ދެކުނު އަދި މެދު ތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ ވެރިޔާ އެލައިސް: އޭނާ މި ހަފުތާގައި ރާއްޖެ ވަޑައިގަންނަވާނެ
08 އޮކްޓޯބަރ 2018 - 21:59
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދު ތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލައިސް ވެލްސް މި ހަފުތާގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެލައިސް ކުރައްވާ ދަތުރުފުޅަކީ ސްރީ ލަންކާ އާއި ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެލައިސް ރާއްޖެއަށް ވަޑައިގެން، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ސަރުކާރުގެ އިސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ ބައްދަލު ކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ.
މީގެެ އިތުރުން އެމެރިކާ އާއި ރާއްޖެއާ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް އެލައިސް މަޝްވަރާކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ.
ކުރިން އެމެރިކާ އިން ޖޯޑަން އަށް ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމު އަދާކުރި އެލައިސް ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިދިޔަ އަހަރު އެވެ. އެ މަގާމަކީ އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށްވާ ސެކެޓްރީ އޮފް ސްޓޭޓްގެ ސީދާ ބެއްލެވުމުގެ ދަށުން އޮންނަ މަގާމެކެވެ.
އެލައިސް މި ހަފުތާގައި ރާއްޖެ ވަޑައިގެން އިބޫއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ވެސް މިދިޔަ ހަފުތާގައި ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެކި ގައުމުތަކުގެ ސަފީރުންނާއި މަންދޫބުން ގެންދަވަނީ އިބޫއާ ބައްދަލު ކުރައްވަމުންނެވެ.
އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން އެމެރިކާ އާއި ޗައިނާ އާއި ރަޝިއާ އާއި އިންޑިއާގެ އިތުރުން ސައުދީ އަރަބިއާ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދާލަތް
09 October 2018
ވެރިޔަކަށް މިހޮވުނީ ރާއްޖޭގެ އިދިކޮޅު ކޯލިޝަންތަ ނޫނީ އިންޑިޔާ-ޔޫކޭ-އެމެރިކާ ކޯލިޝަންތަ؟ މިބައިގަނޑު މިތަނަށް އައިސްގެން ވާނެ އެއްވެސް ރަނގަޅެއް ނޯންނާނެ. އިހުލާސްތެރިކަމާއެކީ ދަންނަވަން އަހަރެމެން ވޯޓުލީ އަނިޔާވެރިކަމާ ދެކޮޅަށް. މުސްލިމުންނަށް އަނިޔާވެރިވާ ބައިގަނޑާ އެއްކޮޅަކަށް ނޫން.
ާ££££
09 October 2018
މިދެން ބޮޑު ކަމެއްނު.
ވަތުބަތާނަ
09 October 2018
ތީ މުނާފިގުބައެއް! ތިމީހުންގެ ކަމަކަށް އޮންނާނީ ތަން ފަސާދަކުރުން.
ޝޮކްތެރަޕީ
09 October 2018
އެމްޑީޕީ މިވަނީ އަޑިނުބައި ރޭވުންތަކެ ކޮއްފަ. މީގެ ގެއްލުން ކުރިޔަ ހުރި ޖީލްތަކައްކުރާނެ.
ލޮލޮލޮލް
09 October 2018
ޓްރަމްޕު ގެ ނަން ޖަހާފަ އިނިއްޔާ ގަބޫލުކުރާނަން ދޯ ހަމަ ޓްރަމްޕު ފިނުވި އެއްޗެއްކަން
އަހުމަދު އިބްރާހިމް
09 October 2018
އިންތިހާބުގެ ކުރިން ލީކް ކޮށްލި ޑިޕްލޮމެޓިކް ކޭބަލްސްތަކުގައި އެލައިސް ވެލްސް ފޮނުވާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓެއް ހިމެނޭ..... މިހާރު ޔަގީން ވެއްޖެ އެއީ ފޭކް އެއްޗެއް ނޫންކަން.....
