މާރާމާރީއަކާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްގެން ދަނީ-- ފައިލް ފޮޓޯ
11 އޮކްޓޯބަރ 2018 - 10:06
މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މި ދުވަސްވަރު މާރާމާރީ ހިންގުން އާއްމު ވެފައިވާއިރު، އެކަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
ރޭ ދަންވަރު މާލޭގައި ހިންގި މާރާމާރީގައި އުމުރުން 14 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ހަރައި ވަނީ މަރާލައިފަ އެވެ. އަދި އިއްޔެ މެންދުރު ވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވާއިރު، މާލެ އާއި އައްޑޫގައި ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހާއި ހޯމަ ދުވަހު މާރާމާރީތަކެއް ހިންގައި، ދެ ޒުވާނަކަށް ހަމަލާދީފަ އެވެ.
އަދި މިދިޔަ މަހުގެ ތެރޭގައި ވެސް އުމުރުން 18 އަހަރުގެ ޒުވާނަކަށް މާލޭގައި ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ. އޭގެ ފަހުން ޏ. ފުވައްމުލަކުގައި މީހެއްގެ ކަރަށް ވަޅި ހަރައި، ރ. ދުވާފަރުގައި ޒުވާނެއްގެ ބަނޑަށާއި ބުރަކައްޓަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވެ އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހުރިހާ މާރާމާރީތަކެއް ވެސް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަން ހުއްޓުވުމަށް، މާރާމާރީ ހިންގި މީހުން ހޯދައި، މާރާމާރީތައް މަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.
އެކަމަކު އެ މަސައްކަތުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުސް އޮފީހުން ބުނީ މާރާމާރީތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، މާލެ އާއި އައްޑޫގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މާލެއާ ރާއްޖޭގެ އެހެން ރަށްތަކަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމުގެ ގޮތުން ކުށްކުރުމުގެ ރޫހު މި ވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނަމެވެ. އަދި މި ފަދަ އަމަލު ހިންގައި، އެ ކަންކަމަށް ހިތްވަރު ދޭ ފަރާތްތައް ހޯދައި މައްސަލަ ތަހުގީގުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެމެވެ." ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފް 14، އަށް ހަމަލަދީ މަރައިލި މައްސަލާގައި ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
މާލެ އާއި އައްޑޫގައި ހިންގި މާރާމާރީތަކާ ގުޅިގެން މިހާތަނަށް، ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ، އަދި މާލޭގައި ރޭ މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ ފަސް މީހުން ވެސް ހައްޔަރުކުރީ، ފިހާރަ އަކުން ވަޅި ފަދަ ތަކެތި ގަތުމަށް ފަހު، ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށެވެ. އަދި ފުލުހުން ފެނުމުން، ފިލަން މަސައްކަތް ކުރި ނަމަވެސް ވަޅިތަކާ އެކު އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
11 October 2018
ގޭންގް ކުށާއި ވަޔަލަންޓްވެ ދައުލަތް ބޮރުވެރިހާލަތަކަށް ގެންނާންއުޅޭމީހުންގެ އަމަލުތައް ހުއްޓުވާ “ޤައުމު އަމާންކުރުމަށްޓަކާ ފުލުހުންގެއޮނިގަނޑަށާއި އިދާރީ ހިންގުމަށް ބަދަލުއަންނާންޖެހޭ” ކަން ޤަބޫލުކޮށް ބާރުވެރިކަމާއި އެކު ރާއްޖެ 3 ސަރަހައްދަކަށް ބަހާލާ ސަރަހައްދީ ފުލުހުންނަށްސަރަހައްދުގެ އަމަން ބެލެހެއްޓުމުގެ ބާރުވެރިކަމްދޭންޖެހޭ. . . . ކޮމިއުނިޓީ ފުލުހުންނާއި އެކު މިކަންފުޅާކޮށް ރަނގަޅު ނިޔަތެއްގައި ކަންކޮށްފިނަމަ ކާމިޔާބުވުމުގެ ފުރިސަތު ބޮޑު.
ދއނ
11 October 2018
މިމީސް މީހުންގެ މައިން ބަފައިން ތިބޭނެތާ. ދަރިން ރަގަޅަށް ނު ބަލާތީ ހުރިހާ އުންދަގުލެއް އެހެން މިހުންނަށް...ދަރިން ހެޔޮގޮތުގަ ތަރުއްބިއްޔަތު ކުރުމަކީ މައިންބަފައިންގެ އެންމެ ބޮޑު މައްސޫލިއްޔާތު. އެންމެ ބޮޑުކަމަކަށް ކުރަންވީ ކަމަކީ ދަރިން ރަގަޅަށް ތަރުބިއްޔަތު ކުރަންވީ. މި ޒުވާނުންގެ މުސްތަގުބަލެއް ކޮބާ... މީތަ މިމީހުންގެ މައިންބަފަން ބޭނުންވި ގޮތަކީ...ދަރިން ރަގަޅު ގޮތުގަ ނުބަލަންޔާ ދަރިން ގޯސްމަގަކުން ދާނެ....
