ރައީސް އަބްދުﷲ ޔާމީނާއި އިބޫ: ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ މި ދެބޭފުޅުން. --ފޮޓޯ/ރައީސް އޮފީސް
14 އޯގަސްޓް 2018 - 10:29
ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރަކަށްތޯ ނުވަތަ ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވަންތޯ ސާފުކޮށްދެއްވަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް އިއްޔެ ގޮވާލައްވައިފި އެވެ.
މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ހެދި މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތުން އިދިކޮޅު ޕާޓީތަކުން އެކުލަވާލާނީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެކެވެ. އޭގެ ބޭނުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޚަރާބުކޮށްފައިވާ ދައުލަތުގެ ނިޒާމް ރަނގަޅުކޮށް، މުއައްސަސާތައް ހަރުދަނާކޮށް ނިގުޅައިގެންފައިވާ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުން ކަމަށް މެނިފެސްޓޯގައިވެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި އެހެން އޮތަސް، ޕާޓީތަކުން ވާހަކަ ދައްކާފައި ވަނީ އިއްތިހާދުގެ ސަރުކާރަކަށް ވަކި މެނިފެސްޓޯއެއް އެކުލަވާލުމަށެވެ. އެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ޕާޓީތަކުން ބުނެފައިވީ ނަމަވެސް މާ ބޮޑު ތަފްސީލުތަކެއް އަދި އާއްމެއް ނުކުރެ އެވެ.
އިބޫ ވެރިކަން ކުރައްވާނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް، ދޮޅު އަހަރަށްތޯ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީގެ އިސް ވެރިން ސުވާލު އުފައްދަވާތީ، އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އެއަށް ޖަވާބު ދެއްވަމުންނެވެ. އިބޫ ވެރިކަމަށް ކުރިމަތިލެއްވީ ދޮޅު އަހަރަށް ކަމަށް ވާހަކަ ދައްކަނީ އޮޅުވާލަން ކަމަށާއި ފަސް އަހަރުގެ ދައުރު ފުރިހަމަވަންދެން އިބޫ ވެރިކަން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.
ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާނެތޯ ޕޯޑިއަމެއްގައި އިބޫ ވިދާޅުވެ ދެއްވަން ޖެހޭ ކަމަށެވެ. ރައްޔިތުންނަށް ބޭނުން ވަނީ، އަމިއްލަފުޅަށް ކަންކަން ނިންމޭވަރުގެ ގާބިލް، މިނިވަން ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އިބޫ އެޅިފައިވާ ކަސްތޮޅުން ނެއްްޓި މިނިވަނެއް ކަން ދައްކުވައި ދޭން ޖެހޭ،" ޚަލީލް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
Ibu elhifavaa kastholhun netti, minivanehkan dhakkuvaidheyn jehey. Dholhu aharuge badhalhuga verikamah kurimathi levvee 5 aharuge dhaurakah kamah podium ga rayyithunnah vidhaalhuvaanjehey!
— Dr. Abdulla Khaleel 🌐 (@abkhaleel) August 13, 2018
Verikamah gennan rayyithun beynunvanee amillafulhah kankan nimmeyvaruge qaabil minivaneh!
ޚަލީލްގެ ޓުވީޓް.
އޭނާ ވިދާޅުވި ގޮތުގައި ދޮޅު އަހަރުގެ ވެރިކަމަކަށް އިބޫ އެއްބަސްވެވަޑައިގަތީ، ބައެއްގެ ކަސްތޮޅުގައި އެމަނިކުފާނު ބަނދެވިފައިވާތީ އެވެ. އިބޫގެ ތަޅުދަނޑި އޮތީ އެހެން ބައެއްގެ މުށުތެރޭގައި ކަމަށާއި އެ ބަޔަކު ބުނާ ގޮތަށް ނޫން ގޮތަކަށް ފިޔަވަޅެއް ވެސް ނޭޅޭނެ ކަމަށް ޚަލީލް ތުހުމަތުކުރެއްވި އެވެ.
"އެ ބަޔަކު ބުނާ ގޮތަށް ނޫނީ ފިޔަވަޅެއް އެޅުން ވެސް މަނާ. މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް،" ޚަލީލް ވިދާޅުވި އެވެ.
އިބޫ ވެރިކަން ކުރައްވާނީ ދޮޅު އަހަރަށްތޯ ނުވަތަ ފަސް އަހަރަށްތޯ އުފައްދާ ސުވާލަށް ފާޑުވިދާޅުވެ ރައީސް ޔާމީން އިއްޔެ ވިދާޅުވެފައި ވަނީ އިދިކޮޅު ޕާޓީތަކުން އެކުލަވާލާނީ ދޮޅު އަހަރުގެ ވެރިކަމެއް ނަމަ، ދެން އޭގެ ފަހުން ސިފަވާނީ ކާކުގެ މޫނުތޯ އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެކަން ސާފުކޮށްދޭން އެމަނިކުފާނު ވަނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަށް ވެސް ގޮވާލައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
14 August 2018
ﷲ އައްޓަކާ ދަރުމަވާނެ ބުނެދީބަލަ މިގައުމުގަ މިހިރަ ހާކިމާ އުޅިހަމަތަ؟
ވަސީމު
14 August 2018
ތިއީ މިހާރު ކެމްޕޭނުތަ؟ ނޫނީ ނުވާނެކަން ޔަގީންވާތީ ވެރިކަން ހަވާލު ކުރަން ތައްޔާރުވަނީތަ
ތެއާސާ.
14 August 2018
ތިކަންވެސް ސާފުކުރަންވީ. ޚަލީލޫ އަަހަރެމެން ޒުވާނުންނަށް ސާފުކޮށްލަދީބަަލަ އެމަނިކުފާނުގެ އެކައުންޓަށް ވަން 1 މިލިއަން ޑޮލަރަށް ވީގޮތެއްވެސް....
