންނާތީ..
ދެކޮޅުޖެހޭމުހައްމަދު
02 August 2018
އާދެ ނޭފަތު ކުރިއަށް ވިސްނަނީ ކޮންބައެއް.... މިފދިޔަ އަހަރު ތިޔަ ބުނާ ފުށީ ދިއްގަރު ނީލަން ކީވެސް.... ދެން ގުޅީފަޅު ޕްރޮޖެކްޓް ހުުއްޓުވާލާފަ، އެތަނުން ފްލެޓް ގަތް މީހުން ބިކަ ކޮށްލާފަ، އަނެއްކާ ގުޅީފަޅުގައި ފްލެޓް އަޅާފަ ވިއްކަން މިއުޅެނި ނޭފަތު ތިރިން ވިސްނަިއގެން..
އާދަނު
02 August 2018
މިހާޜު ދެން ތިލަފުއްޓަކުން ދުމެއްވެސް ނާރާނެ. ކުނި މެނޭޖް ކުރާގޮތް އެއްކޮށް ބަދަލުކޮށްލީ އެ. މިހާރު ތިލަފުށީގައިވެސް ގުޅީ ފަޅުގައިވެސް މީހުްނަށް އުޅެވޭނެ.