ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައި ހުރި ބަމްޕަރެއް. - ފޮޓޯ: މިހާރު
19 އޯގަސްޓް 2018 - 11:25
ހުޅުމާލޭގައި ސިމެންތިން ހަދާފައި ހުރި ސްޕީޑް ބަމްޕަރުތަކުގެ ބަދަލުގައި ރަބަރުން ތައްޔާރުކޮށްފައިވާ ބަމްޕަރުތަކެއް ހަރުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިނގަމުން އަންނަ ހުޅުމާލޭގައި މިހާރު ހުރި ބަމްޕަރުތަކުގެ ކުލަ ވެއްޓި، އެތަންތަން ފާހަގަނުވާތީ އާންމުންގެ ޝަކުވާ ބޮޑެވެ.
ބަމްޕަރުތަކުގައި ކުރިން ލާފައި ހުރި ރީނދޫ ކުލަ ފޮހެވުމާ ގުޅިގެން އެޗްޑީސީން ދާދި ފަހުން ވަނީ ހުދު ކުލަ ވެސް ލާފަ އެވެ.
ސުޕީޑް ބަމްޕަރުތަކުގެ އިތުރުން ހުޅުމާލޭގައި ހަދާ ބޮޑެތި އިމާރާތްތަކުން މޫދަށް ފެން ބޭރުކުރަން މަގު ހުރަސްކޮށް ގެންދާ ހޮޅިތައް ފޮރުވަން ސިމެންތިން ހަދާފައި ހުންނަ ބޮޑެތި ބަޕްމަރުތަކެއް ވެސް ހުރެ އެވެ. އޭގެ ބައެއް ބަމްޕަރުތަކުގެ ފުޅާމިން ގާތްގަނޑަކަށް އަށެއްކަ ފޫޓަށް ދެ އެވެ.
މި ބަމްޕަރުތަކާ ހެދި ބޮޑެތި ބައެއް އެކްސިޑެންޓްތައް ހިނގައި، މީހުން މަރުވެފައިވެ އެވެ.
ފިތުުރޯނުމަގުގައި ހުރި ސްޕީޑް ބަމްޕަރެއްގެ ކުލަ ވެއްޓިފައިވާއިރު، މަގުމައްޗަށް ހިލަ އެޅިފައި
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން "މިހާރު" އަށް ވިދާޅުވީ ސިމެންތި ފަށަލައަކުން ހަދާފައި ހުރި ބަމްޕަރުތަކުގެ ބަދަލުގައި ރަބަރު ބަމްޕަރުތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ. އެއީ އެންމެންނަށް ވެސް ރައްކާތެރިކަން ލިބޭނެ ގޮތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބުންޔާމީން ވިދާޅުވި ގޮތުގައި، މަގުތަކަށް ހިލަ އެޅިއްޖެ ނަމަ، ކޮންޓްރެކްޓަރުން ވަގުތުން އެ ތަން ސާފު ކުރަން ޖެހޭނެ އެވެ. އެކަމަކު ގިނަ ފަހަރު އެކަން ކުރަނީ އެޗްޑީސީގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޗްޑީސީގެ މަސްއޫލިއްޔަތެކޭ އެއްގޮތަށް ކޮންޓްރެކްޓަރުންގެ މަސްއޫލިއްޔަތެއް ވެސް މިކަމުގައި އޮންނަން ޖެހޭ. އެމީހުން ވެސް ފަރުވާތެރިކަމާ އެކު މިކަން ކުރަން ވާނީ،" ބުންޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަދަމުން އަންނަ ބައެއް އިމާރާތްތަކުން ފެން ބޭރުކުރަން ހޮޅި އަޅަނީ ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށެވެ. އެކަން ރަނގަޅު ކުރަން އެންގުމުން ބައެއް ތަންތަން ރަނގަޅުކޮށްފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
20 August 2018
[[ރަބަރުން އަލާ ޕެޗަށްވުރެ ބޭނުމީ ދާއިމީ ހައްލެކޭ، ހަބަރުން އބަދު އެކްސިޑެންޓް ނުކިޔޭނެހައްލެކޭ]]
ލައްކަވާހަކަ
20 August 2018
މަގޭ ހިތަށް އަރާ މިއިން އެއްވެސް މީހަކު ދުވަހަކުވެސް ތަރައްގީވެފައިވާ ސިޓީތަކެއް ދެކުނުބާ؟ ތިކަހަލަ ސުޕީޑު ބުރޭކަރުތަކުގެ ދެފަރާތުގަ (ދެކޮޅަށް ދުއްވޭ މަގުތަކުގަ) ކުދި ވޭވު ބުރޭކަރުތަކެއް ހަދާބަލަ..ގާތްގަނޑަކަށް 15 ފޫޓު ދުރުމިނުން ފެށިގެން ބޮޑު ބުރޭކަރާއި ކައިރިވާ ވަރަކަށް ވޭވު ތައް ކުދި ކުރަމުން. އެއިރުން ބާރަށް އައިސް ކުއްލިއަކަށް ބުރެކި ޖައްސާކަށް ނުޖެހޭނެ. ބުޑޮ ބުރޭކަރާއި ހަމައަށް ދެވޭއިރު ހުންނާނީ ސުޕީޑު ވަރަށް ބޮޑަށް މަޑުކުރެވިފަ.
