ރިޕޯޓް / ރިޔާސީ އިންތިޚާބު 2018

ރައީސް ޔާމީނާއި އިބޫ: އެންމެ ބުރެއް، ތަފާތު ރޭހަކަށް!

ރައީސް އަބްދުﷲ ޔާމީނާއި އިބޫ: ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ މި ދެބޭފުޅުން. --ފޮޓޯ/ރައީސް އޮފީސް

ދިވެހިން، މިހާތަނަށް ތަޖުރިބާކުރި އެއް ހަގީގަތަކީ މިއެވެ؛ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވުނު ބޭފުޅަކު ނެތެވެ. ފުރަތަމަ ބުރުގައި އޮންނަނީ ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަނޑައެޅުމެވެ. ރައީސަކު ހޮވަނީ، އިންތިޚާބުގެ ދެވަނަ ބުރުގަ އެވެ.

އެކަމަކު، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ ވޯޓު، އެތައް ގޮތަކުން ތަފާތެވެ. ސިޔާސީ މަސްރަހުން މަންޒަރު ސާފުވިއިރު، ޝަރުތު ހަމަވެ، އިންތިޚާބުގައި ވާދަކުރައްވަނީ ވެރިކަން ކުރާ ޕީޕީއެމުން ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އެހެންކަމުން، މި އިންތިޚާބުގައި ދެ ވަނަ ބުރެއް ނޯންނާނެ އެވެ. ފުރަތަމަ ބުރުން ރައީސަކު ހޮވާނެ އެވެ.

އާ ގާނޫނުއަސާސީއަށް 2008ގައި އަމަލްކުރަން ފެށި ފަހުން ދެ ކެންޑިޑޭޓުންނާ އެކު އިންތިޚާބުގެ ފުރަތަމަ ބުރު، މި ބާއްވަނީ އަލަށެވެ. އިންތިޚާބު ކާމިޔާބު ކުރެއްވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ. ވާދަވެރި މި އިންތިޚާބު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއް ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު އަދި ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ އަތުގަ އެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބިގެންވާއިރު، ކޮންމެ ވޯޓަކީ ވެސް ނަތީޖާ އަށް މުހިއްމު ވޯޓެކެވެ.

މި އިންތިޚާބަކީ ފެންނަ ނުފެންނަ ވޯޓެއް، ރައީސް ޔާމީނަށް އާއެނކޭ ބުނާނީތޯ ނުވަތަ ނޫނެކޭ ބުނާނީތޯ މައިގަނޑު ގޮތެއްގައި ރައްޔިތުން ނިންމާނީ. --އަމީން

ވޯޓުގެ ތަޖުރިބާ، އަދި ކާމިޔާބު ފޯމިއުލާ!

އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ދެ އިންތިޚާބު ވެސް ކާމިޔާބުކުރި، މުޖައްރިބު ފޯމިއުލާ އަކީ ދެ ވަނަ ބުރުގައި ބޮޑު އިއްތިހާދެއް ހެދުމެވެ.

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބުގައި 2008 ވަނަ އަހަރު، ފުރަތަމަ ބުރުގައި ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ، މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަ ގާސިމް އިބްރާހީމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ.

އެންމެ ގިނަ ވޯޓު ހޯއްދަވައި، ދެ ވަނަ ބުރު ކަށަވަރު ކުރެއްވީ މައުމޫނާއި ނަޝީދެވެ. އިންތިޚާބުގައި، 44،293 ވޯޓާއެކު 24 ޕަސެންޓް ނަޝީދަށް ލިބިވަޑައިގަތްއިރު، 71،779 ވޯޓާ އެކު 40 ޕަސެންޓް މައުމޫން ހޯއްދެވި އެވެ.

އިންތިޚާބުގެ ފޯރިގަދަވީ މި ހިސާބުންނެވެ.

މައުމޫންގެ ދިގު 30 އަހަރަކީި ޚުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ސިފަކޮށް، ޑިމޮކްރަސީ އަށް އަޑު އުފުލައި، ދެ ވަނަ ބުރުގައި އެމަނިކުފާނާ ދެކޮޅަށް ބޮޑު ކޯލިޝަނެއް ހެދި އެވެ. ފުރަތަމަ ބުރުގައި ވާދަކުރެއްވި ބޭފުޅުން ހިމެނޭ ގޮތަށް އެކުލަވާލި ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދު ވާދަކުރައްވައި، މައުމޫންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވި އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން: ރައީސް ޔާމީން ބަލިކުރަން މި ބޭފުޅުން ވަނީ ކޯލިޝަނެއް ހައްދަވާފައި.

