ގެމަނަފުށީ މަސްވެރިޔަކު ބޮޑު މަހެއް ކޮނޑަށް ލައިގެން: ދުވަހުގެ ހުރިހާ ކަމެއް ސޯޝަލް މީޑިއާ އިން ފެނޭ -- ފޮޓޯ: ޓްވިޓާ
01 ނޮވެމްބަރ 2018 - 07:08
ވަރަށް ވެސް ޝައުގުވެރި އެވެ. އެން ހިފުމާއި މަސް ބޭނުމާއި މަސް ކިރުން ފަދަ މަސައްކަތްތައް ވަގުތުން ވަގުތަށް ބަލައިލަންވީ އެވެ.
މިހާރު އަދި މާ ސަޅި އެވެ. މިހާރު ހަމައެކަނި މަސްވެރިކަމެއް ނޫނެވެ. ދަނޑުވެރިކަމުގެ އެކި މަރުހަލާގެ މަސައްކަތްތައް ވެސް ދުވަހުން ދުވަހަށް ކުރިއަށް ދާ ގޮތް އެ އޮތީ ފެންނާށެވެ.
މިއީ ދިވެހި މަސްވެރިންނާއި ދަނޑުވެރިން ސޯޝަލް މީޑިއާއަށް އަހުލުވެރިވުމުގެ ނަތީޖާ އެވެ.
ޓްވިޓާ އަދި ފޭސްބުކް ކޮމިއުނިޓީގައި ދިވެހިންނަށް އެންމެ ޝައުގުވެރި ދެ އެކައުންޓްގެ ތެރޭގައި "ގެމަނަފުށީ މަސްވެރިން" އަދި "ތޮއްޑޫ ދަނޑުވެރިން" މިހާރު އެ ދަނީ ހިމެނެމުންނެވެ.
ދިވެހި އިގްތިސާދުގެ ލޭނާރު ކަމަށް ވާ މަސްވެރިކަމަށް މިފަހުން ގިނަ ބަޔަކު ޝައުގުވެރިކުރުވީ، ގއ. ގެމަނަފުށީ ޒުވާން މަސްވެރިޔާ ހަސަން ސާޖިން، 20، އެވެ. އެއީ އޭނާ ދިވެހި މުޖުތަމައުއަށް ކަމެއް ސާބިތުކޮށްދޭން ފެށި މަސައްކަތެކެވެ.
Zuvaan masverin mas beynumah fahu mas rakkaa kurumugai v busy kohllaigen.
— Gemanafushi Masverin (@Gemasverin) October 24, 2018
Miadhu massinga fala mas beynee. Eves dhigu dhosheega. V hivvaru kohlli kudhin kolhu😃😃 #Maldives #poleandline #tuna #fishing #proudfishermen pic.twitter.com/s4HmGzY4JY
މަސްވެރިކަމުގެ ދިރިއުޅުން--
"ކިޔަވާ ހިތެއްނުވޭ އަބަދުވެސް. އެހެންވެ ޓީޗަރުން ބުނާނެ ތިހެން އުޅެންޏާ މަހަށޭ ދާން ޖެހޭނީ. ދެން ގްރޭޑް ނުވައަކުން ކެނޑިގެން ވަޒީފާއެއް ނުލިބުނީމަ ހަމަ މަހަށް ދާން ޖެހުނީ،" މީގެ ހަތަރު އަހަރު ކުރިން މަސްވެރިކަން ފެށުނު ގޮތް ސާޖިން ކިޔައިދިނެވެ.
"ދާން ޖެހޭނީ މަހަށޭ" ބައެއް މީހުން ބުނެ އުޅެނީ އަނެކަކު ދެރަކޮށްލުމުގެ ގޮތުންނެވެ. އެކަމަކު މަސްވެރިކަމަކީ އެގޮތަށް ހަޖޫ ޖެހޭ ވަރަށް ވުރެ ދިވެހިންނަށް މާ ޚާއްސަ މަސައްކަތެއްކަން ސާޖިންއަށް ވިސްނެ އެވެ. އެހެންކަމުން އޭނާގެ އަޒުމަކަށް ވީ މަސްވެރިކަމަކީ ޒަމާނީ މަސައްކަތެއް ކަން އެހެން ޒުވާނުންނަށް ވެސް ކިޔައިދޭށެވެ.
