ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ނަޝީދު ރޭ ތަގުރީރު ކުރައްވަނީ.
20 އޮކްޓޯބަރ 2018 - 10:56
ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި ހުންނަވައި ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން ހިންގެވި ކޮރަޕްޝަނާއި އެހެނިހެން ކަންކަން ފަޅާއަރުވާލެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ހިމާޔަތާ ގުޅޭ ގޮތުން ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ތަގުރީރު ކުރައްވަމުން ނަޝީދު ވިދާޅުވީ ބޭރުގައި ހުންނަވައި ކުރެއްވި މަސައްކަތުން، ބާރުތައް އެއްކުރައްވައިގެން ރައީސް ޔާމީން ހިންގަވަން އުޅުނު ކަންކަމަށް ފާރަވެރިވެ އެކަންކަން ފަޅާއަރުވާލެއްވުނު ކަމަށެވެ.
"ކޮރަޕްޝަނުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮތްކަން ދައްކުވައިދޭ ހެކިތަކެއް އެއްކުރިން. އެކަންކަން ފޮރުވަން ސަރުކާރުން ފެތުރި ޕްރޮޕެގެންޑާއާ ދެކޮޅަށް ނުކުމެ އެ ވާހަކަތައް ބަލިކަށިކޮށްލަން މަސައްކަތްކުރިން. އަދި އަހަރެމެން ބަދަލަށް ގޮވަމުން ދިޔަ އެހެން މީހުންނާ އެކު ސިޔާސީ އިއްތިހާދެއް ގާއިމްކުރިން،" ނަޝީދު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވުމުން 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ވިދާޅުވީ އެ ގައުމުގައި އޮތް ސިޔާސީ މިނިވަންކަމުގެ ބޭނުންކުރެއްވީ ރާއްޖޭގެ ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.
ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ނަޝީދު ރޭ ތަގުރީރު ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާ ވާހަކަފުޅު ދައްކަވަނީ.
އޭގެ ނަތީޖާއެއްގެ ގޮތުން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގަމުން ދިޔަ ލާއިންސާނީ އަމަލުތައް ފަޅާއަރުވާލެއްވުމެވެ.
އިދިކޮޅު ފަރާތްތަކުން ކާމިޔާބުކުރި ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ނޭނގުނު ކަމަކީ ރައްޔިތުންގެ ބޭނުންތަކާއި އިހުސާސް ދެނެގަތުން ކަމަށެވެ. ކެމްޕެއިން ކުރުމަކީ ހަމައެކަނި ތަރައްގީ ތަންފީޒު ކުރުން ނޫން ކަމާއި އޭގެ މުހިންމު ކަމަކީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ވާހަކަތައް އަޑުއެހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އޭޝިއާ މީހުން ބޭނުންވަނީ ހުދުމުޚުތާރު ވެރިއެއް ކަމާއި އޭގެ އިތުރުން މުސްލިމް ގައުމުތަކުން އަބަދުވެސް ވޯޓު ދޭނީ ހައްދުފަހަނައަޅާފައިވާ މީހުންނަށޭ ވެސް ބުނެ އުޅޭ ކަމަށެވެ.
"އެކަމަކު އެއީ ހަގީގަތެއް ނޫން. އަދި އެއީ ދިވެހިރާއްޖޭގައި ވެސް ކަން ހިނގި ގޮތެއް ނޫން. ނުވަތަ މެލޭޝިއާގައި ވެސް އެ ގޮތުން ބަލަންޏާ،" ނަޝީދު ވިދާޅުވި އެވެ.
"ހުރިހާ އެންމެން ވެސް، ހަމުގެ ކުލަ އާއި ވިސްނުން ނުވަތަ ދީން ތަފާތުވީ ނަމަވެސް، ބޭނުންވާނީ އަސާސީ އެއް ކަންތައްތަކެއް."
ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެއިން ބޭރުގައި ނަޝީދު އުޅުއްވާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި އަންނަ މަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ އިއުލާންކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިކުނޑި
21 October 2018
ގައުމު މިހާހިސާބަށް ދާންޖެހުނީ ނަޝީދުގެ ގޮތް ދޫނުކުރުމާއި ބުނާ ބަހުގެ އިތުބާރު ނެތުމާއި، އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން! ހިހޫ ތަނުން ކާން މަސައްކަތް ނުކުރާށެވެ. ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް މިފަހަރުވެސް ގެންދެވީ މައުމޫނެވެ! ހުރިހާ ޝުކުރެއް މައުމޫނަށް! މިކަން މިއަށްވުރެ ރީތިކޮށް ދާނެ ނަޝީދުވެސް ބަސްއަހައިގެން ބުނިގޮތަށް ހެދިނަމަ!! މީވަރަށްވާހަކަ
ދޮން ބަބުރު ސޮރު
21 October 2018
ތީ ދެން ދައްކަން މާ ރީތި ވާހަކައެއްނޫން ތިމާގެ ވެރިކަމުގައި ކާރީގަ ތިބި ކަތުރު ފަނިތައް މިގައޮމު ބޮއެ ހުސްކުރި އިރ ނެއެނގުނު މީހަކަށް ކިހިނެއްތޯ މާދުރުގަ ހުރެގެން އެގޭނީ؟ މިތާގައި ތިބި ތިޔަކަން ދެނެތ
މާބޮޑޭ
21 October 2018
ހުރިހާ ކަމެއްގެ ކުރެޑިޓް ނަގާލާ. ދެން ވީޑިއޯ ރިޕޯޓެއް ހަދާލާ މި ހުރިހާ ކަމެއް ކުރީ ރ.ނަޝީދު އެކަނި ގިނިކަންޏާ ކަމަށް. ފުކެއް ބޮޑުވަރުދޯ މީދެން. ކޮރަޕްޝަން ހިނގާކަން އެންމެންނަށްވެސް އެގޭ. އެކަން އެންމެ ފުރަތަމަ ފަޅާއަރުވާލީ ނިޔާޒު އިބްރާހިމް. ދެން އޭގެ ފަހުން ހެކިތައް ފެންނަންފެށީ ބޭންކުގަ މެނޭޖަރަކަށް ހުރި ގާސިމު ގެ ފަރާތުން. އެމައްސަލާގަ އަދަބު ލިބުނީ އެދެމީހުނަށް. މަނިކުފާނާ އައުވާނުން މަސައްކަތް ކުރީ އިންތިޚާބަށް. ވެރިކަމަށް އައުމަށް.