ނަޝީދު ވެރިކަމަށް ވަޑައިގަތީ، 97،222 ވޯޓާ އެކު 53 ޕަސެންޓުންނެވެ. މައުމޫނަށް ލިބިވަޑައިގަތީ، 45 ޕަސެންޓެވެ. ވެރިކަމަށް ވަޑައިގަތުމަށް ހެދި ކޯލިޝަން، ނަޝީދު ސަރުކާރާ ހަވާލުވެވަޑައިގެންނެވިތާ ކުރު މުއްދަތެއްގެ ތެރޭގައި ރޫޅުނެވެ.

ނަޝީދަށް ވެރިކަން ކުރެއްވުނީ، ގާތް ގަނޑަކަށް ތިން އަހަރެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާތަކާ ގުޅިގެން ވެރިކަން ބަދަލުވީ، 2012 ގަ އެވެ. ނަޝީދު އިސްތިއުފާ ދެއްވުމުން، ވެރިކަމާ ހަވާލުވެވަޑައިގަތީ، ނައިބު ރައީސް މުހައްމަދު ވަހީދެވެ.

ދެން ރިޔާސީ އިންތިޚާބު ބޭއްވީ 2013 ގަ އެވެ. މި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވީ ނަޝީދާއި ކުރީގެ ރައީސް ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

2013 ގެ ފުރަތަމަ ބުރުގެ ނަތީޖާ

ނަޝީދު: 45 ޕަސެންޓް، (95،224 ވޯޓު)

ރައީސް ޔާމީން: 25 ޕަސެންޓު، (53،099 ވޯޓު)

ގާސިމް: 24 ޕަސެންޓު، (50،422 ވޯޓު)

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ފުރަތަމަ ބުރު ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވި އެވެ. އެކަމަކު އެ ބުރުގައި ވެސް ވޯޓުން މާ ބޮޑު ތަފާތެއް ނުފެނި ދެ ވަނަ ބުރަކަށް ދިޔައީ، ރައީސް ޔާމީނާއި ނަޝީދެވެ. ދެ ވަނަ ބުރަށް ރައީސް ޔާމީން ނުކުންނެވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ ހިމެނޭ ގޮތަށް ބޮޑު ކޯލިޝަނަކާ އެކުގަ އެވެ.

2013 ގެ ދެ ވަނަ ބުރުގެ ނަތީޖާ

ރައީސް ޔާމީން: 51 ޕަސެންޓް (111،203 ވޯޓު)

ނަޝީދު: 48 ޕަސެންޓު (105،181 ވޯޓު)

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިން މޭޓު، ޑރ. މުހައްމަދު ޝަހީމް: މި ދެ ބޭފުޅުން އިންތިޚާބު ކާމިޔާބު ކުރައްވާނީ 70 ޕަސެންޓުން ކަމަށް ޕީޕީއެމުން ބުނޭ. ---ފޮޓޯ: ނިޝާން އަލީ/މިހާރު

ސިޔާސީ ޚިޔާލު ތަފާތުވުންތަކާ ހެދި ރައީސް ޔާމީންގެ ކޯލިޝަން ވެސް ރޫޅުނީ އެވެ. އިންތިޚާބު ކާމިޔާބު ކޮށްދޭން މަސައްކަތް ކުރެއްވި ސިޔާސީ ހުރިހާ ލީޑަރުން ކަހަލަ ގޮތަކަށް މިހާރު ތިއްބެވީ އެމަނިކުފާނާ ދެކޮޅަށެވެ. ރައީސް ޔާމީނާ އެކު އޮތީ ސިޔާސީ ގޮތުން މާ ބޮޑު ބުރަދަނެއް ނެތް، އެމްޑީއޭ އާއި ޑީއާރުޕީ އެވެ. މިއީ، ވެސް މިފަހަރުގެ އިންތިޚާބުން ފެންނަ ތަފާތު ބަދަލެކެވެ.

އާއްމު ގޮތެއްގައި، އިންތިޚާބުތަކުގައި ކޯލިޝަން ދެ ވަނަ ބުރުގައި ހެދިއަސް މި އިންތިޚާބުގެ ކެމްޕޭން ފެށީ ވެސް ރައީސް ޔާމީނާ ދެކޮޅަށް، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން ހިމެނިވަޑައިގަންނަވާ އިއްތިހާދަކުންނެވެ.