Masveringe sufuramathi. We celebrate occasions. We enjoy team work.
— Gemanafushi Masverin (@Gemasverin) October 25, 2018
Kury zamaanuga alah mahah dhaa kudhin “farivalhu” dheyn jeheyne. Kudhin dhaany boakiba kahala echehi hadhain.
Mihaaru dhoni record ah vure ginain mas baanafiyya farivalhah dharaane. #Maldives #fishers #meal. pic.twitter.com/7hRgV5ZIUE
ދުވަސްވީ މަސްވެރިންނަށް ބޭއްވި ހާއްސަ އިވެންޓެއް--
"އަޑުއިވިފައި މިއޮންނަނީ މަސްވެރިކަމަކީ ދުވާލު އެއްއިރު ކައިގެން، ބާ ޓީޝާޓްގަނޑެއް ލައިގެން ކުރާ ކަމެއްގެ ގޮތުގައި. އެހެންވެ ޒުވާނުން މިކަން ކުރަން ބޭނުމެއް ނުވޭ. އެކަމަކު އެއީ ހަގީގަތެއް ނޫންކަން ދައްކަން މިކަން ފެށީ،" ސާޖިން ބުންޏެވެ.
މީގެ ތިން އަހަރު ކުރިން އޭނާ ފެށި މަސައްކަތުން މަސްވެރިންގެ ދިރިއުޅުން ކޮންމެ ދުވަހަކު ވެސް ދައްކުވައިދެ އެވެ. ފަތިހު އެން ހިފުމުން ފެށިގެން ގޮސް ދޯނީގައި ކާކެއުންތަކާއި ކަނޑުމަތިން ފެންނަ ރީތި މަންޒަރުތަކާއި މަސްވެރިކަމުގެ އުފާވެރި މަންޒަރުތަކުގެ ވީޑިއޯ އާއި ފޮޓޯ ފޭސްބުކް މެދުވެރިކޮށް އާއްމުންނާ ހަމައަށް ގެނެސްދެ އެވެ. އެއިން ދޭހަކޮށްދެނީ ޒަމާނީ ވަސީލަތްތަކާ އެކު މަސްވެރިކަމަށް އައިސްފައިވާ ބަދަލުތަކެވެ.
މަސްވެރިންގެ ތަޖުރިބާތައް ކުދިކުދި ވީޑިއޯތަކުގެ ސިފައިގައި ގެނެސްދެ އެވެ. މަސް ކަނޑާ ގޮތުގެ ހުނަރުތައް ދައްކާލަ އެވެ. މިއީ ދިވެހި މަސްވެރިކަމާ ބެހޭ ޑޮކިއުމެންޓްރީއެއް ބެލުން ފަދަ ކަމެކެވެ.
Ainah ara enkeyolhu en ukan fasha, masthah enkaathan feneythow falhu verin thibeynee dhoaneege fahathah balain.
— Gemanafushi Masverin (@Gemasverin) October 28, 2018
Masthah enkaan feshumun emmen govaany “Kai Kai, Kai Kai, Kai Kai”
Simple 3 phrase to learn
Lai Lai 😃
Eley Eley 😃
Kai Kai 😃#Maldives #poleandline #fishing #baits pic.twitter.com/BIDYDOkO66
އިހުގެ މަސްވެރިންގެ ހަރަކާތް ދައްކުވައިދެނީ--
މިހާރު އެއީ ވަރަށް އަޕްޑޭޓް ޕޭޖެކެވެ. މަސްވެރިންގެ މަސައްކަތް ކަނޑު އަޑިން ވެސް ގެނެސްދެ އެވެ. ގޯޕްރޯ އާއި މަންޒަރު ސާފު ކެމެރާތައް ބޭނުންކުރެ އެވެ.
އެ ޕޭޖް އަޕްޑޭޓްކުރުމަކީ މިހާރު އެތައް ބައެއްގެ މަސައްކަތެވެ. ސާޖިން އެކަނި އޭނާގެ ފޯނުން ކުރަން ފެށި މަސައްކަތް އެ އޮތީ ފުޅާވެފަ އެވެ. އޭނާގެ އެކުވެރިންގެ އިތުރުން މިއަދު އާއިލާގެ އެހީތެރިކަން ވެސް ވަނީ ލިބެން ފަށައިފަ އެވެ. އާއްމުންގެ ތަރުހީބާ އެކު އެކަން ވަނީ ޓްވިޓާ އާއި ޔޫޓިއުބް އަދި އިންސްޓަގުރާމަށް ވެސް ލައިފަ އެވެ. ނަތީޖާ ވަރަށް ވެސް ރަނގަޅެވެ.
