ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިންމާފައިވާއިރު، އެ މަގުން މިއަދު ހެނދުނު ބަޔަކު ހިނގާފައި ދަނީ.---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/މިހާރު
30 އޯގަސްޓް 2018 - 14:02
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ ދަތުރުތަކަށް ފަސޭހަ ކުރުމުގެ ގޮތުން، ބޮޑު ތަކުރުފާނު މަގުން ފުޅާ ކުރަން ހަމަޖެއްސި ސަރަހައްދުގައި ތާރު އަޅައި މިއަދު ނިންމައިފި އެވެ.
މާލޭގެ މަލަމަތި ފެންނަ ފޮޓޯއަކާ އެކު، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖާ ގުޅިގެން ހަދާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ނިމުމާ ގުޅިގެން ދެން ހުރި މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ނިންމާފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
Bridge aa gulhigen hadhaa Male Boduthakurufaanu Magu thaarualhaa nimijje. Magugai dhen kuran hurikankan kuriyah dhanee. pic.twitter.com/VK8Cn7N90a
— Dr.Mohamed Muizzu (@MMuizzu) August 30, 2018
މުއިއްޒު މިއަދު ކުރެއްވި ޓުވީޓު.
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ތާރު އެޅި އިރު، އެ މަސައްކަތުގެ ދަށުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑު ތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ވަނީ ފުޅާ ކޮށްފަ އެވެ. އެ މަގު ފުޅާކުރަނީ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށެވެ.
ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑު ތަކުރުފާނު މަގުގެ އުތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.
ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިންމާފައިވާއިރު، އެ މަގުން މިއަދު ހެނދުނު ބަޔަކު ހިނގާފައި ދަނީ.---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/މިހާރު
ހުޅުލޭ ކޮޅުން، ބްރިޖާ ގުޅޭ މަގުތައް ހަދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ވެސް މިއަދުގެ ނިޔަލަށް ނިމޭނެ ކަމަށްވެ އެވެ. މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި ބްރިޖާ ގުޅޭ މަގުތައް ނިމުމުން، މާލެ ތޮއްޖެހުމުގެ މައްސަލަ އަށް ވެސް ބޮޑު ލުޔެއް ލިބޭނެ އެވެ.
މާލޭގެ ބޮޑު މަގުގައި ތާރު އަޅައި ނިންމި އިރު، ހުޅުލެ އާއި މާލެއާ ދެމެދު އެޅި ބްރިޖު މިރޭ ހުޅުވުމަށް ވަނީ ތައްޔާރުވެފަ އެވެ. އެކަމަކު، އާންމުންނަށް ބްރިޖުން ދަތުރު ކުރެވޭނީ އަންނަ މަހުގެ 7 އިން ފެށިގެންނެވެ. އެކަމަކު، މާދަމާ އިން ފެށިގެން ބްރިޖު މަތީގައި ތަފާތު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެ
30 August 2018
ޔާމީން ވެރިކަމަށް އައިއިރު ބްރިޖް ހުރީ ނިމެންކައިރިވެފައެންނޫންތަ؟؟ ޔާމިން ދެން ނިންމާލީދޯ ހެހެ
ޙަގީގަތް
30 August 2018
ނަންބަރު 2 ތީ ވަރަށް ބޮޑު ދޮގެެއް އަދި އޮޅުވާލުމެއް. ދޮގުހެދުމަކީ ޙަރާމްކުރައްވާފައިވާ ކަމެއް!
ހަސަންމާހިރު
30 August 2018
ސާބަހޭ ރައީސް ޔާމީން
ހުޝާމް
30 August 2018
މަގުތައް ހެދިޔަސް ވޯޓު ނުލިބޭނެ ވާހަކަ ދަންނަވަން. އިސްރާފުކުރުމާ ހިޔާނާތް ގިނަ ކަމުން.
މިސްރު
30 August 2018
ބްރިޖުގެ ހަގީގަތް މާބޮޑަށް އެގެނީ ހެހެހެހެހެ! ބްރިޖުގެ ހަގީގަތް ރޯނު އެދުރު
ދާލު
30 August 2018
ވަރަށް ކޮލިޓީ ދަށްކޮށް ތާރުއަޅާފަ، އަވަސްއަރުވާލައިގެން
ނަންނި
30 August 2018
އަސްލު ހާދަ އުފަލެކޭ މިވަނީ މިއަދު ބްރިޒް ހުޅުވާތި. ޔަގީން މިރޭ އުފަލުން ނުވެސް ނިދޭނެ. ޝުކުރިއްޔާ ރައީސް ޔާމިން.
ޚލމހ
30 August 2018
ހާދަވަރެއް ތިވަނީ. ސުވާލަކީ ހުޅުމާލެއާ ހަމައަށް ދެވެނީ ކިތައް މިނެޓުންތޯ މީގެ ފަހުން؟
ވަސީމު
30 August 2018
މިހާރު މުޒާހަރާ ކޮއްލަން ވެސް ފަސޭހަ ވާނެ
ޢުމަރާ
30 August 2018
ތި ބުނީ 23 ގެ ފަހުން މިހާރު ސަރުކާރު ހިންގަން ތިބި ފަރާތްތަކަށް ދޯ؟!
