ނަޝީދު ހުޅުދު އަށް ވަޑައިގެން ކުޑަކުދިންތަކަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ
07 ނޮވެމްބަރ 2018 - 19:36
ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.
އައްޑު އަށް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އައްޑޫ ދެ ބޭފުޅުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށް ލީ އިންސާފުން ނޫން ކަމަށެވެ. އަދި އެއްވެސް ބަޔަކަށް ބޭއިންސާފުން އަނިޔާ ލިބެން ބޭނުން ނުވާ ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުން ދޫކޮށްލުމަށް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު: އެ ބޭފުޅުންގެ ފޯނު ދޭން އިންކާރު ކުރެއްވި ކަމަށް ބުނެ ދައުލަތުން ވަނީ ދައުވާ ކޮށްފައި --ފޮޓޯ/މިހާރު
"ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އޮތީ ނުހައްގުން ހިންގުނު ޝަރީއަތަކާއި ބޭއިންސާފުން ކުރެވުނު ތުހުމަތެއްގައި ޖަލުގައި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ކުރީގެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލައި، އެބޭފުޅުންގެ އާއިލާތަކާއެކު އުޅެވޭނެ ގޮތް މި ސަރުކާރުން ހަދައިދޭން ޖެހެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލަން ނަޝީދު ގޮވާލެއްވި އިރު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ދެ ބޭފުޅުން މިނިވަން ކުރައްވަން ވައުދުވެވަޑައިގެންފަ އެވެ. ދެ ބޭފުޅުންނަކީ ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް މިނިވަން ނުވެ ތިބި ދެ ބޭފުޅުންނެވެ.
އެ އަމުރަށް ފަހު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އަލީ ހަމީދުގެ މައްޗަށް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމާއި ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލާގައި ކުރި ދައުވާ ވަނީ ސާބިތުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވި އަބްދުﷲ ސައީދުގެ މައްޗަށް ވެސް މި ދެ ދައުވާ އާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. އެ މައްސަލަތަކުގައި އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ 1 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައިސްފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވަނީ ފެބްރުއަރީ 1 ގައި އަމުރު ނެރުނީ ސީދާ އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް ކަމަށެވެ. ފަސް ފަނޑިޔާރުން އިއްތިފާގުވެފައިވީ ނަމަވެސް އެއީ އިދިކޮޅު ޕާޓީތަކުން ރިޝްވަތު ހުށަހަޅައިގެން އެ ދެ ފަނޑިޔާރުން ނެރުއްވި ހުކުމެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަަ
08 November 2018
އެ ކިހިނެތްތަ އެހާ ޔަގީންވަނީ ހަމައެކަނި ސިޔާސީ މީހުންނަށްކަން ބޭއިންސާފުން ހުކުމް ކޮށްފަ އޮތީ؟ މިދިޔަ 5 އަހަރުތެރޭ ކުރި ހުރިހާ ހުކުމެއް ބާތިލްކޮށް އެ އެންމެން މިނިވަންކުރަންވީނު؟
ދުރު
08 November 2018
މި އީ ހާދަ އަމިއްލަ އެދުން ބޮޑު 12 މެމްބަރން ނޭ، މި މީހުނައް ޕްރައިމަރީ ސްކިޕް ވާކަމައް ވާހަކަ ދެކެވުނީ ގޮނޑި ގެއްލުނުނަމަ، ހުރިހާ މޮޅެއް ވާކައުް ނުޖެހޭ، އަނެއްކާ މާ ގާބިލް ބައެއް ވެސް ނޫން، ނަށީދު ގެ އަނގަ މާބޮޑީ. ތަޅު އަޅުވަން ޖެހެނީ
އެޔާމީނު
08 November 2018
އިބުރާހީމަށް ވެރިކަން ހިންގަން ފަސޭހަވާނީ ތި މީހުން ހައްޔަރުގައި ތިބިއްޔާ. ތިއެންމެންނަކީ ވެސް ބެއްޔަގެ މީހުން. ނަޝީދު މާ މީހުންނަށް ރަނގަޅުވާން ހަދައިގެން ކުރީ ފަހަރުވެސް ބޮނޑި ލިބުނީ.
އަލިހަންޖާ
08 November 2018
އަޅެ ނަޝީދުތަ ވެރިކަމަށް ހޮވިގެން މިއުޅެނީ؟ ރައްޔަތުންނާ ނަޝީދު ބައްދަލު ކުރުން މައްސަލައެއް ނޫން. އެކަމަކު އިބޫ ނުވެސް ދަނެހުރި ސަރުކާރާ ބެހޭ ވާހަކަ ނުދެއްކެވުން އެދެން. އަނެއްކާ އިބޫއެއީ މުގުލޭ ކިޔާ އޮޅުވާލާފަ މުގުލަކީ ބިމުއަޑީ ނުފެންނަ އެއްޗަކަށްތަ ތިހަދަނީ؟
ފޮނިމީހާ
11 November 2018
އެމެރިކާ ނަމޫނާއަކައްބަލާ ގައުމެއްގަ ވެރިކަމުގެ ނިޒާމުވެސް އޮންނާނީ ހަމަ އެމެރިކާގެ ވެރިކަމުގެ ނިޒާމް އޮންނަ ގޮތައްތާ ދޯ!!! ހައިރާން ނުވޭ!!! އަދި ވަރަށް ކަންތައް ފެންނާނެ!!!
ސާދާސީދާ
08 November 2018
އެ 2 ފަނޑިޔާރުން ރިޝްވަތުނެގީމައި އަނެއް 3 ފަނޑިޔާރުން ބައިވެރިވަންޏާ އެ 3 މީހުން ވެސް ވަކިކުރޭ!
އީމަން
08 November 2018
ނަޝީދު ގާނޫނު ރޯނު އެދުރު
ހައްޤު ގޮތް
08 November 2018
ނުބައި ކޮށް ހުކުމް ކޮށް މަޤާމު ވަކި ކޮށް ޖަލަށް ލާފައި ވާނަމަ މިނިވަން ކޮށް މަޤާމު އިއާދަ ކުރަން ޖެހޭނެއެވެ.
ގާލިބު
08 November 2018
އަޅެ މީނާ ހަމަތަ..
އެސްފިޔަ
08 November 2018
މިހާރު ތިއޮތީ ނަޝީދު ބޭނުންވި ސަރުކާރު ގެނެވިފަ. ތިމީހުނަށް އެމީހުން ދޫކޮށްލެވޭނެ. އެމީހުން ސަލާމަތްކޮށް ދޫކޮށްލުމުގެ ފުރިހަމަ ބާރު ނޝީދު ސަރުކާރަށް އޮންނާނެ.
އާނު
08 November 2018
މެޑެލް ޖެހުމަށް ތިހެންބުނުން ގޯހެއްނޫން. އެކަމަކު ކަންވީގޮތާ އެބޭފުޅުންގެ އަމަލުތައް އެންމެ ރަނގަޅަށް އެނގޭނެ އެއްފަރާތް ނަޝީދަކީ.