އަލިފް ހ
14 August 2018
05 އަހަރުގެ ދެ ދައުރަށް @ޚަލީލް
އާދަނުބެ
14 August 2018
ތީމިހާރު ޔާމީނަށް ޔަގީން ނުވީމާ ޖައްސާވާޙަކަ .
ސުލްތާން
14 August 2018
ރިޔާސީ ދައުރަކީ ފަސް އަހަރުކަމަށް އަޅުގަނޑުމެން މި ބަލަނީ، ހަމަ އެގޮތަށް ނައިބަކުވެސް އައްޔަން ކުރަނީ 5 އަހަރަށް. އެހެނަސް ޕީޕީއެމްގެ ސަރުކާރުގާ ކިތައް ނައިބުން ވަކިކުރިތޯ؟ އެކި އެކި ތުހުމަތު ތަކުގާ. އެހެންވީމާ ތިކުރައްވާ ސުވާލަށް ޖަވާބު ދިނުން އެންމެ އައުލާކަން ބޮޑީވެސް ހަމަ ޕީޕީ ކުދިންކޮޅު. ނަމުގެ ކުރިއަށް ޑޮކްޓަރު އައުމަކުން ދައްކާ ވާހަކަ ކޮންމެހެނަކުން ރަނގަޅުވާކަށް ނުޖެހޭކަން ސާބިތުތިކޮށްދެއްވަނީ ނުހަނު ހުށިހާރުކަމާއެކު. ޝުކުރިއްޔާ.
ޢަލީ ބަނާތު
14 August 2018
ހަލީލް، ވާހަކައެއް ދަންނަވަންތޯ އިބޫއަކަށް ތިޖަވާބެއް ނުދެވޭނެ... ! ސަބަބަކަށްވަނީ ނަޝީދު ނިންމާފައި އޮތީ ދޮޅުއަހަރަށްފަހު ނަޝީދުއަށް ވެރިކަން ލިބޭގޮތަށް އިބޫއިސްތިއުފާ ދެއްވަން އަދި ދޮޅުއަހަރުގެ އެއްބައިވަންތަކަމުގެ ސަރުކާރަށް ނިމުންގެނެސް ކޯލިޝަން ރޫޅާލުމަށްފަހު ނަޝީދު އާއިއެކު އެގްރިމެންޓް ހަދާފައިވާ ޖަމިއްޔާ ޖަމާއަތްތަކާއި ޤައުމުތަކުން ނިންމާފައިވާ ގޮތަށް ހުރިހައިކަމެއްވެސް ގެންދަން އޭގެތެރޭގައި އެމް އެން ޑީއެފް ކޯޓުތައް އަދި މިނޫނަސް ނަޝީދުއަށް ހުރަހަކަށް ވެދާނެ ހުރިހައިތަނެއް އުވާލަން ... އަދި އިންޑިޔާގެ އަސްކަރީ މަރުކަޒެއް ދިވެހިރާއްޖޭގައި އުފައްދަން ... މިބާވަތު ކަންތައްތަކުގެ ވާހަކަ ހާމަކޮށް ތިސުވާލުތަކަށް ކިހިނެތްތޯ އިބޫއަށް ޖަވާބުދެވޭނީ ؟؟!!! އިބޫއަކަށް އެއްވެސް ޖަވާބެއް ނުދެވޭނެ ...
މަދިރި
14 August 2018
ﷲ އިރާދަ ކުރެއްވިއްޔާ އެންމެ ދުވަހަކަށްވެސް ތިޔަ އިބޫ އަށް މިޤައުމުގައި ވެރިކަން ކުރަން ދިވެހިން ދުލެއް ނުކުރާނެ.
ދސދފ
14 August 2018
5 އަހަރުގެ ދައުރަކަށް ރައްޔިތުން ވޯޓު ދީގެން އިންތިހާބު ކުރި ވެރިކަމެއް ވައްޓާލި ބަޔަކު ތިޔަ ސުވާލު ކުރަން ވަރަށް މޮޅު..!
މުޙުއްމާ
14 August 2018
ޤާނޫނު އަސާސީ ޚަރާބު ކުރަމުންދާ ބަޔަކަށް ޤާނޫނުއަސާސީގަ އޮތް އެއްޗެއްވެސް ނޭގޭނެތާ. ޤާނޫނުއަސާސީގަ އެބަ ބުނޭ ރިޔާސީ ދައުރުގެ ދިގުމިނަކީ 5 އަހަރު ކަމަށް. އިބޫ ވެސް ވެރިކަން ކުރާނީ 5 އަހަރަށް. ޚަލީލުމެންގެ ސަރުކާރުން ޚަރާބު ކޮށްފަ ހުރި "މިނިވަން" މުވައްސަސާތަް މިނިވަންކޮށް ފަޑިޔާރުން މިނިވަންކޮށް ދޮޅު އަހަރު ތެރޭގަ އަދުލު އިންސާފު ޤާއިމު ކޮށްދޭ ވާހަކަ މެނިފެސްޓޯގަ އެއޮތީ. ޚަލލުމެން ތިއުޅެނީ ވެރިކަން ލިބުނީމަ ދޫނުކޮށް 30 އަހަރުވެސް ވެރިކަމުގަ ތިބެވޭތޯ ބަލާކަށް ނުން. އެއްވެސް މީހަކު ރައްޔިތުން 5 އަހަރަށް ވެރިކަމަށް ހޮވީމާ ދުވަސް ކޮޅަކުން ރައްޓެހިމީހާއާއި ޙަވާލެއް ނުކުރާނެ.