"މީގެ ފަސް އަހަރު ކުރިން އަހަރެން މަސްވެރިކަން ފެށިއިރު [ރަށުގެ] ޒުވާނުން މަހަކަށް ނުދޭ. މިހާރު ގެމެނަފުށީ މަސްވެރިންގެ ތެރެއިން 95 ޕަސެންޓަކީ ޒުވާނުން. ރިސޯޓްތަކާއި ޓީޗަރުންގެ ގޮތުގައި އުޅުމަށް ވުރެ މުސާރަ ބޮޑު،" ސާޖިން ބުންޏެވެ.
"މަސްވެރިއަކަށް މަހަކު އާއްމު ގޮތެއްގައި 30،000ރ. އާއި 40،000ރ.ގެ އާމްދަނީއެއް ލިބޭ. އެހެންވީމަ މާ ސަޅިއެއްނު!"
ގެމަނަފުށީ މަސްވެރިން މަސް ބޭނުމުގައި-- ފޮޓޯ: ޓްވިޓާ
މިހާރު ސާޖިން އަކީ މަސްވެރިއެއްގެ އިތުރުން ކެމެރާމަނެއް ވެސް މެ އެވެ. އޭނާ މަސް ބާނަން ހުންނަނީ ބޮލުގައި ގޯޕްރޯ އަޅުވައިގެންނެވެ.
ސާޖިންގެ އެ މަސައްކަތް ފެނި ހިތްވަރު ލިބުނު ބަޔަކީ ތޮއްޑޫ ޒުވާން ދަނޑުވެރިންނެވެ. ދާދި ފަހުން އެ ޒުވާނުން މިވަނީ ތޮއްޑޫ ދަނޑުވެރިންގެ ނަމުގައި ޓްވިޓާ އެކައުންޓެއް ހަދައި އެ މަސައްކަތުގެ މަންޒަރުތަކާއި އެންމެ ފަހުގެ ކަންކަން ގެނެސްދޭން ފަށައިފަ އެވެ.
ތޮއްޑޫ ދަނޑުވެރިޔަކު ޓޫރިސްޓުންގެ ބަޔަކާ ވާހަކަ ދައްކަނީ -- ފޮޓޯ: ޓްވިޓާ
އެކަން ކުރާ ޒުވާން ދަނޑުވެރިޔާ ވިޝާލް، 29، ބުނީ އޭނާގެ އަޒުމަކީ ދަނޑުވެރިކަމަށް ޒުވާނުން ހޭލުންތެރިކޮށް، ޝައުގުވެރިކުރުވުން ކަމަށެވެ. އެ ޓުވިޓާ އެކައުންޓަށް މަހެއްހާ ދުވަސް ވީ އިރު އާއްމުންގެ ތަރުހީބު ވަރަށް ބޮޑެވެ.
ދަނޑުވެރިކަމާ ގުޅުން ހުރި ތަފާތު މައުލޫމާތު ލިބެން އެބަ ހުއްޓެވެ. ފަތްޕިލާވެއްޔާއި ތޮއްޑުއަށް ހާއްސަ ކަރާގެ އިތުރުން ފަޅޯ ފަދަ ތަކެތީގެ މައުލޫމާތެވެ. ދަނޑުތަކުގެ ހިތްގައިމު ފެހި ފޮޓޯތަކާއި މަންޒަރުތަކެވެ.
Different types of Watermelons that are growing in Thoddoo.
— Thoddoo Dhanduverin (@thoddoofarmers) October 31, 2018
It's an anticarcinogen, with lots vitamins and minerals. Watermelon is one of the lowest in calories but its high water content can hydrate you.
