11 ސެޕްޓެމްބަރ 2018 - 12:40
ނަފްސާނީ ބަލިތަކަށް ރާއްޖޭގައި ދޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ހަމަޖައްސައި ދެއްވާނެ ކަމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫގައި އިއްތިހާދުން ބޭއްވި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާގައި، ސިއްހީ ސިޔާސަތު އިއުލާން ކުރައްވަމުން އިބޫ ވިދާޅުވީ ނަފްސާނީ ބަލީގެ މައްސަލަތަކަށް ރާއްޖޭގައި ސަމާލުކަން ދޭން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި "ނެޝަނަލް މެންޓަލް ހެލްތު ކައުންސިލެއް" އުފައްދައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް އެ ފަރުވާ އާސަންދައިގެ ދަށުން ކަށަވަރު ކުރެވިގެންދާނެ،" ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
Sihhee dhaairaage muvahzafunge musaara bodu koh dheynan: Ibu
The most trusted news source in the Maldives
Mihaaru
ސިއްހީ ދާއިރާ ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވުން--
ރާއްޖޭގައި ހިދުމަތްދޭ ނަފްސާނީ ޑޮކްޓަރުންގެ އަދަދު މަދެވެ. އެހެންވެ، ނަފްސާނީ ބައްޔަށް ފަރުވާ ހޯދަން ޑޮކްޓަރަށް ދެއްކުމަށް އެތައް ދުވަހަކާއި ވަގުތުތަކެއް ހޭދަކުރަން ޖެހެ އެވެ. އަދި އެ ބަލިތަކަށް ފަރުވާ ހޯދަން ނަގަންޖެހޭ ތެރަޕީއަށް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ. ތެރަޕީގެ ފަރުވާ އާސަންދައިގެ ނިޒާމުގެ ތެރެއިން ނުލިބޭއިރު އެހީ ހޯދާ ނަމަ ޖެހެނީ ޑޮކްޓަރެއްގެ ލިޔުން އެންސްޕާއަށް ހުށަހެޅުމަށެވެ.
އިބޫ ވިދާޅުވި ގޮތުގައި، ނަފްސާނީ ބައްޔަށް ފަރުވާ ދިނުމާ ބެހޭ ގާނޫނެއް ކަނޑައަޅައި، އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ އެ އަށް އަމަލު ކުރައްވާނެ އެވެ. ނަމަވެސް އެ ގާނޫނުގެ ތަފްސީލެއް ނުދެއްވަ އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އާސަންދައިން 2016 އަހަރު އެކަނި ވެސް 3.3 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި ފާއިތުވި އަހަރުތަކުގައި އައިޖީއެމްއެޗުގައި އެކަނި ވެސް އަހަރަކު 5،000 މީހުން ނަފްސާނީ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފުރާނަ އަށް ނުރައްކާވާ ހާލަތައް ދާއިރު އަވަސް ފަރުވާ ލިބޭނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ނެތް ކަން ފާހަގަ ކުރައްވައި އިބޫ ވަނީ "ޕެރަމެޑިކް" ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، "ނެޝަނަލް އެމްބިއުލާންސް" ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަނޑާއި އެއްގަމާއި ވައިގެ އެމްބިއުލާންސްގެ ހިދުމަތް އެއް މަރުކަޒުން ބެލެހެއްޓި އަދި އަވަސް ޕެރެމެޑިކް ހިދުމަތް ލިބޭނެ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ހަމަޖެހިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
ޕެރެމެޑިކަކީ ހާލުދެރަ މީހުން ހޮސްޕިޓަލަށް ގެންދެވެންދެން އަވަސް ފަރުވާ ދޭ ނިޒާމެވެ. އެކަމަށް ހާއްސަ އެމްބިއުލާންސްތައް މާލެ އާއި އަތޮޅުތެރޭގައި މިހާރުވެސް އެބަހުއްޓެވެ. ނަމަވެސް އެންމެ އެކަށޭނެ ގޮތަކަށް ބޭނުމެއް ނުކުރެ އެވެ.
