ސައުދީ ރަސްގެފާން ސަލްމާން: ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫއަށް ސަލްމާން ވަނީ މަރުހަބާ ވިދާޅުވެފައި ---ފޮޓޯ/ރޮއިޓާސް
30 ސެޕްޓެމްބަރ 2018 - 21:41
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިއަދު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ރިޔާސީ އިންތިޚާބުގައި އިބޫ ހޯއްދެވި ކާމިޔާބީއާ ގުޅިގެން އިބޫއަށް ގުޅުއްވައި، ރަސްގެފާނު ސަލްމާން މަރުހަބާ ދެންނެވީ މިއަދު ކަމަށެވެ. އެ ފޯން ކޯލްގައި، ސައުދީ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ރަސްގެފާނު ސަލްމާން ވާހަކަ ދެއްކެވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ރަސްގެފާނު ސަލްމާނަށް އިބޫ ޝުކުރު އަދާ ކުރައްވައި، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންފުޅުވާ ކަމަށް އިބޫ ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރަސްގެފާނު ސަލްމާންގެ އިތުރުން ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ދަންނަވައިފަ އެވެ.
ރަސްގެފާނު ސަލްމާން މަންދޫބެއް ވެސް މިދިޔަ ހަފުތާގައި ވަނީ އިބޫއާ ބައްދަލު ކުރައްވައިފަ އެވެ.
ސައުދީއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވެސް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ސަލްމާން ރަސްކަމާ ހަވާލުވެ ވަޑައިގަތް ފަހުން ސައުދީން ރާއްޖެއަށް ދޭ އެހީތައް އިތުރުކޮށް، ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.
މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަ ކުރައްވައި، ބޮޑު އަޣުލަބިއްޔަތަކުން އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޗައިނާ އާއި ރަޝިއާގެ އިތުރުން އިންޑިއާ ވެސް ހިމެނެ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އިބޫއަށް ގުޅުއްވައި، އިންޑިއާއަށް ވަޑައިގަތުމަށް ވެސް ދައުވަތު އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުނި
01 October 2018
އިބޫ ކޮންމެވެސް ގައުމުތަކާ ޖެހިގަނެގެން ނޫޅޭތި
ތެމާ
01 October 2018
މަރްހަބާ މަރްހަބާ ރައްގެފާނަށްވެސް މަރްހަބާ
ބަޑިތަކުރު
01 October 2018
ސައުދީ ރަސްގެފާނާ ވިދިގެން އިން ގޮނޑީގައި މީހަކު ބޭންދީމާ އޭނާއަށް ހީކުރެވުނީ ތިމަންނާގެ ޢަމަލުތައް ހުރިގޮތާ ރަސްގެފާނު މާގަޔާވީ ކަމުގައެވެ. ޗައިނާއިން އެމީހުންގެވެސް މަންފާއަށް އެހީތައް ދޭންފެށީމާ ހީކުރީ ޚުދްމުޚްތާރުވީ ވަރަކަށް ގާތްކަން ބޮޑުވާނެ ކަމުގައެވެ. އެންމެފަހުން ކުރިހާ ހީތައްދިޔައީ ފެނަށްދޯއެވެ.
12364
01 October 2018
އިބޫގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަމަކީ ގަތަރާ އީރާނާ ކޮމެންވެލްތާ ގުޅުން އާކުރުން.
ހޮޓްކިންގ
01 October 2018
އިބޫ ތިހެން އުޅެންޏާ ނަޝިދު ވަރަށް ރުޅިއަންނާނެ.
އަހްމަދު މާހިރު
01 October 2018
الحَمْدلله ދިވެހި ގައުމު އަބަދުގެ އަބަދަށް ކުރިއަށް
ކުނިބެ
01 October 2018
ސައުދީން ގާތް ގުޅުމެއް ބާއްވަނީ ދިވެހި ރައްޔިތުންނާއެވެ. ސައުދީގެ ވެރިޔާ ގުޅުއްވާނީ ދިވެހިންގެ ވެރިޔާ އާއި ދެއްތޮއެވެ! ހުރިހާ ކަމެއްގައި އޮޅުވާލުން އިސްކުރާ ބަޔަކު ރައްޔިތުންނަށް ހަޤީޤް ފޮރުވަން ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އެންމެ ފޯން ކޯލްއަކުން މިއޮތީ ސާބިތުވެފައެވެ.
ގުސައްޔު
01 October 2018
ފާފު އަތޮޅު ވިއްކާލަން އިބޫ އެއްބަސްވިންދޯ.
އަހުސަލް
01 October 2018
ކޮބާ ފާފު އަތޮޅު ވިއްކާލަން މިހާރު އޯކޭވާނެދޯ ރަންރީދޫ މަސްނުވި ސިކުޑިތަކަށް.
ޢަލީ ފާފު
01 October 2018
ފުރަތަަމަ ތިބޭފުޅާގެ ސިކުނޑިއަށް ފަރުވާ ކުރައްވާ މިހަކާ ވާހަކަ ދައްކާލާއިރަށް ކަލޭގެ ހިތުގައޮތްގޮތަށް ކަންތައްވާންޖެހޭތަ؟
ގުނބޯލި
30 September 2018
ކިހިނެއް މިވަނީ؟ ގައިމު ޝަހީމު ބުނި ރައީސް ޔާމީން ވަށައިގެންނޯ އަރަބި އިސްލާމީ ގައުމުތައް ތިބީ. ޝަހީމު ވިދާޅުވި ބަހުގެ މައުނައެއް ނޭނގުނު.
ތުއްތުނާ
01 October 2018
ކޮންމެހެން ވަށައިގެން ތިބުމަކީ އަދި އޭގެއިން މަންފާއެއް ކުރާނެ ކަމެއްނޫން........ އިހަކަށްދުވަހު ނިމިގެންދިޔަ ރިޔާސީ އިންތިހާބު ނަތީޖާއެއް ނުދެކެންތަ....... ވަރަށް ވާހަކަ.......