ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވާތީ ޕީޕީއެމުން ވަކިކޮށް މަޖިލީހުގެ މެންބަރުކަން ގެއްލުވައިލި ބައެއް މެންބަރުންނާ ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
06 ނޮވެމްބަރ 2018 - 08:15
އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ޕީޕީއެމް ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލުވައިލި 12 ބޭފުޅުންނަށް، ޕްރައިމަރީއަކާ ނުލައި، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ވާހަކައިން ޚިޔާލުތަފާތުވުން އުފެދިއްޖެ އެވެ.
އެ މެމްބަރުން މަޖިލީހަށް ވަނުމުގެ ފުރުސަތު ނުދީ އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ސުޕްރީމް ކޯޓުން އީސީގެ ނިންމުން ބާތިލްކުރުމުން މެމްބަރުން އަލުން މަޖިލީހާ ގުޅިފައިވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އަންނަ މާޗް މަހު ބާއްވާ މަޖިލީހުގެ އިންތިޚާބަށް ޕްރައިމަރީއަކާ ނުލައި ކުރިމަތިލާން އެ މެމްބަރުންނަށް އެހީތެރިވެދޭން އިދިކޮޅު ކޯލިޝަންގެ ހުރިހާ ފަރާތްތަކަކުން ކުރިންސުރެ ވަނީ އެއްބަސްވެފަ އެވެ.
މިއީ، 12 މެމްބަރުން ޕީޕީއެމުން ވަކިވެ އިދިކޮޅު ކޯލިޝަނާ ގުޅިގެން ސަރުކާރާ ދެކޮޅަށް ނުކުތުމުގެ އަގު ވަޒަންކުރުމާއި އެކަމާ ގުޅިގެން ތަހައްމަލްކުރަން ޖެހުނު ބޮޑު ބޭއިންސާފުގެ ބަދަލެއްގެ ގޮތުގައި ސިފަކުރެވުނަސް، ވަކި ފިކުރަކަށް ތާއީދު ނުކުރާ ބައެއް އާއްމުންނާއި ކޯލިޝަންގެ ބައެއް ސަޕޯޓަރުން ވެސް ބަލައިގަންނަ ކަމެއް ނޫނެވެ.
އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާ މީހުން ބުނަނީ "ތަބަކަކަށް ލާފައި" ކެންޑިޑެސީ ދިނުމަކީ، މި 12 މެމްބަރުންނަށް ވިޔަސް، މައްސަލައެއް ކަމަށެވެ. އަދި ޕްރައިމަރީއަކާ ނުލައި އެ މެމްބަރުންނަށް ޓިކެޓް ދޭން އިދިކޮޅު ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންފައިވެއޭ ވިދާޅުވާ މޭރުމަކުން މައުމޫން ޓްވީޓް ކުރައްވާފައިވާ އިރު، ރައްޔިތުންގެ ކަންކަން މި ގޮތަށް ނިންމެވުމުގެ އިޚްތިޔާރެއް ސިޔާސީ ލީޑަރުންނަށް ނޯންނާނެ ކަމަށް ބުނެ އެތައް ބަޔަކު ގެންދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.
"ޕްރައިމަރީއެއް ނެތި، އާއްމު މެމްބަރުންގެ ބަހެއް ނެތި، ދެތިން ފަރުދަކަށް މި ކަމެއް ނުނިންމޭނެ،" ވައްޑޭގެ ނަމުގައި ޓްވިޓާ ބޭނުންކުރާ އެމްޑީޕީގެ ސަޕޯޓަރަކު ބުންޏެވެ.
މިއީ އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވީ ވައުދުތަކާއި "ވިއްކި" ވާހަކަތަކުގެ ރޫހާ ދިމާ އިދިކޮޅު ކަމެއް ކަމަށާއި އެ ވާހަކަތައް ގަބޫލުކުރި ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިންޖެހުން ކަމަށް ވެސް އެއް ބަޔަކު ސިފަކުރެ އެވެ.
rayyithun: pls don't disappoint us
— bitter honey (@hikidheli) November 5, 2018
coalition: haha sure
also coalition: these 12 MPs will have seats. shhhhhh, THEY WILL.
😂😂😂 asluves. Vote ves laane kameh nei...interview kollaafa gondi dhee...vaki mudhdhatheh ves nei gothah. Boahalaak https://t.co/qN7Nr1jKz3
— Shiuz (@Shiuz) November 5, 2018
"ރައްޔިތުން ވޯޓު ދިނީ ހަތަރު ލައްކަ މީހުންގެ ތެރެއިން ހަތަރު މީހުން ވެރިކަން ކުރާކަށް ނޫން. ހަތަރު ލައްކަ މީހުންގެ ބަސް އޮވެގެން ވެރިކަން ކުރަން. ކޯލިޝަންގެ ނިންމުމަކީ ރައްޔިތުންގެ މަސްލަހަތަށް ވުރެ ވަކިވަކި މީހުންގެ މަސްލަހަތު އިސްކުރާ ނިންމުމެއް،" އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވްސްޓް ޝައްމޫން ޖަލީލް (ލޫކަސް) ޓްވީޓްކުރި އެވެ.
