ތާރުގަނޑު ނެއްޓިފައިވާ ސަރަހައްދެއް-- ފޮޓޯ: މުއިއްޒު އަދުނާން
05 ނޮވެމްބަރ 2018 - 13:52
މާލޭގައި ތާރު އަޅައިގެން އަލަށް ހެދި ރިންގު ރޯޑުގައި ތާރުގަނޑު ނެއްޓި، ދަށުން ފިލާގަނޑެއް ފެންނަން އޮތީ ޖަންކްޝަނަކާ ދިމާލުން ކަމަށާއި އެގޮތަށް ހަދާފައި ވަނީ ޖަންކްޝަންގެ ލެވަލް އުސްކޮށް މަތިގަނޑު އަޅަންޖެހޭ ކުންފުންޏަށް އެކަން ކުރެވެންދެން، މަގު ހެދުން ލަސްކުރެވެން ނެތުމުން ކަމަށް ހައުސް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ނެއްޓިފައިވާ ތާރުގަނޑުގެ ދަށުން ފިލާގަނޑެއް ފެންނަ ފޮޓޯއާ ގުޅިގެން ސޯޝަލް މީޑިއާގައި އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ފޮޓޯ ޓްވީޓް ކުރައްވައި އިއްޒު ވިދާޅުވީ އެއީ ޖަންކްޝަނެއް ކަމަށެވެ.
"ޖަންކްޝަންގެ ލެވަލް އުސްކޮށް، މަތިގަނޑު އަޅަންޖެހޭ ކުންފުންޏަށް އެކަން ކުރަން ވަގުތު ބޭނުންވާތީ، މަގު ހެދުން ލަސް ނުކުރެވޭނެތީ، މަގު ހެދި އިރު ފިލާގަނޑެއް ބާއްވާފައި ވާނެ،" މުއިއްޒުގެ ޓްވީޓްގައިވެ އެވެ.
އަދި ވިދާޅުވެފައި ވަނީ މިގޮތަށް އަޅާފައި ހުރި ފިލާތައް ނަގައި، އެ ކުންފުނިން ޖަންކްޝަންތައް މަގާ އެއްވަރުކޮށް، މަތި އަޅަމުން ގެންދާނެ ކަމަށެވެ.
Foto in efennanee junction eh. Junction ge level uskoh mathingadu alhanjehey kunfuyah ekankuran vaguthu beynunvaathee magu hedhun lasnukureveynethee, maguhedhi iru filaeh baavvaafa vanee. Migothah huri filaathah nagaa e kunfunin junction magaa level koh mathialhamun dhanee. pic.twitter.com/xiZMlJuiCe
— Dr.Mohamed Muizzu (@MMuizzu) November 5, 2018
މަގާ ބެހޭގޮތުން މިނިސްޓަރު ކުރެއްވި ޓްވީޓް--
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކޮށް ތާރު އަޅައި ނިންމީ މިދިޔަ އޯގަސްޓް މަހު ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސަންބޭ
06 November 2018
ތިޔައީ ތާރުހެނެއް ހިޔެއްނުވޭ. ވައްތަރީ ސިމެންތީއާ ހިލައާ މިކްސް ކޮށްފަ ހުރިހެން.
ހިރިގާ
06 November 2018
އަދި ޓުވީޓުވެސް ކޮށްފި އެފެންނަނީ ޖަންކްޝަން މަތީ އަޅާފަ އޮތް ފިލާގަނޑެކޭ ކިޔާފަ. މީހަކު އަޖައިބު ހައިރާން ނުވާނެ؟ ހުސް ކަންޖޫސް ކަންކަން ކޮށްކޮށް 5 އަހަރު ނިންމާލީ!
ބޮޑު ބަންޑާރަ
05 November 2018
އެގޮތަށް ހަދާފައި ވަނީ ޖަންކްޝަންގެ ލެވަލް އުސްކޮށް މަތިގަނޑު އަޅަންޖެހޭ ކުންފުންޏަށް އެކަން ކުރެވެންދެން، މަގު ހެދުން ލަސްކުރެވެން ނެތުމުން ކަމަށް ހައުސް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. އެއީތޯ މސައްކަތް ކުރަންޖެހޭ ގޮތަކީ. ކޮބައިތޯ ބޮޑު އެސްޓިމޭޓް ގެ އަގު . އިސްރާފު
1819
05 November 2018
ތާރު މަދުކަމުން ހީވަނީ ހުސް ހިލަ އަޅާފަ އޮތް ތަނެއްހެން ރޫޅި ނިމިފަ
ސެކެޓްރީ ޖެނެރަލް
05 November 2018
ބަލަ އަވަސް އަރުވާލައިގެން ކެމްޕޭނަށް މަގު ހުޅުވަންވެގެން މިގޮތަށް ކަންތައް ކޮއްފަ އެއީ ލަސްކުރެވެން ނެތިގެންނޭ ބުނީމަ ދެކޮޅެއް ނުޖެހޭ. ކެމްޕޭނާ ނުގުޅުވާ ކުރަންހުރި މަސައްކަތް ކޮއްފަ ވަގުތު އޮވެގެން ނިންމިނަމަކަ މިހެނެއް ނުވީސް. ރައްޔިތުންގެ ފައިސާ އިން އިސްރާފު ކުރުން ނޫން ކަމެއް މުއިއްޒުއަށް ކުރެވުނުތަ؟
ކެވެލި
05 November 2018
އަޅުގަނޑު ހީކުރީ މުއިއްޒު ވިދާޅުވާނީ އެއީ އެމްޑީޕީ މީހުން ގަސްދުގައި ކުރިކަމެއް ކަމަށް!
ބޭރުވެލާ
05 November 2018
މުއިއްޒުގެ މިނޫން ކަމެއް ނޯވޭ ދޯ؟ ޖަދަލު ކުރުން ފިޔަވާ!!!