ޚަބަރު / ފްލައި މީ

ފްލައިމީ އަނެއްކާ ވެސް ރާއްޖޭގެ އެންމެ ދެކުނަށް އުދުހެން މަސައްކަތް ކުރަނީ

ފްލައިމީގެ ބޯޓެއް ގަމުގައި: އަލުން ދަތުރުތައް ފަށަން އަންނަނީ މަސައްކަތް ކުރަމުން. ފޮޓޯ/ އަހުމަދު އަދުޝަން

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާގެ އެއާލައިން، ފްލައިމީގެ ދަތުރުތައް އަނެއްކާ ވެސް އައްޑު އާއި ފުވައްމުލަކަށް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

ފްލައިމީން މީގެ ކުރިން ވެސް އައްޑު އާއި ފުވައްމުލަކަށް ޝެޑިއުލް ދަތުރުތަކެއް ކޮށްފައިވެ އެވެ.

ފްލައިމީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަލުން ދަތުރުތައް ފެށުމުގެ ގޮތުން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި "މި ފަހަރު މިކަން ވާނެ" ކަމުގެ އުންމީދު ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ވެސް އަޅުގަނޑުމެން އައްޑު އާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކަށް ވެސް ދަތުރުތައް ބާއްވަން މަސައްކަތް ކުރިން. އެކަމަކު ކަންތައް ދިމާވި ގޮތުން އެ ފުރުސަތު ލިބޭ ގޮތް ނުވީ،" އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު މި ފަހަރު ވަރަށް އުންމީދު ބޮޑު. އަދި ވަރަށް ޕޮޒިޓިވްކޮށް އަޅުގަނޑުމެން މި ތިބީ މިކަމާ ދޭތެރޭ."

އޮފިޝަލް ވިދާޅުވި ގޮތުގައި ދަތުރުތައް އަލުން ފެށޭނެ ދުވަހެއް ވިދާޅުވާން އަދި ވަރަށް ދައްޗެވެ.

Addu aai Fuvahmulakah Flyme udhuhen fashaanee mi mahuge 15 gai

Addu aai Fuvahmulakah Flyme udhuhen fashaanee mi mahuge 15 gai

The most trusted news source in the Maldives

Mihaaru

ފްލައިމީން މިދިޔަ އަހަރުގެ މެދުތެރޭގައި ދަތުރުތައް ބާއްވަން ރޭވި.

"އަދި ހަމަ ނެގޯޝިއޭޝަންތަކުގެ ވަރަށް އާލީ ސްޓޭޖްގައި އަޅުގަނޑުމެން މި އުޅެނީ." އޭނާ ވިދާޅުވި އެވެ.

ފްލައިމީން އައްޑު އާއި ފުވައްމުލަކަށް މިދިޔަ އަހަރުގެ މެދުތެރޭގައި އަލުން ދަތުރުތައް ފަށަން ރޭވީ އެ އެއާލައިންގެ ފްލީޓަށް ތިން ވަނަ ބޯޓެއް ވެސް އިތުރުވުމާ ގުޅިގެންނެވެ. އެއީ 48 މީހުންގެ ޖާގައިގެ ބޯޓެކެވެ.

"ކޮމާޝަލީ ބަލާ ކަމަށް ވަންޏާ އައްޑު އާއި ފުވައްމުލަކަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދެ ޑެސްޓިނޭޝަން،" އޮފިޝަލް ވިދާޅުވި އެވެ.

"ހަމަ މިއާ އެކު އަޅުގަނޑުމެން ބޭނުންވޭ ރާއްޖޭގެ ހުރި އެހެން އެއާޕޯޓްތަކަށް ވެސް އުދުހެން."

ފްލައިމީގެ ދަތުރުތައް މިހާރު އޮންނަނީ އދ. މާމިގިއްޔާއި ބ. ދަރަވަންދޫ އެއާޕޯޓަށް އެކަންޏެވެ.

Fly me ah huhdha dhinumaa beheygothun Civil aviation in vaahaka eh nudhekki

Fly me ah huhdha dhinumaa beheygothun Civil aviation in vaahaka eh nudhekki

The most trusted news source in the Maldives

Mihaaru

ފްލައިމީ އަށް މިދިޔަ އަހަރު ދަތުރުތައް ނުފެށުނީ ހުއްދަ ނުލިބިގެން.

