ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި މިރޭ އާންމު ދަތުރުތަކަށް ހުޅުވާލާފައި. ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
06 ސެޕްޓެމްބަރ 2018 - 21:14
ސިނަމާލެ ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި މިރޭ ހުޅުވާލައިފި އެވެ.
ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ރިންގް ރޯޑް ހަދާފައިވަނީ މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތިން ފެށިގެން މާފަންނު އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. ވެހިކަލްތައް ދުއްވޭ ގޮތަށް އެ ސަރަހައްދު މިރޭ ހުޅުވާލިޔަސް، އެ މަގުގެ އެއްވެސް ސަރަހައްދެއްގައި ޕާކް ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް މަގުގެ އެއްވެސް ތަނެއްގައި ޕާކް ކުރުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މަނާކޮށްފަ އެވެ.
ބްރިޖާ ގުޅޭ މަގުތައް މިރޭ 8:30 ވާން އުޅެނިކޮށް ހުޅުވައިލި ނަމަވެސް ޕޭވްމަންޓާ ގުޅޭ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށް އެބަދެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި މިރޭ އާންމު ދަތުރުތަކަށް ހުޅުވާލާފައި. ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށްޓަކައި އެ މަގު ހަދާފައިވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް، 12 މީޓަރަށް ފުޅާކޮށެވެ. އެ މަގު މިރޭ ހުޅުވާލިޔަސް، މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި ބައެއް ސަރަހައްދުގެ ޕޭވްމަންޓްގެ ބައެއް މަސައްކަތްތައް އަދިވެސް ދަނީ ކުރަމުންނެވެ.
އެ މަގު ހަދަމުންދާތީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތައް ވެސް އުވާލައި، މިހާރު ވަނީ ކުރިން އޮތް ޓްރެފިކް ފްލޯ ހަމަޖައްސައިފަ އެވެ. އެގޮތުން ކުރިއެކޭ ވެސް އެއްގޮތަށް، ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅިއާ ހަމައިން ފިލިގަސް މަގާ ހަމައަށް ހުޅަނގުން އިރަށް ދުއްވާ ގޮތަށް ހަމަޖައްސައި، އަދި ފިލިގަސް މަގު ވެސް ކުރިއެކޭ އެއްގޮތަށް އުތުރުން ދެކުނަށް ދުއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން ފިލިގަސް މަގުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އެއްކޮޅަށް، ފިލިގަސް މަގުން ވަދެވޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން ނަސަންދުރައިގެ އިރުން ބޮޑުތަކުރުފާނު މަގަށް ނިކުމެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލާ
07 September 2018
މަގުވެސް ހުޅުވިއްޖެ! ބްރިޖްވެސް ހުޅުވިއްޖެ! ތަރައްޤީވެސް އެބަކުރޭ! އެކަމަކު ވިސްނާ ވިސްނާވެސް ތިޔަ ރައީސް މީހާއަށް ވޯޓު ދޭ ހިތެއްނުޖެހުނު! ކީއްވެތޯ؟ އެއީ އަދުލްއިންސާފާއި ހަމަހަމަކަން ނެތީމަ.
ނަން
07 September 2018
މަ މިހުންނަީ ތިމަގުން ދުއްވަން ދާން ނުކެރިފަ އަދި. ދެތިން ދުވަހުގެ ތެރޭގަ ތިންހަތަރު މީހުން މަރުވާފަހުން ހީވަނީ ދުއްވޭވަރު ވެދާނެހެން. އެވެސް ސަރުކާރުން ކަންތައްތަކެއް ކޮށްފިއްޔާ.
މާލެ މީހާ
07 September 2018
ވަރަށް އަވަސް އަރުވާލައިން ކުރި ކަމެއް. ޓްރާންސްޕޯޓް އާއި ޕޮލިހުންވެސް މި ލޭންތަކުގެ ކަންތަށް ވަރަށް ހަރުކަށިކޮށް ބަލަހައްޓަން ޖެހޭ އެބަ. ފަޅި އަކަށް ދެލޭން އޮންނައިރު މަޑުން ދުއްވާ ވެހިކަލް އެއް ލޭން ގަ، ތަންކޮޅެއް ބާރައް ދާ މީހުންނާއި އޯވަރޓޭކް ކުރާ މީހުން އަނެއް ލޭން ގައި ވަކިން ދުއްވުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވަރަށް މުހިންމު ކަމެއް. އަދި ނުބައި ފަޅީގައި ދުއްވާ މީހުންނާ ކަތި ކަތި އަރުވާފަ ބާރައް ދުއްވާ މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭ. ޕޮލިހުން ޒިންމާދާރު ނުވާ ނަމަ ވަރަށް ދެރަ.
ފިލިގަސް
07 September 2018
ފިލިގަސް މަގަކީ ކުރިން ދެކޮޅަށް ދުއްވޭ މަގެއް.