ވޯޓު، ރައީސް ޔާމީނަށް ތަ؟ އިބޫ އަށް ތަ؟

ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ވެސް މި އިންތިޚާބަށް ކުރާ އުއްމީދު ބޮޑެވެ. އިންތިޚާބަށް ދެ ބައި މީހުން ޖަހާ ހިސާބުތަކުން ކާމިޔާބީ އެ ބަޔަކަށެވެ. ޕީޕީއެމުން ބުނާ ގޮތުގައި، ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ 70 ޕަސެންޓަށް ވުރެން މަތިންނެވެ. އިދިކޮޅު ޕާޓީތަކުގެ އަންދާޒާއަކީ ވެސް އެއީ އެވެ. އިބޫގެ ތާއީދު 70 ޕަސެންޓަށް ވުރެން މަތިވާނެ އެވެ.

މި ވާހަކަ، މުޅިން ސާފުވާނީ، އިންތިޚާބުގެ ނަތީޖާ އިންނެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް، މި އިންތިޚާބު ކަށަވަރެވެ. ވެރިކަމުގެ ފުރަތަމަ ދައުރުގައި، ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކުރައްވައި އެމަނިކުފާނު ގެންނެވި ތަރައްގީ ރައްޔިތުން ބަލައިގެންފި ކަމަށް ވިދާޅުވި އެވެ.

"ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން މި އިންތިޚާބު ކާމިޔާބު ކުރައްވާނެ. ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު، ގައުމަށް ތަރައްގީ ރައީސް ޔާމީން ގެނެސްދެއްވައިފި. ހުރިހާ ދިމާލަކުން ތަރައްގީގެ މަންޒަރުތައް. މިއީ، ރައީސް ޔާމީނަށް ދެ ވަނަ ދައުރެއް ރައްޔިތުން ދޭން ބޭނުންވާ ސަބަބުތަކަކީ،" ޚަލީލް ވިދާޅުވި އެވެ.

ޕީޕީއެމުން ބުނިގޮތުގައި ގާނޫނީ ވެރިކަން ނަގަހައްޓައި އިންސާފާއި ހަމަހަމަކަން ރައީސް ޔާމީން ވަނީ ގާއިމްކޮށްދީފަ އެވެ. ހަމަނުޖެހުމާއި ގައުމު ހަލަބޮލިކޮށްލަން އެމްޑީޕީއަކަށް ރައްޔިތުން ދެނެއް ފުރުސަތެއް ނުދޭނެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށްޓަކައި އިބޫ އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ފޯމު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފްއާ ހަވާލު ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ

އެކަމަކު، އިދިކޮޅުން ދެކޭ ގޮތުގައި، ވޯޓަކުން ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ވާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ. އެމަނިކުފާނުގެ ފަސް އަހަރުގައި، މުޅިން ވެސް ފެންނަން އޮތީ އަނިޔާ އާއި ބޭއިންސާފެވެ. ރައްޔިތުން ބޭނުން ވަނީ، މި ހާލަތު ބަދަލުކޮށް، ނިގުޅައިގެންފައިވާ ހައްގުތަކާއި މިނިވަންކަން އިޔާދަކުރަން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

"މި އަހަރުގެ ރިޔާސީ އިންތިޚާބަކީ ފެންނަ ނުފެންނަ ވޯޓެއް، ރައީސް ޔާމީނަށް އާއެނކޭ ބުނާނީތޯ ނުވަތަ ނޫނެކޭ ބުނާނީތޯ މައިގަނޑު ގޮތެއްގައި ރައްޔިތުން ނިންމާނީ،" ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސަތުތަކާ މެދު ރައްޔިތުން ވިސްނާ ފަދައިން، ރައީސް ޔާމީނަށް ނޫނެކޭ ބުނަން ވިސްނާ މީހުންނާއި ސަރުކާރަށް ތާއީދުކުރަން ވިސްނާ ބަޔަކު އެބަ ތިއްބެވެ. މިފަހަރުގެ ތަފާތަކީ، ރައީސް ޔާމީން ވެރިކަމުގައި އިތުރަށް ބަހައްޓަން ނުފެންނަ ފަރާތްތަކުން ކުރިއާލައި، އިންތިޒާމީ ގޮތެއްގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ. އެއާއެކު، މިފަހަރުގެ ކޯލިޝަނަކީ ވޭތުވެދިޔަ ދެ ރިޔާސީ އިންތިޚާބަށް އެކުލަވާލި ކޯލިޝަނަށް ވުރެ މާ ވަރުގަދަ ކޯލިޝަނަކަށް ވުމެވެ.

