ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލު ނުކޮށް، ޕީޕީއެމުން ބޭއްވި ފުރަތަމަ އެއްވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: މިހާރު
14 އޮކްޓޯބަރ 2018 - 08:44
ވަކި ކަމެއް ވަކި ގޮތަށް ކުރަން އެދޭ ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ރާއްޖެއަށް އަންގާ ފަހަރުފަހަރު އާދެ އެވެ. އެއީ ޑިޕްލޮމެޓިކް ދާއިރާގައި އަބަދުވެސް ކަންކަން ހިނގާ ގޮތެވެ. ނަމަވެސް މިއަދު ރާއްޖެއަށް އަމާޒުވެފައިވާ އެންގުންތައް ވަރަށް ތަފާތެވެ. އެއީ ދިވެހި ތާރީހުގައި ވެސް ކުރިމަތިނުވާ ފަދަ ހަރުކަށި އިންޒާރުތަކެކެވެ.
ސިޔާސީ މިނިވަންކަން ކުޑަކުރަމުން ދިއުމާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުން ދަށް ވާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖުލައި މަހު ނިންމި އިރު އެއީ ތާރީޚުގައި ވެސް ރާއްޖެއާ ދެކޮޅަށް އެފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ. މިފަހަރު އޭގެ އިންޒާރުތައް މި އަންނަނީ ރިޔާސީ އިންތިހާބާ ގުޅުވައިގެންނެވެ.
ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގަތުމާ އެކު އެނަތީޖާ ގަބޫލުފުޅުކުރެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީން މިހާރު މަސައްކަތް ފައްޓަވާފައި ވަނީ އިންތިހާބު ބާތިލްކުރުމާ ދިމާއަށެވެ. ޕީޕީއެމުން ހުށަހެޅި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދު ފަށާނެ އެވެ. ހަމައެއާ އެކު ރާއްޖެއަށް ބޭރު ގައުމުތަކުން މިވަނީ އިންޒާރު ދޭން ވެސް ފަށާފަ އެވެ. ހާއްސަކޮށް ދުނިޔޭގެ އެންމެ ބޮޑު ބާރު އެމެރިކާއިން ރާއްޖެއަށް ދޭ އިންޒާރުތައް ހަރުކައްޓެވެ. ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ހޮވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް މިހާރުގެ ސަރުކާރުން އެއްބާރުލުން ނުދޭ ނަމަ އަޅަން ޖެހޭ ކޮންމެ ފިޔަވަޅަކަށް ވެސް ތައްޔާރު ކަމަށް އެމެރިކާ އިން އެވަނީ ބުނެފަ އެވެ.
އިންތިހާބީ ރައީސް އިބޫ އާއި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު-- ފޮޓޯ: އެމްޑީޕީ
ޑިޕްލޮމެޓިކް އުސޫލުތަކަށް ބަލާއިރު އެފަދަ އިންޒާރެއް އިއުލާނުކުރާނީ ގިނަ މަޝްވަރާތަކަކަށް ފަހު ހައްލެއް ނުލިބުމުންނެވެ. އަދި އާއްމުކުރާ އެންގުންތަކަށް ވުރެ ހަރުކަށި އިންޒާރުތައް ސިއްރު ބައްދަލުވުންތަކުގައި ދެ އެވެ. އެހެންކަމުން މިހާރު ރާއްޖެއަށް އެ ދޭ އިންޒާރުތަކަކީ ކުޑަ ކަމެއް ނޫނެވެ.
ރައްޔިތުންގެ ނިންމުން ތަންފީޒު ކުރުމަށާއި ގާނޫނަށް ބޯލަނބަން އެންގުމުން، "ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންނޭ"، "އިސްލާމް ދީން ނައްތާލަން އުޅެނީއޭ" ބުނެ، އޮޅުވާލަން ދައްކާ ވާހަކަތައް ސަރުކާރާއި ޕީޕީއެމުން މިހާރު މިވަނީ ހުއްޓާލަން ޖެހިފަ އެވެ. ރައްޔިތުންގެ ވޯޓުން ބަލިވުމުން އެ ބަލި ގަބޫލުނުކުރުމާއި ނާއިންސާފާއި ނުހައްގު ނުފޫޒުން ކުރާ ކަންކަން ހުއްޓާލަން ބޭރު ގައުމުތަކުން އެންގުމަކީ އިސްތިގުލާލާއި ސިޔާދަތާ ބެހުމެއް ނޫނެވެ. އެއީ، ބޭރު ގައުމުތަކުން ނުބުންޏަސް، ވެރިން ބޯލަނބަން ޖެހޭ ކަންކަމެވެ.
