ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން އީސީން މެމްބަރުންނާ މަޝްވަރާ ކުރަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
18 އޮކްޓޯބަރ 2018 - 13:48
ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީތަކަށް ދީފި އެވެ.
މަޖިލިސް އިންތިޚާބު އަންނަ މާޗް މަހުގެ ތެރޭގައި ބާއްވަން އީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި 85 މެމްބަރުން މިހާރު ތިއްބަވާއިރު މާލޭގެ 13 ދާއިރާއަކުން މެމްބަރުން ތިއްބަވަ އެވެ. ދާއިރާގެ އަދަދު 14 ނުވަތަ 15 އަށް އިތުރުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮތް ކަމަށް އީސީން ބުންޏެވެ.
"ޕާޓީތަކުން ކަނޑައަޅަންވީ މިހާރު އޮތް އަދަދަށް ދާއިރާތައް ބާއްވާނީތޯ ނުވަތަ ދާއިރާތައް އިތުރުކުރާނީތޯ. މި މަހުގެ 21 ގެ ކުރިން ގޮތެއް ނިންމުމަށް އަޅުގަނޑުމެން ވާނީ ޕާޓީތަކަށް ސިޓީ ވެސް ފޮނުވާފައި،" އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި އެވެ.
އީސީން ބޭއްވި ބައްދަލުވުމުގައި މާލޭ ދާއިރާތަކުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަލީ ނިޝާތު/މިހާރު
މާލޭގެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން އެ ކޮމިޝަނުން މިއަދު ވަނީ މަޖިލީހުގައި މާލެ ތަމްސީލް ކުރައްވާ ބައެއް މެމްބަރުންނާ އެކު މިއަދު ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ. އެ ބައްދަލުވުމުގައި އިދިކޮޅު ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވިއިރު، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ބައިވެރިވެވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެކަންޏެވެ.
މާލޭގެ ދާއިރާތައް ތަމްސީލްކުރައްވާ ބައެއް މެމްބަރުން އިލެކްޝަންސް ކޮމިޝަންގައި. --ފޮޓޯ: އަލީ ނިޝާތު/މިހާރު
ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ކަނޑައަޅައި އަންގަން ޕާޓީތަކަށް އީސީން ވަނީ ސިޓީ ވެސް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަޑިމޭން
19 October 2018
މިހާރު މި އޮންނަ ގޮތައް ބޭކާރު ރައްޔިތުންގެ މަޖިލީހެއް ދިވެހިރާއްޖެއަކަށް ބޭނުމެއް ނުވޭ. އޭގެ ބަދަލުގައި ރާއްޖޭގެ 20އަތޮޅަށް 20މޭޔަރުން ލާފަ ސަރަހައްދުތައް ތަރައްޤީ ކުރުމަށާ، ޤާނޫނާ ޤަވާއިދުތައް ހެދުމަށާ، ބަޖެޓް ފާސްކުރަން ބޭތިއްބީމަ މާރަނގަޅުވާނެ، މޭޔަރުންގެ މަސައްކަތް އިވެލުއޭޓްކޮށް އެމީހުނާ ހަވާލުކުރެވޭ ލަނޑުދަނޑިތަކަށް ވާސިލް ނުވެވޭނަމަ އޮޓަމެޓިކުން މަޤާމުން ވަކިވާގޮތައް ހަމަޖެއްސުމަކީ ޔަޤީނުންވެސް އެމީހުން ޒިންމާ އަދާކުރާނެ ކަމެއް.
ްއަފްރާދު
19 October 2018
ބޮޑު ލަދެއް ! މަ ދެން ކޮމެންޓަ ކުރުން ހުއްޓާލީ ! މި އާޓިކަލްއަށް މަ ކުރިން ކުރި ކޮމެންޓަށް އެންމެންވެސް ޖަހަނީ އަންލައިކް !
މޮޔައިންގެ ސިޓީ އައްޑޫ ސިޓީ
18 October 2018
އައްޑޫ ސިޓީ ވިއްކާލާށެވެ. އަދި އެ ސިޓީގެ ރައްޔަތުންވެސް އަޅުންގެ ގޮތުގައި ޗައިނާޔައް ވިއްކާލާށެވެ.އެއީ އެއްވެސް ބޭނުމެއްނެތް ބޭކާރު ސިޓީއެކެވެ. ވަރައްވެދުން!
ޟިސާ
18 October 2018
މުސާރަ ކުޑަކުރޭ
މީވީގޮތޭ
18 October 2018
މޫސައަކަސް ދެން މާލޭދާއިރާއިން އަހަރުމެން ނުހޮވާނެ މީހުން ބައިވެރި ކުރުމުގެ ބޭނުމެއް ނެތެވެ. ނިހާނު ނައީ އޭނައަށް އެކަން އެގޭތީއެވެ.
