10 ނޮވެމްބަރ 2018 - 11:19
އަތޮޅުތެރޭގައި ގިނަ އެއާޕޯޓްތަކެއް އަޅަން ރައްޔިތުން އެދޭތީ އެ ވިސްނުން ބަދަލުކުރަން އާދޭހާ އެކު ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
ހއ. ދިއްދޫގެ އެމްޑީޕީ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު ސުވާލުކުރަން ފުރުސަތު ހުޅުވާލެއްވުމުން ރަށު މީހަކު ނަޝީދާ ކުރެއްވި ސުވާލަކީ ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން ކޯލިޝަންގެ ސަރުކާރުން ގެންގުޅޭތޯ އެވެ. މި ރަށުން ހަނިމާދުއަށް ދަތުރުކުރުމުގެ އަގު ބޮޑުވުމާއި މޯލްޑިވިއަންގެ ފްލައިޓް ޓިކެޓުގެ އަގު ވެސް ބޮޑުކަން އޭނާ ފާހަގަކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުން ނަޝީދު ވިދާޅުވީ މަގާމަކަށް ކުރިމަތިލައްވައިގެން ނޫޅުއްވާތީ ވަރަށް ސާފުކޮށް އެ ވާހަކަ ދެއްކެވިދާނެ ކަމަށެވެ.
އެގޮތުން ފްލައިޓް ދަތުރުތަކަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުން ޓިކެޓުގެ އަގު ބޮޑުވާ ކަމަށާއި އެވަރުގެ ހޭދައެއް ކުރާނެ ތަނަވަސްކަން އެބަ ހުރިތޯ ސުވާލު ކުރެއްވި އެވެ. އެހެންކަމުން އެއާޕޯޓުތައް އިތުރު ކުރުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ ރަނގަޅު، ހަލުވި، އަގުހެޔޮ ފެރީގެ ނިޒާމެއް ގާއިމްކުރުން ކަމަށް ވިދާޅުވި އެވެ.
"އެއާޕޯޓެއް އަޅައިގެން އިގްތިސާދީ ފައިދާއެއް މި ލިބެނީ އޭގެ ވިޔަފާރީގެ އުސޫލު ދެކޮޅު ޖެހުނީމާ. އަޅުގަނޑުގެ އަމާޒަކީ 50ރ. – 100ރ. އަށް މި ރަށުން ރޭގަނޑު ފުރައިގެން ހެނދުނު މާލެ ދެވުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވީހާވެސް ކައިރީގައި އެއާޕޯޓެއް ބާއްވަން މީހުން އެދުނަސް އެއީ ތަރައްގީގެ ރަނގަޅު ތަސައްވަރެއް ނޫނެވެ. ސިޔާސީ މަންފާ ހޯދަން އެއާޕޯޓްތައް އަޅައިދޭނެ ކަމުގެ ވައުދުވާ ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ދެއްކެވީ ރިޔާސީ އިންތިޚާބުގެ ފަހު ދުވަސްކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާބަސްގެ އޭ380 މަރުކާގެ ފްލައިޓް ޖެއްސުމެވެ. ރައީސް އަބްދުﷲ ޔާމީން ހީފުޅުކުރެއްވީ އެކަމުން ދިވެހިން ހެއްލޭނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުން އެވަރަށް "ވާވައްދައި އޮޅުވާލަން" ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ކެމްޕޭންގެ ބައެއް ކަމަށް ހިމަނައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް، ދުނިޔޭގެ ކޮމާޝަލް އެންމެ ބޮޑު މަތިންދާބޯޓު ޖެއްސީ، އެތަނުގައި ހެދި އާ ރަންވޭއަށެވެ. އާ ރަންވޭ ރަސްމީކޮށް އަދި ނުހުޅަވަ އެވެ. އެކަމަކު އެއީ ޓޫރިޒަމަށް ބިނާވެފައި އޮތް ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް، އެމްއޭސީއެލް އާއި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވެސް އެއްބަސްވެ އެވެ.
