ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ހަމަޖައްސައި ލިޔުން ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާއި، ފެނަކައިގެ މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
10 އޮކްޓޯބަރ 2018 - 13:44
ވަޒީފާ އަށް އިއުލާނު ކުރުމެއް ނެތި ފެނަކަ ކޯޕަރޭޝަނަށް 105 މުވައްޒަފުން ވައްދާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކަ އިން 2014 ވަނަ އަހަރުގެ މެއިން ފެށިގެން 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހާ ހަމައަށް، އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނަގާފައިވެ އެވެ. އިއުލާން ނުކޮށް، މުވައްޒަފުން ނެގީ ކުންފުނީގެ ހިންގާ ގަވައިދާއި މުވައްޒަފުންގެ ގަވައިދުގެ ދަށުން ލިބޭ ބާރުގެ ދަށުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގައި އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނަގާ ނަމަ، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނަގާ ނަމަ، ކުންފުންޏާ މެދު އިތުބާރު ކުޑަވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
"ނަމަވެސް ކުންފުނިން މިގޮތަށް މުވައްޒަފުން ނެގުން ސެޕްޓެމްބަރު 22، 2016 އިން ފެށިގެން ހުއްޓާލާފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގައިވާ ގޮތުން މުވައްޒަފުން ވަޒީފާއަށް ވެއްދުމާއި ވަޒީފާގައި ދެމެހެއްޓުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި އަމަލު ކުރަން ޖެހޭނީ ދެ ފުށް ފެންނަ ސިޔާސަތެއްގެ ދަށުންނެވެ. އެހެންވެ، އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައި ވަނީ ކުންފުނި ހިންގުމަށާއި ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގައި ދެ ފުށް ފެންނަ ވާދަވެރި އުސޫލުތަކެއްގެ މައްޗަށް އެކުލެވިގެންވާ ރެކްރޫމަންޓް ސިޔާސަތެއް ކަނޑައަޅައި އެއާ ގޮތަށް އަމަލު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނައްސާމު
12 October 2018
ނޫން ނޫން. ޢަޅޭ ... ދޮގު ހަދަނީ..
ޢަބްދުﷲނާފިޒް
10 October 2018
ތިޔާ ކޮރަޕްޝަނުގެ ބޮޑު ހާއްޔެއް.
ޙަސީ
10 October 2018
އެޗް.ޑީ.ސީ އަށް 500
ކޮރަޕްޝަން ވައިރަސް
10 October 2018
އެމްޕީއެލް އަށް 150
މީވީގޮތޭ
10 October 2018
ވަކިތަނެއް ވަކި ގޮތެއް ނޫނެވެ. އެމްޕީއެލް އާއި އެހެން ކުންފުނިތަކުގެ ހާލަތުވެސް ވަކި ސަހަލެއް ނުވާނެއެވެ. އަދި އިތުރުން ހުރިހާތަނެއް އޮތީ ލޯނުތައް ނަގާ ދަރާވިކިފައެވެ. ދިހަ އަހަރުންވެސް މިގައުމު ސަލާމަތް ނުވާ ވަރުގެ އަނދަވަޅެއްގައެވެ.