ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ހަ މަސް ނިމުނުއިރު ހަރަދު ވަނީ އިތުރުވެފައި.
06 އޯގަސްޓް 2018 - 10:33
މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު، ދައުލަތުގެ އާމްދަނީގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ލިބުނުއިރު، 11 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ދައުލަތުގެ ހިންގުމުގެ ޚަރަދުގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. އަދި މަޝްރޫއުތަކަށް 2.8 ބިލިއަން ރުފިޔާ ޚަރަދުކުރި އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 8.1 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީ އަކީ 2.5 ބިލިއަން ރުފިޔާ އެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށެވެ. އެގޮތުން، ފުރަތަމަ ހަ މަސް ނިމުނުއިރު 4.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ހިންގުމުގެ ޚަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި އަހަރަށް ފާސްކުރި 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫމް
06 August 2018
"މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 8.1 ބިލިއަން ރުފިޔާ އެވެ." މީ ނަޝީދު ރައްއްޔިތުން ފަނާ ކުރަން ތަޢާރަފުކުރި ޓެކްސްވެސް ހިމަނައިގެންނެވެ. ނަޝީދަށް މަލާމާތްކުރި ކޮންމެ ކަމެއް މިއަދު ވެފައިވަނީ ޤައުމަށް ބޭނުންތެރި ކަންކަމަށެވެ. 1- ޖީއެސްޓީ 2- އާސަންދަ 3- ފްލެޓް ( ފްލެޓް ދޮންބެ ) އޭގެ އިތުރުން ކުރާނެ ކަމަށް ބުނެ އަޑުއަރުވައި ނުކުރި ކަންކަން ވަކި މަދުތަ؟ 1- މަސްވެރިންނަށް ނަޝީދު ހޯދައިދިން ހަމަ އަގު މިއަދު ވަނީ ފުޑާލައި މަހުގެ އަގު ވައްޓާލާފައި ( ބެޔަސް ނުބެޔަސް 10000) 2- އާސަންދަ ވަނީ ޖީބު ހުސްކުރާ އާސަންދަޔަކަށް ބަދަލުކޮށްފައި. 3- ޑޮލަރުގެ އަގު ތިރިއެއް ނުވި. 4- ކާޑުގެ އަގު ބޮޑުކޮށްފި. 5- ކަރަންޓުގެ އަގު ބޮޑުކޮށްފި. 6- މުދަލުން ދެފަހަރަށް ޓެކްސް ނަގަން ފަށައިފި. 7- މަސްވެރިން އެމީހުންގެ އަނބިދަރީންނަށް ކުރާ ކޯލުންވެސް ޓެކްސް ނަގަންފަށައިފި. 8- އަޑުވާތާ 5 އަހަރު ވީއިރުވެސް ހައްދުތައް ްާއިމެއް ނުކުރި. މިވަރަށް ދޮގު ހަދާތީއޭ އަސްލު ފޫހިވަނީ.
މޫސަ123
06 August 2018
ތިޔަކިޔޭ ނުކިޔޭ އެއްޗެއް އެބަ އެގޭތަ ރިޕޯރޓުން އެއްޗެއް އެގުނުތަ
ވާލުސޮރު
06 August 2018
މަ ހީކުރީ މިއީ ހިންދީ ކޮމެޑީ ފިލްމް "އާމްދަނީ އާޓްއަންމީ ޚަރްޗާ ރުޕައްޔާ" (އާމްދަނީ އަކީ ބައިރުފިޔާ އެއް، ޚަރަދުކުރަނީ ރުފިޔާއެއް) ގެ ވާހަކަ ކަމަށް
ހާނީ
06 August 2018
ކިތަންމެ ބައިވަރެއް ލިބުނަށް ރާއްޖެ ތެރޭ ރައްޔިތުންނަށް ތީގެ ރާހަތެއް ކުރާނެ ހެނެއް ހީއެއްނުވޭ. އަދި ބައިތުލްމާލުގައި ތިއިން ފައިސާ ފޮއްޗެއް ހަރުލާނެ ކަމުގެ ޔަގީންކަމެއްވެސް މިއަދަކު ނެތް .
އެބްރޮން
06 August 2018
މިވަރުން ވެސް ކުޅޭކުޅޭ އުސޫލުން ސަރުކާރު ހަރަދުގައި ކައިވެނި ޕާޓީ ބާއްވަން މިއުޅެނީ.... އަނެއްކާ ނިއުޕޯޓަށް ކޭޓަރިންގ ލާރި ގަނޑެއް ދޭންވެގެން އުޅޭ ހެން ހީވަނީ
ރަދީފް
06 August 2018
ނޮޓް ހީވަނީ.ޔަގީން. #ޕޮޕްޖޯއި
ރަދީފުލް އައްވަލް
06 August 2018
ރިލިބޭ ލާރިތައް ކޮބާހޭ؟
ކުޑައަލީ
06 August 2018
ސަރުކާރަށް ކިތަންމެ އާމްދަނީއެއް ލިބުނަސް ހެޔޮތަ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އަދިވެސް މިޖެހެނީ އަލްޓްރާ ސައުންޑް ސްކޭނެއް ކޮށްލަންވެސް މާލެދާންވިއްޔަ. ކޮބައި ގައުމުގެ މުއްސަނދިކަމަކީ. ޒަމާނުއްސުރެ ސިއްޚި ޚިދުމަތް ހޯދަން މާލެދާން އޮންނަ ސަގާފަތް އަދިވެސް މި އޮތީ ހަމަ އެގޮތުގައި އަތޮޅުގައި ތިބެގެން މިވަރުވެސް ކޮށްދެވޭނެ ގޮތެއް ސަރުކާރުގެ ވިސްނުމަކުނެތް.
މަދީހާ
06 August 2018
އެހެންވެގެން ނޫންތޯ މާލޭގައި 25 ބުރީގެ ހަސްފަތާލެއް ހަދަމުން އެދަނީ.. އަދި ރާއްޖެތެރޭގައި އުޅޭ ހުރިހާ އެންމެން މާލެ ސަރަހައްދަށް ޖަމާވާށޭ ކިޔާފައި ކަރުން ނާރު ތިލަކޮށްގެންތިބެ ހަޅެއްލަވަނީ.. އެހެންވީމާ އެއްގޮތަކަށްވެސް އަތޮޅުތަކުގައި ހުރި ސިއްހީ ޚިދުމަތްތައް ރަގަޅު ކުރަންއުޅޭނެ ކަމެއްނެތެވެ. މާލެ ސަރަހައްދުގައި ތިކަންތައްކުރެވޭ ގޮތަށް އޮތީމާ އެންމެންވެސް އަތްޖަހަމުން އަވަހަށް ވޯޓްލާން ދާންވީއެވެ.