މާލެ: ނޮވެމްބަރު 6، 2018: "ޖަޒީރާ ހޮޅުއަށި" ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދަރުބާރުގޭގައި ފެށި ފުރަތަމަ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދާއި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އާންމުންގެ ބަޔަކާއި ސަލާމް ކުރައްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
07 ނޮވެމްބަރ 2018 - 20:40
މި މަހުގެ 17 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ގުޅިގެން އުފައްދާ ސަރުކާރުގެ ބޭނުމަކީ ވެރިކަމުގެ ލައްޒަތު ހޯދުން ނޫން ކަމަށާއި އާ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށްވި ވައުދުތައް އަވަދިނެތި ފުއްދަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސ. ހުޅުދޫގައި މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑު އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވަނީ އަމިއްލަ ފައިދާއަށް ނޫން ކަމަށެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެމަނިކުފާނަށް ލިބެން އޮތް އެއްޗެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު ހުޅުދު އަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ
ދިވެހިންނަކީ މިނިވަން ކަމަށް ލޯބިކުރާ އިންސާފު ބޭނުންވާ ބައެއް ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ޒައާމަތުގައި ރައްޔިތުންގެ ބޭނުންތަކާއި އެދުންތަކާއި އުންމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިންތިޚާބެއްގައި މަސައްކަތް ކުރަނީ އަމިއްލަ ފައިދާއަކަށް ނޫން. ހަމަ ކަށަވަރުން ވެސް މިދިޔަ އިންތިޚާބުގައި މާލީ ގޮތުން އަޅުގަނޑަށް ލިބެން އޮތް އެއްވެސް އެެއްޗެއް ނެތް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ވެރިކަމުގެ ޖާހާއި ވެރިކަމުގެ ލައްޒަތަކަށް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިން މިނިވަން ކަމަށް އެދި، ޑިމޮކްރަޓިކް އުސޫލުތަކަށް ތާއީދު ކުރަނީ ތަނަވަސް ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގަ އެވެ. ރައްޔިތުން ހާސް ކަމެއް ނެތި، ދިރިއުޅެވޭނެ ގޮތްތައް ބޭނުންވިޔަސް، އާއިލާއާ އެކީގައި ރިވެތި ދިރިއުޅުމެއް ނޫޅެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހުޅުމީދޫން މިސާލު ނަންގަވައި ނަޝީދު ވިދާޅުވީ ރަށުގެ އާބާދީގެ 60 ޕަސަންޓު މީހުން ދިރިއުޅެނީ ރަށުން ބޭރުގައި ކަމަށެވެ. އެގޮތުން، ގިނަ މީހުންނަށް ލިބޭ އާމްދަނީ ހޭދަ ކުރަނީ ކުލި ދެއްކުމަށާއި ކަންމަތީ ސްޓޯރަށް ދަރާފައި ހުރި ފައިސާތައް ދެއްކުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގިނަ ބަޔަކު މިއަދު ތިބީ ކަރަންޓާއި ފެން ބިލު ވެސް ނުދެއްކޭ ހާލަތުގަ އެވެ.
ނަޝީދު މިއަދު ހުޅުދުއަށް ވަޑައިގެން، އާންމުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގައި ތަނަވަސް ދިރިއުޅުމެއް ހޯދައި ދިނުމެވެ. އަދި ލާމަރުކަޒީ ރާއްޖެއެއް ހޯދައިގެން ނޫނީ ދިވެހިންނަށް ހައްގު މިންވަރު ނުލިބޭނެ ކަމަށް ވިދާޅުވި އެވެ. ތަރައްގީގެ ނާރެހަކީ ޖީބަށް ވަންނަ ފައިސާ އިތުރުވުމާއި ތަކެތީގެ އަގު ދަށްވެގެން ދިއުން ކަން ފާހަގަ ކުރައްވައި ނަޝީދު ވަނީ އެ މަސައްކަތްޕުޅުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ އައްޑޫގެ ވާހަކަ ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އައްޑޫ ތަރައްގީކޮށްގެން ނޫނީ ރާއްޖެއަށް ތަރައްގީ ނުލިބޭނެ ކަމަށެވެ. އައްޑުއަކީ މުއްސަނދި ކުރެވޭނެ އަތޮޅެއް ކަމަށާއި އެ އަތޮޅު ތަރައްގީ ކުރުމުގައި ވެސް އަވަދިނެތި ހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އައްޑު އަށް އަމާޒުކޮށްގެން މިހާރު މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ބާރުތައް މާލޭގައި ހުންނަަވާ ވަޒީރެއްގެ މޭޒުކޮޅުގައި ވަނީ ހިފަހައްޓައިފަ އެވެ. އަދި އިދިކޮޅު ކޯލިޝަނުން ނުކުމެ ތިބީ ސިޓީ ކައުންސިލްގެ ބާރުތައް އަލުން ފޯރުކޮށްދިނުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު ހަވީރު ހުޅުދު އަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްޒަތު
08 November 2018
ލައްޒަތެއްގައިވާ ނޫޅޭތާ އުމުރާއަށްވެސް ވަޑައިގަތީ ޕްރައިވެޓ ޖެޓެއްގަ... ދެންބުނޭ ސައުދީ ސަރުކާރުން ހިލޭދިން ދަތުރެކޭ! ލައްޒަތުގައި ޖެހި މަސްތުވުމުން ލައްޒަތުގެ މާނަ އެމީހަކު ބޭނުންގޮތަކަށް ކުރާނެއެވެ.
