ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
19 އޮކްޓޯބަރ 2018 - 11:18
ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް އެމް7 އާ ހަވާލު ކުރުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މާލިއްޔަތު ގަވައިދުގެ ތެރެއިން ނާޖައިޒު ފައިދާތަކެއް ނަގައި ވަކި ބަޔަކަށް އެ ކަން ކުރުމަށް މަގުފަހި ކުރަން މަސައްކަތް ކުރި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ އެއް ކަމަކީ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް، ބިޑް ކުރުމެއް ނެތި އެމް7 އާ ހަވާލުކުރީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ.
އެކަމަކު، މިކަމަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނީ އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓަރުގެ ހުއްދަ ވެސް ލިބިގެން ކަމަށެވެ.
ވޯޓު ކަރުދާސް ޕްރިންޓު ކުރި އެމް7 ގެ އިސް ބޭފުޅުންތަކެއް ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެކަމާ ގުޅޭ ގޮތުން، މުނައްވަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރުން ކުރުން އެމް7 އާ ހަވާލުކުރީ ވޯޓު ލާން އޮތް ތާރީޚުގެ ދެ ހަފުތާ ކުރިން ކަމަށެވެ. މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަށް ހުއްދަ ދެއްވީ އެއީ ރައްޔިތުންނާ ގުޅުން ބޮޑު ކަމަކަށް ވާތީ އާއި އިންތިޚާބު ލަސް ކުރެވެން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ސިލެކްޓިން ބިޑަކަށް ގޮސް، ވޯޓު ކަރުދާސް ޗާޕް ކުރުމަށް އެންމެ އަގު ހެޔޮކޮށް ހުށަހަޅާ ފަރާތަކާ އެ މަސައްކަތް ހަވާލުކުރަން އިލެކްޝަންސް ކޮމިޝަނަށް ފިނޭންސް މިނިސްޓްރީން އެންގި އެވެ. އަދި އެމް7 އާއި ނޮވެލްޓީން އަގު ދިނީ އެންމެ ސެކިއުރިޓީ ފީޗައެއް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކުއްލިއަކަށް ފަސް ސެކިއުރިޓީ ފީޗާ ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް އެންގިއިރު، އެމް7 އިން ޗާޕް ކުރަން ނިންމީ ތިން ސެކިއުރިޓީ ފީޗާ ހިމަނައިގެން ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އެންގީ އަގު ބޮޑު ބިޑެއް ހުށަހެޅި އެމް7 އަށް ހުއްދަ ދިނުމަށެވެ. އެކަމަކު، އެ ހުއްދަ ދޭން ފިނޭންސް މިނިސްޓްރީން ދެކޮޅު ހަދައި ކޮމިޝަންގެ ހުށަހެޅުން އޭނާ ގަބޫލު ނުކުރެއްވި ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
އޭގެ ފަހުން، އެމް7 ގެ ބިޑު ހުށަހަޅައި އެމީހުން ނޫން އެހެން ބަޔަކު، ނެތް ކަމަށް ބުނެ އެ ކުންފުންޏަށް ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް އެންގި ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެހެންވެ، އިންތިޚާބު ކައިރިވާތީ އެ ހުއްދަ ދޭން މަޖުބޫރުވި ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
އިންތިޚާބާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު، އެ ކޯޓު ބޭރުގައި ބަޔަކު އަޑު އުފުލަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެހެންވީމާ އަޅުގަނޑުމެންނަށް ދެ ހަފްތާ އަށް ވީމާ އިލެކްޝަންސް ފަދަ މިނިވަން، އަޅުގަނޑުމެން އެންމެން އިތުބާރުކުރާ މުއައްސަސާއަކުން ރާއްޖޭގެ އިންތިޚާބު ބޭއްވުމަށް މި ނޫން އެހެންގޮތެއް ނެތޭ ދެންނެވީމާ ފިނޭންސް މިނިސްޓަރަށް މަޖުބޫރުވާނެ އެވަގުތު އެކަން ކުރަން،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބިޑުތަކަށް މާކްސް ދިން އިރު، އެންމެ މަތިން މާކްސް ލިބުނީ ނޮވެލްޓީ އަށެވެ. އެހެންވެ، ވޯޓު ކަރުދާސް ޗާޕް ކުރަން އެމް7 އަށް ދިނުމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން، އެކަން ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެމް7 އަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދިނީ އިލެކްޝަންސް ކޮމިޝަނުން ހެޔޮ ނިޔަތެއްގައި އެކަން ކުރާ ކަމަށް ގަބޫލު ކުރެވިގެން ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެކަމަކު، ފަހުން ބެލިއިރު އެމް7 ނޫން އެހެން ފަރާތަކަށް އިތުރު ސެކިއުރިޓީ ފީޗަތަކެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން އަންގާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑު އެބަ ހިތަށް އަރާ އެ ދުވަހު އަޅުގަނޑު ވޯޓު ލީ އިރު އޮތް ގޮތަށް ބާއޭ އެ ވޯޓު އޮތީ؟ މިއީ އެތައް ބަޔަކު ކުރާނެ ޝަކުވާއެއް. އެ ޝައްކު ފިލުވައިދޭން ޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.
