ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންޑިޔާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖަށް ބައްދަލުކުރައްވައިފި -- ޓްވިޓާ ފޮޓޯ: ދުންޔާ މައުމޫން
14 އޮކްޓޯބަރ 2018 - 11:03
ރާއްޖެ އާއި އިންޑިޔާ ދެމެދު އޮތް އިތުބާރާއި އެކުވެރިކަން އަނބުރާ ގެންނަން ޖެހިފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.
ދުންޔާ މިހެން ވިދާޅުވީ އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިންޑިޔާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމަށް ފަހު ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި އެކުވެރިކަން ދަމަހައްޓަން އަލުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ބައްޕަގެ ފަރާތްޕުޅުން އަޅުގަނޑުގެ އެކުވެރިޔާ ސުޝްމާ ސްވަރާޖާ ބައްދަލު ވެވުމުން [އަޅުގަނޑު] ވަރަށް އުފާވެއްޖެ. އަޅުގަނޑުމެންގެ ދެ ގައުމުގެ މެދުގައި [އަޅުގަނޑުގެ] ބައްޕަ ވަރަށް ގާތް އެކުވެރިކަމެއް ބިނާކުރި. އަޅުގަނޑުމެން އެ އެކުވެރިކަމާއި އިތުބާރު ދަމަހައްޓަން އަލުން މަސައްކަތްކުރަން ޖެހޭ،" ދުންޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
It was such a pleasure to call on my friend HE @SushmaSwaraj to pass on greetings from my father. HE @maumoonagayoom built a warm friendship between our countries while he was in office. We need to regain the trust between our countries. pic.twitter.com/KSOtqhSz0b
— Dunya Maumoon (@dunyamaumoon) 13 October 2018
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންޑިޔާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓް
މައުމޫންގެ ފަރާތްޕުޅުން ދަރިކަނބަލުން ދުންޔާ އިންޑިޔާ އަށް ވަޑައިގެންނެވި އިރު، ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން މައުމޫން މިނިވަންވުމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން ގުޅުއްވައި މައުމޫނަށް ހިތްވަރު ދެއްވައިފަ އެވެ. މި ފޯނު ކޯލުގައި މޯދީ މައުމޫނަށް ހިތްވަރު ދެއްވުމުން އެ މަނިކުފާނު ވަނީ މޯދީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ މި ދައުރު ޗައިނާ އަށް އިސްކަން ދެއްވައިގެން އެ ގައުމާ ގުޅުން ބަދަހި ކުރުމުން، ރާއްޖެ އާއި އިންޑިޔާއާ ދެމެދު އޮތް ގުޅުމަށް ވަނީ ބުރޫ އަރައިފަ އެވެ.
މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންޑިޔާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިޔާގެ ބޮޑުވަޒީރު މޯދީ މިހާރު ވަނީ ދައުވަތު އަރުވައިފަ އެވެ. އަދި އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަންޑޭލާ
15 October 2018
މި ރާއްޖެ ތަރައްގީ ކުރަނީ ޗައިނާ މީގެ ސަބަބުން އިންޑިޔާއާ ރައްްޖެއާ ޖެހޭނެމަސްސަލޭއްނެ. ހަގީގަތަކީ އިންޑިޔާ ހަސަދަވެރިވަނީ އެމީހުން ބޭނުންވަނީ މި ރާއްޖެ އެމިހުންގެ މިށުތެރެ ބައްވަން.
ޝޮކްތެރަޕީ
15 October 2018
މިމީހުންނަކީ އަމިލްލަ އެދުމުން ފޯވެފާވާބައެއް. ބޭނުމަކީ މިޤައުމު ވިއްކާލަފަވެސް އަރާމާ އުފާ ލިބިގަތުން.
ާލަލާަ
14 October 2018
ގައުމު ހިބައިން ދީގެންދޯ އެކަން ވާނީ...ދުންޔާ
އަޙްމަދު
14 October 2018
އެމީހުންވެސް ދެކޭ ގޮތަކަށް އެމީހުންނާއި ދޭތެރެ ދެކޭނީ. އަހަރުމެންނަށް ވިސާނުދިން ބަޔަކަށް އަހަރުމެން ވިޒާ ދޭންވީ ކީއްވެ. ސަރުކާރަށް ގޮވާލަން އިންޑިޔާ އެކަކަށްވެސް އަލަށް ވިސާ ނުދިނުމަށް.