ވީއައިއޭއަށް އޭ380 މަރުކާގެ ބޯޓުފަހަރުގެ ޝެޑިއުލް ދަތުރުތައް ފެށޭވަރުވާނީ އާ ޓާމިނަލްގެ މަސައްކަތް ނިމުމުންނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެއާޕޯޓްތައް އަޅަން ދެކޮޅުނުޖެހޭ ހަރަދުތައް ކުރީމައި އެފައިސާ އަނބުރާ ދައްކަން ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ހޯދަން ޖެހެނީ ރައްޔިތުންގެ އަތުންނެވެ. އެހެންކަމުން އޭގެ ބުރަ އުފުލަން ޖެހޭ ބަޔަކީ ރައްޔިތުން ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އިސްކަންދިނީ ކަނޑު ދަތުރުފަތުގެ ނިޒާމަކަށެވެ. އެގޮތުން ހުރިހާ އަތޮޅެއްގައި ޝެޑިއުލް ފެރީގެ ނިޒާމެއް ގާއިމްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
12 November 2018
މި ގަމާރަށް ހަމަ ނޭގެނީބާ މިރަށު މީހުން މި އަޮޅުގެ ރަށްރަށުގެމީހުން ގަދައިގަ ވިއްސާރައިގެ ދަތުރު ކުރާ ހާލަު. މީނާގެ ވިސްނުމަކީ ރަށްރަށުގައި މީހުން ކޮވެލި ގޮވާ އަޑު އަހަން އެމީހެއްގެ ރަށެއްގެ އަތިރިމަތީގައި ބޭތިްބުން. މާލެ އެރިޔަ ނުދިނުން. މީ ރާއްޖެތެރޭ މީހުންަށް ތައައްސުބީ ނަޒަރުން ބަލާ މާލޭގެ މަދު އާއިލާތަކުގެ ތެރޭ ހިމެނޭ އާއިލާއެއްގެ ވެސް ތައައްސުބުން ފުރުގެންވާ މީހެއް. ރަށްރަށުގެ މީނަ ޒުވާބުކޮށްފަ ހުންނާނެ އަޅެ ދެން މާލެ އަރާބަލާށޭ ކިޔާފަ.
އަލީގެ މަލީ
12 November 2018
ޢިތުރު އެއާރ ލައިން އޮޕަރޭޓް ކުރިޔަސް އަގު ކޮންޓްރޯލް ކުރަނީ މޯލްޑިވިއަން އަގު ކުޑަ ނުކުރޭ
އާނަ
12 November 2018
އެއީ ފައްކާ ގަމާރެއް
އަލީ ރާޖާ
11 November 2018
ރައީސް ނަޝީދަކީ ސާހިރެއް
ޥިސްނާ
11 November 2018
ތި ބުނާ ފެރީގެ ނިޒާމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭކަމެއް ނޫން، އަބަދު އޮންނާނީ މަށްސަލަޖެހިފަ، މިލިޔަނުން ޑޮލަރުވަންނަ ރިޒޯޓުތަކުގެ އުޅަނދުތަށްވެސް އެއޮންނަނީ ނުދުވެފަ، ނަޝީދަށްވިސްނޭގޮތަކީ އެންމެ ރަނގަޅު ގޮތްކަމަށް ވާކަށް ނުޖެހޭ، ސައްވީސް ގަޑިއިރު ހަމައިގަ ހުންނަން ނުޖެހޭ ވާހަކަވެސް ވިއްކަން މަސަތްކަތް ކުރީމެއްނު
މަންޑޭލާ
11 November 2018
ނަޝީދު ދައްކާވާހަކަ އަޑުއަހާ ގަބޫލުކުރާނީ ގަމާރުން.
