17 އޮކްޓޯބަރ 2018 - 22:01
ރައީސް އަބްދުﷲ ޔާމީން ރާއްޖެ އިން ބޭރަށް ވަޑައިގެން ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން އެ މަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިރޭ ދޮގު ކުރައްވައިފި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން މިރޭ ވަނީ ރައީސް ޔާމީނަށް ކޮރަޕްޝަނާއި އެހެނިހެން ބޮޑެތި ތުހުމަތުތަކެއް ކުރެވެމުން ދާއިރު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ބުނެ އެކަން ހުއްޓުވުމަށް އެދި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ތަރުޖަމާން މުއާޒު މިރޭ ވިދާޅުވީ ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި ތުހުމަތުތަކެއް ކުރެވޭ ނަމަ އެ ކަންކަން ބެލުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
Raees Yameen beyrah vadaigathun huttuvai dhinumah edhi fuluhah hushahalhaifi
The most trusted news source in the Maldives
Mihaaru
ރައީސް ޔާމީން ފުރާވަޑައިގަތުން ހުއްޓުވައި ދިނުމަށް އެދުން--
"ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް އެ މަނިކުފާނާ މެދު ކުރެވޭ ތުހުމަތުތަކަށް އެއްބާރުލުން ދެއްވި ދެއްތޯ. އަށް ސަތޭކަ މިލިއަން ޑޮލަރުގެ ތެލުގެ މައްސަލައިގައި މަޖިލީހުގައި ވެސް ޖަވާބުދާރީވެ ވަޑައިގެންނެވި ދެއްތޯ،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެ މަނިކުފާނުގެ އަބުރު ކަތިލެއްވުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.
މިމަހު ހަތަރު ވަނަ ދުވަހު ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުން އެކަމަނާ ފިއްލެވީ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނި ކަމަށާއި ނަމަވެސް އެއީ ދޮގެއްކަން ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މެޑަމް ފާތުން މާދަމާ ހެނދުނު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުތާ
18 October 2018
ރައީސް ޔާމީން ނަހަލާލު ފައިސާވެސް ގެއަކަށް ނުވައްދާނެ ޔަގީން
ޕާރާ
18 October 2018
ކިލޭ ފިލައިގެން ދެވޭކަށް މިހާރަކު ނޯނަނާނެ ހިފާހަތްޔަރު ކުރުވާނަން ރާއްޖެއަށްވީ ގެއްލުމުގެ ބަދަލް ހޯދަން ބޭނުން އެންމެނާވެސް އިންސާފް އަރާހަމަކުރާނޭ ވިދާޅުވީވެސް ކަލޭނުން
އޭމަ
18 October 2018
ތަރުޖަމާނު ކަމެއްނުކުރާނެޔޭ ބުނީމަ އެގޭމާނަޔަކީ އެކަމެއް ކުރާނެކަން ޔަގީނޭ.
އީމަން
18 October 2018
އިބްރާހިމް މުއާޒް އަލީ ބުންޔޭ ކިޔާފަ ތިވާހަކަ ގަބޫލު ކުރާނެ އެކަކުވެސް ނެތެވެ. މަގުމަތީ ސާބިތު ނިހިފޭ ވާހަކަ ގޮވަން އަދިވެސް ނިކުންނާށެވެ.
ބައްޔެއް!
18 October 2018
ތަރުޖަމާނު ދައްކާ ވާހަކަ އެންމެ ގަބޫލުކުރެވެނީ.
މުޙުއްމާ
18 October 2018
ތަރުޖަމާނު ކަހަލަ މޮޔައިން ދައްކާ ވާހަކަ ޤަބޫލް ކުރާ ބަޔަކު މިރާއްޖެއަކު މިހާރު ނުއުޅޭ.
މަމެން
18 October 2018
ނުފިއްލަވާނެ ސީދާ ޖަލަށް ވަޑައިގަންނަވާނީ
އިބްރާ
18 October 2018
އަދިވެސް ފިލާނެކަމަށް ބެލެވެނީ ކޯލިޝަނުގެ މީހުންކަމަށް ބެލެވެނީ
ސަންސީ
18 October 2018
ރޔ އާއި އެކުވެރިން ދައްކާވާހަކަ އަށް އިތުބާރުކުރާކަމަށް ދައްކަނީ %41 މީހުން. މިހާރު އެޕަރސެންޓޭޖްވެސް ދެބައިކުޅައެއްބަޔަށް ތިރިވެދާނެކަމަށް ލަފާކުރެވޭ.
އުނބުށެން
18 October 2018
ގެއްލޭ އެއްޗެއްގެ ބޮޑުކަމުން ދުނިޔޭން މޮޔަވެގެން އުޅޭމީހަކު ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު ނޫޅެއެވެ. ކަމެއް ކުރަންޏާ ބޮލަށް ފަރުވާކުރެވޭތޯ ބަލާށެވެ. އަދީބަށް 500 ޕަސެންޓް އިތުބާރު ކުރާކަމަށް ބުނިތާ މާގިނަ ދުވަހެއްނުވެ ހުރިހާކަމެއް އޭނާގެ ބޮލަށް ކަނޑާލާފައި ޖަލަށްލިއެވެ. ސްޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރަން ވިސްނަނީކަމަށް ބުނެފައި އެތަނުގެ ފުރާޅުންޓިނުނެގީއެވެ. ނަތީޖާ ގަބޫލުކޮށްފީމޭ ބުނެފައި ވޯޓުއޮޅުވާލީއޭ ކިޔައިގެން ދިޔައީ ކޯޓަށެވެ.