ގައުމުތަކާ ދެކޮޅަށް އެހެން ގައުމުތަކާއި ޖަމާއަތްތަކުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުން ދަތިކުރުމާއި ދަތުރު ކުރުން މަނާ ކުރުމާއި ސަރުކާރުގެ ވެރިންގެ ވިޔަފާރިތައް ބޮއިކޮޓް ކުރުމާއި ބޭންކް އެކައުންޓްތައް ފުރީޒް ކުރުން ހިމެނެ އެވެ. އެވަރުން ނުވެއްޖެ ނަމަ، ބައެއް ހާލަތްތަކުގައި، އަސްކަރީ ފިޔަވަޅު ވެސް އަޅަ އެވެ.
ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން އިންޒާރު ދިން ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް ނުބުނެ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ޕާސަން ރޮބަޓް ޕައްލަޑީނޯ ވިދާޅުވީ އަންނަ މަހުގެ 17 ވަނަ ދުވަހު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުން ލަސްކޮށް ނުވަތަ ހުރަސް އަޅާ ނަމަ އެމެރިކާ އިން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އިސް ވެރިޔަކު އިބޫއާ ބައްދަލު ކުރައްވަނީ-- ފޮޓޯ: އެމްޑީޕީ
އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު މާކް ފިލްޑް ވިދާޅުވެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 89 ޕަސެންޓް މީހުންގެ ނިންމުން ބުނެދީފައިވާ ކަމަށެވެ. އެގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި އިނގިރޭސި ވިލާތެއް ނޫން. ބައިނަލްއަގުވާމީ މުޖުތަމައުން ވެސް އުންމީދު ކުރަނީ ރައްޔިތުންގެ ނިންމުމަށް އަމަލު ކުރާނެ ކަމަށް،" ފިލްޑް ވިދާޅުވި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވީ، އެމެރިކާ ފަދަ ގައުމަކުން ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދިނުމަކީ "ތޯތޯ ކަމެއް" ނޫން ކަމަށެވެ. ރާއްޖެއާ މެދު ފިޔަވަޅެއް އަޅާ އެކަން ފުރަތަމަ އަމާޒުކުރާނީ ވަކިވަކި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގައުމުތަކުގެ އެންގުންތައް ތަންފީޒު ކުރުމަށް ދެކޮޅުހަދާ ކަމަށް ބެލެވޭ ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ހުރަސް އަޅާ ވިޔަފާރިވެރިންގެ ރިސޯޓްތަކަށް ޓޫރިސްޓުން ނައުމަށް އެންގުމާއި އެ ވިޔަފާރިވެރިން ބޭރު ގައުމުތަކުގެ ބޭންކުތަކުގައި ބަހައްޓާފައިވާ ފައިސާ ހިފެހެއްޓުމަކީ ވެސް އަޅާފާނެ ފިޔަވަޅެކެވެ. އަނެއްކޮޅުން ޑިމޮކްރަސީއަށް ހުރަސްއަޅާކަމަށް ފެންނަ މީހުންނަށް ބޭންކިންގެ އެއްވެސް މުއާމަލާތެއް ނުހިންގޭ ގޮތް ވެސް ހަދާފާނެ އެވެ. މިސާލަކަށް ބޭންކްތަކުން ދޫކުރާ އެއްވެސް ކަހަލަ ކާޑެއް ބޭނުންނުކުރެވުމާއި ކިރިޔާ ވެސް ބޭރާ ގުޅިފައި އޮންނަ މާލީ އެއްވެސް މުއާމަލާތެއް ނުކުރެވުން ވެސް ހިމެނެ އެވެ.
