އީސީގެ ރައީސް ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
02 ނޮވެމްބަރ 2018 - 13:18
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ ބަޔާން ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފުންނަށް އެކި ފަރާތްތަކުން އަނެއްކާވެސް ގުޅަމުންދާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ކުރި ބޮޑެތި ތުހުމަތުތަކުން، ސުޕްރީމް ކޯޓުގެ ނިންމުމާ އެކު ސަލާމަތްވެވަޑައިގެންފައިވާ ޝަރީފް "މިހާރު" އަށް ވިދާޅުވީ އިއްޔެ އާއި ރޭ އެ ކޮމިޝަންގެ ހަތަރު މުވައްޒަފަކަށް ބަޔަކު ގުޅައި ރިޔާސީ އިންތިޚާބު ސައްހަ ނޫން ކަމަށް ބުނެ ބަޔާން ދިނުމަށް "އާދޭސް" ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮންބައެއްކަމެއް ޝަރީފް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވިގޮތުގައި، ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލަތައް ހައި ކޯޓަށް ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް އަނެއްކާވެސް ބަޔާންތަކެއް ނަގަން ބަޔަކު އުޅޭ ސަބަބެއް އީސީއަށް ވެސް ނޭނގެ އެވެ. އަދި އެއީ ކޮން އިދާރާއަކަށް ހުށަހަޅަން ނަގާ ބަޔާންތަކެއް ކަމެއް ވެސް ސާފުނުވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ޕީޕީއެމުންތޯ ނުވަތަ ޕީޕީއެމަށް ސަޕޯޓް ކުރާ ބަޔަކުތޯ އެއް ދަންނަވާކަށް އަޅުގަނޑަކަށް އަދި ނޭނގޭ. އެނގޭހާ އެއްޗަކީ އަޅުގަނޑުމެން މުވައްޒަފުންނަށް ގުޅައި އާދޭސް ކުރަމުން ދާ ކަން،" ޝަރީފް ވިދާޅުވި އެވެ.
ބަޔާން ދިނުމަށް އެދިފައިވަނީ އީސީގެ މަސައްކަތްތަކުގައި މާލޭގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެއްވެސް މުވައްޒަފަކު މިހާތަނަށް ބަޔާން ދީފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުން ދެންނެވި ކަމަށް ވަނީ ތިމަންނަމެން ކުރިމަތީގައޭ ހުރިހާ ކަމެއް ހިނގީ. އެހެންވީމާ އިންތިޚާބު ސައްހަ ނޫން ކަމަށް ބަޔާނެއް ނުދެވޭނެއޭ،" ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވާދަކުރައްވައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ނާކާމިޔާބުވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާކަން އިއުލާން ކުރެއްވުމަށް ފަހު ވަކި ހިސާބަކުން އެ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ވެސް ހުށަހެޅުއްވި އެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްޓަކައި އީސީގެ މުވައްޒަފުންނާއި ވޯޓް ކަރުދާސް ޗާޕްކުރި އެމްސެވަންގެ މުވައްޒަފުން ކޯޓުގައި ހެކިބަސް ދިނުމަށް ޝަރުތުކޮށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި މައްސަލަ އޭރު ފެންމަތިވި އެވެ.
ލިޔެވޭ އަނގޮއްޓިއަކާއި ވޯޓު ކަރުދާހުގައި ކެމިކަލްތަކެއް ބޭނުން ކޮށްގެން ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލި ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ސާބިތު ނުވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ރިޔާސީ އިންތިޚާބުގެ ކަންކަން ތަހުގީގު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތެވެ. ނަމަވެސް ކޯޓުން އެކަމަށް ވަކި އަމުރެއް ނުނެރުނެވެ.