One of the best fruit for tropical country like Maldives 🍉🍉🍉 pic.twitter.com/oqXINus9Ht
ތޮއްޑޫ ދަނޑުވެރިކަން--
"ކަންކުން ފަތާ ބެހޭ ޕޯސްޓެއް ކުރީމަ ވަރަށް ގިނަ މީހުން ޕޭޖަށް މެސެޖް ވެސް ކުރޭ ބޭނުންވެގެން. މީހުން އަސްލު ވަރަށް އިންޓްރެސްޓް ހުރޭ،" ވިޝާލް ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި ގަސްގަހަށް ޖެހޭ ބަލިތަކާއި އެކަން ހައްލު ކުރާނެ ގޮތް ގެނެސްދޭން ވިޝާލް ހުރީ ރާވައިފަ އެވެ. އަދި ބައެއް ވައްތަރުގެ ދަނޑުވެރިކަން ކުރާ ގޮތް ކިޔައިދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ކަނޑުމަތީގަ އާއި ދަނޑުތަކުގައި ދިވެހި ޒުވާނުން އުޅޭ ގޮތް ދެނެގަންނަން މިއަދު އުނދަގުލެއް ނޫނެވެ. ސާޖިން އާއި ވިޝާލް ފަދަ ޒުވާނުން އެ ގެންދަނީ މުޅި މަންޒަރު ބަދަލުކޮށްލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
01 November 2018
ކޮބާތަ މި ފަހުން ހޮޓާތަކަށް ކަޅުސަޔާއި ހެދިކާ ކާން ގޮސް ފޮޓޯ ނަގާ ޓްވީޓް ކުރި ގްރޫޕް؟
ޝިފޫ
01 November 2018
މަސްވެރިންނަށް ހަޖަމުގެ މައްސަލަ ޖެހެންޔާ...ފަޅޯ ހައްދަން ފަށަންވީ..............ފަޅޯއަކީ ހަޖަމުގެ ބައި ރަނގަޅު ކުރާ އެއްޗެއް
ބަރަބަާދު
01 November 2018
މަސްވެރިންނަަށް މުސާރަނުދޭ ގެމަނަފުށި ދޯނި ތަކުން އަދިވެސް..ފޮޓޯ ނެގެނިކޮށް ނިމުނީ
ހާލަތް
01 November 2018
މިޒަމާނުގަ މުޅިންވެސް އޮންނާނީ ދެއްކުންތެރިކަން ޝޯ ކުރުން. މިއީ އަދުގެ ހާލަތަކީ.
ޢަސްލު
01 November 2018
މަސްވެރިންނަކީ މުސާރަ ދޭބައެއް ނޫން... އެހެންނޫނަސް އެއީ ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ކުރާ ކަމެއް ނޫން.
ބަލާބަލަ
01 November 2018
ދޯނިތަކުން މުސާރަ ދެވޭނީ މިފްކޯއިން ބިލްތަކަށް ފައިސާ ލިބިގެން. ނުލިބޭ ފައިސާއެއް ދޭނީ ކިހިނެތް.
ގެމަނަފުށީ ކުދިން
01 November 2018
ގެމަނަފުށީ ކުދިން އުޅޭގޮތް ތޮއްޑޫ ކަރާ ކުދިން ކޮޕީކުރަންފެށީދޯ! ރަނގަޅު ކޮޕީކުރޭ ކޮޕީކުރޭ ކުދިންނޭ!
އަލިބެއްޔާ
01 November 2018
އަހަރެން ބަލާނަން މިކަމުން އިތުރު ޒުވާނުން މަސްވެރިކަމަށް ނިކުންނަނީތޯ ނޫނީ މީހަމަ ޓުވިޓާގައި މިއުޅޭމީހުން ފޫހިފިލުވާލާކަމެއްތޯ.
ދިއްދޫމަސްވެރިޔާ
01 November 2018
މި ގެމެނަފުށި މަސްވެރިންނަކީ ވަރަށް ޝޯ އޯފް ކުރާ ބައެއް .. މިމީހުން ނޫނީ މަސްވެރިކަން ކުރާ ބައެއް ނޫޅޭ މި ރާއްޖެއަކީ
000000
01 November 2018
ދެން ތިވަރަށް ޖޭ ނުވެ ކަލޯމެން ކުދިންވެސް ފޮޓޯ އަރުވަބަލަ. އަހަރުން ތިބޭނަށް ބަލަން ސޮނި ވެއްޓިފައި!
