އީޔޫގެ ގައުމުތަކުގެ ދެ ސަފީރަކާ އެކު ޖަރުމަންގެ ސަފީރު ޖެން ރޮޑާ (ވ). އިބޫއާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަން ފެށުމުން އޭނާ ވަނީ ކަންބޮޑުވުންފާޅުކުރައްވާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
12 ސެޕްޓެމްބަރ 2018 - 16:17
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކުރާ ތުހުމަތުތަކަކާ އެކު، އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފެށުމުން، ޖަރުމަނުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޖޯން ރޯޑް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެންމެ ފަހުން އޭނާ ކުރެއްވި ޓުވީޓުގައި ވެސް ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މުހިއްމު ކަން ފާހަގަކުރެއްވި ކަމަށެވެ. އެ އުއްމީދުގައި ހުންނަވަނިކޮށް، ކުއްލި ގޮތަކަށް، އިބޫގެ މައްސަލައެއް އިދާރާތަކުން ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތަކުން އެނގިވަޑައިގަތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
As I mentioned in my last tweet ‘free and fair elections are the feast of democracy!’ I sincerely hope that the Maldives will experience that on Sept 23. I find it quite disturbing that media outlets now report about MDV authorities suddenly investigating the opposition candidate
— Joern Rohde (@joern_rohde) September 12, 2018
ޖަރުމަން ސަފީރުގެ ޓުވީޓް.
އޭނާ ވިދާޅުވި ގޮތުގައި މިނިވަން އިންސާފުވެރި އިންތިޚާބެއްގައި ހުރިހާ ފަރާތްތަކަކަށް ވެސް ހަމަހަމަ ފުރުސަތު ލިބެން ޖެހެ އެވެ. އެކަން ކަށަވަރުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ކެމްޕޭންގައި އިބޫ: ނ. އަތޮޅަށް ވަޑައިގެން އިބޫ ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުން.-- ފޮޓޯ: އެމްޑީޕީ
ފުލުހުން ބުނެފައި ވަނީ، ނ. އަތޮޅަށް ކުރެއްވި ދަތުރުގައި، އެ އަތޮޅު މާޅެންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ހަގީގަތާ ޚިލާފު ވާހަކަތަކެއް އިބޫ ދައްކަވާފައިވާ ކަމަށެވެ. އެއީ ކުށަކަށް ވުމުން، ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އިތުރަށް ބެލުމަށް، ކަމާ ބެހޭ އެހެން އިދާރާތަކަށް ވެސް އެ މައްސަލަ މިހާރު ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވި އެވެ.
އިބޫ އެ ވާހަކަ ދެއްކެވީ މަސްވެރިއަކާ ހަވާލާދީ އެވެ. އޭނާ ވިދާޅުވީ ހއ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ގައްލަންދޫ ކަނޑުގައި ދޯންޏެއް އަޑި އަށް ދާތީ އެކަން ދޯނީގެ ވެރި ފަރާތުން ފުލުހުންނަށް އެންގި ކަމަށާއި އެކަމަކު ފުލުހުން އެންމެ ފުރަތަމަ ސުވާލު ކުރީ އެއީ ކާކަށް ތާއީދު ކުރާ ބައެއްތޯ ކަމަށް، މަސްވެރިޔާ ބުނި ކަމަށެވެ. އަދި ވޯޓުލާނީ އިންސާފަށް ކަމަށް ބުނުމުން، ލޯންޗެއް ނެތް ކަމަށް ފުލުހުން ބުނި ކަމަށާއި އެންމެ ފަހުން ދޯނި އަޑި އަށް ދިޔައީ ކަމަށް، އެ މަސްވެރިޔާ ބުނެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމުން، އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދޭން ޖެހުނު ނަމަވެސް ފުލުހުންގެ އަމަލުތައް ހުރީ އިބޫގެ ކެމްޕޭނާ ގުޅުވައި ތަފާތު މައްސަލަތައް އުފައްދައި ހުރަސްއަޅާ ފަދަ ގޮތަކަށް ކަމަށް އިދިކޮޅުން ބުންޏެވެ.