އަލީ 343
07 September 2018
މިހާރު ހަމަ ސީދާ ކޮންކްރިޓް ޖަންގައްޔަކަށްވެ ނިމުނީ. މާލެ ވަށާ ހުރި ގަސްތައް އެއްކޮށް ދުއްވާލައިފި. މީނަ ހާދަ ރުޅިއެކޭ މި ގަސްތައްދެކެ މިއަންނަނީ.
ދެބޯގެރި
07 September 2018
ޢަސްލު މަގު ހުޅުވިޔަސް ނެއް އުފަލެއް އެއީ ޕާކްނުކުރެވޭތީ! ކުރަނީ ހުސް ސަރުކާރައް ފައިދާވާގޮތަށް ހުރިހާ ކަމެއްވެސް ތިތާ ޕާކް ނުކުރެވޭނަމަ ދެން ވެހިކަލްތައް ގަވައިދާ ޚިލާފަށް ކިހާވަރަކަށް ޕާކުކޮއްލާނެބާ؟ ދެން އެއްކަލަ ޓްރެފިކް ޕޮލިސްކުއްޖާ ހެސްކިޔާފަ ހުންނާނެ ސްޓިކާ ޖަހަން! ހުރިހާ ރުފިޔާއެއް ރައްޔަތުމީހާ ފެލައިގެން ދައުލަތަށް!
މާލެ މީހާ
07 September 2018
އަސްލު ނުޖެހޭ މަގުމަތީ ޕާކު ކުރާކަށް. ނަމަވެސް މީގަ މައްސަލައަކީ ޕާކިންގް އޭރިއާ ތަކެއް ނުހަދާތީވެ. ބީޗުގަ އާއި ސެނަހިޔާ ކުރިމަތީ އޮތް ހުސް ބިމުގައި ހެޔޮވަރުގެ ޕާކިންގް އޭރިޔާއެއް ހެދީމާ އެހިސާބު ގޭގެ ތަކުގެ އާއި ބީޗައްދާ މީހުންނަށް ފަސޭހައިން ޕާކު ކުރެވޭނެ.
މެހހހހ
07 September 2018
ފޮޓޮލުން ފެންނަނީ އެހާ އަވަހައް ބައެއް ސައިކަލް ތައް މެދުރޮނގު މަތީގައާ ނުބައިފަޅީގަ
އަލީ ނަސީމް
07 September 2018
ހަހަ... އެއީ ތެދެއް. ގަމާރުކަމުގެ މިސާލެއް!
އަހުމަދުބެ
07 September 2018
މަގުހުޅުވިޔަސް ހެސްކިޔާފަ ގަވާއިދާ ޚިލާފަށް އެދުއްވާ މެދުއުޑުގެ ކުދިންނާ ހުރެ ސިއްސަސިއްސައިގެން ދަނީ. އެހާ ހަޔާތްކުޑަކޮށް ދުއްުވަނީ. ބަލަހައްޓާނެ ބަޔަކު ނެތި އިތުރަށް ގަވާއިދާ ޚިލާފުވެ މީހުނަށް އަނިޔާކުރަން ހަދާފައޮތްތަނެއް.
މާލެ މީހާ
07 September 2018
ޕޮލިހުންގެ ހަމަ ޒިންމާ ކުޑަކަން. ނުވި ތާކަށް ލޭން ތަކާއި ދުއްވުމުގެ އެއްވެސް ޤަވާއިގެއް ނެތް ތަނެއްގަ ކިތަންމެ ވަރަކަށް ރޮނގު ކުރެހިޔަސް މިއުޅޭ އެއްވެސް ބައިގަނޑަކަށް ހަމަ ނޭންގޭނެ އުޅޭކަށް. މަގު ދެފަޅި ކުރަން ޑިވައިޑަރުލާފަ، ޖަނަވާރުންހެން ކޮށްޓަކަށް ލައިން ދަސްކޮށްދޭން ޖެހެނީ
މަންޑޭލާ
07 September 2018
އެމްޑީޕީގެ ވެރިކަމުގަ މަގުތަ ބޭނުންކުރީ މުޒާހަރާކުރަން ޔާމިންގެ ވެރިކަމުގާ މަގުތަ ރަގަޅުފެންވަރުގަ ހަދާ ދިވެހިން ހިންއެދޭ ފެންވަރުގެ ހުފާ ވެރިމަގުތަކަކަ އެއްދެވީ.
ވަހީދު
07 September 2018
މާދަމާ ތިމަގުކޮންނަން ފަށާނެ. މިހުރިހާ ދުވަސްކޮށްފަ ހުޅުވިއިރުވެސް އެއްވެސް މައްސަލައެއް ހައްލުކުރަން ވިސްނާފަނެތްކަން އެނގޭނެ.
ޝޮކްތެރަޕީ
07 September 2018
ހަގީގަތަ ބުނަޏާ ޔާމީންގެ ތަރައްގީ ވަރައް ބަރާބަރު.