"ބާރަ މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ. ދާއިރާތަކުގެ ޓިކެޓް ލިބެން ވާނީ ޕްރައިމަރީއަކަށް ގޮސްގެން. ޑިމޮކްރެސީގެ ތާހިރު ރީތި އުސޫލުތައް މުގުރާލުމަކީ ހިތާމަހުރި ކަމެއް،" ޓްވިޓާގައި އަހުމަދު ސައީދު މުހައްމަދު ޝުއޫރު ފާޅުކުރި އެވެ.
12 memberunge gondieh nugelley.Dhaairaathakuge tkt liben vaanee primary akah gosgen.democracy ge reethi thaahiru usool thah muguraalumakee hithaama huri kameh.!
— Ahmed Saeed Mohamed (@myfoona) November 5, 2018
ގާނޫނީ ވަކީލު މޫސާ ސިރާޖުގެ ނަޒަރުގައި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހިފަހައްޓަން ގާނޫނުތައް ފާސްކުރުމާއި "ގައުމު ފުނޑާލަން ތަބަކަކަށް ލާފައި" ރައީސް އަބްދުﷲ ޔާމީނަށް "ދިނީ މި ހިނގާ މަޖިލިސްގެ މެމްބަރުން" ކަމަށް ވާއިރު އެ މަޖިލީހުގެ މެމްބަރުންތަކަކަށް މި ގޮތަށް ޓިކެޓް ދީގެނެއް ނުވާނެ އެވެ.
"ރައްޔިތުންގެ އަނގައިގައި އަތް އެޅީ މި ހިނގާ މަޖިލީހުން ފާސްކުރި ގާނޫނަކުން. އެއްވެ އުޅުން މަނާކުރީ މި ހިނގާ މަޖިލިސް އިން ފާސްކުރި ގާނޫނަކުން،" އޭނާ ޓްވީޓްކުރެއްވި އެވެ.
"ތަބަކަކަށް ލާފައި ޓިކެޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް."
އެމްޑީޕީ އަށް ތާއީދުކުރާ ބައެއް މީހުން މިކަމާ ދެކޮޅު ހަދަމުންދަނީ މިއީ މުޅި ކޯލިޝަނަށް ވުރެ ބޮޑަށް މައުމޫންގެ އަމިއްލަފުޅު މަސްލަހަތު އޮތް ކަމެއް ކަމަށް ބުނެ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި މައުމޫންގެ ޓްވީޓްގެ ފަހަތުގައި ފޮރުވިފައި އޮތީ ގޮނޑި ގެއްލުނު މެމްބަރުން މައުމޫންގެ ފަރާތްޕުޅުން އިންތިޚާބަށް ނެރުއްވުމުގެ ރޭވުމެކެވެ. އެހެންވެ އެ މީހުންގެ ރުޅިވެރިކަން އަމާޒުކުރަމުން ދަނީ މައުމޫނަށެވެ.
އަދި މި ކަމުގައި ކޯލިޝަންގެ ހުރިހާ ފަރާތްތަކަކުން އެއްބަސްވެފައިވާ ކަމަށް މައުމޫން ވިދާޅުވިޔަސް އެއީ އިތުރުފުޅެއް ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ފާޑުކިޔަމުންނެވެ. އެކަމަކު ހުރިހާ ލީޑަރުން އެ ޔަގީންކަން ދެއްވާފައިވާ ކަމަށް 12 މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން ވެސް ވިދާޅުވެ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ 12 މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި އެ މެމްބަރުންގެ އެދިވަޑައިގަތުމާ ގުޅޭ ގޮތުން އެމަނިކުފާނަށް ސުވާލު ވެސް ދެންނެވި އެވެ.
ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމާ ބެހޭ ގޮތުން މައުމޫން ފިޔަވައި އިތުރު ލީޑަރަކު އަދި ވާހަކައެއް ނުދައްކަވަ އެވެ. އެކަމަކު އެގޮތަށް ޓިކެޓް ދީފި ނަމަ ވަރަށް ބޮޑު ހިޔާލު ތަފާތުވުމަކަށް އެކަން ވާނެކަން މިހާރު ވެސް ކަށަވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިޖޭ
07 November 2018
މިދައުރުގައި ގޮނދީ ގެއްލުވާލާފައި ބައި އިލެކްޝަން އަކަށް ދިޔަނަމަ، ފްރީ ޓިކެޓް އޯކޭ. އެކަމު އާދައުަރަކަށް ތަބަކަށްލަފަ ނުދެވޭނެ، އަދި މި 12 މެމަބަރުންގެޕާފަރމަންސް އެއް ނުފެނުނު މި ފައިބެ 4 އަހަަރކު... މީގަ އެބަތިބި ހޮވުނީމަ، ސަރުކަރު ކޮޅަށް ދީލާލި މެމަބަރުންވެސް.... މިމީހުންހޮވޭކަށް ބޭނުމެއް ނޫން.. ބޭނުމީ ތައުލީމީ ޒުވަން ލޯޔަލް އެމްޕީން ތަކެއް
މަންޑޭލާ
06 November 2018
މައުމޫން ސިޔާސީދާއިރާ ދޫކޮއްލާ. ހުދުމުހުތާރު ގޮތްގަޑު އަދިވެސް ތިހުންނަނީ.