އިންތިޚާބު ކާމިޔާބު ކުރަން ކުރިއަށް ނެރޭ ވިސްނުންތައް އެންމެ ބޮޑަށް އަޅާބަލަނީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ބޭއްވި އިންތިޚާބުތަކެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން، ގޮނޑިތައް ހުސްވެގެން ބޭއްވި ގިނަ ބައި އިލެކްޝަންތައް ކާމިޔާބު ކުރީ އިދިކޮޅުންނެވެ. ހަމަ އެގޮތަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އަޣުލަބިއްޔަތު ހޯދީ އިދިކޮޅު ޕާޓީތަކުންނެވެ.

"ރައްޔިތުން ވޯޓު ދީފައި މިހުރީ، ގުޅިގެން އެކައްޗެއް ކިޔާފައި ނުކުންނަ ފަރާތްތަކަށް. ރައްޔިތުން ބޭނުންވާ އަސާސީ ކަންތައްތަކެއް ހުރި ކަމުގައި ވިއަސް އޭގެ ކުރިއަށް މި ނެރެނީ އަނިޔާވެރިކަން ނައްތާލުމާއި އިންސާފާއި ގައުމީ މަސްލަހަތާއި ހަމަހަމަކަން،" އަމީން ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި، ރާއްޖޭގެ އެތައް ރަށެއްގައި މަޝްރޫއުތައް ހިންގަމުން ދިޔައިރު ވެސް ރައްޔިތުން އިސްކުރީ ހައްގުތަކަށް ވަކާލާތުކޮށް، މިނިވަންކަން ހޯދުމެވެ.

އިދިކޮޅުން ދެކޭ ގޮތުގައި ވޯޓުން ބަލިވާނެ ކަން ރައީސް ޔާމީނަށް ސާފުވެވަޑައިގަންނަވާތީވެ، އިންތިޚާބު ގަޑުބަޑު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ. އެއީ، ސުޕްރީމް ކޯޓު މެދުވެރި ކޮށެވެ.

ޕީޕީއެމް އަޑީގައި އޮވެ، ވޯޓުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލައި ކޯޓަށް މައްސަލަތަކެއް ހުށަހަޅާނެ ކަަމަށް ތުހުމަތު ކުރެ އެވެ. އެއާއެކު، ސަރުކާރުގެ ނުފޫޒާ އެކު ބޭނުން ގޮތަކަށް މައްސަލަތައް ނިންމައި އިންތިޚާބު ބޭނުން ގޮތަކަށް އަނބުރާލަން ބާރު ފޯރުވާނެ ކަމަށް ވެސް އިދިކޮޅުން ދެކެ އެވެ. އެކަމަކު މި ވާހަކަތައް ޕީޕީއެމުން ދޮގުކުރެ އެވެ.

"އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ކޯޓަށް ވަޑައިގަތީ އެ ބޭފުޅުން [އިދިކޮޅުން]. ރައީސް ޔާމީނަކީ އެފަދަ ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން،" ޚަލީލް ވިދާޅުވި އެވެ.

މި ތުހުމަތުތަކާއި އަދި އުއްމީދުތަކާ ވެސް އެކު ދިވެހިން ތައްޔާރުވަމުން މި އަންނަނީ ސިޔާސީ އާ ސޮފްހާ އަކަށެވެ. ހުރިހާ ގޮތަކުން ވެސް ތަފާތު، އާ ބަދަލަކަށެވެ.

119 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 52%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޯގުަލާ

13 August 2018

ހެެޔޮވިސްނޭ ކޮންމެ މީހަކު މިފަހަރު ވޯޓްލާނީ ރ.ޔާމީނަށް. ޔާމީނުގެ އިގްތިޞާދީ ޕޮލިސީއަކީ، އިދިކޮޅުންވެސް ގެންގުޅޭނެ ކަމަށް ބުނާ ޕޮލިސީއެވެ. ޔާމީނުވަނީ ވޭތުވެ ދިޔަ 4 އަހަރާއި ބައިގާ އޭނާގެ ޤާބިލުކަމާއި ސާބިތުކަން ހާމަކޮއްދީފައެވެ. ޢެމްޑީޕީ 3 އަހަރު ވެރިކަމުގައި އިގްތިޞާދީ ހާލަތު ދިޔައީ ދިހަ އަހަރު ފަހަތަށެވެ. ޔާމީން ވަނީ އިގްތިޞާދީ ތަނަވަސްކަން %50 މައްޗަށް ޖައްސައި ދީފައެވެ.