ހަސަން ތާ
09 October 2018
އަޖީތު ބުނަން...، އެމެރިކާއިން މަރަށް މަރުހިފަނީ އެވެރިން ބޭނުންވާ ވަކި ބައެއް މަރަންވެގެން. އެވެރިން މަރަން ބޭނުންވާ މީހާ ހުރީ އެހެން ގައުމެއްގައިނަމަވެސް ޝަރީއަތް ކުރުމަކާނުލައިވެސް ގައުމުތަކަށް ވަގަށް އަރައިގެންވެސް މީހުން މަރާފަ އެވާހަކަ ޓީވީއަށްއަރައި ގޮވާފަވެސް އެބަހުރި. ދުނިޔޭގެ އެހެން ގައުމެއްގައި ހާއްސަކޮށް މުސްލިމްގައުމެއްގައި ޝަރީއަތުގެ ތެރެއިން މަރަށްމަރުހިފަން އުޅޭ އަޑެއް އިވޭއިރަށްވެސް އެންމެ ދެކޮޅުހަދައި ހުރަސްއަޅަކީ އެމެރިކާއިން.
ޭޭއުގުއި
09 October 2018
މިވެރިން މިއުޅެނީ މިވެރިންގެ ތާއިދު މުޅި ދުނިޔޭގަ އޮއިކަން ދައްކަންވެގެން. ހުރިހާ ގައުމަކައް "ކަމް ވިޒިޓް މޯލްޑިވެސް ޕްލީޒް" އިންވިޓޭޝަން ފޮނުވަިގެން.....ލޮލް
ޙެކޮސް
09 October 2018
ޗަހެން އަދި ކަމް ވިޒިޓޭ ބުންޏަސް ނާންނެ.. އެހެންޏާ މޯދީ އައިހީ.. ޔާނު ކިހާ އާދޭސް ކުރި..
މޯދީ
09 October 2018
ޗައިނާ މުޅި ގައުމުގަ ދެން މަކީކުރަން އަނަންވީކީ...
އައްޑޫ ބެއްޔާ
09 October 2018
ކީއްކުރަން އަންނަ މީހެއްތަ؟ ޔާމީން ބުނި އެމެރިކާގެ ބޭނުންނެތޭ، ޗައިނާ މާ ރަނގަޅޭ. ދެން ޗައިނާ މީހުން ގެންނަން ވީނުންދޯ!
އިބްރާ
09 October 2018
މިފަހަރު މާލެއިން އައްޑުއަށް ބުރިޖު އަޅައިދޭނެ
ވިސްނާލާ
09 October 2018
ބަލަ އެމެރިކާ އިން އެ އަންނަނީ އިދިކޮޅު ބާރުވެރި ކުރުވަން. މިފަހަރު ދިވެހިން ނައް ރަހަލާނެ ރަނގަޅައް. އެމެރިކާ ވާގިވެރިވި ގައުމެއް ސަލާމަތުން ދިޔަގައުމެއް ނެތް. ލަންކާއިން ޗައިނާ ބޭރުކޮއް ދަރުވާލީ އިންޑިޔާ އާއި އެމެރިކާ ގުޅިގެން. ރާޖަޕައްކޝަ ހަނގުރާމަ ނިންމާ ތަރައްގީ ކުރަންފެޝީމަ. ވަގުތު ފާއިތުވުމުގެ ކުރިން ދިވެހިން ވިސްނާލުން މުހިންމު. ވެރިކަން ބޭނުން ވާ މީހުން ދައްކާނީ ހުސް ތެދުވާހަކައެއްނޫން.
އަލީއާދަމް
09 October 2018
މިއީ އެމެރިކާގެ ޚާރިޖިއްޔާގެ ވަރަށް އިސް ބޭފުޅެއް. އެމެރިކާގެ ފޮރިން ޕޮލިސީ ހިފެހެއްޓުމާއި ދެމެހެއްޓުމުގެ ބޮޑު މަސްއޫލިއްޔަތު އަދާ ކުރާ އިސް ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ. މިދަނޑިވަޅު މިދަތުރުގެ މަގުސަދު ހަމަގައިމުވެސް މިގައުމުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އާއި ގުޅުން ނެތި ނުދާނެކަން ކަށަވަރެވެ. ކުޑަދޮރުން ބޯނެރިގެން ވާހަކަ ދައްކާ ފަރާތްކަށް ފަހުމުވާނެބާއެވެ.