މިނިސްޓަރު މުއިއްޒު ކޯޓު ސަރަހައްދުގައި ހުންނަވަނިކޮށް ދިމާކޮށްލުން-- ފޮޓޯ: މިހާރު
14 އޮކްޓޯބަރ 2018 - 14:30
ފްލެޓް ބަހާފައި ވަނީ ނާއިންސާފުން ކަމަށް ބުނެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ގިނަ ބަޔަކު މިއަދު ދިމާކޮށްލައިފި އެވެ.
ރިޔާސީ އިންތިޚާބް ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން މިއަދު ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމަށް ސަރުކާރު އަދި ޕީޕީއެމުން ގޮސް ތިބި މީހުންގެ ތެރޭގައި މިނިސްޓަރު މުއިއްޒު ވެސް ހިމެނިވަޑައިގަތެވެ. މާފަންނުއާގެއާ ދިމާލު ޕޭވްމަންޓުގައި މުއިއްޒާއި ސަރުކާރުގެ އެކި މަގާމުތަކުގައި އުޅުއްވާ ބޭފުޅުންގެ އިތުރުން ޕީޕީއެމް ސަޕޯޓަރުން ތިއްބެވެ.
އިންތިހާބު ބާތިލްކޮށްފާނެތީ ނުރުހުން ފާޅުކުރަން އެ ސަރަހައްދަށް އެއްވެ ތިބި، އިދިކޮޅު ކޯލިޝަންގެ ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު މިނިސްޓަރު މުއިއްޒާ ދިމާއަށް އެއްޗެހި ކިޔައި އަޑުގަދަކުރަން ފެށުމުން އޭނާ ވަނީ އެ ސަރަހައްދު ދޫކުރައްވައި ވަޑައިގެންފަ އެވެ.
މިނިސްޓަރު މުއިއްޒު ކޯޓު ސަރަހައްދުގައި ހުންނަވަނިކޮށް ދިމާކޮށްލުން-- ފޮޓޯ: މިހާރު
ފުލުހުންނާއި ޕީޕީއެމް ސަޕޯޓަރުންގެ ހިމާޔަތުގައި އާބުރުޒު ހިނގުމުން، ފަރީދީ މަގަށް މިނިސްޓަރު ވަޑައިގެންނެވި ވަގުތު އިދިކޮޅު ކޯލިޝަންގެ ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރަމުން މިނިސްޓަރުގެ ފަހަތުން ވެސް ދިޔަ އެވެ. އެއްވެ ތިބި މީހުން މިނިސްޓަރު ކައިރީގައި ހުރެ އަޑުގަދަކޮށް ނުރުހުން ފާޅުކުރި ނަމަވެސް ހަމަނުޖެހުމެއް ހިންގާފައެއްނުވެ އެވެ.
އިދިކޮޅު މީހުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ ނުހައްގުން ފްލެޓް ދިނުމާއި އިދިކޮޅު ކޯލިޝަނަށް ސަޕޯޓުކުރާ މީހުންނަކީ އެހެން ދީންތައް ރާއްޖެ އަށް ގެންނަން އެހީތެރިވާ ބައެއް ކަމަށް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުފު
16 October 2018
ޥަރަށް ގޮތްކުޑަ މޑޕ މިީހުން
އަޅެފަހެ
16 October 2018
މޑޕ ގަވެސް ޕޕމ ގަވެސް ތިބޭ ގޮތްކުޑަމީހުނާ ގޮތްހުންނަމީހުން.....ނަޝީދަކީވެސް ގޮތްކުޑަމީހެއް ހަމަ...އެކަމް ޔާމީން ގެ ގޮތްކުޑަކަން އަންނި އަށްވުރެ އެތަށްގުނައެއް ބޮޑުކަން މިހާރު ފެންންމުންމިދަނީ.
ަސާރާ
16 October 2018
މީވަރަށް ނާތަހުޒީބު އަމަލެއް! މިފެންވަރަށް އަޅުގަނޑު މެންގެ އަހުލާގު ދިޔެއިމާ ވ ހިތާމަ ހުރި???