ދއނ
06 November 2018
ހުދުމުހުތާރު ވެރިކަމޭ ކިޔާނެ ކަމެއް ނެތް އެމްޑީޕީ މީހުންނެތް. މި ފަހަރު ވެރިކަން އެމްޑީޕީން ހޯދެވީ ރައީސް މައުމޫން އާ އެކު ކޯލިޝަން ހަދައިގެން
ޝޮކްތެރަޕީ
06 November 2018
މައުމޫން އުޅުއްވަނީ ހިތުހުރިހާ ގޮތަކަ. މައުމޫންގެ ސަބަބުން ޕީޕީއެމް ހަލާކުވަނީ.
އޯކޭ12
06 November 2018
އާ ދޭންވާނެ ކީއްވެނުދޭންވީ. ފޮށި ފޮށީގަ ޑޮލަރުވެސް ދިނީނުން.. ޑޮލަރުދިނުން އޯކޭވީމަ ޓިކެޓުދިނުންވެސް އޯކޭ. ގައުމު ހަރާބުކުރަން ކޮޅުބަދަލުކުރަންވެސް އޯކީވީމަ ޓިކެޓްދޭންވެސް އޯކޭ.
މެންބަރ
06 November 2018
ތިޔަ މެންބަރުން އަދިވެސް ހޮވިދާނެއެވެ. ނަމަވެސް ތިޔާގެ ތެރޭގައި ތިބީ ހުސް އިޚްލާސްތެރިން ނެއް ނޫނެވެ.
ބޮލުރޮދި
06 November 2018
30އަހަރުވެސް މަޖިލީހުގައި ތިބި ވޯޓަކާ ނުލާ މެންބަރުން. މިއީ ހަމަ ސީދާ ފަހަތަށް އެޅޭ ފިޔަވަޅެއް.
ޣޣ
06 November 2018
އެމްޑީޕީ ވެރިކަން ހޯދަން ކުރީގެ ރައީސް މައުމޫންއާ އެކު ކޯލިޝަން ހެދުމަކީ އަދިވެސް ވަރަށް މަޖާ ކަމެއް.....ކިހާ ދުވަހެއް ވާނެބާ.....އެމްޑީޕީ ވުޖޫދަށް އައީ ރައީސް މައުމޫން ވެރިކަން ނިމުމުކަށް ގެންނަން މިހާރު މީ އެއްބަޔެކޯ....ހަހާ...އެމްޑީޕީގެ ސިޔާސަތާ މުޅިން ފުށު އަރާކަމެއްކޮށްގެން ވެރިކަން ތިހޯދީ
ޣޣ
06 November 2018
އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ކޯލިޝަންގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި....ބަދަލު ކުރަން ނުއުއްވާ އެމްޑީޕީން މިހާރު.... ކުރިން ވިދާޅުވި ގޮތަށް ކަންތަށް ކުރައްވާ.. އެމްޑީޕީގެ ކޯލިޝަން އުވޭނެ މަޖުލީސް އިލެކްޝަން އާ ހަމައިން ތިހެން އުޅުއްވަންޔާ
ޖިނަ
06 November 2018
ތިޔަ 12 މެންބަރުން ވެސް އެ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކުރުމަށް ނުވަތަ އެމްޑީޕީއިން މިހާރު ކުރިމަތިލާން ބޭނުންވެފައި ތިބި ފަރާތްތަކަށް ވެސް ތިޔަ 12 ގޮނޑިއަށް ވާދަކުރާ ގޮތަށް ހަމަޖެހިއްޖެނަމަ ވަރަށް އުފާވާނެއެވެ. އަދި މިކަމުގައި އަޑު އުފުލަން ފަސްނުޖެހި މަސައްކަތް ކުރި ލޫކަސް ފަދަ ޒުވާނުންނަށް ކުރިމަގުގައި ކޮންމެ މަގާމަކަށް ވާދަކުރިޔަސް ވޯޓު ދޭނަމެވެ.
އެޔާމީނު
06 November 2018
ރައީސް މައުމޫނަކަށް ޑިމޮކްރަޓިކް ނިޒާމުން މަސައްކަތެއް ނުކުރެވޭނެ. މުޅި އުމުރުގައި ވެސް ވަކިވަކި ފަރުދުންގެ މަސްލަހަތަށް މަސައްކަތް ކުރެއްވީ. މިހާރު ހުންނާނީ ކަށީގައި ހިފާފައި.