އިންތިޚާބުގެ ކެމްޕެއިނަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ ލ. ފޮނަދޫގައި: ރަށްރަށުން ވަރަށް ބޮޑު ކާމިޔާބީއެއް ލިބެމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނި.--ފޮޓޯ: އެމްޑީޕީ
15 އޯގަސްޓް 2018 - 13:51
އިދިކޮޅު ކޯލިޝަނުން ރަށްރަށަށް ކުރާ ކެމްޕެއިން ދަތުރުތަކުން، އިންތިޚާބު ކާމިޔާބުވާ މަންޒަރު ފެންނަ ކަމަށް އިިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުތައް ކުރަމުން އަންނައިރު އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އިބޫގެ އިތުރުން ރަނިންމޭޓް، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ރާއްޖޭގެ ތިން ސަރަހައްދަކަށް ކެމްޕެއިނަށް ވަޑައިގެންނެވިއިރު، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ތިބި ކަމަށެވެ.
"ލޮލު ކޮޅަށް ނުފެންނަ ވަރަށް ރައްޔިތުން ތިބީ ނިކުމެފައި. ދެކެވުނު ވާހަކަތައް ރައްޔިތުން ވަރަށް މަގުބޫލުކަމާއެކު ބަލައިގެން. ރަނިންމޭޓް އުޅުއްވީ ފ. އަދި ދ. އަތޮޅުގައި. ފެނުނު މަންޒަރުތަކަށް ބަލާއިރު މާތްﷲ އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރު 2018 ގައި އަޅުގަނޑުމެންނަށް ބޮޑު ތަނުން [އިންތިޚާބު] ކާމިޔާބުވާ ތަން އެބަ ފެނޭ. އދ. އަތޮޅުގައި އުޅުއްވި އައިޝާ ވަޑައިގެން އުޅުއްވި ތަންތަނުން ވެސް އަޅުގަނޑުމެން ފެނިގެންދިޔައީ ހަމަ 23 ސެޕްޓެމްބަރު 2018 ގައި ރައްޔިތުން ބޮޑުތަނުން ވޯޓު ޖަހާތަން،" މާރިޔާ ވިދާޅުވި އެވެ.
އިންތިޚާބު ބޯމަތިވެފައިވާއިރު ވެސް ރީ-ރަޖިސްޓްރޭޝަނާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ރަޖިސްޓްރޭޝަނާ ގުޅޭ ގިނަ ތުހުމަތުތަކެއް އީސީއަށް ކުރަމުން ދާއިރު މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ބޮޑެތި ތުހުމަތުތަކެއް ރައްޔިތުން ކުރަމުން ދާއިރު، އެއްގޮތަކަށް ވެސް، ބަޔަކު ހަމަ ދެއްކި ވާހަކަތަކަކޭ މިއީ، އަޅާލަން ޖެހޭވަރުގެ ކަމެއް ނޫނޭ ހިތްޕުޅާ އަރައިވަޑައިގެން ތިއްބެވުމަކީ ރަނގަޅު ގޮތެއް ނޫން. ތިޔަ ބޭފުޅުންނަށް ވެސް އެނގިލައްވާނެ މި ދައްކަނީ ގުޅިފައިވާ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ވާހަކަ. އެ ބޭފުޅުން ކަންބޮޑުވެގެން މި ވާހަކަދައްކަންޏާ ރައީސް ޔާމީން ވެސް ބައްލަވަން ޖެހޭނީ ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއް ގޮތަށް،" މާރިޔާ ވިދާޅުވި އެވެ.
އަނިޔާވެރިކަމާ ދެކޮޅަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނައިރު މިނިވަންކަމާއެކު އިންތިޚާބު ބޭއްވޭނެ ފަދަ މާހައުލެއް ބޭނުންވާ ކަމަށާއި އެކަމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ސަލީމް
16 August 2018
އެންމެ ފަހު ވަގުތާ ހަމައަށް ގަދަ އަޅާ މަސައްކަތް އެބަ ކުރަންޖެހޭ.... ނަތީޖާ ހަމަ ވަރަށް ރަނގަޅުވާނެ... %90 ވެސް މޮޅުވުން ހަމަ ވަރަށް ގާތް... އިދިކޮޅު މީހުން ބައިތިއްބާ... އެމީހުން ކިޔާ އެއްޗަކަށް އަހަރުމެން ބަލާކަށް ނުޖެހޭނެ... އިންޝާﷲ! ކާމިޔާބުވާނީ ހެޔޮނިޔަތުގައި މަސައްކަތް ކުރާ ބަޔަކަށް!
ާދޮންކަލޯ
15 August 2018
ދެން ކޮންތަންތަނެއް ފެންނަނީ ދަތުރު ތަކުން؟ ގައުމަށް އަންނަ ތަރައްގީ ފެނޭތަ ދަތުރުތަކުން؟ މާރިޔާ ދައްތާ!
އިބުރާހިމް68
15 August 2018
މާރިޔާމެން ދައްކާވާހަކަ ގަބޫލްކުރަން ހެޔޮނުވާނެ. ދޮންމީހުން ބުނާހާގޮތެއް ހަދަން ތައްޔާރަށްތިބިބަޔަކު، ހޮވަންވެސް ހެޔޮނުވާނެ. ވ. ސަލާމް
ޤާދިރު
15 August 2018
އޭރުން ދެން އަވަހަށް ހުވާ ކުރަންވީނުން..
އާދަނު
15 August 2018
މާރިޔާ ބުނަންތަ. އަދިވެސް ވަރަށްމަސައްކަތް ކުރަންއެބަޖެހޭ އިންތިހާބުކާމިޔާބުކުރަންބޭނުމިއްޔާ.
ސާނާ
15 August 2018
ތީ ހަމަހީވާގޮތް. ޔާމީންގެ އަނިޔާ އާއި ކޮރަޕުޝަނުގެ ނަތީޖާ ވަރަށް ހިތިވާނެ. ﷲއިންޝާ އެކަހަލަ އަނިޔާ ވެރިންނަށް ތާއީދު ކުރާނީ އަނިޔާވެރިން
ޒުވާނާ
15 August 2018
ޕްލީޒް ޑޯންޓް ބީ އޯވާ ކޮންފިޑަންޓް.
ވަޓް
15 August 2018
މާލޭގެ އެއޮތް ބޮޑު މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ނުފެންނަ ވަރަށް އެމްޑީޕީ މީހުން ނިކުތް ޒަމާނުގަ ކަން ވީ ކިހިނެތްތަ؟ ލޮލުކޮޅަށް ނުފެންނަ ވަރަށް ރައްޔިތުން ނުކުމެގެންވެސް، ވައްޓާލި ސަރުކާރު އިންތިޚާބުގަ އަނބުރާ ނުގެނެވުނު. އިނގިލިން ގުނާލެވޭ ވަރުގެ މަދު މީހުންކޮޅެއް ނިކުމެގެން ސަރުކާރެއް ވެއްޓޭއިރު، މަގު ފުރާ ނިކުންނަ މީހުން ގިނަވެގެން ހޮވޭނެނަމަ ހޮވިފަ ކުރިންވެސް އޮތީހީ.
މަންޑޭލާ
15 August 2018
އަހަރުމެއްނެ ނުދޭނަން އިބޫއަކަ ވޯޓެ.
ްއަދުރޭ
15 August 2018
ކަލޭމެންކޯޑިނޭޓަރުން ނުދިނަސް މަމެން ދޭނަން.
ކުމުންދޫ އަލީ
15 August 2018
ޕީޕީ ވަރަށް ޖެލަސްވާނެ،