އނސ
11 November 2018
މިހާރު އެގިއްޖެ ހަގީގަތުގަވެސް ތަރައްގީގެ ބާނީ އަކީ ރައީސް ޔާމީން..އެއަރޕޯޓް ދިވެހި ރާއްޖެއަށް ވަރަށް މުހިންމު. ޔާމީން އަށް ވޯޓް ނުދެވުނީމަ މިއަދު ދެރަވޭ. ސޮރީ ތަރައްގީގެ ރައީސް
ޝޮކްތެރަޕީ
11 November 2018
އެއާޕޯޓެ އޮތީމަ ޓުއަރިޒަމް ތާރަފްވާނީ. އިތުރު ވަޒީފާ އުފެދޭނީ. ރަށުގެ ތަރައްގީ ކުރިއަރާނީ. ދަތުރުފަތުރުގެ ފަސޭހަކަން ރަށުމީހުންނަ ލިބޭނީ.
ދިއްދޫމީހާ
12 November 2018
ދަތުރު އަވސްވާނީ. 2 ދަވަހުން ދެވޭ ތަނަކަށް 1 ގަޑި އިރު ތެރޭ ދެވޭނީ. ވިޔަފާރިތައް ބާރަށް ހިގާނީ. ދުނިޔެ މޮބައިލް ފޯނާ އިންޓަރނެޓާއެކު އަވަސްވެފަ އޮތް އިރު، ޖަޒީރާގެ ރާއްޖޭގެ ރިޔާ ނެގި ދޯންޏަށް ކިހިނެއް އަރާނީ. ވިޔަފާރިތައް ބަގުރޫޓެއްނުން ވާނީ. ކޮންކަހަލަ ގަމާރެއްމީ އަނެއްކާ؟؟؟
ޖަގްދީޕް
10 November 2018
ކޮންމެމީހަކުވެސްބޭނުންވޭ އެމީހެއްގެރަށުގަ އެއާޕޯޓެއްއޮންނަން. އެކަމު ކޮންމެރަށެއްގައެއާޕޯޓެއްއެޅުމުން ހަމައަހަރުމެންނިކަމެތިރައްރިތުން ޓެކްސްދައްކާގެންއެތަންތަންހިންގޭނީ. ސަބަބަކީ އަހަރަކުއެތައްހާސްދަތުރުވެރިން ބޭނުންވޭ އެއާޕޯޓެއްގެހަރަދު ދެކޮޅުޖައްސަން. މިހާރުވެސްމީ އާބާދީނިސްބަތުން އެއާޕޯޓު އެންމެގިނައެއްގައުމު
ޔަހުޔާ
11 November 2018
އެއާޕޯޓެއް އަޅައި އެތަން ހިންގަން އަހަރުމެން އާންމު ރައްޔިތުން އަތުން ޓެކްސް ނަގާކަށް ނުޖެހޭ. ސަބަބަކީ މިރާއްޖެއަކީ ރެއެކާ ދުވާލެއްގެ މައްޗަށް 3ތަރީގެ ރިސޯޓަކަށް މަދުވެގެން 50ހާސް ޑޮލަރު ވަންނަ ގައުމަކަށްވެފައި 5ތަރި 7ތަރީގެ އެތަކެއް ރިސޯޓެއް ހިންގާ މިރާއްޖޭގައި މިތަނުގެ ކަންކަން މެނޭޖް ކުރެވޭވަރަށްވުރެ އިތުރަށްވެސް ރުފިޔާ ލިބޭނެ. ވެރިން ކައިފަ ބާކީވާ އެއްޗަކުން ތަރައްޤީކުރަން އުޅޭ ވިސްނުން ދޫކޮށްލަން އެބަޖެހޭ.
ައަލީސް
10 November 2018
ކީއްވެތަ ކޮމެންޓުކުރާ މީހުންނާ ތިސުވާލު އެމީހަކު ކުރިމަތި ނުކުރުވީ.. ކަމެއްވީމަދޯ ނަސީދާ އެކުރީ