ނ. އަތޮޅުގެ ރަށަކަށް ވަޑައިގެން އިބޫ ސަޕޯޓަރަކާ ސަލާމް ކުރައްވަނީ-- ފޮޓޯ: އެމްޑީޕީ
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރަން ޖެހޭ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެފަދަ ކުދިންނަށް ޅަފަތުގައި ސިއްހީ ފަރުވާ އާއި އަޅާލުން ލިބޭގޮތަށް ފަސޭހަ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ޒަމާނީ ބޭސްފަރުވާ އާއި އެހެނިހެން އެހީތެރިކަން ފަސޭހަ ކަމާ އެކު ލިބޭނެގޮތް ހަމަޖެހިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުގަކުގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ލޭ އެޅޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އޭނާ ވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމް ކުރައްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. އެއީ، ޒަމާނީ ވަސީލަތްތަކާ އެކު އެކި ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން މަސައްކަތް ކުރާނެ ތަންތަނަށް ހައްދަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
11 September 2018
ދަރިންނުލިބިގެން ބޭސް ކުރާ މީހުންނަށް ނެތް ދޯ އެއްވެސް އެހީއެއް
މެޑަމް އައިޝާ
11 September 2018
ތިމާފުރަތަމަ ފަރުވާ ކުރޭ
ނަގޫރޯޅި
11 September 2018
ކަލޯ ރޭގަބުނީ އާސަންދަ ހަމަޖެހޭނީ ނަފްސާނީ މީހުންނަށޭ، މިއަދު ހޭވެރެކަންވީމަ އެންގުނީ ރޭގައަދި ބުނެވުނީ ރަގަޅައްނޫންކަން. އެހެންވެ ރޭގެކަންތައް މަތިޖަހަން ތަންކޮޅެއް އިތުރުކޮއްލީ. ހަމަ ނަސީދައްވެސް ވާވަރު
ރަދީފު ގެ ބޭބެ
11 September 2018
ޢަޅޭ އެމްޑީޕީ މީހުން ކިހިނެއް މިހުރިހާ ވައުދެއް ފުއްދަނީ. މަހަމަ ވިސްނާވެސް ބޮލަކަށް ނުވިސްނުނު، ރެކޯރޑް މުގުރާވަރަށް ވައުދުވެެވިއްޖެ. ހަމަކޮންމެގޮތަކަށްވިޔަސް ވެރިކަންލިބޭތޯ؟
ރާވެރިބެ
11 September 2018
ރާވެރިބެ ބުނެލަން އޮތީ އިބޫގެ ވެރިކަމެއްގައި ރައްޔިތުން ޚަރަދުކުރަން އޮންނާނެ ހަމައެކަނި ކަމެއް ކަމުގައި ދެކެނީ ލިބޭ މުސާރަކޮޅު ހިފައިގެން އަޗާތެޅުމާއި ކޮފީ ބުއިން. އެހެން ހުރިހާ ކަމެއް އިބޫގެ ހެޔޮފުޅުކަމުން ހިލޭ ލިބޭނެ. ބޭސްފަރުވާ، ތިރީ ތައުލީމު، މަތީ ތައުލީމު، ގެދޮރު، ނަފުސާނީ ފަރުވާ، ޑްރަގް ފަރުވާ، އެކަނި މައިން، މުސްކުޅިން ބެލުން، އެކަނި ބަފައިން، ނުކުޅެދޭ މީހުން، ވިޔަފާރިކުރުން .. މިހެން ކިޔާނެކަމެއްނެތް ... ރައްޔިތުން ޒިންމާއެއް ނެތި އަބަދު ހަމައިގަ ނެތަސް ގައުމައިގެން ކުރިއަށް ދެވޭނެ ... ކޮސް ގޮވާކަށް ހައްދެއްވެސް ނެތް ...
ނަފުސާނީ
11 September 2018
ތިޔަ ތަނަށް ގެންދަންޖެހޭނެ އެކަކު އެބައުޅޭ މި ޤައުމުގައި، ޔާ އަކުން ނަން ފެށޭ. ނަމަނަމަ ހިލޭ ދޭތި އެފަކީރަށް ފަރުވާ. ވަރަށް ވަރުވެފައި ހުންނާނީ އިލެކްޝަން ފަހުން.
ހައްވާދީ
11 September 2018
ވާނެނަމަ ކިތަންމެހާވެސް ރަނގަޅުކަމެއް
ޞަދުގަތު
11 September 2018
ނފސާނީ ބައްޔަށް ބޭނުނވާ މުހިއްމު ބޭސް އެއްފަހަރާ ހުސްވެސްވޭ. ގިނަ ދުވހު ޑްރަގްސް ބޭނުންކުރުމުގެ ސަބަބުންނައި ނަފްސާނީ ބަލިޖެހޭ ޒުވާނުނވެސް މިހާރު މަދެއް ނުން. ޢެކމަށް ދޭނެ ފަރުވާއެއް އެދާއިރާއިން ކިޔަވައިގެން ހުރި ޚާއްސަ މީހުންނެއް ނެތް
ރަންކޮޅާ
11 September 2018
ފައިނަލީ! ތިކަންކޮށްދޭން ވައުދުވާމީހަކު އަތުވެއްޖެދޯ. ތޭންކްސް