The name is already taken The name is available. Register?

އެފްއެފް

12 August 2018

ޔާމީން: 96،560 ވޯޓު %41 އިބޫ: 139،560 ވޯޓު %59 ވޭތުވެދިޔަ ދެ ރިޔާސީ އިންތިހާބަށް ބަލާފައި 2018 ވަނަ އަހަރުގެ ލަފާ ކުރެވޭ ނަތީޖާއަކީ މިއެވެ. މަރުހަބާ ކޯލިޝަން. ފަހުން ބަލަން މި ހިޔާލު ރައްކާކުރެއްވުން މުހިއްމެވެ.

The name is already taken The name is available. Register?

1234

12 August 2018

އިބޫއަށް ވޯޓު ދޭ މީހުން ލައިކް ކޮށްލައްވާ. ނޫންނަމަ ޑިސްލއިކް..

The name is already taken The name is available. Register?

‫އަސްތާ

12 August 2018

‫މިފަހަރު ހެޔޮ ވިސްނޭ މީހެއް ވެއްޖެއްޔާ ވޯޓު ދެއްވާނީީ ރައީސް ޔާމިން އައް.

The name is already taken The name is available. Register?

‫އަޅޭ

12 August 2018

‫އިބޫ އެއުޅެނީ ކޯލިށަން ތެރޭން ދޮޅު އަހަރުގެ ވެރިކަމަކަށް އަންނަށް.

The name is already taken The name is available. Register?

ކޮބޭ

12 August 2018

ﷲއިރާދަފުޅާއި މިންވަރުފުޅުން މިއިންތިހާބު އިބޫ ކާމިޔާބުކުރާނެ އިންޝަﷲ

The name is already taken The name is available. Register?

އަލީ12

12 August 2018

އެއްވެސް ސަބަބެއްނެތް..އިބޫއަށް ވޯޓްދޭންވީ..

The name is already taken The name is available. Register?

އަލީ.....

12 August 2018

ކޯލިިޝަަނަަކުުންްވެރި ކަަމެއް ނުކުރެވޭނެ އިބޫއަށް ވެރިކަަން ލިިބިިޖެއްނަަމަަ ދޮޅުއަހަަރު ފަަހުން އޮށްނާނީ ހަަމަަނުުޖެހުން

The name is already taken The name is available. Register?

މުހައްމަދު ހައިސަމް

12 August 2018

ނުކިޔަވާ އިބޫ އާއި ރައީސް ޔާމިން އަޅާކިޔާއިރު ހާސްތަފާތު. ރައީސް ޔާމިން މިގައުމަށް ތަރައްގީ، ފުދުންތެރިކަން އަދި އިލްމު ގެނެސްދީ ސިއްހީ ހިދުމަތްމަތީ ހަރުފަތަކަށް ގެންގޮސްދީ ރައިީސް ޔާމިންގެ ގާބިލިއްޔަތުކަން ވަނީ ރައްޔިތުންނަށް ދައްކަވާދެއްވާފައި.

The name is already taken The name is available. Register?

މެކްސިކޯ ގާރލް

12 August 2018

ރ ނާސިރުގެ ތައުލީމީ ފެންވަރު އެނގިލައްވާތޯ...ކިޔަވައިގެން ހުރި ރައީސްމީހާ ރައްޔިތުން ދަރަނިވެރިކޮށްގެން އެގެނެސްދޭ ތަރައްޤީ ބުނާނީ ނޯ...

The name is already taken The name is available. Register?

ޝިފާން މުހައްމަދު

12 August 2018

އަހަރުން ބޭނުންވަނީ ޔާމީން ދައުލަތުގެ ހުރިހާ ބާރެއް ބޭނުން ކޮށް އިދިކޮޅު ލީޑަރުން ޖަލުގަ ތިބެ ޔާމީން ބޮޑުތަނުން ބަލިވާ ތަން ދެކްން! އިންޝާ ﷲ އެތަން މަޑު މަޑުން އެބަ ފެނޭ

The name is already taken The name is available. Register?

އަލީ12

12 August 2018

އިންޝާﷲ އެއްލަކިން ރައީސް ޔާމީން..

The name is already taken The name is available. Register?

ވަގުކަލޭގެ

12 August 2018

އިބޫ 85ޕަސެންޓް ހޯދާނެ.. ރޔާމީން ބަލިވީމާ ކުއްލި ހާލަތު އިއުލާންކުރާނެކަމަށް ބެލެވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454