ހުޅުމާލޭގައި ހިންގާ އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ކައިރިއަށް މީހުން އެއްވެފައި. އެތަން ބަންދު ކުރުމަށް އެޗްޑީސީން ވަނީ އަންގާފައި
06 އޯގަސްޓް 2018 - 18:55
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީީސީ)ގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިންގާ ކަމަށް ބުނެ އިިއްޔެ ޖޫރިމަނާ ކުރި އިދިކޮޅު ކޯލިޝަންގެ ޖަގަހަ ހުއްޓާލުމަށް އެ ކުންފުނިން އެންގުމާ އެކު، އެ ތަން މިއަދު ބަންދުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ސިޓީ އިއްޔެ ލިބުމާ އެކު، އެ ޖަގަހަ ބަންދުކުރީ އެ ތަން ހިންގާ މީހުން އަމިއްލަ އަށެވެ.
ހުޅުމާލޭގައި އިދިކޮޅު ކޯލިޝަންގެ ދެ ޖަގަހައެއް ހިންގަ އެވެ. އޭގެ ތެރެއިން 10،000 ރުފިޔާ އިން އިއްޔެ ޖޫރިމަނާކޮށް، ބަންދުކުރަށް އެންގީ ނިރޮޅުމަގުގައި ހުރި އަމިއްލަ މީހެއްގެ އިމާރާތެކެވެ.
އިދިކޮޅު ކޯލިޝަންގެ ޖަގަހަ ހިންގާ އެ އިމާރާތުގެ ވެރިފަރާތަށް އެޗްޑީސީން އިއްޔެ ފޮނުވި ސިޓީ ގައި އަންގާފައިވާ ގޮތުން، އެ ގޯތީގެ ތެރޭގައި އިމާރާތް ކޮށްފައިވާ ތަން ބޭނުންކުރުން ހުއްޓާލުމަށް ދީފައި ވަނީ އެއް ދުވަހުގެ މުއްދަތެވެ. އެހެންވެ، އެ ސިޓީގައި އަންގާފައިވާ ގޮތުގެ މަތިން، އެ އިމާރާތް [އިދިކޮޅު ޖަގަހަ] މިއަދު ހެނދުނުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ.
އެޗްޑީސީން، އިމާރާތުގެ ވެރި ފަރާތަށް އަންގާފައި ވަނީ، އެ ޖަގަހަ ހިންގަމުން ދިޔައީ، އެ ކުންފުނިން ނަގަން ޖެހޭ 'އިމާރާތް ބޭނުން ކުރުމުގެ ހުއްދަ' ނުނަގައި ކަމަށެވެ. އަދި އެ ހުއްދަ ނެގުމަށް އެކި ފަހަރު މަތިިން އަންގާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެ އެވެ.
ޖަގަހަ ހުއްޓާލަން އެޗްޑީސީން މި އެންގީ، ޖޫރިމަނާ އެ ތަނުގެ ވެރިފަރާތުން ދައްކާފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި، ޖަގަހަ ހިންގާ އިމާރާތުގެ ވެރިމީހާ އަށް އެޗްޑީސީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ޖަގަހަ ބޭނުން ކުރަމުން ދަނީ ހުއްދަ ނުހޯދާކަން އެ ކުންފުންޏަށް ފާހަގަވީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުރި ސާވޭއަކުންނެވެ.
މީގެ އިތުރުން، ރެހެންދި ސްކޫލް ކައިރީގައި އޮތް އަމިއްލަ މީހެއްގެ ބިމެއްގައި ކޯލިޝަންގެ ޖަގަހައެއް ހުޅުވީ ހުއްދަ ނުހޯދައި ކަމަށް ބުނެ، އެ ހުއްދަ ހޯދަން އެ ގޭގެ ވެރިފަރާތަށް އެޗްޑީސީން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އަދި ހުއްދަ ނުހޯދާ ނަމަ، އެ ގޭގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ބިންތަކަށް ވަންނަ ނަމަ، އެޗްޑީސީގެ ގަވައިދާ އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އެކަމަކު އަމިއްލަ ބައެއްގެ ބިންތަކެއްގައި އިދިކޮޅު ކޯލިޝަންގެ ޖަގަހަތައް ހެދީ އެ ހުއްދަ ނެތި ކަމަށް އޭނާ ވިދާޅުވި އެވެ. ހުޅުމާލޭގައި ހުއްދަ ނުހޯދައި އެއްވެސް ފަރާތަކުން ޖަގަހައެއް ހިންގާ ނަމަ، އެ ކުންފުންޏަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހުޅުމާލޭގައި ޕީޕީއެމްގެ ޖަގަހަތައް ހިންގަނީ ވެސް އެޗްޑީސީގެ ހުއްދަ ހޯދުމަކާ ނުލަ އެވެ. އެކަމަކު އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ޕީޕީއެމްގެ ހުރިހާ ޖަގަހައެއް ވެސް ހިންގަނީ ހުއްދަ ހޯދައިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައުހަމަދު އަޔަޒު
07 August 2018
ކޮމެދުވަަހަކުވެސްމިހަަރު
ތޮލާލް
07 August 2018
އަމިއްލަގޭގަ އެމް.ޑީ.ޕީ ދިދައެއް ދެމިޔަސް ހުއްދަހޯދަންޖެހޭނެ ، އެހެންނޫނީ ޖޫރިމަނާ......!