އޮއިވާލި
16 October 2018
ތިޔަ ރީނދުލުގެ ޖަމާއަތަކީ ދިވެހިރައްުޔިިތުންނަށް އާބަޔަކަށް ނުވާނެ، ތިޔަމީހުންނަށް ބަޔަކުމެން ނިކުމެގެން 2008 ގެވެރިކަމަށް ގެނަސް އެލިބުނު 2އަހަރަކާއި ބައިދުވަހު ތިޔަމީހުންގެ އިކޮނޮމިކް މިނިސްޓަރ ޔާމީނު ޢަބުދުލް ޤައްޔޫމަށް ހެލޯ ޖަހާލީމާ މަގުމަތިން އެނިޔާޒު ހިފެހެއްޓައިގެ ގޮސް ތިޔަމީހުންގެ ހަރުގެއަށް ވައްދައިގެން ތަޙްޤީޤުހިންގަންފެށީ! އަދި ފެށުނީ ކިރިޔާތިޔަ! ކަންތައްއޮންނާނެ. ދެންފެންނާނީ އުފާފާޅުކުރާ ޖަގަހަ ލޮނުޒިޔާރަތްކޮޅުގައި ޖެހިތަން.
ޅިޔަނާ
15 October 2018
މުއިއްޒުގެ މައްސަަލަ ބެލޭނެ ދުވަހެއް އެބަ ޢާދޭ
ރައްޔިތުމީހާ.
15 October 2018
ދިވެހިންގެ ގޮތެއް ނެތްކަން ތިދައްކައިދެނީ. މިނިސްޓަރަކު އާންމު ކިއޫއަކަށް އެރީމާ އެބޭފުޅާ އެޤަބޫލުކުރައްވަނީ ތިމަންނާއަކީވެސް ޢާންމުންގެ ތެރޭގައި ހިމެނޭ ހަމަހަމަ މީހެކޭ. އެފަރާތަށްވެސް ކިއުގައި ހުރެގެން ޚިދުމަތް ލިބުމުގެ ޙައްޤު އޮންނަންވާނެ. ތިތަނުން އެހެންމީހަކު ތިހެން ފަހާލިނަމަ ނޫހަށް ތިވާހަކަ އަރާނީ ވަރަށް ހުތުރުކޮށް ކަމަށްފެނޭ. ތިކަމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް. ހައުސިންގ މިނިސްޓަރަކީ ހިންގުންތެރި ބޭފުޅެއްކަން ވަނީ ދައްކައިދީފައި.
ހަސަނު
15 October 2018
މުއުއްޒު އަށް ތިޔަ ދިމާވީ ދުސްތޫރީ މައްސަލަ އަކާހެން މަށަށް ހީވަނީ.. ދުސްތޫރު ގާ ބުނަނީ ރައްޔިތުން ކަމަށް ބާރުތަކުގެ އަސްލު ވެރިންނަނީ....
ވިސްނަވާ
15 October 2018
އެއީ އަކީ ބާރުގެ ބޭނުން ކުރުމެއްނޫން. ހަޔާތްކުޑަކަން ދެއްތޯ؟
ދޮންބީފާނު
16 October 2018
ކަލެއަށް ބާރުވެރި ފަރާތަކީ ކޮބައިކަން އޮޅުން ފިލުވައިދޭން މީހަކު ހޯދަން އެބަޖެހޭ. ދުސްތޫރު ރަނގަޅަށް އޮޅުން ފިލުވައިދޭން އެބަޖެހޭ. ބާރުވެރި ފަރާތުން ވަނީ އަޚްލާޤު ހުތުރު މީހުންގެ ކިބައިން އެކަހެރި ވެގަތުމަށާއި އެފަދަ މީހުންގެ ނިކަމެތި ކަމުގެ ވާހަކައިން އަންގަވާ ދެއްވާފަ. ކަލެއަކަށް ނޭނގޭނެ މިކަހަލަ ކަންކަމެއް. އޯލްޓަނޭޓިވް ނެރޭޓެއް ހޯދަން އުޅޭ މީހުން އުޅޭނީ ތިފަދަ ހާލެއްގަ. މައިންބަފައިން އެބަތިބިތަ ދުނިޔޭގަ؟
ދުރުމި
15 October 2018
އެމް.ޑީ.ޕީ ވެރިކަމުގައި މުޅިންވެސް ފުލެޓް ދިނީ އެމް.ޑީ.ޕީ މީހުންނަށް، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޤު ބުނީ ތިމަންނަމެންގެ ޕާޓީގެ ކުދިންނަށޭ ފުލެޓް ދޭނީ... މުއީޒު ވާ ރަނގަޅުތަ؟ އެމް.ޑީ.ޕީ ކުދިންނަށްވެސް ފުލެޓް ދިނެއްނު!!!!!!
