ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (މިނިސްޓަރު)

އިސްލާމީ ދައުވަތު ދިނުމުގައި އެއްވެސް ހުރަހެއް މިހާރަކު ނެތް: ޑރ. ޝަހީމް

ކުޑަހުވަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޝަހީމް ވާހަކަ ދައްކަވަނީ.

13 ސެޕްޓެމްބަރ 2018 - 00:18

31 comments

ރާއްޖޭގައި އިސްލާމްދީން ފެތުރުމުގައި އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށާއި އެކަމަކު މީގެ ކުރިން އެކަން އޮތީ އެހެން ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި ޝަހީމް ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ދައުވަތަށް ކުރިމަތިވި ގޮންޖެހުންތައް އެކި މީސްމީހުން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. އެގޮތުން، އެއްވެސް ހައްގެއް ނެތި ބައެއް ދީނީ އިލްމުވެރިންނަށް އޭރު އަދަބު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓެއްގެ އަމުރެއް ވެސް ނެތް. ކިތައް އިލްމުވެރިން ޖަލަށް ލައި އަނިޔާ ކުރެވުނު ދީނީ ސަބަބުތަކާ ހުރެ. ބުރުގާ އަޅާފައި ހުންނަ މީހަކު ޓީވީއަށް އެރުން މަނާކޮށްފައި އޮތް ޒަމާނެއް ވެސް ދިޔަ. މޫނު ބުރުގާ އަޅާ ކުއްޖާ ވެސް މަގުމަތިން ހޮވައިގެން ގޮސް ޖަލަށް ލި ޒަމާން ދިޔަ. އަޅުގަނޑުމެން ކިޔަވައިގެން އަންނައިރު، އަޅުގަނޑުމެންގެ އަތުގައި އޮންނަ ދީނީ ފޮތްކޮޅު އެއާޕޯޓުން އަތުލައިގަތް ޒަމާން އަޅުގަނޑުމެން ތަޖުރިބާ ކުރިން. އަޅުގަނޑުމެން ކިޔަވައިގެން އައިސް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބެނީ ތިން އަހަރު ދުވަސް ފަހުން. މާނަ އަކީ ކިޔެވި އެއްޗެއް ހަނދާން ނެތުނީމައޭ،؟ ދީނީ އިލްމުވެރިންނަށް މީގެ ކުރިން ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ޝަހީމް މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި އޭނާ އާއި ޕީޕީއެމަށް ނިސްބަތްވާ ބައެެއް ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަނީ.

އޭނާ ވިދާޅުވީ، އަނިޔާވެރިކަމުގެ ވާހަކަ ދައްކާއިރު، އޭރު އުޅެން ޖެހުނު ގޮތް ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އިޚުލާސްތެރިކަމާ އެކު އިސްލާމް ދީނަށް ގޮވާލައި، ދީނީ ދައުވަތު ދިނުމުގައި މިހާރު އެއްވެސް ހުރަހެއް ރާއްޖޭގައި ނެތް ކަމަށެވެ.

ޝަހީމް ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް ގާނޫނުތަކާއި ގަވާއިދުތަކެއް ހުންނާނެ ކަމަށާއި އިސްލާމްދީނާ ފުށުނާރާހާ ހިނދަކު އެއަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.

"އެހެންވީމާ، ދައުވަތު ދޭ މީހާ ވެސް އިސްލާމްދީނަށް ގޮވާލާ މީހާ ވެސް އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ކޮށްގެން، ރިވެތި ވައުޟާއި ހިކުމަތްތެރިކަމާ އެކު ރިވެތި އަޚުލާގުގެ ތެރެއިން ދައުވަތު ދޭން ވާނީ. އެއީ ރަސޫލު ބޭކަލުންގެ މަންހަޖު ދައުވަތު ދިނުމުގައި. އެހެންވީމާ އެފަދަ ދައުވަތުގެ އެއްވެސް ހުރަހެއް މިއަދު މި ރާއްޖެ އަކު ނެތް. އަދި މީހަކު ދޭ ފަތުވާގެ ސަބަބުން މީހަކު ޖަލަށް ލައި އަނިޔާއެއް ނުކުރޭ،" މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާގައި ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ދީނީ ކަންކަމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަ ކުރަން މަސައްކަތް ކުރުމާއި ދީނީ އިލްމުވެރިން "ޓެރަރިސްޓުންނަށް ހެދުން" ފަދަ ކަންކަން ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ޝަހީމް މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.