އަހްމަދު
11 October 2018
ގައިމު ބުނޭ ތަފާސް ހިސާބުތަކުން ކުއްކުރާ މީހުންގެ އަދަދު ދިޔައީ ދަށަށެވެ. ޒުވާނުންގެ ގިންތި އަކީ ތިމަންނާ އެންމެ ޝައުގު ހުންނަ ގިންތިއެވެ. ހަވާސާވެފައި ހުރި ޒުވާނުންގެ މައްސަލަތަށް ނަގާ އެގިންތީގެ މީހުންނަކީ މުޖުތަމުގައި މުހިއްމު އަދި އުފެއްދުން ތެރި ބަޔަކަށް ތިމަން މަނިކުފާނު ހަދާފީމެެެވެ.
ދއނ
11 October 2018
ޕޮލެޓިކަލް ކިތަންމެ ވަރަކަށް ވިއަސް އަމިއްލަ ދަރިން ހެޔޮގިތުގަ ބަލާބަލަ މައިންބަފައިންނޭ. ވަރަށް ވަރަށް ހިތާމަ ވެރި. ދަރިން ބަލަން ޖެހޭނީ މައިން ބަފައިން ސިފައިން ފުލުހުން އަދި ސަރުކާރަކުންނެއް ވެސް ނޫން. އެމީހެއްގެ 14 އަހަރުގެ ފިރިހެން ދަރިފުޅު ދަންވަރު ބޭރަށްދަންޔާ ގަދަކަމުން ވެސް އެމީހަކަށް ހުއްޓުވެންޖެހޭނެ. ކިހާ ހިތާމަވެރި. މައިން ބަފައިންނޭ ގަދަކަމުން ވެސް ދަރިން ތަރުބިއްޔަތު ކޮށްބަލަ އެއީ މައިންބަފައިންގެ އެންމެ ބޮޑު މައްސޫލިއްޔަތު
އައްޑޫ ރަދުން
11 October 2018
ދިވެހި ޕޮލިހުންނާއި ސިފައިން މިގޭންގް(އަޅާލާނެ ބަޔަކުނެތި ކަންމަތީގަ އާވާރަވެފަ ތިބޭ ކުދިން) ނުހުއްޓުވިގެން އުޅުން ވަނީ ބޮޑު ޖޯކަކަށް.ދުނިޔޭގެ މީހުން ގޭންގުތަކޭ ނުކިޔާ މިކަހަލަ މަގުމަތިވެފަ ތިބޭ ކުދިންނަކަށް އެހެނަސް އެމީހުންދަންނަށް ގޭންގުތަކަކީ ބަޑި އާއި ބޮން ހިފައިގެން ތިބޭ ވަރަށް ނުރައްކާތެރި މީހުން.
ފުންއަސަރު
11 October 2018
ތެޅިތެޅިފާ ހުޅުނބުދާނެ. އެބަޔަކު ރަނގަޅުވާން މަސައްކަތް ނުކުރާއިރު ކިހިނެތްތޯ އެހެން ބަޔަކަށް އެމީހުން ރަނގަޅުކުރެވޭނީ. އަނެއްކާ އެއްއަހަރުގެ ބުރަ މަސައްކަތުން އެފަދަ މާރާމާރީހިންގާ ބަޔަކުހޯދާ ޖަލަށްލާ ތަނުން ދެންއަންނަ ވެރިޔަކު އެމީހުންތައް ދޫކޮށްލަފާނެ. ދެން އެޖެހުނީ އަނެއްކާ އަނެއްކަންތަކާ. ތާއަބަދު މިކިޔަނީ މިނިކާ ޖަނަވާރު ގެންގުޅެންވާނީ އެއަށް އެކަށީގެންވާވަރުގެ ތަންތަނުގައޭ.
ABDULLLAH JALEEL
11 October 2018
މިރާއްޖޭގައި އަމާން ގާއިމް ނުކުރެވޭނެ މި ޔާމީނު ވެރިކަމުގައި ހުރިހައި ދުވަހަކު.
ބޭރުވެލާ
11 October 2018
ފުލުހުން އަބަދުވެސް މިކަހަލަ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލާ ކަން އިނގޭ! އެކަމަކު 10 އަހަރު ފާއިތުވެގެންދާ އިރު މިކަމެއް ނުހުއްޓުނު.
ޝާން
11 October 2018
ފުލުހުންނަކަށް ޤަޢުމު އަމާންކަންމަތިީ ނުބެލެހެއްޓޭކަން އަބަދު ވެސް މިދަނީ ފެއްނަމުން އެވަރުންވެސް އެ ކިޔަނީ މުސާރަކުޑަ،ފުލެޓް ނުދޭ ދައުލަތުން ބޮޑު ޙަރަދުކޮށް ހިންގާ މުއައްސަސާތަކުން ޒިންމާ އަދާ ނުކުރެވޭނަމަ މުޖުތަމަޢު ހަލާކުވެ އައްނަންއޮތް ޖީލު ހަލާކުވެ ނެތިދާނެ!
ޙެޔޮ
11 October 2018
ޢުމަރު ވަރަށް މިސްވޭ..ވަރުގަދަ މަސައްކަތްތަށް ފެށި ޓެގް އަޅުވާ ކުޑަކުދިން ނަގާ ރިހެބިލިޓޭޓް ކުރަވަ ފޮނުވި..ވަކި ހިސާބަކުން ރަގަޅުކުރަން ފެށީމަ އުމަރުގެ ފިޔަ ކޮށާލީ..މީ ހަގީގަތަކީ..އުމަރަށް އެދުވަހު ފާޑުކިޔި މީހުންނަށް ސަލާން