ބްރިޖުގެ ހަގީގަތް
30 August 2018
މިއަދަކީ ބްރިޖް ހުޅުވާ ތާރީހީ ދުވަސްކަމަށްވާތީ ތާރީހަށްޓަކައި މިޕްރޮޖެކްޓްގެ ކަންކަން ހިގާދިޔަގޮތް ދަންނަވާލަން 1، ބްރިޖަކީ ރައީސް މައުމޫނު ސަރުކާރުގެ ތަސަައްވަރެއް. 2، މިކަން ހަގީގަތަކަށް ހެދުމަށް އަމަލީ މަސައްކަތް ފެއްޓެވީ ރައީސް ނަޝީދު، ބްރިޖް ޑިޒައިންކޮށް، ފީޒިބިލިޓީ ހައްދަވާ، ބްރިޖްއަޅަން ނަޝީދުގެ ކެބިނެޓުން ނިންމެވި. އަދި ޗައިނާ ސަރުކާރާއެކީގައި ރަސްމީ މަޝްވަރާތައް ބޭއްވެވި 3، ބްރިޖް ޕްރޮޖެކްޓް ފެށި، ބްިރިޖް އަޅާނިމުނީ ރައީސް ޔާމީނުގެ ވެރިކަމުގައި، ޔާމީނުވެރިކަމަށްވަޑައިގަތް ދަނޑިވަޅަކީ ޗައިނާއިން ސިލްކް ރޫޓް ޕޮރޮޖެކްޓް ފެށި ދުވަސްވަރު. ޗައިނާއިން އޭޝިއާގެ ކޮންޓްރޯލް ނެގުމަށް ފެށި މިޕްރޮޖެކްޓްގައި ބައިވެރިވާ ގައުމުތަކުގައި، ޗައިނާއިން އިސްނަގައިގެން، ބްރިޖް، ބަނދަރު، އެއާޕޯޓް، އަދި ރެއިލްވޭ ޕްރޮޖެކްޓްތައް ފެށި ދުވަސްވަރު. ގިނަހަފަރަށް މިޕްރޮޖެކްޓްތައް ހިންގާފައިވަނީ ޗައިނާއިން މެމްބަރު ގަރުމުތަކަށް "ަޢާދޭސްކޮށްގެން" ނުވަތަ އެހެން ނުފޫޒެއް ފޮރުވައިގެން ބޮޑެތި ލޯނުނަގުވައިގެން
ދޮން އާދަނު
30 August 2018
ކަލޭމެންގެ ޑީއެންއޭގަ ނެތްދޯ އޮޅުވާލުން ނޫންކަމެއް. ނަޝީދު ބުރިޖާ ބެހޭގޮތުން ބުނި ވާހަކަ އެހެރީ ވީޑީއޯ ރެކޯޑިން ހަދާފަ. މޮޔަ ނުގޮވާ
އޮޅުވައިނުލާ
30 August 2018
ނަޝީދު ސަރުކާރުގައި ކުރި އެއްވެސް ސާވޭއެއް ނޯންނާނެ ތިބުރިޖްގެ މަސައްކަތް ކުރުމަކަށް. މިސަރުކާރުގައި ތިތަން ސާވޭކޮށް ބޯހޯލު ތޮރުފަން ފެށީމަ އެކަމަށް އެމްޑީޕީ މީހުން ޖެހީ ޖޯކު. މިހާރު ތިގޮވެނީ މޮޔަ. ސާވޭ ނުކޮށް ކޮން ޑިޒައިންއެއް ކުރެވޭނީ؟ ތި ބްރިޖް އަޅަން ދާނެ ހަރަދު ކިހިނެއް އެނގެނީ؟ ބްރިޖް އަޅާފައި ހުރި ތަނުގެ އަޑި އޮތްގޮތެއް ބަލަން މީހަކު އަޑިއަށް ފޭބިތަ ނަޝީދުގެ ވެރިކަމުގައި؟ ދެން ކޮން ޑިޒައިނެއް؟
އަބޫސުފްޔާން
30 August 2018
ބަލަގަ އަހަރެމެންވެސް އުޅުނީ މިގައުމުގައޭ. ކަލޭހީކުރީ ތިހެން ކިޔާލީމަ ގަބޫލުކުރާނެކަމަށްތަ
ބުއްޅަބޭ
30 August 2018
މިނިކާ ރާއްޖޭގައި ނަޝީދު ބްރިޖް އަޅަން މަސައްކަތްކުރީ.
ތުއްރަވާސް
30 August 2018
ޕާކިން ހައްލު ކުރެވުން މުހިއްމީ
މަނާކުރުން
30 August 2018
ދުއްވާ އާލަތް ތަށް މަނާކުރުން މާރަންގަޅުވާނެ!