"މިއަދު ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައި ދިނުމަށް ދިވެހި ސަރުކާރުން، ރައީސް ޔާމީންގެ ސަރުކާރުން ނިންމައި ރާއްޖޭގެ ކިތަންމެ ސްކޫލް މަދަރުސާއެއްގައި މިއަދު އަރަބި ބަސް އެބަ ކިޔަވައިދޭ. ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި އެބަ ކިޔަވައިދޭ. އިސްލާމް މުގައްރަރުގައި އަގީދާގެ ބައި ބޮޑަށް ހިމަނައިގެން އަލުން މުގައްރަރުތައް މުރާޖައާ ކުރެވި، ރަނގަޅު ކުރެވިގެން ކިތަންމެ ކަންތައްތަކެއް ކުރިއަށް އެބަދޭ. އިސްލާމް މާއްދާ، ގާނޫނެއްގެ ދަށުން މަޖުބޫރު މާއްދާއެއްގެ ގޮތުގައި އެބަ ކިޔަވައިދޭ،" އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ތިބެގެން އެންމެ މަތީ ފެންވަރަށް އަރަބި ބަސް ކިޔެވޭނެ ގޮތް ހަމަޖައްސައިދިނީ ވެސް ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ.

"އެހެންވީމާ ކީއްވެގެންތޯ އަޅުގަނޑުމެން [ސަރުކާރާ] ދެކޮޅުވެރިވެގެން މިއުޅެނީ؟،" އޭނާ ވިދާޅުވި އެވެ.

ތަފާތު މައްސަލަތަކުގައި ޖަލަށް ލާފައިވާ [ސިޔާސީ ބޭފުޅުންނަށް] އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ އެބޭފުޅުންނަށް އެކަން ކުރިމަތިވީ އަމިއްލަ އަށް ކަމަށެވެ. އަދި، އިސްލާމްދީނާ ގުޅޭ ކަންކަމަށް ހުރަހެއް ނާންނަ ނަމަ، ސަރުކާރާ މެދު ހިޔާލު ތަފާތުވެގެން، މުޒާހަރާތަކަށް ގޮސް ސަރުކާރު ވައްޓާލަން ނުޖެހޭނެ ކަމަށް ގާތް ބައެއް ބޭފުޅުންނަށް ދެންނެވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، އެ ހުންނަ ވެރިއަކު އިސްލާމްދީނަށް ކަނޑައެޅިގެން ދެކޮޅު ނުވާހާ ހިނދެއްގައި. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެބަ ގޮވާލައްވާ އިސްލާމްދީން ނޫން ދީނަކަށް މި ރާއްޖޭގައި ޖާގައެއް ނުދޭނަމޭ. އިސްލާމީ ތަރުބިއްޔަތާއި އިސްލާމީ ސަގާފަތު މިތަނުގައި ދަމަހައްޓާނަމޭ،" ރައީސް ޔާމީންގެ ދީނީ ސިޔާސަތަކަށް ތައުރީފް ކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ޝަހީމް މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާއަށް ދިޔަ މީހުންނާ އެކު، އޭނާ ފޮޓޯއެއް ނަންގަވަނީ.

އޭނާ ވިދާޅުވިގޮތުގައި ކަންކަން ނިންމާއިރު، އިސްލާމީ ގަވާއިދާއި ޝަރުއީ އުސޫލުތަކަށް ތަބާވާން ޖެހެ އެވެ.

ޝަހީމް ވިދާޅުވީ، ކޮންމެ ދައުލަތެއްގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި އެކަމަކު އެކަން ކުރެވޭނީ އެވަރުގެ ބަޔަކު ދާއިމީކޮށް ތިބެގެން ކަމަށެވެ. އެހެންވެ، ރާއްޖޭގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ މި ސަރުކާރުގައި ހުރި ގޯސް ކަންކަން ރަނގަޅު ކޮށްގެން ސަރުކާރު ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވަނީ މި ރިޔާސީ އިންތިޚޚާބުގައި ރައީސް ޔާމީނަށް ވޯޓު ދިނުމަށް ކުޑަހުވަދޫގެ މީހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ، އެއީ ދިވެހި އުއްމަތް ބިނާކުރަން ދޭ ވޯޓެއް ކަމަށެވެ.