ރައީސް ޔާމީނާއި އަނބިކަބަލުން ފާތިމަތު އިބްރާހިމް އަދި ނައިބް ރައީސް އަބްދުުﷲ ޖިހާދު-- ފޮޓޯ: މިހާރު
ބައެއް ކަހަލަ އެކްސްޕޯޓް އިމްޕޯޓް ހުއްޓާލުމަކީ ވެސް އަޅާ ފިޔަވަޅުތަކެވެ. ދިވެހިންނަކީ މުޅި އިގްތިސާދާއި ދިރިއުޅުން އިމްޕޯޓަށް ބަރޯސާވެފައިވާ ބަޔަކަށް ވާއިރު އެފަދަ ފިޔަވަޅަކުން ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ އެވެ. ރާއްޖޭގެ އިގްތިސާދު ބަރޯސާވަނީ ޓޫރިޒަމަށް ކަމަށް ވެފައި، ބައެއް ގައުމުތަކުން ރާއްޖެ އަށް ޓޫރިސްޓުން ދިއުން މަނާކޮށްފި ނަމަ އެކަން ވެސް ވާނީ ނުރައްކަލަކަށެވެ.
އިންތިހާބީ ރައީސް އިބޫ ވެސް ވަނީ ރައީސް ޔާމީންގެ އަމަލުތަކުގެ ސަބަބުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމުގެ ބިރު އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެގޮތަށް އަމަލުނުކުރައްވާ ބަލި ގަބޫލުކުރެއްވުމަށް އިލްތިމާސްކުރެއްވި އެވެ.
ބަވަނަ ވެފައިވާ މި ދުނިޔޭގައި އެއް ގައުމެއްގެ ކަންކަން ހިނގާ ގޮތާއި އަނެއް ގައުމެއްގެ ސަލާމަތާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އިގްތިސާދީ އަދި އަސްކަރީ ގޮތުން ބެލި ނަމަވެސް މެ އެވެ. އެހެންކަމުން ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް އެއް ގައުމުން އަނެއް ގައުމަށް ބާރުއަޅަ އެވެ. އެގޮތަށް ނުކޮށްފި ނަމަ އިންޒާރު ދެ އެވެ. އެވަރުން ނުވެއްޖެ ނަމަ ފިޔަވަޅު އަޅައިގެން ނަމަވެސް އެކަން ކުރުވަނީ އެވެ. މިއަދު ރާއްޖެއަށް މިވަނީ އެ ހަގީގަތާ ކުރިމަތިލާން ޖެހިފަ އެވެ.
އިބޫއަށް ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމަކުން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ. އެހެންކަމުން ރައީސް ޔާމީނަށް އެހީތެރިވެ، ފާޅުގައި ދިފާއުކޮށްދޭނެ ގައުމެއް އަދި ނުފެނެ އެވެ. މިހާރުގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވި ޗައިނާ އާއި ސައުދީ އަރަބިއްޔާއިން ވެސް ވަނީ އާ ސަރުކާރަށް މަރުހަބާ ކިޔާފަ އެވެ. އަދި އާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް އެގައުމުތަކުން ބުނެފައިވެ އެވެ.
އެއްވެސް މައްސަލައެއް ނުޖެހި، އޮމާންކަމާއި އަމާންކަމާ އެކު ނިމުނު އިންތިހާބެއްގެ ނަތީޖާގައި އެހާ ބޮޑު ތަފާތެއް އޮތް އިރު ވެސް ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމުން އެކަން ގަބޫލުނުކުރަނީ މެޖޯރިޓީ ދިވެހިން އެކަންޏެއް ނޫނެވެ. މުޅި ދުނިޔެ ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލިޓަރީ
15 October 2018
ވަގުތު ނޫހަކީ އެމްޑީޕީ ކޮޅަ ގޮސްހުސްވެފަ ހުރި ބައިގަޑެއް. އިހުލާސްތެރި ކަމެއްނެއް.
