ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދު ދައްކާލުމަށް ހުޅުމާލޭގައި ބޭއްވި ހިނގާލުމެއް. - ފޮޓޯ: ޕީޕީއެމް
18 އޮކްޓޯބަރ 2018 - 14:18
ހުޅުމާލޭގައި ހުންނަ ޕީޕީއެމްގެ އެއްވެސް ޖަގަހައަކަށް ސީރާ އިން ހިދުމަތްދީފައި ނުވާނެ ކަމަށާއި ކެއުންތައް ތައްޔާރު ކޮށްދީފައިވާނީ އެޗްޑީސީގެ މުވައްޒަފުންނަށް ކަމަށް ސީރާ އިން މިއަދު ބުނެފި އެވެ.
ފުޅާ ދާއިރާއެއްގައި ކޭޓަރިންގެ ހިދުމަތް ދެމުން އަންނަ ސީރާއަކީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކާއި ބޭންކުތަކުގައި އުޅޭ މީހުންނަށް ކެއުމުގެ ހިދުމަތް ދެމުން އަންނަ މާލޭގެ މަޝްހޫރު ކުންފުންޏެކެވެ. ހުޅުމާލޭގައި ސީރާގެ ހިދުމަތް ދެނީ ވަކި ކުންފުންޏަކުންނެވެ.
ހުޅުމާލޭގައި ހުންނަ ޕީޕީއެމްގެ ޖަގަހަތަކަށް ކޭޓަރިންގެ ހިދުމަތް ސީރާ އިން ދިން ކަމުގެ އަޑުތައް ފެތުރިފައި ވިޔަސް، އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ސީރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ކެއުމުގެ ހިދުމަތް ދިނީ އެޗްޑީސީ އަށް އެކަންޏެވެ.
އެގޮތުން، މިދިޔަ ޖުލައި މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި ރިޔާސީ އިންތިޚާބު ބޭއްވުމާ ހަމަ އަށް، އެޗްޑީސީގެ މުވައްޒަފުންނަށް ކެއުންތައް ތައްޔާރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން މަސް ދުވަހަށްވާ ފައިސާ އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އެޗްޑީސީން ސީރާ އަށް ދައްކަން އޮތީ 168،000ރ. ރުފިޔާ އެވެ.
"އަޅުގަނޑުމެން ބުނިން އެޗްޑީސީ އަށް ކެއުން ތައްޔާރުކޮށްގެން ފޮނުވައި ދޭނަމޭ. އެކަމަކު އެ މީހުން އެއްބަސްވީ ސީރާ އަށް ގޮސްގެން އެ ތަކެއްޗާ ހަވާލުވާން. އެހެންވެ، އެޗްޑީސީގެ ލޮރީއެއް ކޮންމެ ދުވަހަކު އަންނާނެ ތަކެތި ބަލާ. އެ ލޮރީގައި ޖަހާފައި އޮންނަނީ އެޗްޑީސީ،" އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ލޮރީ ދިޔަ ދިމާލެއް ބަލައިފައެއް ނުވާނެ. އެކަމަކު، އެ ތަކެތި ރިޔާސީ އިންތިހާބުގެ ތެރޭގައި ޖަގަހަތަކަށާއި އެކްޓިވިސްޓުންނަށް ގޮސްފައި ހުރެދާނެ. އެކަމުގައި އަޅުގަނޑުމެން އަމަލުކުރީ ވިޔަފާރި ކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން،"
އެޗްޑީސީން ބުނީ އެ ކުންފުނިން އޯޑަރު ކުރި އެއްވެސް ކާއެއްޗެއް، ޕީޕީއެމްގެ ޖަގަހަތަކަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. އެކަމަކު، ސީރާ އަށް އެޗްޑީސީން ދައްކަން ޖެހޭ ފައިސާއާ ގުޅޭ ގޮތުން އެ ކުންފުނިން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ނަމަވެސް، ސީރާގެ އޮފިޝަލް ވިދާޅުވީ އެ ފައިސާ ވީ އެންމެ އަވަހަކަށް ދެއްކުމަށް އެޗްޑީސީން ރޭ އެއްބަސްވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައައްމަޑޭ1
19 October 2018
ތީ އިސްތިހާރަކާ ވައްތަރީ. ތިޔަ މ.ޑިރެކްޓާއަކީ އެކަހަލަ ކަންތައް ކުރާ މީހެއް ކަމަށްވަނީ.