އިދިކޮޅު އިއްތިހާދާ ގުޅިފައި ވަނީ އިސްލާމްދީނާ އަދާވާތްތެރި ބާރުތަކެއް

ޝަހީމް ވިދާޅުވީ، މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރާ އިދިކޮޅު ކޯލިޝަން ގުޅިފައި ވަނީ އިސްލާމްދީނާ އަދާވާތްތެރި ބާރުތަކެއް ކަމަށެވެ. އަދި އެ ބާރުތަކާ ގުޅިގެން، އިސްލާމީ ދައުލަތެއްގެ ވެރިކަން ފުރޮޅާލުމަކީ ކޮން ކަހަލަ ކަމެއްތޯ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ދީނީ އިލްމުވެރިންނާ އޭނާ ސުވާލު ކުރެއްވި އެވެ.

"މި އިންތިޚާބުގެ އެއް ފަޅީގައި މިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ. އަނެއް ފަޅީގައި މިވަނީ އަދާވާތްތެރިންގެ މައްޗަށް އެކުލެވިގެންވާ ކޯލިޝަނެއް. އެއް ބަޔަކު އަނެއް ބަޔަކަށް އަދާވާތްތެރިކަން ބޮޑު ކޯލިޝަނެއް. އެ ކޯލިޝަން މެދުވެރިކޮށް، ދިވެހިރާއްޖޭގައި މިއޮތް އިސްލާމީ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރަމުން ދަނީ އިސްލާމްދީނާ އަދާވާތްތެރި ބާރުތައް،" ޝަހީމް ވިދާޅުވި އެވެ.

31 ކޮމެންޓް, 131 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯލްސް

13 September 2018

އިސްލާމީ ވަހުދަތު ކުރިއެރުވުމަށް މިސަރުކާރުން ވަނީ ނަމޫނާ ދައްކައިދީފައި. އިސްލާމްދީން ހިމާޔަތްކޮށް، ދީން އުގަނައިދީ ދީނީ މައުލޫމާތުން ފޯރުކޮށް ދިނުމުގައި މިސަރުކާރު ވަރެއްހަމަނެތް. އިސްލާމީ ޝަރީއަތް ޤާއިމުކުރުމަށް ރ.ޔާމީން ކުރެއްވި ވަރުގެ މަސައްކަތެއް އެއްވެސް ބަޔަކު ނުކުރޭ..އަިދ ނަޝީދު މެންނަކީ ތަފާތު ދީނެއް މިޤައުމެއް ގެންނަންއުޅުނު މީހުން

The name is already taken The name is available. Register?

ރައްޔިތުން

13 September 2018

އިސްލާމީ ދައުވަތު އެހެން މީހުންނަށް ދިނުމަކީ އެއްވެސް މީހަކަށް މަނާކުރެވޭނެ ކަމެއް ނޫން. އެއީ ﷲ ތަޢާލާ ކޮންމެ އިންސާނަކަށް ދެއްވާފައިވާ ހުއްދައެއް. އެނގޭ މީހުން ނޭގޭ މީހުަންނަށް އެކަން އަންގައި ދިނުން.

The name is already taken The name is available. Register?

ކކކކ

13 September 2018

މި ޖަލްސާގައި ބައިވެރިވީ 165 ވަރަކަށް މީހުން ! ސައިޒް ފެނިއްޖެނު!

The name is already taken The name is available. Register?