އިބޫ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ނިންމަވާފައި ވަނީ މި މަހު 17ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަޖްކީ
04 November 2018
ދައްކާނެ ވާހަކަ ހުސްވެގެން އުޅޭހެން ހީވަނި. އޮޅުވާލި ވޯޓް. މަޑުން ނުހުރެވިގެން ތިއުޅެނި ކީވެގެންތަ؟
ވަތުބަތާނަ
03 November 2018
އީސީ ޝަރީފޫ ޫގެ ޢަމަލުތަކާއި ބަސްމަގުން ވަރަށްގިނަކަންކަން ތަރުޖަމާކުރެވޭ! ދުވަސްކޮޅަކުން އެނގޭނީ! މުސްކުޅިން ބުނަނީ ފެންއޮތްތާގައޭ މަސް އުޅޭނީ.
ލޭޑީ ބޯއީ
03 November 2018
އީސީ ޝަރީފޫ!!!!! އަންނާށޭ މަ ގެންދަން!!!! ކޯޓައް!!!! ތިޔަ ބޭފުޅުން ވޯޓް އެޅީ މަތިންތޯ ؟ ތިރިންތޯ؟
ނޫސް ބަލާމީހާ
03 November 2018
އޮޅުވާލަން ކުރިކަމކާ ހެދިގޮތެއް ނުބުނެ އޮޅުާލީއޭ ބުނީމާ ޤަބޫލުކުރާނީ ކުޑަކުދިންނާ ބުއްދިއެއްނެތް މޮޔައިން . މަވެސް ދުށީން ކރުދާސްތައް ގުނަމުންދިޔައިރު ފާހަގަތަޢް ބައިކުރަމުން ދިޔަ މަންޒަރު . ގައިމުވެސް ޔާމީނުގެ ބަޔަކަށް އެފޮށީގެ ކަރުދާސްވައި މަދު .ދެން ބުނެވޭނެތަ ޢޮޅުވާލީއޭ .
ރީތި މޫސަ
03 November 2018
ޝަރީފަށް ހަމަސާބަސް ހެދިގޮތް އެގޭމީހުން އެބަތިބި
ބޮޑު ބަންޑާރަ
03 November 2018
ކިޔާލަ ދީބަލަ . ވަރަށް އެނގެންބޭނުން . މަށަކީ ޕާޓީމީހެއްނޫން . މަގޭ ބުއްދި ޤަބޫލު ކުރާވަރުގެ ހެއްކެއް ވިއްޔާ ޔާމީނަށް ސަޕޯރޓް ދޭނަށް .
ހައްވަފުޅު
02 November 2018
ޝަރީފޫ ޝަރީފޫ ޝަރީފޫ އަޑުއިވޭތަ؟
ދަތް އުނގުޅާބުރުސް
02 November 2018
ތީހާލިވާހަކަ .. ތިޔަނަގާމު ދިފާއުކުރުމަށްދައްކާ ދިއުޅިއެއްނުވާ ހޮޅިވާހަކައެއް
ބޯގޯސްމީހުން އާދޭސްކުރޭ
02 November 2018
ރައޔިތުންގެވޯޓުއޮޅުވާލަން ބަޔާނެއްދިނަސް އެދިންބަޔާދިފާއުކުރާނޭހިތްވަރު ރައްޔިތުންގެކިބައިގައި އެބަހުރި. މިގައުމުގައިނެތް ވަކިފަރުދަކަށް ވަކިމުއަސަސާއަކަށް ގަވާއިދާ ގާނޫނު ނަގާބޮލާޖަހާ ރައްޔިތުންގެ ހައްގުކަތިލެވޭކަށް އެއަށްވުރެންބޮޑަށް މީހުން ލޯހުޅުވައިގެން މިތިބީ
ހަޖަމޭ
02 November 2018
އީ.ސީ ގެ މުވައްޒަފުންންށް ދަނަނަވާލަން ބޭނުންވަނީ މިއީ ބަލިހަޖަމު ނުކުރެވިގެން ދުނިޔެއިން ބޭގަރާރުވެގެން އުޅޭ ބައިގަޑުތަކުގެ އަމަލު ހުންނާނެގޮތެވެ. ވީމާ އަޅާނުލާ ތިޔަބޭފުޅުންގެ ހަޔާތާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ.
ޙުފާ
02 November 2018
ޝަރީފް ދައްކާ ވާހަކަ ގަބޫލެއް ނުކުރެވޭ. ޢެކަމަކު ހީވަނީ ތިޔައީ އަންނިގެ ކަމެއް ހެން