މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގެ ޑައިވިން ސްކޫލް - ފޮޓޯ: އެމްއެންޑީއެފް
08 ސެޕްޓެމްބަރ 2018 - 15:47
މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގެ ޑައިވިން ސްކޫލްގައި ރޯވެ އެކަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ފަހު އެކެއް ޖަހާކަން ހާއިރު ޑައިވިން ސްކޫލްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ބައިގަޑި އިރެއްހާއިރު ފަހުން ކަމަށެވެ. ރިސޯޓްގެ ޑައިވިން ސްކޫލުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ ރިސޯޓުގެ ފަޔާ ސްކޮޑުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި މުވައްޒަފަކު ފިހުނު ކަމަށް ވިޔަސް، އެމްއެންޑީއެފުން ބުނީ މާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.
އެމީހާ އަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
އަލިފާނު ހާދިސާގެ ސަބަބުން ޑައިވިން ސްކޫލުގެ ބައެއް އެއްޗެހި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް
08 September 2018
ކުޑަބަނޑޮސް ތިއީ ދައުލަތައް ނަގަން ޖެހޭ ރަށެކެވެ. އެއީ އަހަރުމެން ދަތުރުދާ ރަށެވެ. އެތަން ރިސޯޓް ހަދަން ދިން ގޮތް ސާފެއް ނުވެއެވެ.
ވާތޭ
08 September 2018
އެއީ ޑރ. ވަހީދު ރައީސްކަމަށް އައްޔަންވި އިރު ނައިބަކަށް ވަހިއްދީން އަންނަން އެއްބަސްވުމުން ދިން ހަދިޔާއެއް..