ޢިންޑިޔާއިން
14 October 2018
ޢިދިކޮޅު ފަރަާތްތަކުން ޖެހި ސަކަރާތުގެ ނަތިޖާ. ފާޅުގައި ފިޔަވަޅު އަޅަން ގޮވަނީ ބަޔަކު އަމިއްލަ އެދުން އިސްކުރޮށް އެވެރިންގެއެހީއަށް އެދުމުން
އަބްދޫ
14 October 2018
ފިޔަވަޅުއަޅާ . އެމްޑީޕީ ހުލިކޮށްލަން ރަނުގެ ފުރުސަތެއް.
ސަލީމު އިދުރީސް
14 October 2018
އެމްޑިޕީ ހުލިވިޔަސް ޔާމީނައް ތާއީދު އިތުރު ނުވާނެކަން އެގޭދޯ އަންނި ޖަލައްލީމަ، ހަސަބުން ބޮޅުނޫން އާދާގެ ސޮރެއް ނިކުމެ ޔާމީނު ހަމަބިމައް ތިރިވާނެނަމަ ތިރިވާވަރައް ރައްޔިތުންގެ ތާއީދު ހޯދައިފި
އަލީގ
14 October 2018
ސްޕްރީމް ކޯޓުން ނާއިންސާފު ހުކުމެއް ނެރެފިނަމަ އެންމެ ފުރަތަމަ އެތާތިބި މީހުންނާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމައް އުންމީދުކުރަން. މިބުނީ ނާއިންސާފު ނިންމުމެއްގެ ވާހަކަ ކަމެއް އިތުރައް ބަލަން އަންގާ އެންގުމެއްނޫން އަދި އެކަމެއް ދެފުއް ފެންނަގޮތައް ބެލުމައްފަހު އަދުލުވެރިކަމާއެކު ކުރާ ހުކުމެއްގެ ވާހަކައެއްވެސް ނޫން އެކަމަކު ކަންހިނގާފަހުރި ގޮތުން އިންޓެލިޖެންސް ރިޕޯޓައް އިތުބާރެއްނެތް.
ގުރައިދޫ ސެންޓަރު
14 October 2018
ހަރުކަށި ކޮށްގެން ހަރުދަނޑި ވިޔަސް އިންތިހާބުގައި މައްސަލަތަކެއް ފާހަގަވެއްޖެއްޔާ އެކަމެއް ބެލުން އެއީ އޮންނަ ކަމެއް. ކިތަންމެ ސްޓަންޓެއް ކަލޭމެން ޖެއްސިޔަސް ފަރުވާލެއް ނެތް.
ސެންޓާ އަގެންސްޓް ޑިކްޓޭޓަޝިޕް
14 October 2018
ހަރުދަޑި އަރައިގެން ވެރިކަމާ ހެދި ބޫތު ކެޑިފައި ހުރި މީހާ އެހެރީ އަބްދުﷲ ޔާމީނު. އޭނާއަށް ވީ ގޮތަކީ 3 ދުވަސް ފަހުން ރެއަކާލީ އަހާ ތިމަންނަ ކިހިނެތްހޭ މި އާރާ ބާރުގައި ނޫނީ ދެން ދުނިޔޭގައި އުޅޭނީ. ދެން ޕްރޮޕެގެންޑާ މިހާރު ވޯރކެއް ނުކުރޭ. ރައްޔިތުންނަށް ޔާމީނުގެ ކޮރަޕްޝަން ކަމަކު ނުދޭ. އެހެޔޮ މަތި މައްޗަށް ދަނގަޑު ތަރައްގީ ގެނަޔަސް. އެހެން ނޫނަސް ކޮންކްރީޓް ތަރައްގީ އަކީ 21 ވަނަ ގަރުނުގެ ތަހްޒީބު ގައުމުތަކުގައި މިހާރު ދުރުވަމުންދާ އެއްޗެއް.