އަމީލް
21 October 2018
ކޮރަޕްސަން ފަޅާއެރުވީކީނޫން ރާއްޖޭގެނަން ކިލަނބު ކުރީ.
ކަނބިލި
21 October 2018
ތިޔައީ ވަރަށް ބޮޑު ފިނޑިއެއް.ބޭނުންވަނީ ހިހޫތަނުން ކާލައިގެން އުޅުން. ޖަލުގައި މަޑުކޮށްލާކަށް ނުކެރުނު.ވެރިކަން ލިބުނީމާ ބިރުން އިސްތިއުފާ ދީފި.މަތި ހަށިނަގައިގެން އުޅުނަސް ކަމެއް ދިމާވާއިރު އޮންނަނީ ފިލާ
ހޮޓްކިންގ
21 October 2018
އަދުލު އިންސާފަށްބިރުން ފިލައިގެން ބޭރުގައި ހުރެ މިދައްކަނީ އޭނާގެ މޮޅުކަމުގެ ވާހަކަ. ނަޝީދުގެ މައްޗަށް އިންވި ހުކުމް ތަންފީޒު ނުކޮށް އަރާމާއި އުފަލުގައި ބޭރުގައި އުޅުމަކީ ފިނޑިކަން ފެންނަކަމެއް. އަދި އެއީ އެހެން ދިވެހިންނަށް ދިން ނުބައި މެސެޖެއް. ނޫފޫޒު ގަދަ ސިޔާސީގޮތުން އެއްއިރެއްގައި ބާރު ހުރި ކޮންމެ މީހަކު މިގޮތަށް ރާއްޖޭން ބޭރުގައި އުޅެފައި ދެން އައިސް ރާއްޖޭގައި މިނިވަންކޮށް އުޅޭނަމަ ޖަލުގައި އެއްވެސް މީހަކު ނުބައިތިއްބައި ނެރެން ފެންނަނީ.
ރަންބުއްދި
21 October 2018
ކޯޓުތަކަށް ނުފޫޒުފޯރުވާ ގާނޫނުން ފަރުދުން ނަށް ލިބިދޭ ހައްގުތަކާ ހިލާފަށް ހުކުމެއް އިއްވީމަ ނުޖެހޭ އެތަން ފީޒުކުރާށޭ ކިޔާފަ އަނިޔާލިބެ ން ޖަލުގޮޅިއެއްގެ ތެރެއަށް އެރިއޮން ނާކަށް.އަމިއްލަ ނަފުސު އަދި ޖިސްމު ދިފާއު ކުރުމަކީ ކޮންމެ މީހަކަށް ލިބިދީފަވާ ހައްގެއް.ގާނުނޫނަކީ ހިތުހުރިހާ ގޮތަކަށް ހުކިމް ކުރަން އޮންނައެއްޗެއް ނޫން
ބޮޑު ބަންޑާރަ
21 October 2018
ޢެމްޑީޕީ ނަޝީދު ސަރުކާރަކީ ކޮރަޕްޝަން ނެތް ސަރުކާރެކޭ ނުބުނެވޭނެ. އެކަމަކު ނަޝިދު ކޮރަޕޓް ކަމަކަށް ނުކިޔުނު. ދެން މިނެގޭ އިބޫގެ ސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން އެނގޭނީ ފަށައިގަތީމާ . އެދެނީ ދައުލަތުގެ މުދާ ހެޔޮގޮތުގައި ހޭދަކުރުމާއި ކުރީގެ މީހުން ނުހިމެނޭ ސާފު ކެބިނެޓަކަށް
ޖޯކަރު
21 October 2018
ތިިމަންމީހާ ފިލަިިންގޮސް ހުރެ މިކަމުގައި ވައިެޅެން ދައްކަ ވާހަކަ. ތިއީ ފިިނޑިިއެއް. 80 އހަރުގެ މީހަކުޖަލުގައިި ކެތްކުރި އިރު ގައުމަށްޓަކައިި، ޑިިމޮކްރޮސީ އަށްޓަކައިި ކަލެއަށް އެވަރުނުކުރެވުނު
ކޮރަޕްޓު ޕޮލިޓީޝަންސް
20 October 2018
އޭ ތިބޭފުޅާ ވާހަކަ ނުދައްކާ! ޚާޝުގްޖީގެ އަނިޔާވެރިމަރާ ގުޅޭގޮތުން އެއްޗެއްބުނަން ނުކެރިފަ ތިހުންނަވަނީ!
ނާނޫ
20 October 2018
ހައެއްކަ މީހުނެއްނޫން ނުވަދިހަ ހަހާހަށްވުރެ ގިނަ މީހުން ކިތައް ހައެއްކަ މީހުން އެކުލެވޭނެބާ