އުދުހޭ
08 November 2018
ދެން ކޮން ލައްޒަތެއްގައިބާ މިއުޅެނީ؟
ގުނބޯ
08 November 2018
ރައީސް މީހާ އަކީ ކާކުކަން މިހާރު އޮޅިއްޖެ! އިބޫ ސޯލިހައް ޖާގަދެއްވާފައި މަޑުމަޑުން ހުންނަވައިގެން ނޫނޫ މިކަމެއްނުވާނެ.
އެބަހަމަޖެހޭތަ
08 November 2018
ނިމިދިޔަ އިންތިޚާބުން މިބޭފުޅާއަށް ލިބެން އޮތް އެއްޗެއްނެތޯ!! ފައިސާއިން ކުރިން ނުގަނެވުނު، މަކަރުން ނުހޯދުނު މިނިވަންކަން ލިބުނީ ދެން ކޮންކަމެއްގެ ސަބަބުންބާ؟ ކުރިން ހަލުވާނުލެވުނު ދޫ އިންތިހާއަށް ތިޔަ ހަލުވާލެވެނީ ކޮންކަމެއްގެ ސަބަބުންބާ؟ އަދި ކުރިއަށް ރާވާފައިހުރި އެތައް ރޭވުމެއްގައި ހަގީގީ ކުލަ ޖައްސަން މަސައްކަތް ފަށަންލިބުނީ ކޮންފުރުސަތެއްގެ ސަބަބުންބާ؟ ހުރިހާ އެއްޗެއް ލިބުނީ ހަމަ ނިމިދިޔަ އިންތިޚާބުގެ ސަބަބުން.
އަލިހަންޖާ
08 November 2018
ނަޝީދު މިއުޅެނީ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް މަޖިލިސް ތެރެއިން ވެރިކަން ދަމައިގަންނަން ހެން ހާދަ ހީވެއޭ. އައިފަހުން ދައްކާ ވާހަކަތަށް ގުޅުވީމަ އަހަންނަށް ފަހުމުވި ގޮތްމީ! ރާއްޖެތެރޭ އާދައިގެ ބޭފުޅަކު ވަރިކަމަށް އައުމުން މާލޭ ބޭފުޅުން ވަރަށް މޭކަރާނެ!
ދދދދ
08 November 2018
ކަލެއަށް ހާދަ ވަރަކަށޭ މީހުން ބަވަނީ ދޯ؟ ހަމްދަރުދީ ވަން.
ޢަލީދީދީ
08 November 2018
ގުޅިފަޅުން ފުލެޓުގަތް ފަރާތްތަށް ވަނީ ލައްކައިން ލާރިދައްކާފަ! ލާރި ދެއްކިތާ 9 އަހަރު ވާއިރު ފުލެޓުނުދީ 2 ކޮޓަރީގެ ވުޖޫދުގަވެސް ނެތް ކުޑަތަންކޮޅެއް ބޭނުމެއްނެތް! ބަދަލު ދޭންޖެހޭނެ! އެންމެ މަދުން ދެއްކިފަރާތްތަކުނެ 250،000 ދެއްކިއިރު އަނެއްބައިފަރާތްތަކުން 680،000 އަށް ވުރެ ގިނަ ރުފިޔާ ދިންއިރު މީގެ ބަދަލު ސަރުކާރުން ދޭންޖެހޭ! މިއީ ސަރުކަާރުގެ ވަރަށް ބޮޑު އިހުމާލެއް! ޕީޕީއެމް 18 މީހަކަށް ވަނީ މިދިޔަ އަހަރު މުޢިއްއުޒު ފުލެޓުދީފަ!ކޮބައިތޯ އިންސާފު.
ޗިއްލޫ
08 November 2018
ކަލޭވެރިކަމާހެދި ބޫތުކައިގެން އިންޑިޔާ ސިފައިން މިގައުމަށް ފޮނުވަންވެސް ކިހާ މަސައްކަތެއްކުރި!!2008 ވެރިކަމަށް އައުމުގެ ކުރިން ކަލޭބުނި ތިމަންނަށް ވެރިކަމަކަށް ކުރިމަތި ނުލާނަމޭވެސް، އަދި ވެރިކަމަށް ކުރިމަތިލާފަަ ކަލޭބުނީ 2 އަހަރުން އިންތިހާބެއްބާއްވާނަމޭވެސް!!! އަބަދު ހިދުކޮޅުގަ ހުންނަ މީހަކަށް ކިޔޭނުކިޔޭއެއް ނޭޭނެ!!!
ހަސަނަކާ
08 November 2018
އަމައްޔާއި މިހިރަކަޑާ ފޮނިޔެއް، ރިސޯޓަކާ ލެޕްޓޮޕަކުން
އާއިޝަތު /ތަކަންދޫ
08 November 2018
ސޮރީ ރައީސު ނަޝީދު... މާލެ ބޭބުޅުންވަނީ އަލާކެނޑޭ ވަރައް ރާއްޖޭގެ ވެރިކަން ކޮށްފައި.. އަދި އެކުރިވެރިކަމުންވަނި މާލެއާއި މާލެ ކައިރީގައިވާ ބިމާއި ފަޅުތަކުގެ އަގު މިއަދު މުޅިދުނިޔެ ހައިރާން ކުރެވެނިވި އަގަށް އަގުއަރުވައިފައި.. އަޅުގަނޑު މިގޮވައިލަނީ ދިވެހިރާއްޖޭގެ ރައްޔަތުންގެ ތެރެއިން ރައްފުށުގައި މިއަދުވެސް އިއްޔެވެސް ހާލުގައި އުޅޭ މީހުން މިކަންތަކަށް ވިސްނައި ހިލާވެސް ދެން މާލެ ބަޔަކަށް ރާއްޖޭގެ ވެރިކަމައް ތާއިދު ނުކުރުން. ބަހާފައިސާގައިހިފާ