އަބުދުﷲ ޔާމީން
07 August 2018
ހުޅުމާލެ ތީ މިނިވަންކޮށް ދިވެހި ދަޢުލަތުގެ ތެރެއަށް ގެންނަންޖެހޭތަނެއް! މިހާރު ތި ހުޅުމާލެ ހީވަނީ އިސްތިޢުމާރީ ކުންފުންޏަކުން ހިންގާތަނެއްހެން! ވ. ބޮޑަށް އޮޅިގެން ތިއުޅުއްވަނީ ރައީސް މަޢުމޫނުގެ ޕުރޮޖެކްޓެއްތީ! މިސަރުކާރުގެ އެއްވެސް ހިއްސާއެއް ނޯންނާނެ!
ބޮޑުހުސޭނު
07 August 2018
މިއަށް ކިޔަނީ އައްޗީޑީ! ކަލޭމެންވެސް ކުޅޭށޭ އަހަރުމެންވެސް ކުޅޭނަމޭ. އެކަމަކު ކަލޭމެންނަށް ކުޅެވޭނީ އެއްފަޔާއި އެއް އަތް ބަނދެގެންނޭ! ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ވިއްޔަ.
ރަނގަޅު
07 August 2018
ވަކި އުސޫލު ތަކެއް ހަދާފަ ހުންނަނީ ކަމަކު. ޖަހައެއް ނޫން ކޮންމެ ތަނެއްވެސް ބަންދު ކުރާނެ ހުއްދަ ނު ނަގާ ހުރޭއާ.
އުސޫލު
07 August 2018
އުސޫލު ހަދާފަ އުސޫލު ހިނގަނީ ވަކި ބަޔަކަށްތަ؟
ސައްލެ
07 August 2018
ހުޅުމާލޭގައި ހިންގާ ހުރިހާ ޕީޕީއެމްގެ ޖަގަހަތަކެއްވެސް ހިންގަނީ އެޗްޑީސީ މުވައްޒަފުން. އެތަންތަން ހަދަނީ އެޗްޑީސީ މުވައްޒަފުން އެޗްޑީސީ ތަކެތީގަ. ހުޅުމާލޭގަ ކިތައްމެ ވަރަކައް ދައްކަންވެގެން ދިދަދެމިޔަސް ހުޅުމާލޭގަ ޕީޕީއެމްގެ ތާއިދެއްނެތް. ވަޒީފާގެ ބިރައް ނޫނީ ކޮންމެވެސް މަޖުބޫރުކަމެއް އޮވެގެން. ނޫނީ ސަރުކާރުގެ ކަންކަން ހުންނަގޮތުން ކޮންމެވެސް އެއް ހޯދުމަށް. މީކީ އަހަރެން ދައްކާ ވާހަކައެއް ނޫން މީ ޕީޕީއެންގެ ކަންކަމުގަ އުޅޭ މީހުންގެ ވާހަކަ. އަދި ބުނަން ސުލުހަވެރިކާމާއެކު އިދިކޮޅު ފަރާއްތަކައް ހިނގާލުމެއްގެ ފުރުސަތުދިނަސް ތާއިދު ފެންނާނެ. ވ.ސަލާން
އަލަ
07 August 2018
ހުއްޓުވާފަ ބަހައްޓާ އިތުރު ގޮތެއް ޔާމިނަކައް ނެއް. މީހުންގެ ލޯތަކައް ޕިންކް ކުލަ އެކަނި މިރާއްޖޭގަ އޮތްކަން ދައްކަން ތިހެން މަސަތްކަތް ކުރެވިދާނެ އެކަމް ހިތުގަ އޮތް އެއްޗެއް ބަދަލެއް ނުވާނެ. ޔާމީނުދެކެ ފޫހިވާ އެއްސިފަ ތީ. ޑިކްޓޭޓަރ އެއްގެ ހުންނަ ސިފަތައް
ހަބޭސް222
07 August 2018
ތި ސަކަރާތް ޖަހަން ދެން އޮތީ 49 ދުވަސް، ރައްޔިތުންގެ އަތަށް މުގުރުބުރި އަންނާނެ، އޭރުން ރައްޔިތުން ހަދާނީ ހަދާނެ އެއްޗެއް، ޑިކްޓޭޓަރ ބުނާގޮތެއް ހަދާކަށް ނުޖެހޭނެ!
ދޮންބީފާނު
07 August 2018
ރަނގަޅު. ހުއްދަ ނުހޯދާ ހިތުހުރިހާ ގޮތަކަށް އުޅެވޭނެ ކަމަށްތަ؟ ބަލަ އަހަރުމެން ޔާމީނަށް ތާއީދު ކުރަނީވެސް ކަލޭމެން ބައިގަނޑު މައިތިރި އަރުވަލާފަ ބާއްވާތީއޭ
ޥަސް
07 August 2018
މިޖަގަހަތައް ހަދާފައިހުރީ ހަދަމުންދާ އަދި ނުނިމިހުރި އިމާރާތް/ފުލޯރ ތަކެއްގައި. ޢެޗް.ޑީ.ސީ އިން ހުއްދައެއް މިތަންތަނަކަށް ނުދޭނެ. ހުއްދަ އަށް އެދޭށޭ އެޗް.ޑީ.ސީ އިން ބުނަނީވެސް ނުދޭނެކަން އެނގިތިބެ. މިއީ ވަގުތީ ގޮތުން އެތަންތަނުގެ ބޭނުމެއްކޮށްލުން. މިގޮތަށް ވަގުތީ ބޭނުން ހުޅުމާލޭގެ ތަންތާގައި ކުރޭ. ޢެކަމަކު މިތަންތަން ތަފާތު މިކުރަނީ.