ތެމާ
19 October 2018
މީސީރާއާކޮންކަމެއް އެމީހުންނަށް އޯޑަރު ލިބުނީމާ ހަދާފަ އޯޑަރުދިންމީހާއަށް ދޭނީ އެމީހުން ނުބަލާނެދޯ ކެއީކާކުތޯ އަދި ބަލާކަށް ނުވެސްޖެހޭ
__ޓީނު އަދުރޭ
19 October 2018
ޚިޔާނާތްތެރިން ސީރާ ކައިގެން އިބޫ އަށް ވޯޓު ދިނީ
ޢަބްދުﷲނާފިޒް
19 October 2018
"އެޗްޑީސީގެ ލޮރީއެއް ކޮންމެ ދުވަހަކު އަންނާނެ ތަކެތި ބަލާ. އެ ލޮރީގައި ޖަހާފައި އޮންނަނީ އެޗްޑީސީ،" އޮފިޝަލް ވިދާޅުވި އެވެ. ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 23 ގައި ރިޔާސީ އިންތިޚާބު ބޭއްވުމާ ހަމަ އަށް، އެޗްޑީސިގެ މުވައްޒަފުންނަށް ކާންދޭން ޖެހުނީ މުވައްޒަފުންގެ ގޭގަހުރި ފުޅިން ގޭސްހުސްވެފަ ހުރީބާ! އެޗްޑިސީ ޖަހާފަ ހުރި ލޮރީތަކުގަ ހުޅުމާލޭގަ ހޮޅިޖަހާ ދިދަފަތި ދަމާ ބެނާ ދަމާ ހެދީވެސް، އެއީ އެޗްޑީސީގެ މޭންޑޭޓުގަ ހިމެނޭ ކަންތައްތައްބާ!
މެސީ
18 October 2018
ތިޔައްވުރެ ސްމާޓް ދޮގެއް މިހަކަށް ނުހެދޭނެ
ހެޗްޑިސީ އަކަށްނޫ
18 October 2018
ހެޗްޑިސީ އަކަށްނޫ އެތާނގެ ޤާނޫނާޙިލާފުން އަމަލުކުތި ހުރިހާ މުއަޒަފުން!
ހުއްޓުވާ
18 October 2018
ދީގެންނުވާނެ. ކޮރަޕްޝަން
ޙަގީގަތް
18 October 2018
ޙަމަ ކަޑަަަޢެޅިގެން ދޮގެޢް.އެގިގެން މިބުނަނީ ޕީޕީއެމް ޖަގަހަަށް ގެންދަނީ
ބަނާނާ މޭން
18 October 2018
ސީރާ އޯކޭ، ވިޔަފާރި ބުރޯ، އޯޑަރުދީފަ ލާރިދޭން އެއްބަސްވީމަ ސީރާނުޖެހޭދޯ ބަލާކައްކާކުތޯ ކަނީ. ޑަސްބިނައް އެޅިޔަސް ސީރާއައް ކޮންކަމެއް. ހުރިހާވިޔަފާރިވެރިން ވެސްލިބޭ ވަގުތުގެ ބޭނުން ހިފާނެ.
ދާދޭ
18 October 2018
ސީރާއިންވެސް ދޮގެއް ހަދާލީ. ކަނޑައެޅިގެން އެނގޭނެ ތަކެތި ގެންދަނީ ޕޕމ ގެ އެކްޓިވިސްޓުންކަމާއި ކަނީވެސް އެތަނުގައި ކަން. ފޮރުވަނީ. ކާކު ސަލާމަތް ކުރާނަމޭ ހިތާތަ؟
ހަބޭސް222
20 October 2018
ސީރާ އެބުނަނީ ރަނގަޅަށް، ސީރާ މުޢާމަލާތެއް ނުކުރޭ ރައީސް ޔާމިންގެ ކެމްޕެއިން އޮފީހަކާ، ސީރާއިން މުޢާމަލާތްކުރީ އެޗްޑީސީ ކިޔާ ކުންފުންޏަކާ. އުޞޫލެއްގެ ގޮތުން ސީރާ ބަލާކަސް ނުޖެހޭ އެއީ ކޮން އިވެންޓަކަށް ކުރާ ޚަރަދެއްތޯ!
ބިލެއް
18 October 2018
ދެން ކޭޓަރިން އަކަށް އޯޑަރު އައިމަ އެ އޮފީހުން ކަނީ ކޮންބައެއްތޯ ތަހުގީގެއް ނުކުރާނެކަންނޭގެ އެއްވެސް ކުންޖުންޏަކުން. އަހަންނަކަށް ނޭގެ ސީރާއިން މިކަމެއް ހިންގީ ބައިވެރިވެގެން ކަމެއް ނޫންކަމެއް. އެކަމަކު މަށަށް ވިސްނޭ އެއްޗަކީ ދައުލަތުގެ ކުންފުންޏަކުން ވަކި އަދަދަކަށް ޕާރްސަލު އޯޑަރު ކުރީމަ އެކަން ތަހުގީގު ކުރާކަށް ނޫޅޭނެކަން.