އައްޑު އާއި ފުވައްމުލަކަށް މިހާރު ޑޮމެސްޓިކް ދަތުރުތައް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެކަންޏެވެ. ފްލައިމީން ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުތައް ބޭއްވި އިރު، ޚިދުމަތުގެ އަގަށް ހެޔޮ ބަދަލުތަކެއް އައިކަން ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ. ފްލައިމީގެ ދަތުރުތައް އެންމެ ފުރަތަމަ ދެކުނަށް ބާއްވަން ފެށީ ފެބްރުއަރީ 2، 2013 ގަ އެވެ. އެ ދަތުރުތައް ހުއްޓާލީ އޭގެ ދެ އަހަރު ފަހުން މާޗް 2015 ގަ އެވެ.

32 ކޮމެންޓް, 160 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 3%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާދާލު

26 September 2018

ހަނިމާދޫއަށް ވެސް ފަށާ ދެއްވާ....

The name is already taken The name is available. Register?

ޖެކް

26 September 2018

ދެން ސޭޓު އެދޭނީ މަށަށްވީ ފަޅުރައްތަކާ، ފަޅުތަކާ ގިރިތަކާ، ބިންތަށް ދޭށޭ!

The name is already taken The name is available. Register?

ކުޑަހުވަދޫ މީހާ

26 September 2018

ކުޑަހުވަދޫ އައްވެސް ފަށާބަލަ ޕްލީޒް!

The name is already taken The name is available. Register?

އަލިފް

26 September 2018

ވާދަވެރިކަން ބޮޑުވެ ޓިކެޓް އަގުހެޔޮވެ ރައްޔިތުންނަށް ފައިދާ ވާނެކަމަށް ގަބޫލު ކުރަމެވެ.

The name is already taken The name is available. Register?

ރޯނުއެދުރު 2018

26 September 2018

ސަރުކާރަށް އެއްއަހަރަށްވުރެ އަނެއްއަހަރު ބޮޑު ފައިދާ ހޯދަން އޮންނަ ކުންފުންޏަކަށް ޤަޢުމީ އެއަރލައިންވެވެގެން ނުވާނެ، ގިނައެއަރޕޯރޓްތަކެއް ހުޅުވި ޖެހިގެން އޮންނަ އަތޮޅަށް ދާންވެސް ވެލާނާ އެއަރޕޯރޓަށްނުގޮސް އަތްފޯރާ އަގެއްގަ ދެވޭނެ ދުވަހަކަށް އުންމީދުކުރަން، އިސާހިތަކު ދިވެހިންގެ ތެރޭގައިވެސް ލޯކަލް ޓުއަރިޒަމް ފެށި ބޭރަށްދާ ފައިސާ ހިފެހެއްޓެން ފަށާނެ، ބަލަ ޑިމާންޑާއި އެއްވަރަށް ދަތުރުނުކުރެވެންޏާ ދަތުރުގެ އަގުބޮޑު ކުރުމަކީ ޙައްލެއްނޫނޭ!.....

The name is already taken The name is available. Register?

ާަިއިލްޔާސް

26 September 2018

ލ.ކައްދޫއަށް ފްލައިމީ ދަތުރުކުރުމަކީ ވ ބޮޑަށް އެދޭކަމެއް

The name is already taken The name is available. Register?

މަ މިއު މަ

26 September 2018

ގައުމީ އެއާލައިން ވެއްޖެ ތަންކޮޅެއް ގައުމީ ވާން! އެހެނަސް މިއީ އުފާވެރި ހަބަރެއް.

The name is already taken The name is available. Register?

އަބުދުއްރަސީދުބެ

26 September 2018

ކޮމްޕެޓިސަން ހައިވި ވަރަކަށް ކަސްޓަމަރުންނަށް ރަގަނޅު ވާނެ!!!

The name is already taken The name is available. Register?

ޝިޔާމް

26 September 2018

ވަރަށްވެސް އުހައުވެރި ޙަބަރެއް.

The name is already taken The name is available. Register?

ފާފު

26 September 2018

ފާފު އެއަރޕޯޓެއް އެޅުމަށްވެސް މަސައްކަތް ކުރަނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454