12 ސެޕްޓެމްބަރ 2018 - 22:38
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އޭނާ މާދަމާ ހާޒިރުވާން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން ޝަމީމަށް މިއަދު ފޮނުވި ޗިޓުގައި އަންގާފައި ވަނީ މާދަމާ ހެނދުނު 11 ޖަހާއިރު ޑީޖޭއޭއަށް ހާޒިރުވުމަށެވެ. އެކަމަކު، އެއީ ކޮން މައްސަލައެއްގެ ތުހުމަތަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.
ޝަމީމަކީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ވަކާލާތު ކުރައްވާ ތަޖުރިބާކާރު ވަކީލެކެވެ. އަދި އޭނާ އަންނަނީ މާލީ ތަނަވަސްކަން ނެތް މީހުންނަށް ހިލޭ ވަކާލާތު ވެސް ކޮށްދެއްވަމުންނެވެ.
Vakeel Shameem ge suspension uvaalaifi
The most trusted news source in the Maldives
Mihaaru
ޖުލައި މަހު ޝަމީމްގެ ސަސްޕެންޝަން އުވާލުން--
ސުޕްރީމް ކޯޓަށް ހާޒިރުކުރާ މައްސަލާގައި ވަކި އެއްޗެއް މީޑިއާގައި ވިދާޅުވާކަށް ޝަމީމް ބޭނުމެއް ނޫނެވެ.
ޝަމީމަކީ ތަފާތު މައްސަލަތަކާ ގުޅިގެން މީގެ ކުރިން ސަސްޕެންޑް ވެސް ކޮށްފައިވާ ވަކީލެކެވެ. ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް މިދިޔަ ފެބްރުއަރީ މަހު ޝަމީމް ސަސްޕެންޑް ކުރުމަށް ފަހު، އަލުން ހުއްދަ ދިނީ މިދިޔަ ޖުލައި 12 ގަ އެވެ. އޭނާއާ ގުޅޭ މައްސަލައެއް އޭރު ފުލުހުން ބަލަމުންދާތީ ސަސްޕެންޑް ކުރުމަށް ފަހު ވަނީ އެ މައްސަލަ ފައިލް ކޮށްފަ އެވެ.
އޭގެ ކުރިން ވެސް ޝަމީމް ދެ އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވެ އެވެ. އެ ފަހަރުގެ ސަސްޕެންޝަން އުވައިލީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޓްކިންގ
13 September 2018
ތިޔަ ޝަމީމަކީ ޝަރުޢީދާއިރާ މިނިވަން ކުރަން އުޅޭ މީހެއްނޫން. އޭނާއަކީވެސް ހުސްނުއްސުޢޫދު ގޮތްވެގެން އުޅޭ މީހެއް.
ޝައިމްބެ
13 September 2018
ސަސްޕެންޑު ކުރުމަކީ އެއްވެސް މައްސަލައެއްގެ ހައްލެންނޫން. ވަކީލުންގެ ޝަކުވާތައް އަޑު އެއްސެވުން މުހިންމު.
ޛަމީލު
13 September 2018
މީދެން ކިހިނެއްވާ ކަމެއްތަ ބޭނުން ކޮންމެ އިރަކު ބޭނުން ކޮނމެ މީހަކު ދާމާ ދިމަދިމާލައް ގެންދަނީ
މޯޑް
13 September 2018
އެހާ ވަރުގަދަ ސަމީމެއް ވިއްޔާ ކޯޓަށް ހާޒިރު ކުރާ ވާހަކަ ބުނީމަ ހަޅޭއްލަވަން ވީ ނު. ކީއްވެ އަނގަ މައިތިރިވީ
ހާދަރު
13 September 2018
ވާންޗޯ! އެއީ ޑިސިޕްލިންއަކީ. ޝަރުއީދާއިރާގެ މީހުން އެދާއިރާއަށް އިހުތިރާމް ކުރުމާއިއެކީ ބިނާކުރަނިވި ފާޑުކިޔަނީ. ކަމެއްވާއިރަށް ހަޅޭފަޅޭއްލަވާކަށް ނުޖެހޭ!
ފުވައްމުލަކު ޒުވާނުންގެ ދިރުން
13 September 2018
ޔާމީނަށްތާއީދު ނުކުރާތީކަމަށްވެދާނެ ؟ ހުރިހާކުދިންމިތިބީ ޝަމީމުއާއެކީ .
ޮޮޮކކކކ
12 September 2018
މިގައުމު ދެކެފައިނުވާ ވެރިކަމެއްނޫން ތި ކޯލިޝަންގެ ވެރިކަމަކީ. 2008 އިންފެށިގެން އިސްތިއުފާ ދެންދެކަށް އޮތީ އެވެރިކަން. ދިވެހި ޅަދަރިންތައް ކުށައަރައިގަންނަ މުޖުތަމައެއް އޮތީ. ރެއާދުވާލު މަގުތަކުގަ ހަޅޭއްލެވީ. ޝަރުއީދާއިރާއަށް އެއްޗެހިކިޔާ ގާޒީންނަށް ބިރުދެއްކުންއޮތީ.
ޕަޕަޕާ
13 September 2018
،"ރެއާދުވާލު މަގުތަކުގަ ހަޅޭއްލެވީ". އެއިރު ރެއާ ދުވާލު މަގުމަތީ ހަޅޭއްލެވީ ދަރުބާރީން ދޯ؟ ޔާނުވެސް ޕިކަޕެއްގަ އަރާ އެމްއެމްއޭ ކައިރީ ސިފައިން ވަޒީފާ ދޫކޮއްލާފަ ނުކުންނަންގޮވި ހަނދާން މަ އެބަހުރި. ނިހާނު ޕޮލިސް ބެރިކޭޑު މަތިން ފުންމާލި ހަނދާންވެސް އަދި ފިލާހާ ދުވަހެއް ނުވޭ!
ދާލު
12 September 2018
އަދުލު އިންސާފު އިރާދަކުރެއްވިއްޔާ މިގައުމުގައި ލިބޭނެ ދުވަސް ވަރަށް ކައިރިވެއްޖެ.
ޑރ. ނާސިހާ / ކެނެޑާ( އައްޑޫ ސިޓީ )
13 September 2018
އާމީން