އޮރެންޖް
14 October 2018
އިންޑިއާއިން ވަނީ ރާއްޖޭގެ ބައެއް ނުހައްގުން އަތުލާފަ. އަޅުގަނޑުގެ މުނިކާފަ ނިސްބަތްވާ މަލިކު. 1979ގެ ކުރިން ދިވެހި އެއްވެސް ވެރިއަކު އެއީ އިންޑިއާގެ ތަނެއްގެ ގޮތުގައި ގަބޫލެއް ނުކުރޭ. އިންޑިއާގެ ދަށުގަ މަލިކު އޮތްހާ ދުވަހަކު އިންޑިއާއިން ރާއްޖެއަށް އިތުބާރެއް ނުކުރާނެ. ސަބަބަކީ އިންޑިއާގެ ކުށް އިންޑިއާއަށް އިނގޭތީ. އެހެންކަމުން އެއީ އިންޑިއާގެ މައްސަލައެއް.
އޮރެންޖް
14 October 2018
1977 (ނާސިރުގެ ވެރިކަމުގަ)
ޑާރކް ޕްރިންސެސް
14 October 2018
ދުންޔާ ލަދުނުގަންނަކަން މަގޭ ހިތައްްއަރާ ހުވާ... ލަދުން ބޯ ހަލާކު ... އިންޑިއާއަކީ ރޭޕް ކުރުމުން ހައްދުފަހަނަ އަލާފައިވާ ޤައުމެއް...
ގަރަހިތަ
14 October 2018
އިންޑިޔާއާއި އަދި ދުނިޔޭގެ އެހެން ގައުމުތަކާވެސް ޖައްސާލައިގެން އުޅޭ ފޮރިން ޕޮލިސީއެއް ގެންގުޅުއްވީ ކަމަނާގެ ފޮރިން މިނިސްޓަރު ކަމުގައި ނޫންތޯ؟ އަދި އަޅުގަނޑުމެން ހަނދާންނެތޭހާ ދުވަހެއް ނުވޭ!
ވަހީދު
14 October 2018
ކޮން ހައިސިއްޔަތަކުން ކަމަނާ އިންޑިއާގެ ވެރިންނާއި ބައްދަލު ތިކުރަނީ ދިވެހިދައުލަތުގެ ނަމުގައި. މިތާ ސަރުކާރެއް އެބައޮތް. އިންތިޚާބީ ވެރިއެއް އެބަހުރި. އަމިއްލަ އަމިއްލައަށް ރާއްޖެ ތަމްސީލެއް ނުކުރެވޭނެ. ތީ ގޯހެއް
ބޭބެ
14 October 2018
މިރާއްޖޭގެ މީހުން ނޫޅޭ އިންޑިޔާގެ އިތުބާރު ނެތިގެނެއް!! މިރާއްޖޭގެ މީހުން އުޅެނީ އިންޑިޔާއިން މިރާއްޖެ "އަޅުވެތި" ކުރަން ހޭބޯނާރާ އުޅޭތީ!! އެމީހުން އެބުނަނީ މީ ތިމަންމެންގެ ބެކްޔާޑޭ!! އެހެންވީމަ ވަލު ދޮރޯށީންވެސް މިގައުމުގެ ދާޚިލީކަންތައްތަކުގެތެރެއަށް އަތްބާނާލެއް މަދެއްނޫން!! އެކަން ނުކުރެވުނީ ޔާމީންގެ ސަރުކާރުގައި!! އެމީހުން ޖަހާހާ ބެރަކަށް ޔާމީން ނަށަން ބޭނުންނުވީމަ ދިމާކޮށްލީ!! މިނިވަންކަމާ އެމީހުން އެތޮޅެނީ!!
ރަދީފުލް އައްވަލް
14 October 2018
އިންޑިޔާއާ އަޅަގަނެގެން މިވެރިން އުޅޭތީއޭ މަމަންގެ ސިނކުޑިތައްވެސް އެސްޓައިލަށް މި ހުންނަނީ.