އިންތިޚާބީ ރައީސް އިބޫ. ޕާކިސްތާންގެ ބޮޑުވަޒީރު ވަނީ އިބޫ އަށް ގުޅުއްވައި މަރުހަބާ ދަންނަވާފައި. - ފޮޓޯ: މިހާރު
04 އޮކްޓޯބަރ 2018 - 10:33
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ރާއްޖެ ވަޑައިގަތުމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައިފި އެވެ.
ޕާކިސްތާނުގެ ބައެއް ނޫސްތަކުގައި ބުނީ އިބޫ އާއި ޕާކިސްތާންގެ ބޮޑުވަޒީރު ފޯނުން ދެއްކެވި ވާހަކަފުޅުތަކުގައި ދެ ގައުމުގެ ގުޅުމާ މެދު މަޝްވަރާކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ވަރުގަދަ ވާނެ ކަމުގެ އުންމީދު އޮތް ކަމަށް އިބޫ ވިދާޅުވި ކަމަށް ވެސް، ޕާކިސްތާނުގެ މީޑިއާ އިން ބުނެ އެވެ.
ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ވަނީ، މީީޑިއާ އިން ބުނި ގޮތުގައި، އިބޫގެ ލީޑަޝިޕްގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމާއި ކާމިޔާބީ އާއި ހަމަޖެހުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން. --ފޮޓޯ:އޭއެފްޕީ
މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވައި، ބޮޑު އަޣުލަބިއްޔަތަކުން އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ގައުމުތަކުން އަންނަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ.
އޭގެ ތެރޭގައި އެމެރިކާ އާއި ޗައިނާ އާއި ރަޝިއާ އާއި ސައުދީ އަރަބިއްޔާ އާއި އިންޑިއާ އާއި ޔޫރަޕްގެ ގައުމުތައް ވެސް ހިމެނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން އިބޫ އަށް ދައުވަތު ވެސް ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
04 October 2018
އިމްރާން ޚާންއާ ބައްދަލްކުރުން އެއީ އިބޫގެ ހުވަފެނެކެވެ. އަދިވެސް ގެންނަވާ، ޗައިނާ، ސައުދީ، ގަތަރުންވެސް ރައީސްވެސް ގެންނަވާ،
ޢަލީމް
04 October 2018
ޢަދިކިރިޔާ ދެކެންބޭނުންވާކަހަލަ އިސްލާމީ ވެރިއެއް ތިގެންނަނީ. ޙުރިހާ ގައުމަކާ ގުޅުން ވަރުގަދަ ކުރައްވާތި.
ޑަން
04 October 2018
ޢުފާވެރި ހަބަރެއް. ޢަވަހަ ވަޑައިގަންނަވާ. ބޭރުގައުމުގެ ވެރިން ވަޑައިގަންނަވަން ފަށައި. އެކަހެރި ވެގެން އޮއިއޮތުން ނިމިއްޖެ. ދުނިޔެ މިވެރިކަން އުފަލުން ބަލައިގެންފި. މަރުހަބާ ރައިސް އިބޫ
އަސްރަފް
04 October 2018
އިބޫ އެވެ. ކުއްވެރިން މިނިވަން ކުރެވުނީމަ ކަލެޔަށް އަހަރަމެން ވޯޓްލީ ބޭނުން އެހިސާބުން އެނިމުނީއެވެ
އަސްރޯފުއް
05 October 2018
ވަރަށް އަސަރުކޮށްފި ދޯ. އިންތިހާބާ ކައިރިކޮށްފަ ވަޅި ޖަހައިގެންނާ މީހުން މެރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި މިޙުންނާ ޑްރަގްގެ ބޮޑެތިން ޔާމިނު ސަރުކާރުން ދޫކޮށްލި އިރު ތިގޮތަށް ކޮމެންޓް ކުރިންތަ؟
ރާހުލް ގާނދީ
04 October 2018
އިބޫ އެކޭ އެއްގޮތައް އިމްރާން ވެސް ހޮވުނީ އިންޑިއާ ޖާސޫސީ އިދާރާ ރޯ ގެ އެހީތެރިކަމާއެކު. އިމްރާނަކީވެސް އިންޑިއާ ގެ ޕަޕެޓެއް. އިންޑިއާ ހީލަތްތެރި ރޭވުން ކާމިޔާބު ވާ މަންޒަރު އެބަފެނޭ. މިސަރަހައްދު އަޅުވެތިކޮއް ނިންމައިފި. މޯދީ ޖީ ވެސް ދައުވަތު ގަބޫލް ކުރާނެ. މިދެމީހުން ރާއްޖޭގަ ސިއްރު ބައްދަލުވުމެއް ބާއްވާނެ
ޔޔޔޔ
04 October 2018
މިތަން ނުޖެހޭ ކޮންމެހެން ޗައިނާގެ ފީކު ދާނަކަށް ވާކަށް. 2000 އަހަރުވެއްޖެ ރާއްޖެ އޮްންނަތާ އިންޑިޔާ ބުޑު ދަށުގައި. އަޅުވެތި ވީ ކޮންމެ ފަހަރަކު އަޅުވެތި ވެފައި އޮތީ ވެރިން ނުބައިވުމުގެ ސަބަބުން. އެންމެ ފަހުންވެސް މިނިވަން ކުރަން އައީ އިންޑިޔާ. މޮޔަ ނުވެބަލަ
ލޯމާފާނު
04 October 2018
މިތަން އޮތީ އަދިވެސް އިންޑިއާގެ އަޅުވެތި ކަމުގެ ދަށުގަ. ކުރިއަށް އޮތް 5 އަހަރު މިކަން ނޭނގޭ އެއްވެސް މީހަކު ނުހުންނާނެ.