ރައްޔިތުމީހާ.
15 October 2018
އާދެ. އަހަރެމެން ޕީޕީއެމްގެ ސަރުކާރުގައި މަސައްކަތްތައް ކޮށްދޭން ތިބި އެތައް ބަޔަކު މިތިބީ ހުސްއަތާ. އެކަމަކު އެމް.ޑީ.ޕީގެ ބޮޑެތި މަޝްހޫރު އެކްޓިވިސްޓުންގެ ޢާއިލާތަކަށް އެއްކޮށްވެސް އެބަހުރި ފްލެޓުތައް ލިބިފައި. އަހަރެމެން ނުބުނާނަން އެއީ ބޭއިންސާފެކޭ. ލިބެންޖެހޭ ރައްޔިތުންނަށް ދޭންވާނީ ފުރަތަމަ. އެކަމަކު މައްސަލައަކީ ބޭއިންސާފޭ ކިޔައިގެން އަނގަގަދަކުރާ މީހުން ފާޅުގައި ބުނެފަ ބޭއިންސާފުން ކަންކޮށްފައި އޮތީމަ.
މިރަށުމީހާ
16 October 2018
'ރައްޔިތުމީހާ.'ގެ ކޮމެންޓް ފެނިފަ ކިރިޔާ ހޭނުނެތުނީ. ދިވެހިންގެ ވިސްނުންކޮށިކަމާއެވެ ނުނީ ހަމަ ނުބައިކަންބޮޑީ. އެމްޑީޕީން ދައުލަތަށްވީ ހިޔާނާތަކީ ބޭއިންސާފެއްކަމުގައި ނުދެކި ޕީޕީއެމްއިން ހަމަ އެގޮތަށް ވަށްކަންކުރުމަކީ އިންސާފެއްކަމަށްދެކޭ މީހާގެ ސިކުނޑީގެ ބަދަލުގައި އިނީ ކޮންއެއްޗެއްބާ. ތިވިސްނުން އަންނަން އޮތްޖީލަށް ވާރުތަވެއްޖިއްޔާ ގައުމުގެ ހާލަތަށް އަންނާނެ ބަދަލުވިސްނާލަބަލަ.
ޝާއިރާ
15 October 2018
ސަރުކާރު ހިންގަން ތިބޭ މީހުންނަށް އަބަދުވެސް ޒިންމާ ނަގަން ޖެހޭނީ، އެކަން ހަނދާންކޮށްގެން މީހުންނާއި ދިމާކުރާތި. އިބްރާހިމް ރައީސަކަށް ހުންނަ އިރު އަހަރުމެން ވެސް ކުރާނެ ކަންކަން މަދެއް ނުވާނެ. ގަޔަށް ގުއި ލެވޭވަރު ކޮށްލާނަން.
ވަހީދު
15 October 2018
އެމްޑީޕީގެ ފެންވަރު
އުނބުށެން
15 October 2018
އިންސާފުން ކަންކުރާކަން ދައްކަންބުނީ އެކި ބައިބަޔަށް އެކި ޢަދަދަށް ފްލެޓް ދޭ ކަމަށެވެ. އިންސާފުން ދޭ އެއްޗެއްނަމަ އެންމެ ބޮޑަށް ބޭނުންވާ މީހާ ދެނެގަނެވޭނެ ކަންކަމަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް ދެމުންއައިސް އެންމެ ފަހުން ފްލެޓްލިބޭ ޕޮއިންޓް ޢަދަދު ލިބޭމީހުން ފްލެޓްގެ ޢަދަދަށްވުރެ ގިނަވާނަމަ ކުރީގައިވެސް ކަންކުރިހެން ގުރުލާންވީ ނޫންހެއްޔެވެ. މިއިންވެސް އެނގެނީ ބޭނުންބަޔަކަށް ދޭން އުސޫލު ކަނޑައަޅާފައިވާކަމެވެ.