އިބޫގެ މައްސަލައެއް ބަލަން ފެށުމުން ޖަރުމަނުގެ ސަފީރު ކަންބޮޑުވުން ފާޅުކުރެއްވިއިރު، މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ބޭރުގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުން ދިވެހި ސަރުކާރަށް އަންނަނީ ގޮވާލަމުންނެވެ. ރައްދުގައި ސަރުކާރުން ބުނަމުން އަންނަނީ، އިންތިޚާބު މިނިވަންވާނެ ކަމަށާއި ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަރުމަނު އިންސާފު
17 September 2018
ރިޔާސީ ކެނޑިޑޭޓެއް ވިއްޔާ ކުށެއްކުރިޔަސް ތަހުގީގު ނުކޮށް އަޅާ ނުލާ ދޫކޮއްލާ ގޮތަށްތަ އޮންނަނީ ޖަރުމަނުގަ؟ ތިޔަ ވީގޮތުން އަހަރުމެން ޖަރުމަނާ ދޭތެރޭ ހަމްދަރުދީ ވަން.
ދޮގުވާހަކައެއްތޯ
13 September 2018
ތަހުގީގު ކުރުމަކީ ދެއްކީ ދޮގުވާހަކައެއްތޯ ބެލުން، ގައުމުގެ ވެރިޔަކައް ވާން ބޭނުން މީހާ ޔާ، ވެރިކަމުގަ ހުރިމީހާޔާ އެއްވަރު ދޮގުހެދުމުގައި ވީމާ ދެން ކާކު ރަނގަޅުވާނީ. ބަޔަކައް ކަމެއްގައި އިނގިލި ދިއްކޮއްލަން ފަސޭހަ ވާނެ، ކަމުގެ ހަގީގަތް ހޯދުމަކީ ދަތިކަމެއް. ތޯތޯ ވާހަކަ ވެރިން ދެއްކުމަކީ ގޯހެއް، ކޮންމެ ވެރިޔަކުވިޔަސް. ކުށެއް ކުރޭތޯ ބަލަބަލަ ތިއްބާ ކުށެއް ކުރުމަކީ މޮޔަކަމެއް.
ޖަން
13 September 2018
ރާއްޖޭގެ ޙާލަތު މިހާ ހިސާބަށް ގެންދިޔައީ ކެނެރީގޭ ނަޝިދު މައުމޫންގެ ވެރިކަން ބަދަލު ކުރަން އުޅުނުގޮތް ހަދާންވޭތަ؟ ގޮވިހާ އެއްޗެތި ހަދާންވޭތަ؟ ފާރުތަކުގަ ލިޔެފަ ހުންނަ އަވަގުރާން ހަދާން އެބުހުރިތަ؟.
ފަރިޔާދު
13 September 2018
އިދިކޮޅުގެ ބޮޑުޖަލްސާފެނިފަ ސަރުކާރު މޭކަރައިގަތީ ކޮންމެސް ގޮތަކުން އިބޫކަޓުވާލެވޭތޯ ބަލަން އޭރުން އިންތިޚާބެއް ނުބާވައި ކާމިޔާބުވާނެ އެހެންވީމާ އަހަރެންހިތަށްއަރާ ﷲ ވޮޑިގެންވާކަން މިސަރުކާރަށް ވިސްނޭނީ ކިހިނެއްބާއޭ؟
ކަޅިރަވަ
13 September 2018
ޖަރުމަނެއްނޫނޭ ޖަރުމަނުގައި އުޅޭ އެމް.ޑީ.ޕީގެ މެމްބަރެއް އެހެން ބުނީ.
ޕ.އޭ ގެ ކޯފޯ
13 September 2018
ބަލިވާނެ ކަން އެނގުމުން، އިބޫމެން ދެމީ ރޯނެއް. އޭގައި މިސަރުކާރުގެ ވެރިން، ރ.ޔާނު ހިތްހަމަޖައްސަން ކުރި ކަމަކުން އެއަޅައިގަތީ. ކީއްކުރަން ބޮޑު ޕްރެސް އެއްބާއްވާފައި ތަހުޤީޤު ކުރަންވީ. ޝިފާނުވެސް، ނަވާޒުވެސް މޮޔަވީތޯއެއްޗެއް. އެމް.ޑީ.ޕީ އިން ކޮންމެ ކަމެއް ކުރިއަސް ކުރާނީ، ބޭރުދުނިޔެއަށް ދައްކަން. މިކަންވިސްނަންވެއްޖެ ދޯ.
