މަޖިލީހުގެ މެމްބަރުން ގާސިމާއެކު ސެލްފީ ނަންގަވަނީ.
02 ނޮވެމްބަރ 2018 - 11:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ވަފާތެރިކަމާއި އިހްލާސްތެރިކަމާ އެކީ ކަމަށް މަޖިލީހުގެ އާ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސްކަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހް މުހައްމަދު އިއްޔެ އިސްތިއުފާ ދެއްވުމުން، ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ސިއްރު ވޯޓުގައި، އެ މަގާމަށް ގާސިމް އިންތިޚާބު ވެވަޑައިގަތީ 62 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ގާސިމާ ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަތީ 16 ވޯޓެވެ.
މި އިންތިޚާބަށް ފަހު، މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މެމްބަރުން އެމަނިކުފާނާ ހަވާލު ކުރެއްވީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.
މަޖިލީހުގެ އާ ރައީސް ގާސިމް ރޭގެ ޖަލްސާގައި.
މެމްބަރުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު އަދާކުރައްވާނީ ގާނޫނުއަސާސީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ރައްޔިތުންނަށް މަންފާވާ ގޮތަށް އަދި އިހްލާސްތެރިކަމާ އެކީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ 18 އަހަރު ވެފައިވާ ގާސިމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ޑިމޮކްރަސީ ގެނެސްދިނުމަށް އެމަނިކުފާނުގެ ރައީސް ކަމުގައި މަސައްކަތްޕުޅު ކުރައްވާނެ އެވެ.
މަޖިލީހުގެ ތެރެއިން މިދިޔަ ދުވަސްތަކުގައި ފެނިގެން ދިޔަ ނާއުންމީދީ ކަންތައްތައް ނުފެންނާނެ ގޮތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކުރިއަށް އޮތީ ރައްޔިތުންނަށް ހިތްހަމަޖެހޭނެ ދުވަސްތަކެއް. ސަރުކާރަށް އިތުރު ކުރިއެރުމާއި މަންފާ ލިބިގެންދާނެ ލުއި ފަސޭހަ ގޮތަކަށް މަސައްކަތް ކުރާނީ،" ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ހަތަރު ލީޑަރުންނާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވީ ކޯލިޝަން އުފެއްދުމަށް އެ ބޭފުޅުން މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.
މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވިވަޑައިގެންނެވި އިރު، އެމަނިކުފާނު އިންތިޚާބު ކުރަން ޕީޕީއެމްގެ ގިނަ މެމްބަރުން ވެސް ވޯޓު ދެއްވި ކަމަށް ބެލެވެ އެވެ. އެއީ، މަޖިލިސް މިހާރު ބެހިފައި އޮންނަ ގޮތަށް ބަލާއިރު، އިދިކޮޅު ކޯލިޝަންގައި 45 މެމްބަރުން އެބަތިއްބެވި އެވެ. ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި ތިއްބެވީ 40 މެމްބަރުންނެވެ.
މަޖިލީހަށް އާ ރައީސަކު އިންތިޚާބު ކުރަން ރޭ ބޭއްވި ޖަލްސާގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު، މި ޖަލްސާގައި މަސީހް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވިވަޑައިގެންނެވި އިރު، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން 2004 އިން ފެށިގެން 2008 އަށް އަދާކުރެއްވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަޖީބް
03 November 2018
ތިވީގޮތުން ހިޔެއްނުވެ އިންސާފު ވެރިވާނެހެނެއް
ޝުޖާ
03 November 2018
މަ ޗިސް ޗިސް ކޮއްލިއަސް މަ ފިސް ފިސް ކޮއްލިއަސް ނެތޭވެވޭކަށް ބާޣީ އަކައް.ހަނދުމަ ނެތުނީތޯ. ތިބުނާ ބޭފުޅުންނާ އެކުނޫންތޯ ވެރިކަމައް ތި އާދެވުނޯ. ކޮންވާހަކައެއްތޯ ދިދައްކަވަނީ މިހާރު.......
ދެކޭމީހާކިޔާމީހާ
02 November 2018
ފޮޓޯއިންފެންނަ އައިބީ އެހުރީ ގާވެފައި، ނޫނީ ކިހިނެތްވެފަބާވައެވެ!!!! ހަމަގައިމުވެސް އެހުންނެވީ މަޖިލީހުތެރެއިން ކުރީގައިއެފެންނަ އައިބީގެގޮތަކުނޫނެވެ!!!!