ހެޔޮއެދޭ

13 September 2018

ތިކަމެއް ނޭގޭ މަޝްހޫރު ޝޭޙުން ނަށް މިސްކިތުގައި ދަރުސު ދިނުން މަނާކޮށްފައި އޮންނަނީ.. އެބޭފުޅުން ރަތްރަށަށް އެރީމަ، ގިނަބަޔަކު އެދޭ ދަރުސު ދެއްވުމަށް... ނަމަވެސް ކައުންސިލުން ބުނަނީ މަސްލަހަތަށްޓަކައި ހުއްދަ ނޯންނާތީވެ ދަރުސު ދެވެން ނެތްކަމަށް... މިކަހަލަ ހާދިސާއެއް ވަރަށް ފަހުންވެސް ދިމާވި، މިދަންނަވަނީ އިސްލާމީ ތައުލީމު އުނގަނަވައި ދެއްވާތާ 30 އަހަރު ވެފައި ތިއްބެވި.. ޕޮލިޓިކަލް ނޫން ފަރާތްތަކުގެ ވާހަކަ... ޝަހީމު ހިތައްއެރި އެއްޗެއް ކީދާނެ އެކަމަކު އެއީ ދޮގު...

The name is already taken The name is available. Register?

ގުންޑާ

13 September 2018

އިލްމުވެރީން ދީނާ ޤައުމަށްޓަކާ އެބޭފުޅުންގެ ފަތުވާ ކިތައްމެ ފުޅާކޮށްވެސް ހަމަ ދޭންވީ. އަދި ރައީސް ޔާމީންގެ ސަރުކާރުން އެފުރުސަތު ހުރިހާ އިލްމު ވެރީންނަށް އެބައޮތް.

The name is already taken The name is available. Register?

ނުނާފިގު

13 September 2018

ދީނަކީ ކަލެއަށް ބާބައިލެއްވި އެއްޗެއްތަ....

The name is already taken The name is available. Register?

ޝައިމްބެ

13 September 2018

ތިހުރިހައި ޢިލްމުވެރިން އުފެދުނީ ކޮން ދައުރަކުތޯ؟ އިންސާނީ ވަސީލަތް އެންމެ ބޮޑަށް ކުރި އެރުވީ ކޮން ރައީސެއްތޯ؟ އަދި އެއިރު ކިޔެވި މީހަކު ލޯނު ފައިސާ ދައްކަން ޖެހުނުތޯ؟

The name is already taken The name is available. Register?

ޑަސްޓް

13 September 2018

ރައީސް ޔާމީން މިއަދު މިދިވެހި މުޖުތަމަޢު އަށް މިގެނެސް ދެއްވަމުންދާ ހެޔޮ ބޮޑު ކުރިއެރުން ތަކަށް ބަޔަކު ހަޖަމް ނުވެގެން އުޅުނަސް މިތަރައްޤީ ތަށް ގެނެސްދެވޭނެ ވެރިޔެއް ދެނެއް ނާންނާނެ. މީހަޤީޤަތަކީ.މީއަސްލަކީވެސް.

The name is already taken The name is available. Register?

ވޯލް

13 September 2018

މި އާޓިކަލްގެ ދެވަނަ ފޮޓޯގައި ގޮންޑިތަކުގައި އިށީންދެގެން ތިބި އެންމެންނަކީ މިއަދުގެ ސަރުކާރުގެ ބޮޑު މުސާރަ ނަގައިގެން ތިބި ސިޔާސީ މަޤާމުތަކުގައި ތިބި މީހުން. ޑެޕިއުޓީ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރ ފެންވަރުގެ އިސްލާމީ މަރުކަޒުގެ އިމާމްފަދަ މީހުން. އެފަދަ ހާލުގައި ތިބި ބައެއްގެ ކިހިނެތްތޯ ތިމާއަށްފައިދާ ނުވާނެ ހެން ތެދުބަހުން ވާހަކަ ދައްކާނީ.

The name is already taken The name is available. Register?

ޑަސްޓް

13 September 2018

ރައީސް ޔާމީންގެ ދީނީ ދައުރު ކިތައްމެހާވެސް ރަގަޅަށް ދީނީ ޢިލްމު ވެރީންނާ ދިވެހި ރައްޔިތުންނަށް ފުރިހަމަޔަށް ލިބެމުން އެބަދޭ. އަދި އިލްމުވެރީން ދީނާ ޤައުމަށްޓަކާ އެބޭފުޅުންގެ ފަތުވާ ކިތައްމެ ފުޅާކޮށްވެސް ހަމަ ދޭންވީ. އަދި ރައީސް ޔާމީންގެ ސަރުކާރުން އެފުރުސަތު ހުރިހާ އިލްމު ވެރީންނަށް އެބައޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454