ބަލާބަލަ
01 November 2018
އެވެރިން ކުރާ މަސައްކަތް ރާއްޖެއަށް ދެއްކުމަކީ އަދި ޝޯ އޮފް ކުރުމެއްނޫން. ފޯން އެންމެންވެސް ގެންގުޅޭ. އެކަމަކު ފޮޓޯ ނެގުމާއި ވީޑިއޯ ނެގުން އެއީ އެންމެންނަށް ވާކަމެއް ނޫން
ރާއްޖެ މީހާ
01 November 2018
ހަސަން ސާޖިން އާ ވިޝާލް ވީވަރުވެސް ފިޝަރީސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއަށް ތި ދާއިރާ ޕްރޮމޯޓްކުރާކަށް ނުކުރެވުނު. މިނިސްޓަރުގެ މުސާރަ ތި ދެސޮރުންނަށް ދިނުން މުހިއްމު.
ސަހަރޯ
01 November 2018
ތިޔަ ބުނާ ތޮއްޑޫއަށް ދަނޑުވެރިކަން ތައާރަފްކޮށް ގަސްއިންދާ މުޑުވައް ހޯދައިދީ އެމަސައްކަތް ފަށުވާ ތަމްރީނު ދިނީ ތިޔަ ބުނާ ބޭކާރު މިނިސްޓްރީން. ތިޔަ ބުނާ މަސްވެރިންނަށް ތަމްރީނު ދީ ބާނާ މަހަށް ރަނގަޅު އަގު ހޯދައިދީ މާކެޓްތައް ހޯދަނީވެސް ހަމަ ތިޔަ ބުނާ މިނިސްޓްރީން. އަނގައެއް އޮތީމަ ވާހަކަ ދެއްކިދާނެ.
މަސްވެރިޔާ9
01 November 2018
ބިދޭސީން އަރުވައިގެން މަސްވެރިކަން ކުރާ ދޯނިތަކުގެ ލައިސަންސް ބާތިލް ކޮށްދިނުން އެދެމެވެ. ޔާމީނު ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ބޯޓު ފަހަރަށް މަސްބާނަން ދިން ލައިސަން (ކަނޑުވިއްކި) ބާތިލްކުރުން އެދެމެވެ. އަދި ކަލޭމެންވެސް ކަންނެތް ލިއުން ކަމެއް ނުކޮށް ތިބެ ލިއުމަށްވުރެ މި 2 މައްސަލަ ހާޑްކޮށް ނަގައިދީ ކޮޅެއްގައި ޖެހެންދެން ލިއެދިނުން އެދެމެވެ. ފިޝާރީޒަށް ގުޅާ ކިތައް ކަނޑުވިއްކާ ލައިސަންސްތޯ ދީފަިއ އޮތީ. އެއީ އަހަރެމެންނަށް މާތްﷲ ދެއްވި ރިޒްގު
ޒޭނާ
01 November 2018
ގެމަނަފުއްޓެ ފިރިހެނުން ވަރަށް ރިވެތި. ހާއްސަކޮށް ޒިޔާ އެންޑް ހަަައްލަ
ރަށު އާދަނު
01 November 2018
މިދިޔަ ފަސްއަހަރުގެ ތެރޭގައި ޝައިނީމެން، މަސްވެރިކަމައި، ދަނޑުވެރިކަން ކުރިއަރުވަން ކުރަމުންދިޔަ ބުރަމަސައްކަތްތައް ކޮބާ؟ ( ތިޔަދެސޮރު ތިކުރި ބުރަމަސައްކަތައް ހަމަ އައްސަރިބަހާއި ސާބަސް) އަހަރެންގެ ބާރެއްހިގާނަމަ މިނިސްޓްރީން ރަގަޅުމަޤާމެއް ދިނީމުސް،
އަހަންމަދާ
01 November 2018
ތިއޭ މައްސަލައަކީ ހަމަ އެ ދެސޮރު އެކަން ކުރީއޭ ކިޔާފަ މިނިސްޓްރީއިން ވަޒީފާ ދޭކަށް ނުޖެހޭ. އެމީހުން އެކަން ކުރުމަށް ނުވަތަ ކުރިއަރުވަން މިނިސްޓްރީއިން އެހީ ވެދިނުން އެއީ ރަނގަޅު ގޮތަކީ އެހެންނޫނީ މި ވާ ގޮތަކީ އެ ދެސޮރު މިނިސްޓްރީއަށް ލީމަ ކުރިން ވީވަރުވެސް ދެން ނުވާނެ.