ކޮލަމާފުށީން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ވިލިނގިލީ ކޯޓަށް ގެންދަނީ.- ފޮޓޯ: ރާއްޖެޓީވީ
15 ސެޕްޓެމްބަރ 2018 - 11:46
ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުންދީގެން ގއ. ކޮލަމާފުށިން ހައްޔަރުކުރި އެމްޑީޕީގެ 18 ސަޕޯޓަރުންގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިއްޔެ އިތުރުކޮށްފި އެވެ.
އޭގެ ތެރެއިން 17 މީހަކު 15 ދުވަހު ބަންދުގައި ބައިތިއްބަން، ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓް ނިންމެވި އިރު އަނެއް މީހާގެ ބަންދަށް ދެއްވީ 12 ދުވަހެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ޖެހުނު މައްސަލައިގެ ތެރޭގައި ޕީޕީއެމްގެ ބައެއް ދިދަތައް ވައްޓާލައި، ޖަގަހަޔަށް ގެއްލުން ދިން ކަމަށް ބަލައި، 18 މީހުންގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ޓެރަރިޒަމްގެ ތުހުމަތުގަ އެވެ.
މި މީހުންގެ ބަންދަށް ކުރިން ދިން 15 ދުވަހުގެ މުއްދަތު އިއްޔެ ހަމަވާތީ މާލެ އިން 18 ވަކީލަކު ބުރާސްފަތިދުވަހު ކޮލަމާފުއްޓަށް ދިޔަ އެވެ. އެ ވަކީލުންނަށް އެ ރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
މިދިއަ މަހު 30 ގައި ހިނގި ހާދިސާގައި ޕީޕީއެމްގެ ބައެއް މީހުން ވެސް ބައިވެރިވި ކަމަށް ބެލެވުނަސް، ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ހައްޔަރުކުރުމުން، އެ ޕާޓީން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެވަރުގެ ކަމެއްގައި ޓެރަރިޒަމްގެ ތަހުގީގު ފެށުމުން އާންމުން ތިބީ ހައިރާންވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޞދޖދ
16 September 2018
ޕޮލިސް ވެހިކަލެއް ވެސް ނެތިީ ދެއްތޯ
މިޝޭލް
15 September 2018
ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިއަނިޔާވެރިކަން އިސާހިތަކު ނިމޭނެ.
އަންދާ ގާނޫން
15 September 2018
މި 18 މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމުން ޕޕއމ ގެ މެންބަރުން ރޭ ކޮލަމާފުށީގައި އުފާފާޅުކޮށް ހަވާ ވެސް އެރުވި.! އަނިޔާވެރިކަމުގެ އިންތިހާ....
ހާސަރު
15 September 2018
އިންސާފުގެ ކަންފުޅެއްވެސް ނެތީ. މިމީހުންގެ ބަންދުގެ ސަބަބުން އިދިކޮޅަށް ލިބޭ ވޯޓް މާބޮޑަށްވެސް އިތުރުވާނެ
ތުއްތުނާ
15 September 2018
ވޯޓުލާން ގެންދާނެ ކަމާމެދު ވެސް ޝައްކު ؟..........
މަރޭމިތުރާ
15 September 2018
[[އިރާދައިގައި ހުރީވިއްޔާ މިވެރިކަން ނިމި ހިނގައިދާނޭ! މިރާއްޖޭގައި މިދޭ އަނިޔާ ފިލައިގެން ގޮސް ހިނގައިދާނޭ!]]
ވޮލަންޓިއަރު
15 September 2018
މީ އަނިޔާވެރިކަމަކީ ތިމާގެ ޕާޓީމީހުން ބޭނުން އެއްޗެއް ކިޔާ ބޭނުން ގޮތަކަށް އުޅެމުން ދާއިރު ، އެމައްސަލަ ބަލާނެ މުއައްސަސާއެއް ނެތް މިގައުމުގަ، ޔާﷲ މިއަމިއަނިޔާވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާން ދޭ. އާމީން، ހުރިހާ ކުދިންވެސް އާމީން ކިޔުއްވާ
އަހުމަދުބޭ
15 September 2018
މިފަދަ އަމަލް ތަކަށް އަޅުގަނޑުމެން މިކިޔަނީ އަނިޔާވެރިކަން، ރާއްޖޭގެ ހުރިހައި ހިސާބެއްގައި ކެމްޕޭން ދުވަސްކޮޅު މިފަދަ ކަންކަން ކޮންމެވެސް ވަރަކަށް ހިގައެވެ، އެހެންނަ،މަވެސް މިހެން ވެރިމީހައި ހިއްހަމަނުޖެހުނީމާ ގެންގޮސް ހުރަގެއަކަށް ނުލައެވެ، މިފަދަ އަނިޔާވެރިކަން ނިންމުމަަށް އަޅުގަނޑުމެންގެ ވޯޓް މިފަހަރު ލައިނީ އިދިކޮޅުއިއްތިހައިދަށެވެ.
ޠަޔާޠީޞް
15 September 2018
އިންސާފަކީ ކޮބާ؟ ބަދުނާމެކޭ ވަނީ؟
ނިދާމް
15 September 2018
ދެލޯފުޅާ މީ އަނިޔާވެރިކަން.