އަސަރޭ
14 October 2018
މަ ހަމަ އެންމެ ސުވާލެއް ކޮއްލަން ބޭނުމީ. މި ނިމުނު އިންތިހާބުގައި އީޔޫއިންނާއި އދ އިން އަދި އެމެރިކާއިން އޮބްޒާވަރުން ފޮނުވިތޯ؟ ޔާމީނު އިންތިހާބު ކާމިޔާބު ކުރާނެހެން ހީވާތީ ގަބޫލު ނުކުރަން އޮބްޒާވަރުން ނުފޮނުވީ. އެމީހުން ނާންނަ އިންތިހާބެއްގައި ކަން ހިނގައި ދިޔަގޮތެއް ނޭންގޭނެ. އަދި ބަސް ބުނުމުގެ ހައްގެއްވެސް ނޯންނާނެ. މިހާރު ދެން އިދިކޮޅުން އިންތިހާބު ކާމިޔާބު ކުރީމަ ބޭކާރު ވާހަކަ ނުދައްކާ. އެމެރިކާއަކަށް އިންތިހާބުގެ އެއްވެސް ކަމެއް ނޭންގޭނެ.
ޙަހަހަހަ
14 October 2018
މިޒަމާނުގައި މީހާ އެކަން ވާތަނުގައި ނެންކަމުގައިވިއަސް އެކަން ކަން އިގޭނެފަދަ ގޮތް ގޮތް އެބަހުރި. 472 ވޯޓް ފޮށި ދޮށުގައި ކަލޭ ހުރިން ތަ؟؟ ވާނުވާ ނޭގި .
ޤައުމު
14 October 2018
ބަލި ގަބޫލުކުރަން ދަސްކޮށްދޭން މިޖެހެނީ އޮބިއަޅައިގެން.
ގުރައިދޫ ސެންޓަރު
14 October 2018
ބަލިވުން މައްސަލައެއް ނޫން. މައްސަލައަކަށް ވަނީ ވޯޓުން ވައްކަންކޮށް ވޯޓު އޮޅުވާލުން. މިކަން ބަލަންޖެހޭ.
ވޯޓުވަގު
14 October 2018
ވޯޓު ވަގުން ވޯޓު އޮޅުވާޅާތީ މައްސަލައަކީ.
ޒަކިއްޓެ
14 October 2018
އިންސާފަކީ ހަމައެކަނި ވަކި ބަޔަކަށް އޮންނަން ޖެހޭ ކަމެއްތޯއެވެ. މިފަހަރުގެ އިންތިޚާބުން އެމްޑީޕީ ބަލިވިނަމަ، ބަޔަކު ނޭވާލިޔަވެސް ނުދޭނޭކަން ކަށާވަރެވެ. އިންސާފޭ ކިޔައިގެން ވެރިކަމަށް އަންނާން އުޅޭ ބަޔަކު، ބޭއިންސާފުގެ ތޮފިއަޅައިގެން ވެރިކަމަށް އަރަން މިހާ ގަދައަށް މި ހިފަނީ ކީއްވެހެއްޔެވެ. ހަގީގަތާ ކުރިމަތި ނުލާންވީ ކީއްވެ ހެއްޔެވެ. ވޯޓުން ވައްކަން ކުރިއްޔާ ސާބިތުކޮށްދޭށޭ ބުންނަވީ ނޫން ހެއްޔެވެ. ހަގީގަތް ހާމަކުރަން ފުރުސަތު ދޭށެވެ.
2013
14 October 2018
2013 ގައި އައްނި ބަލިބި 6022 ވޯޓް ނުލިބިގެން. ތިޔަބުނާ ކަހަލަ ކަމެއް ނުވޭ. 2018 ޔާމީން 38000+ ވޯތުން ބަލިވީމަ ވެސް ހީވަނީ 38 ނުލިބިގެން ތެޅޭހެން .މޑޕ އަކީ އަބަދުވެސް ތަފާތު ބައެއް. ދެން ވެސް މައްސަލަ އީސީ އަށް ނުވައްދާ ހައިކޯޓައް ނުވައްދާ ސްޕްރީމް ކޯޓައް ވެއްދީމަ ޔާމީން 200000ވޯތުން ބަލިވިޔަސް ގަބޫލް ނުކުރާނެ ކަން އިގިއްޖެ. "ޙަޖަމް ކުރަން ދަސްކުރޭ، ދެންމިފަހަރު ކެއްކުރޭ". ލޮލް
00000”
14 October 2018
“ނަމަނަމަ” ކިޔައިގެން ވާހަކަ ދެއްކުމުގެބޭނުމެއް ނެތް! ބަލިވީމަ ބަލި ގަބޫލުކުރުން އެންމެ ރަގަނޅު ގޮތަކީ. ޔާމީނު މޮޅުނުވާހާ އިރަކު އިންސާފު ލިބުނުކަމަކަށް ގަބޫލު ނުކުރާނެކަން މި އެގެނީ. އެވަރިހަމަ ޔާަމީނު އަމިއްލަޔަށް ޕުރިންޓް ކޮށްފަހުރި ވޯޓްކަރުދާހަށް ވިޔަސް!
