ރ. ދުވާފަރު: އެ ރަށުގައި ޒުވާނެއްގެ ގަޔަށް ރޭ ވަނީ ވަޅި ހަރާފައި
16 ސެޕްޓެމްބަރ 2018 - 11:16
ރޭ ރ. ދުވާފަރުގައި ހިނގި ހަމަނުޖެހުމެއްގައި، މީހެއްގެ ބަނޑަށާއި ބުރަކައްޓަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ރޭ ވަނީ ފުވައްމުލަކުގައި ވެސް ޒުވާނެއްގެ ކަރަށް ވަޅި ހަރައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މީހާގެ ކަރަށާއި އަރިކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލި ނަމަވެސް، އޭނާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ.
ދުވާފަރު ކައުންސިލުން ބުނީ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު ހިންގި އެ މަރާމާރީގައި 21 އަހަރުގެ ޒުވާނާގެ ބަނޑުގެ ދެ ފަރާތާއި ބުރަކަށިން ވެސް ދެ ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ.
އެ ރަށު ކައުންސިލް އިދާރާގެ ކައިރީގައި ހިންގި އެ މާރާމާރީގައި ޒަހަމްވި މީހާ އަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ ހެލްތު ސެންޓަރަށެވެ. އެކަމަކު ފަހުން، އެ އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ ހާލު ސީރިއަސް އެވެ.
ފުލުހުންގެ އިދާރާއިން ފޯނު ނުނަގާތީ، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްޔޫމު
16 September 2018
ގައުމު ވަރަށްވެސް އަމާން. ޓެގު އަޅުވާކަށް ނުޖެހޭ.
ޛާނިމް
16 September 2018
ނުކުރާނަން ގަބޫލެއް ރައީސް ޔާމިން ވިދާޅުވިއެއްނު މިގައުމު މިހާރު އަމާން ކޮއްފީމެވެ. ތި ވާނީ ރައީސް ނަޝީދު ވެރިކަމުގަ ހިނގި ކަމަކައް. އަސްލުވެސް ރައީސް ޔާމީނު ވަޝައިގެން އެތިބެނީ ހަތިޔާރު އެޅި ސިފައިން.
ފޫހޖ
16 September 2018
ހެޔޮނުވާނެ ވަޅިޖަހާމީހުންގެ ކުބައިން ސަލާމަތްކޮށްދީބަލަ.
ލަފާސޮރު
16 September 2018
ޒުވާނުން މިހާރު ބަސްއަހާވާހަކަ ގައިމު އަޒްމީނު ބުނި
ސައިނީ
16 September 2018
ވަޅިނޫން އެއްޗެއް ނެތީތަ ހަރަން
ޜޮލެކްސް
16 September 2018
ޢަދުރޭ ބުނި މިހާރު ރާއްޖެ އަމާން ވެއްޖެއޭ، އެއީ ރޔ މޮޅުކަމުންނޯ،.
ޓޮނޭ
16 September 2018
މި މޫސުމުގައި ތިޒާތުގެ ކަންކަން ހިނގާނެކަމަށް މޫސުމް ލަފާކުރާ މީހަކުވަނީ ދުރާލައި ހާމަކޮށްފައެވެ.
ދަތްނެތްކުއްޖާ
16 September 2018
ސިޔާސީ ކަންކަން ހުއްޓުވާފައި ރައްޔިތުން އެބަޖެހޭ މިހާރު މިކަން ކުރާބަޔަކު ހޯދާ ހިފާ ހައްޔަރުކުރަން. މި ކަމަކީ މިހާރު ފުޅުހުންނަށް ކުރެވެދާނެ ކަމަކަށް މަމެންގެ ބުއްދިއަކަށް ޤަބޫލެއް ނުކުރެވޭ.
އަހުމަދުބޭ
16 September 2018
ހެޔޮނުވާނެ، މިވަޅިޖަހައި މީހުން ހައްޔަރުކޮށް މިގައުމު އަމާން ތަނަކަށް ހަދާދީބަލަ، ކޮންމެ ކަމެއް ފެށެނީ މާލޭންނެވެ، ދެން ވަކިހިސާބަކުން ރައްރަށުގައި ފެށެއެވެ، މިއީ ޑުރަގު މިގައުމުގައި އާލައިވެގެން ދިޔަގޮތެވެ، އިސާހިތަކު މުޅިގައުމުގައި ވަޅިޖެހުން އާއްމުވެ މާބޮޑުކަމަކަށް ނުހަދާނެއެވެ. އެމީހަކާ އެމީހެކެވެ،
Citizens
16 September 2018
މަ މޮޅު ވެގެން، ކޮންކްރީޓް ވާހަކަ ދެއްކުމަށް ވުރެ، މާ ރަނގަޅެއްނު، މިއުޅޭ މުޖްރިމުންތަށް އިންސާފް ކުރިމައްޗަށް ގެނެސް، ކޯޓްތަށް ހަމަޔަކަށް އަޅުވާނަމޭ ކިޔަސް. ޕޮލިސް އަދި މނޑފ ވެސް އަމިއްލަ އަށް ވަކި ހިސާބަކުން ކޮންޓްރޯލް ނެގޭ ގޮތަށް ގާނޫނު، ބަދަލު ކުރަންވެއްޖެ. މުޖްރިމުނގެ ހާލިތަށް ގައުމުން ފޮހެލަން .