ކަރީންބެ
13 September 2018
ހަޖަމް ކޮއްލާ މޑޕ ކުދިންތަށް...
އާދަން
13 September 2018
މާތްﷲ މިގައުމުގެ ފުލުހުންގެ ތެެދުވެރިކަމާއި އިންސާފު އެންމެންނަށް ހަމަހަމަ އަށް ދިނުމުގެ ތައުފީގު ދެއްވުން އެދި ދުއާ ދަންނަވަން. ޕޯޑިއަމްތަކުގައި އެތައްބައެއްގެ ކުރިމަތީ ބޮޑެތި ކުށުގެ ވާހަކަ، ގާނޫނާއި ޚިލާފު އެތައްކަމެއް ކުރިކަމުގެ ވާހަކަ ނުވަތަ އެފަދަ ތަހުގީގެއް ހިންގަންޖެހޭނެ އެތައް ވާހަކަތަކެއް ދައްކާއިރު އެވާހަކަތައް ނީވި، އިބޫ ކާރީ މީހަކު ބުނި ވާހަކައެއް ޕޯޑިއަމުގައި ބުނުމުން އެކަން ތަހުގީގު ކުރަންޖެހުނީމަ ތިޔަ މުއައްސަސާގެ ފެންވަރު ވަރަށް ރަގަޅަށް ސާފުވޭ. ބަލަގަ ތިޔަތަނަށް އަހަރުމެން ކުޑަވެސް އިހުތިރާމެއް ނުކުރަން މިހާރަކު. އަދި އަހަރުމެން ބޭނުން ބައެއްވެސްނޫން ތިޔައީ މިހާރަކަށްއައިސް، މާﷲ ގަންދީ ހުވާކޮށްފަ މިބުނަނީ، އިބޫ ބޮޑުތަފާތަކުން މިގައުމުގެ ރައްޔިތުން ހޮވާނެ. ކުރާނެ ތަހުގީގެއް ކޮއްލަކޮއްލާ ތިބޭ.
އިބަ
16 September 2018
ތިޔަ މުއައްސަސާގެ އިތުބާރު ވަނީ މަކުރިންވެސް ގެއްލި ނިމިފަ
ރިޔާޝް
13 September 2018
ތެދުވެރި އިޚްލާސްތެރި ނަމަ އިބޫ މި ތަޙްގީގަށް އެއްބާރުލުން ދީ. ތިހެން ކިތަައްމީހުން ޓްވީކޮށް އުޅެފ. ބޭރު ދޮން މުނާފިގުން ގެ ކިބައިން އެއްބާރުލުން ނުހޯދާ، ހެއްދެވި ފަރާތަށް އެނބުރި ދަންނަވާ، އެ ކަނލާގެ ކުޅަދުން ވަންތަކަމާއި މެދު ޔަގީންކަން ނެތުނީތަ؟ އިބޫ ޔަގީންކަމާއި އެކު ކުރިޔަށް ދޭ. ނަޝީދުގެ ޕާޓީ ވިޔަސް އިބޫ ނަޝީދު އުޅުނުހެން އުޅޭކަށް ނުޖެހޭ.
ރައްޔިތުން
13 September 2018
ވޯޓް ގަންނާނެ މީހުން އަތުވެދާނެ އެބަޔަކު ވޯޓް ގަންނާނީ ޕާސްޕޯރޓް އަދި އައިޑީކާޑު ދިނުމުން ބޭނުން ވަރަކަށް ފައިސާދީގެން އެ ލިއުންތައް އަބުރާ ލިބޭނީ ވޯޓް ފޮށި ތައް ބަންދުކުރުމުން ، ބޭނުމަކީ އެމީޙުންގެ ވޯޓް ލެވިޔަ ނުދިނުން- މިއީ ބޮޑު ޖަރީމާއެއް މިފަދަ ކަމެއްގައި އެއްވެސް މީހަކު ބައިވެރިނުވޭ. ކޮންމެ މީހަކުވެސް އެމީހާގެ ވޯޓް އެމީހާ ބޭނުންވާ މީޙަކަށް ދެއްވާ. މިއީ ގާނޫނީ ޙައްޤެއް.