ޤައުމު
04 October 2018
ތިޔަފަރާތަކީ އިބޫ އެންމެ ބައްދަލުކޮށްލަން ބޭނުންވާފަރާތް.
ނަން
04 October 2018
މީގެ ކުރިންވެސް މީހަކު ހަމަ ތިހެން ޗަރުކޭސް ކުޅުނު. ނިމުން ވަރަށް ހިތިކޮށް ދިޔައީ މުޅި ގައުމަށްވެސް.
ޢަލީމް
04 October 2018
ޢަބަދު އެއްގޮތެއްނުވާނެ ދަރިޔާ. ޢެހެންބޫންނަމަ މަންމަ ބައްޕަ ދޫކޮށެއްނުލާނެ.
ފުންއަސަރު
04 October 2018
އަހަރެމެންނަށްޓަކާ ބޮޑެތި ބޮޑެތި ކަންތައްތައް ކޮށްދެއްވާނޭކަމުގާ އުންމީދުގާ އެބަތިބިން. އުންމީދު ކުރަމެވެ. އެއުންމީދަށް ރަނގަޅު ނިމުމެއް ގެނެސްދެއްވާށެވެ.
މޯޑް
04 October 2018
ކޮބާ ރައީސުން ފެނޭތަ؟ މިހާރުވެސް މިގައުމުގަ ރައީސެއް އެބަހުރި 4 އަހަރު މިވަނީ ދުނިޔޭގެ އެންގައުމުމެއގެ މީހަކާ ވާހަކަ ނުދައްކާތީ...
ވާކުޑޭބޭ
04 October 2018
ވާހަކަ ނުދެއްކިޔަސް މިގައުމު ހަމަ އިސްކޮޅައް ތެދު ކޮއްފި. ހަސަދަ ވެރި ގައުމުތައް ސައިޒް ކުރި. ޕާކިސްތާނު ކުރީގެ ބޯދު ވަޒީރު އެންމެ ފަހު ދަތުރި ކުރެއްވީވެސް ރާއްޖެ އައް އިނގޭތޯ
ފަލަޑޭ
04 October 2018
އިބޫ އަކީ ހުރިހާ ދިވެހިންގެ ރައީސް..އެހެންވީމަ ޕޕމ މެމްބަރުން ޙާއްސަކޮށް އަދުރޭއާއި ނިހާން އަށްވެސް ދައުވަތުދޭންވާނެ. އެއްވެސް ކުލައެއް ތަފާތު ކޮށްގެން ނުވާނެ. އެހާ ހިސާބަށް ޔާމިން ގައުމު ދޫކޮށް ނުގޮސް ހުރިއްޔާމު އޭނައަށް ވަކިން ޙާއްސަ ދައުވަތެއްވެސް ދޭންފެނޭ. ކުރީގެ ރައީސުންނަށް ގަދަރު ކުރަންވާނެ
ގޫބައްޑާ
04 October 2018
އަދުރޭ ނިހާމް ޚަލީލު ޢ.އާރިފް މިއީ މަޖިލިސް މެންބަރުން. ހުވާކުރައްވާނީ މަޖިލިސް ޖަލްސާއެއްގައި. އެހެންކަމުން މެނަބރުން ޖަލްސާއަށް ހާޟިރުވާން އިބޫގެ ދަޢްވަތެއް އެރުވުމެއް ނޯންނާނެ. މަޖިލިސް އިދާރާއިން އެކަން ކުރައްވާނެ!