ގެއްލުން
18 October 2018
މަޖުލީހުގެ 5އަހަރުގެ ދައުރެއް ފުރިހަމަކުރާ މީހަކަށް މުޅި އުމުރަށް މުސާރައިގެ ދެބައިކުޅައެއްބައި ދެނީ ކީއްވެ. ސިވިލްސާވނޓުން 50 އަހަހަރު ދަށް މުސާރައިގައި ހޭދަކުރީމަވެސް ލިބެނީ 10 ވަރަކަށް ހާސް ރުފިޔާ.
ނަންފުޅު
18 October 2018
ތިއީ މަޖުލީހު މެންބަރުން އަމިއްލަޔަށް މުސާރަ ކަޑައެޅުން ކަހަލަކަމެއް.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
18 October 2018
ފިލަންބޭނުންވިކަމުގައިވިޔަސް އެކަންކުރާނީ ކިހިނެއް؟ މާބޮޑު ގުޅުމެއްއޮތްކަމަށް ހެދިގެންއުޅުނު ޝޭޙް އާއިލާއާއި ކޮމިއުނިސްޓް ޗައިނާވެސް އޮތީ ތިޔަމީހާއާއި ފެއަށްޖެހި ރައްޔިތުންގެ ފަޅި އިޙްތިޔާރުކޮށްފަ. . . . ސައްދާމް ހޮސައިން އާއި ޤައްޒާފީ ފިލުމަށް ބޭނުންކުރިފަދަ ސިމެންތި ހޮޅިއެއްނޫންތަނެއް ފިލުމަށް ލިބޭނެހެނެއް ހީއެއްނުވޭ.
މޮޔައިންގެ ސިޓީ އައްޑޫ ސިޓީ
18 October 2018
ކަލޭ ހަމަހޭގަތަ!
ދޭސީ
18 October 2018
އަޖައިބު ވެއްޖައިން. ގާނޫންގަ ވަކި ގޮތަކަށް ލިޔެފަ އޮއްވަ އެގޮތަކަށް ހެދީމަވީ. ސިޔާސީ ޕާޓީން ބޭނުން ގޮތަކަށް ހަދަން ގާނޫންގަ ލިޔެފަ އޮތްކަމެއް އެނގިފައެއްނެތް. ދެންއަނެއްކާ މިހާތާށި އިރު ތިޔަބައިގަނޑު ހޮވައިން ރައްޔިތުންގެ ޖީބައް ބަރުކުރާނެ ކަމެއްނެތް. ހިތައް އެރިއްޔާ އެރި ދުހުކު ގޮސް އަހަރުދެފަހަރު ބޮޑު ޗުއްޓީއެއް ލިބި 85000 މަހަކު ނަގާބައެއްތީ. އިހައްދުހު ނޫހުގަ އޮތީ މަޖިލިސް ޖަލްސާއެއް ނުބާއްވާތާ ދެމަސްވި ވާހަކަ.
ބަރާބަރު
19 October 2018
ދޭސީ އެބުނީ ރަގަޅަށް. އީސީ ވެސް މީ ގަމާރުން ތިބޭތަނެއްތަ؟ ގާނޫނުގަ އޮތްގޮތަށް ނިންމަން ޖެހޭނީ. މަޝްވަރާއެއް ކުރާކަށް ނުޖެހޭނެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
18 October 2018
މުޅިދައުލަތުގެމުއްސަނދިކަންހިބަކޮށްގެންތިބެ ތިޔަރަށްގަނޑަށް އަހަރުމެންހިޖުރަކުރުމަށްމަޖުބޫރުކޮށް އަދި “ވަޒަނުންބޭރުކޮށް ހިޖުރަކުރާމީހުންނަކީރެފިއުޖީންތަކެއްގެދަރަޖައިގަތިބި ގިނަ ޙައްޤުތަކަކުން މަޙުްރޫމްކޮށްފައިވާބަޔަކަށްހަދައި” އެމީހުންގެފަރާތުން ތިފަދަނާޖާއިޒުކަންލިބިގަތުމަކީ “އަނިޔާއެއް ޖަރީމާއެއް” އިގޭތޯ! . . ތިއީ މާލެ ނޫންރަށްރަށުގެމީހުންނަށް ޤާނޫނުއަސާސީން ލިބިދޭޙައްޤުތަކުން މަޙުރޫމްވެދާނެފަދަ ކަމެއް. ދަފުތަރު އުވާލާ. ނޫނީ ވޯޓްފޮށިވަކިކުރޭ.
ގުއި ޑޮކުޓަރ އައްޑޫ މަގޫދަނޑި
18 October 2018
ފޮނި ކަނޑަނީ
މޮޔައިންގެ ސިޓީ އައްޑޫ ސިޓީ
18 October 2018
ކަލޯ ކޮސްނުގޮވާ!