މީގެ އިތުރުން، އިންތިޚާބަށް ބޭނުންވާ ޓެބްލެޓުތަކެއް އިލެކްޝަންސް ކޮމިޝަނުން ގެނެސްގެން ކުރީ ކީއްތޯ ސުވާލު އުފެދޭ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެބްލެޓުތަކެއް ގެނައުމަށް މިނިސްޓްރީން ހުއްދަ ދިނީ ވެސް އިންތިޚާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ހުށަހެޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
24 October 2018
މޮޅަށް ކިޔަވައިގެން ހުއްޓަސް، ސަރުކާރުގަ އުޅެ ގިނަދުވަސްތަކެއްގެ ކަމާބެހޭ ތަޖުރިބާ އެއްނެތި މިވަރުގެ މަޤާމެއް ލިބުނީމަ މިސޮރުމެންނަށް މިކަހަލަ ކޮސްގޮވެނީ. މީނަދައްކާފައިހުރި ވާހަކަ ތަކަށް ބަލާލިއަސް އެކަން ވިސްނޭނެ.
އަޙުމަދު
22 October 2018
މުނައްވަރޫ. ވޯޓް ކަރުދާސް ޗާޕްކުރަން އެމް7 އަށް ދިނީ ބިގު ބުރަދާސް ބޭނުންވާ ކަޓް ފަހުން ނަގަން ބޭނުންވާތީ ކީނޫންތަ.؟ މިހެން ނޫންތޯ ތިބޭފުޅުންގެ ތެރޭގައި ކަންކަން ހިގަމުންދިއައީ. އިންތިޙަބުގެ ކަންކަން ރޭވި ގޮތަށް ނުގޮސް އަތަށް ގޮވީމަ ތިކަހަލަ ހުރިހާ ހާސަރެއް ތިދަމަނީ.
ކުދިމާ އަޒީޒާ
21 October 2018
އަސަރެއްކުރިޔަކަސް ވޯޓު ބޯކޮށް އެޅުމުގެ ވިސްނުން އެމް ޑީ ޕީ އިން އޮތި ނިންމައިފައި. އަހަރެންވެސް ކިޔުގައި ހަރުކޮށްލިން 08:45 ގައި ވޯޓު ލެވޭވަރު ވެވުނި 11:30 ގައި، ވައްކަން ކުރިޔަސް ގިނައިން ވޯޓު ލުމައް ށައުގުހުރީ ސަވަބެއްނެތިއެއްނޫން.. ވޯޓުން ދައްކައިފައި އެއޮތީ
އަޙުމަދު
21 October 2018
މީ އަޅެ ޔާމީނު ފިނޭންސް މިނިސްޓަރ ކަން ދީފަހުރި މޮޔައެއްތަ. ؟ ވޯޓު ކަރުދާސް ޗާޕްކުރުން އެމް7 އާ ހަވާލު ކުރުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މާލިއްޔަތު ގަވައިދުގެ ތެރެއިން ނާޖައިޒު ފައިދާތަކެއް ނެގިކަމަށްބުނާއިރު މުނައްވަރަށް ތިޔަ ބުނެވޭ އެއްޗެއް އެބައެނގޭތަ؟ އެއީ ކަލޭމެން ފަހުން ކަޓްނަގަން ކުރިކަމެއް ނޫންތަ.؟ ރޭވިގޮތަށް އެކަންނުދިޔައީ.
އުނބުށެން
21 October 2018
ދައުލަތުގެ އެތަން މިތަނުން ވޭތުވީ ދުވަސްތަކުގައި ކަންތައްކޮށްފައިހުރީ ހަމަ ރަނގަޅަށްވެސް ތިޔަބުނިހެންނެވެ. އެކޮމިޝަނަކީވެސް ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ކޮންބަޔަކު އެދޭގޮތަށް ހިނގި ތަނެއްކަން ނޭނގޭ މީހަކު އުޅޭހެއްޔެވެ. އެކަންކަމުގެ ފައިދާ ނެގީ ކޮންބަޔެއްތޯ ބަލައިލީމާ ތިޔަ ސުވާލުގެ ޖަވާބު ވަރަށް ސާފުވާނެއެވެ.
ޢަބްދުﷲނާފިޒް
20 October 2018
އިލެކްޝަންސް ކޮމިޝަނުން ނާޖައިޒު ފައިދާތަކެއް ނެގި: މުނައްވަރު، މިއަދާ ހަމަޔަށްވެސް އެއްޗެއް ނުބުނެ ހުރީ އެޅިބައި ރަނގަޅުވީމަބާ!
މުޖޫބެ
20 October 2018
ހަތަރު އުދަރެސް ފެނުޖެހި, ނަގޫ ފިތުނީމަ ދެން ތަދުވާ ވާހަކަ ބުނީމަ ބުނެވޭނީ ކެއްކޮއްލައިގެން ތިބޭށޭ!
ދެދެދ
20 October 2018
އޭރު އެވާހަކަ ނުދައްކާ ހުރެފައި މިހާރު ކުއްލިޔަކަށް އެވާހަކަ ތިހެން ދެއްކީމާ ތީތި ކަޑައޭ. ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭގައި ސޮއިކުރިމީހާ އޭގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ. ލޮޖިކް. ގެޓްއިޓް؟؟؟؟؟
އަނިލް
20 October 2018
އީ ސީ އަކުން ނޫން ނެގީ އީ ސީ ބޭނުންކޮށްގެން ޔާމީން ނާޖާއިޒް ފައިދާ ނަގަން އުޅުނީ
ގަމާރީ
20 October 2018
ޢަޒީ ހަމަ ގަމާރީ. ޒަމާނީ ޓެކްނޮލޮޖީގެ ޒައްރެއްގެ މިންވަރުވެސް ޢަޒީ އަށް ނޭނގޭތީ ހަމަ ހިނި އަންނަނީ.