ދެކޭމީހާކިޔާމީހާ
20 August 2018
ރަބަރެއްނޫން ކޮންމެއެއްޗަކުން ތިޔައެޅިނަމަވެސް މިސަރުކާރުގެ ޙިމާޔަތްލިބިގެންވާ، މިސަރުކާރަށްވުރެ ބާރުވެރި ޒުވާނުންތަކެއް ތިތަނުގައުޅެ، އެދުއްވާ ފުރޮޅުފުޅާ ބޮޑެތިހައި ސައިކަލް ލިމިޓެއްނެތި ދުއްވާނަމަ، އެކަކަށްވެސް ސަލާމަތްކަމެއްނޯންނާނެ! މޮޅުވާހަކަ ދެއްކިދާނެ! މިސަރުކާރާއި މިސަރުކާރާއިގުޅޭ އެންމެހައި ކުންފުނިތަކުން ފެންނަމުންދަނީ އެއްމަންޒަރެވެ. އެއްކަމަކަށް ވިދިވިދިގެން އެތަކެއްފަހަރު ޚަރަދުކުރަންޖެހޭ، އަދި ކުރަމުންއަންނަ މަންޒަރެވެ، ޚާއްޞަގޮތެއްގައި ހައުސިންގާއިބެހޭ ދާއިރާތަކުންކަމުގައި ބުނުމަކީ ކުށަކަށްނުވާނެއެވެ. އެއްްވެސް ހުރަހެއްނެތި، އިންޑިޔާކަނޑުގެ ބާނިތައް އެތަނަކަށްމުގުރާ މާލޭގެ ދެކުނުފަރާތު ކަނޑުތޮށި ރޫޅާލައި، އެތަނުން ނެރެއްކަނޑައި، އެޖެހިސަކަރާތެއްގައި، ކިތައްއުޅަނދު ހަލާކުވެއްޖެތޯ ސުވާލުކޮށްފިނަމަ، ނޭނގޭނެކަން ޔަޤީނެވެ.
ކޮލެޖް ބޯއީ
20 August 2018
ބަންޕަރެއްގެ ފުޅާމިނުގަ 8 ފޫޓު. އެކަމަކު ޕާކިންގް ސަރަހައްދު ކަނޑަ ނުއަޅާ. މަގުގެ ދެފަރާތުގަ ނޫނީ ޕާކިންގް ނެތް. ސިންގަޕޫރު މޮޑެލްއެކޯ. ޕާކުކުރަން ބްލޮކް ބްލޮކް ހުންނަކަން އެނގި ނުގަތީ ދޯ
މަންސޫރު
20 August 2018
ނޫނޭ، އެއްލުކިން ލައިސަންސް ދީފައި ބަންޕަރުތައް ފޮރުވަންވީ.
ކައުންސެލަރު
19 August 2018
ރަބަރުން ކީއްކުރަން ރަނުންހަދާ ޖަވާހިރުން އަތްކަންއެޅިޔަސް ޒުވާންކުދިންގެ ސައިކަލުގެ ބުރަތްކެއް ޖައްސާކަށް ލާހިކެއްނޫން.
އައިމިނާ
19 August 2018
ހުޅުމާލެ ގަ ހުންނަބަންޕަރުތައް ރޭނގަޑު ދުއްވާއިރު ނުވެސްފެންނާނެ އެހާއަނދިރިވާނެ އަދި ހުޅުމާލެ އެއީ ބަރު އުޅަނދުތައް ބޮޑެތިއުޅަނދުތައް ވަރަށްބާރަށްދުއްވާ އާދަޔާޚިލާފަށް ބާރަށްދުއްވާތަނެއްކަން ފާހަގަކުރެވޭތަނެއް މިކަމަކަށް ހައްލެއްނުލިބޭ
އެކޮޅުގޭ މުޙައްމަދު
19 August 2018
ކުރިމަތީ ކޮޅަށް ގަދަވެ ސަލާމަތުން ތިބޭ މީހުންނާއި ދުއްވާފައިއަންނަ ބޮޑެތި ވެހިކަލް ނުފެންނައިރު ކިހިނެތް މަގުގަ އަޅާފަ އޮންނަ ބަންޕަރެއް ފެންނާނީ
ޙިނި
19 August 2018
ކިތައް އެކްސިޑެންޓް ވެ ކިތައް މަރުތޯ، އެޗްޑީސީ ގެމައްޗައް މަރުގެ ބަދަލު ހޯދަން ދައުވާ ކުރެވިދާނެތޯ؟
ގަހާފޮޑިދޮންތި/މާލެ/ފޭދޫ
19 August 2018
މާތްކަނލާކޯ!!!! ތިޔަ ރަށުގައި ރަނުން ތަންތަން ހަދާ ވަރައް އަހަރުމެން ގުއިފެން ބޮއިގެން އުޅޭ 2 ވަނަ ދަރަޖައިގެ ރައްޔަތުން ޖިޒީ އެބަދައްކަން....
ޢާދަނު
19 August 2018
. މިހާރުއޮތްއެޗްޑީސީމެނޭޖްމެންޓްއިންހަމައެކަނި ކުރާ ކަމަކީ މީހުންނަށްއެވްސްހަމައެތްނެތި ވަޒީފާދީފަ އެމީހުންލައްވާސިޔާސީކަންކަންކުރުވުން ހުޅުމާލެރައީތުންނަށްކޮންމެގޮތެއްވިޔަސްއޯކޭސިޔާސީވެގެންގޮސްހައްދުފަހަނައަޅާފަ