ވިސްނާށޭ ގައުމު
14 October 2018
ސްރީލަންކާގެ ރައްޔިތުން މިއަދު ތަހައްމަލުކުރަމުންދަނީ، އިންޑިއާއާ އެމެރިކާ އަޑީގައި ތިބެގެން އެގައުމަށް ދިން ބޮޑު ގެއްލުމެވެ. އިންތިޚާބުގެ ނަތީޖާއިން "ވައްކަންކުރީ" ރައްޔިތުންނަށް ދޮންކަޅުމިންވެސް އަންގާ ނުލައެވެ. މިއަދު ލަންކާގެ ކޮންމެ ރައްޔިތެއް ގާތު އަހާލިޔަސް އެކަމާ ދެރަވެ ހިތާމަކުރާ ހާލު މިވާހަކަ ދައްކައެވެ. މި ސަރަހައްދުގެ އެހެން ގައުމެއް ތަރައްގީވާތަން ދުށުން އިންޑިއާއަށް ކެތެއް ނުވާނެއެވެ. ތިބެން ޖެހޭނީ އެމީހުންގެ މުށުތެރޭގައެވެ.
އެމެރިކާނަުން
14 October 2018
30 އަހަރު ހަގުރާމަ ކުރުވާ ތަން ސުންނާފަތި ކުރީވެސް ހަމަ ތި އިންޑިއާއާ ހުޅަގާ އެމެރިކާ..
މިސާލަކަށް
14 October 2018
ފަހަރެއްގައި ހަމަ އިންތިޚާބު ސައްޙަކަމަށްވެސް ވެދާނެއެވެ. ނޫނީ ހަމަ ހަގީގަތުގައިވެސް އެމެރިކާއާއި އިންޑިއާ އަޑީގައި ތިބެގެން މި އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވީ ކަމަށް ވެދާނެއެވެ. އަދި ވޯޓުން ވައްކަން ކުރީ ކަމަށްވެސް ވެދާނެއެވެ. އެހެން ކަމަށް ވާނަމަ މިއީ މިގައުމަށް ލިބޭނޭ އިންތިހާ ބޮޑު ހިތާމައަކަށް ނުވާނެތޯއެވެ. އެހެންކަމަށް ވާނަމަ، މިކަން ސާފުކޮށް ބެލުމަށް ޝަރީއަތެއް ހިންގަން ފަސްޖެހެންވީ ކީއްވެތޯއެވެ. އެކަމާ ބިރުގަންނަނީ ކީއްވެތޯއެވެ.
ޜަގަލޭި
14 October 2018
ާއާދޯ. ޙައި ކޯޓް ނުވައްދާ ސްޕްރީމް ކޯޓަްން މި މައްސަލަ ވަނީމަ މަ ގަބޫލޮކޮއްފިން ރ.ޔާމީން ހަމަ ރަގަޅައްވެސް އަހަރެމެން ގޮބޯ ހައްދަނީކަން. ޥަރަން ޤާނުން ބެގެން މީތި ކަޑައޭ.
ގުރައިދޫ ސެންޓަރު
14 October 2018
ދުސްތޫރީ މިކަހަލަ މައްސަލަތަކަކީ ހައިކޯޓަށް ވައްދާ އެއްޗެއް ނޫން. ސީދާ ސްޕްރީމް ކޯޓަށް. މީހާ ސިޔާސީ ވާއިރު ވާނުވާ އެނގެން ވެއްޖެދޯ.