އާރީ
02 November 2018
ދޮންކަލޯ ތިކީ ލިސްޓްގެ ހުރިހާ ކަމެއްވެސް ކުރީ ޔާމީނެއްނު. އެހެންވެ ދޯ ޔާމީނު ރަށްއިތުން ބަލާ ނުގަތީ. ހަޖަމް ކުރޭ. ގައުމް ފަސާދަ ކޮށް ވައްކަން ކޮށް ކޮރަފްސަން ހިންގީމަ ރަށްއިތުން ދިން ޖަވާބު ވަރަށް ސާފް ދޯ
ހަހަހަ
04 November 2018
ވައްކަން ކުރިކަމަށް އެއްވެސް އިދާރާ އަކުން ރަސްމީގޮތަކަށް ސާބިތު ކޮށްދިންތަ؟
މުހައްމާ
02 November 2018
ވަފާތެރިކަމާއެކު ރައްޔިތުންނަށްޓަކައި ވަޒީފާއެއް އަދާކުރާނަމަ ރައްޔިތުންނަށް ރިޒޯޓް ހިއްސާ ގަނެވިއްކޭގޮތަށް ބިލެއް ހުށަހަޅައިގެން މަޖީހުގެ ރައީސްކަން ހޯދިހާ ރޮކެޓް ސްޕީޑުގައި ކޮށް ނިންމަ ބަލާށެވެ. އަބަދާއަބަދު އަނގަޔާ އަތާދިމާނުވެ ރައްޔިތުން ސަލާންޖަހަން ނުޖައްސަ ބަލާށެވެ. ރިސޯޓް ހިއްސާ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދީ ބަލާށެވެ.
ކޮބާ..ކޮބާ
02 November 2018
ސޭޓޫ... މަޖިލިހަށް ތިޔަވަނީ، ޖުޑިޝަލް ސަރވިސް ކޮމިޝަނުގަ އިނދެގެން ފަނޑިޔާރު ގެއަށް އަތްބާނަން.. މިކަން ރައްޔިތުންނަށް ވަރަށް ސާފު...
އިންސާފް
02 November 2018
އިންސާފަކީ ތިމާގެއަނގައިން ބުނާބަހަކުން ގާއިމު ވެވޭކަމެއްނޫން އެއީ އެމީހެއްގެ އަމަލުންނޫން ގޮތަކައްވާކަމެއްނޫން ކޮންމެމީހަކުވެސް ގޮވަނީއިންސާފް އަމަލުންއަނިޔާ ރަގަޅުމީހަކީ ކާކު....................
ކަލޯގެއާ
02 November 2018
ތިމާގެ ވަފާތެރިކަމާ އަމިއްލަ އެދުމުގެ ވާހަކަ ތިމާ އަމިއްލެއައް ދައްކާކައް ނުޖެހޭ އިންގޭތޯ! އެއީ ދިވެހިންނައް ވަރައް ސާފުވެފަ އޮތް ކަމެއް!
އަސްތާ
02 November 2018
ރައްޔިތުންގެ ހުރިއްޔާ ހުރިހާ މުދަލެއް 99 އަހަރަށް މިލްކަކަށް ހަދައިލީ ވަފާތެރިކަމާއި އިޚްލާޞްތެރިކަމުގެ ނަމޫނާއި މިސާލު ރައްޔިތުންނަށް ދައްކަންވަންތޯއެވެ.
ނާއުއްމޫދި
02 November 2018
އިބޫ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އިންސާފޭ. ގާސިމް މަޖިިލިސް ރައީސަކަށް ހޮވަން ކޯލިޝަނުން ނިންމުމުން ދޭހަވަނީ އިހުލާސްތެރިކަން ނެތްކަން. ގާސިމަކީ އިންސާފަށްއޮތް އެންމެ ބޮޑު ހުރަސް.
ބައިރޯ
02 November 2018
މިގައުމު ފަސާދައާއި ކަރަޕްޝަނާއި، ބައާވާތުގެ ތެރެއަށް ވައްޓާލީ ގާސިމް، އިމްރާނު. އިލްޔާސް، މައުމޫނު، ނަޒިމް، ތަސްމީނު އަދި އުމަރު މެން، ކުރިބައާވާތް އަހަރެމެން ހަދާން އެބަހުރި ދެން ގާސިމްމެން ދައްކާ ވާހަކަ ގަބޫލު ކުރާނީ ކޮން ބައެއް
އަލީދ
02 November 2018
ކަލޯ ޔާމީނުގެ ނަން ކޮބާ؟ ނުލަންޏާ ތީ ހަމަ އެއްކަލަ ކޯޑިނޭޓަރު ދޭތެރެ ޖައްސަން ދައްކާ ވާހަކަ! ޔާމީނު އަކީ އެއްގަތަކަށް ވެސް ކަމުދާ މީހެއް ނޫން!